• Thu, 1 October, 2020, 6:44 pm

  އާދަޔާއި ޚިލާފަށް ދާހިތްލާ ގައިގައި ވަސްދުވާނަމަ އެކަމަށް ހައްލު ހޯދިދާނެ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ދާހިއްލުމަކީ ޠަބީޢީގޮތުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ލައްވަވާފައިވާ ނިޒާމެކެވެ. މާބޮޑަށް ދާހިއްލުން ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމަކީ ބައެއްފަހަރަށް ޖެނެޓިކް ނުވަތަ ވިރާސީ ކަމެކޭ ބުނެވިދާނެއެވެ.

  ދާހިއްލުމަކީ ތަބީޢީގޮތުން ހަމަ އާދައިގެ ކަމެކޭ މިބުނަނީ އެއީ ގޭތެރޭގައި އުފެދޭ ކުނިބުނި އުކާލުން ފަދައިން ހަށިގަނޑުގައި އުފެދޭ ބޭކާރު ބައެއް ބައިތައް ބޭރުކޮށްލުމަށް އުފައްދަވާފައިވާ ނުވަތަ ހަށިގަނޑު ފިނިކުރުމަށް މަސައްކަތްކޮށްދޭ ނިޒާމަކަށްވާތީއެވެ.

  ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލުމަކީ އެއީމުޅިންތަފާތު ކަމެކެވެ. އާދަޔާ ޚިލާފަށް ދާހިއްލާ ގައިން ނުބައިވަސް ދުވުމުން ބައެއްފަހަރު ކައިރީގައި ތިބޭ ރައްޓެހިން ދުރަށްދާތަންއާދެއެވެ. އެހެންކަމުން މީހާ އެކަނިވެރި ކޮށްލައެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނަ ފަދައިން އާދަޔާއިޚިލާފަށް ދާހިތްލުމުން ސަލާމަތް ވުމަށްވެސް މަސައްކަތް ކުރެވިދާނެއެވެ.

  އެގޮތުން އާދަޔާއިޚިލާފަށް ދާހިތްލުން ކޮންޓްރޯލް ކުރުމަށް ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސައިބޯނި ބޭނުންކުރާށެވެ. މިސާލަކަށް ހަކީމީ ސައިބޯނި ނުވަތަ ތަންކޮޅެއް ބާރުދެރަ ސައިބޯންޏަކުން ފެންވެރުމުން ދާހިއްލުން ކުޑަކޮށްދޭނެއެވެ.

  މީގެއިތުރުން މިދެންނެވި ސައިބޯނި ބޭނުން ކުރުމުގެ އިތުރުން ލޫފާހް ސްޕޮންޖް ނުވަތަ ތޮރާ ނަރުގަނޑުބޭނުންކޮސްގެން ތައްޔާރުކޮށްފައިހުންނަ ގައިއުގުޅާ ނަރުގަނޑު ބޭނުން ކުރުމުން ދާހިއްލުން ކޮންޓްރޯލް ކުރެވެއެވެ. މިސާލަކަށް ކިއްޕަތި އުނގުޅުމަށް ނުވަތަ ގައިގެ އެހެނިހެން ހިސާބެއް އުނގުޅުމަށްވެސް ތޮރާ ނަރުގަނޑު ބޭނުން ކުރެވިދާނެއެވެ. ނަމަވެސް ފުރަތަމަ ފަހަރަށް ގައި އުނގުޅާ ސާފުކުރުމަށް ބޭނުންކުރާނީ ކުރިންދެންވިފަދައިން ގުދްރަތީ މާއްދާއެއް އެކުލެވިފައިވާ ސައިބޯންޏެކެވެ. އެއަށްފަހު ތޮރާ ނަރުގަނޑުން ގައި އުނގުޅަނީއެވެ.

  ތޮރާ ނަރުގަނޑުން ގައި އުނގުޅުމުން ގައިގެ ހަންގަނޑުގެ މަތީ ފަށަލައިގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެއްޓި އައު ސެލްތަކެއް އުފެދި ހަންގަނޑު ތާޒާވެއެވެ.

  މިދެންނެވި ފަށަލަތައް މަޑުމަޑުން ނެއްޓެމުން ދިއުމުން ކިހިލިފަތްދޮށް ނުވަތަ އެހެންވެސް ހިސާބެއްގައި ބަންދުވެފައި ހުންނަ ދާ އުފައްދާ ބޭރުކުރާ ގްލޭންޑް ރަނގަޅަށް ހުޅުވި ރަނގަޅަށް މަސައްކަތް ކުރަން ފަށައެވެ. ނަތީޖާއަކަށްވަނީ އާދަޔާ ޚިލާފަށް މާބޮޑަށް ދާހިއްލުން ކޮންޓްރޯލް ކުރެވި އެކަމުން ސަލާމަތްވެގެން ދިޔުމެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.