• Mon, 19 October, 2020, 8:27 pm
    ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލިސް ރައީސް، ރައީސް ނަޝީދު --- ފޮޓޯ: މަޖިލިސް އިދާރާ

    ވައްކަމުގެ ތުހުމަތަށް ރައީސް ނަޝީދު: މަޖިލީހަށް މިހާރު ޖާގަ ލިބޭ، އޭރު ވެއްދީ އެމްއެންޑީއެފް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މި ސަރުކާރަށް އިދިކޮޅު ފަރާތްތަކުން ވައްކަމުގެ ތުހުމަތު ކުރާތީ އެ ތުހުމަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

    މަޖިލިސް ރައީސް މިހެން ވިދާޅުވީ ވާދަވެރި ޕާޓީ ތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތު ގިނަ ކަމަށް ބުނާތީ، އެކަމަށް ރައްދު ދެއްވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

    "އެމްޑީޕީގެ ވާދަވެރި ފަރާތްތަކުން މި ސަރުކާރުގައި ވައްކަމުގެ ތުހުމަތުތައް ގިނަ ކަމަށް ބުނާއިރު، ދިވެހި ރައްޔިތުންނަށް ސާފުވަނީ މި ސަރުކާރު އެ ގެންދަނީ އެމްޑީޕީ މެޖޯރިޓީ މަޖިލީހަށް ޖާގަ ދެއްވައި ކަންކަން އިސްލާހު ކުރައްވަމުންކަން. ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލީހަށް ވެއްދީ އެމްއެންޑީއެފް." މަޖިލިސް ރައީސް ވިދާޅުވި އެވެ.

    ވައްކަމުގެ ތުހުމަތުތަކަށް ރައީސް ނަޝީދު ރައްދު ދެއްވާފައިވާ އިރު، ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާ ބޮޑެތި ކޮރަޕްޝަންތަކެއް ހިންގާފައިވާ ކަން އޮޑިޓް ރިޕޯޓުން ވަނީ ފަޅާއަރައިފަ އެވެ.

    ނަމަވެސް މިމައްސަލަތަކާ ގުޅިގެން ހެލްތް މިނިސްޓްރު އަބްދުﷲ އަމީންގެ އިތުރުން ބިޑް ކޮމެޓީގައި ތިއްބަވާ މެމްބަރުންނަށް ވަނީ ގޭގައި މަޑު ކުރުމަށް އަންގައިފަ އެވެ. އަދި އެ ދެ މައްސަލަ ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވެސް އެ މައްސަލަ ދަނީ ބަލަމުންނެވެ.

    ސަރުކާރު ދިފާއު ކުރައްވައި ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، ސަރުކާރުގެ ކަންކަމުގެ ތެރެޔަށް މާ ބޮޑަށް މަޖިލީހުން ވަންނަ ކަމުގެ ތުހުމަތުތައް ވަނީ މަޖިލީހަށް އަމާޒު ވެފަ އެވެ. އަދި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ވެސް މިފަހުން ވަނީ އުފެދިފަ އެވެ.

    އެއީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ރައީސް ސޯލިހުގެ ކެބިނެޓު މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަންގަވަން މަސައްކަތް ކުރެއްވި މައްސަލައިގަ އެވެ. އެ މައްސަލައިގައި ރައީސް ނަޝީދު ފައްޔާޒަށް އިންޒާރު ދެއްވާފައިވާއިރު އޭނާގެ ދިފާއުގައި އެމްޑީޕީގެ ތެރެއިން ވެސް ބައެއް މެންބަރުން ވަނީ ތެދުވެފަ އެވެ. އަދި ރައީސް ސޯލިހު ވަނީ ފައްޔާޒަށް ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށާއި ފައްޔާޒްގެ މަގާމު ދިފާއު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.