Mon, 29 November, 2021, 5:45 pm
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވެވި ދިދަ ނެގުމުގެ އިހްތިފާލުގައި ރައީސް ސޯލިހު ދުއާ ކުރައްވަނީ --- ފޮޓޯ: ރައީސް އޮފީސް

ލުބުނާނުގެ ރައްޔިތުންނަށް ރައީސްގެ ތައުޒިޔާ ފޮނުވައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ހުންނަ ޕޯޓުގައި ރޭ އިރާކޮޅު ބާރުގަދަ ގޮވުމެއް ގޮވުމެއް ގޮވައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިން ތިބީ ލުބުނާނުގެ ރައްޔިތުންނާއެކުގައި ކަމަށެވެ. އަދު މި ހިތާމަވެރި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ބޭރޫތުގައި ހުންނަ ޕޯޓުގައި ގޮވި ގޮވުމުގެ ސަބަބުން މުޅި ހިސާބުގަނޑު އެއްކޮށް ބިމާހަމަވެފައިވާއިރު، އެ ހާދިސާގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން މަރުވެ، 4000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ލުބުނާނުގެ ރެޑް ކުރޮސް އިން ވަނީ ބުނެފަ އެވެ.

ގޮވި ސަރަހައްދުގައި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ. އެހެންކަމުން ނަންބަރުތައް އިތުވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ލުބުނާނުގެ ރައީސް ރައީސް މިޝޭލް އަޔޫން ވަނީ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައި އެގައުމުގައި ދެހަފްތާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި މިކަންކަން ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލާ ތަހުގީގު ކުރުމަށް އަންގަވާފައިވާއިރު އެ ހާދިސާގެ ޒިންމާ ނަގަން ޖެހޭ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެ ގޮވުން ގޮވި ސީދާ ސަބަބެއް އަދި ނޭނގެ އެވެ. ނަމަވެސް ލުބުނާނުގެ ޖެނެރަލް ސެކިއުރިޓީގެ ވެރިޔާ އައްބާސް އިބްރާހިމްއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން އެ ގޮވުން ގޮވީ ޕޯޓުގައި އެމޯނިއަމް ނައިޓްރޭޓުގެ 2،750 ޓަނު ރައްކާކޮށްފައިވާ ގުދަނެއް ގޮވުމުގެ ސަބަބުންނެވެ. އަދި އެ އެއްޗެހި ރައްކާކޮށްފައި ހުންނަތާ ހަ އަހަރު ވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.