• Fri, 18 September, 2020, 4:04 pm

  މިއީ ލޮކްޑައުން އަކަށް ދާންވީ ވަގުތު: ޑރ. ޝީނާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތާއި ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީއަށް ބަލާއިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން މިއީ ލޮކްޑައުން އަކަށް ދާންވީ ވަގުތު ކަމަށް ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.

  ރާއްޖެޓީވީގެ "ހަބަރުފީތާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ޝީނާ ވިދާޅުވީ، މާލޭގައި އުޅެން ޖެހިފައި އޮތް ގޮތުން، ކޮވިޑާ ގުޅިގެން ދިން ލުއިތަކާއެކު ބަލިޖެހޭ މީހުން އިތުރުވާނެ ކަމަށާއި އެއީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އަންދާޒާކުރި ގޮތް ކަމަށެވެ. ނަމަވެސް މިހާރު ކޭސްތައް ފެންނަ ގޮތަށް ބަލާނަމަ ސިއްހީ ނިޒާމަށް ކަތާނެތޯ ބަލަންޖެހޭ ކަމަށާއި އެގޮތުން މިދިޔަ ހަފްތާ ނިމުނުއިރު، ލޮކްޑައުން އަށް އަރަން އިނީ އެންމެ ޕޮއިންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

  އޭގެ އިތުރުން ރާއްޖޭގައި ބައްޔަށް އަޅާ ފިޔަވަޅުތައް ބަލާ އިންޑިކޭޓަރަކީ އެނދުގެ ކެޕޭސިޓީ ކަމަށްވާއިރު މިދިޔަ ހަފްތާ ނިމުނުއިރު މާލޭގައި ކޮވިޑަށް ފަރުވާ ދޭ އެނދުގެ 60 ޕަސެންޓް ފުރިފައިވާކަން ފާހަގަކުރައްވާ ޑރ. ޝީނާ ވިދާޅުވީ، ބަލި މެނޭޖް ކުރެވޭނީ މީހުންނާ ދިމާވާ މިންވަރު މަދުކޮށް، އެއްތަނުން އަނެއް ތަނަށް ދިއުން މަދުކޮށްގެން ކަމަށެވެ.

  އެގޮތަށް ބަލާނަމަ ސީދާ ލޮކްޑައުން އަކަށް ގޮސްފިއްޔާ ބަލި ކޮންޓްރޯލް ކުރަން ފަސޭހަވާނެ ކަމަށާއި ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ދަށްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

  "ޓެކްނިކަލީ ބުނަންޔާމުން، އަޅުގަނޑު ޕާސަނަލީ ޕަބްލިކް ހެލްތު މީހެއްގެ ގޮތުގައި ބުނާނަމަ އިޓްސް ޓައިމް ފޮ އަ ލޮކްޑައުންއޭ. އެކަމަކު ސޯޝަލް އިކޮނޮމިކް ސިޝުއޭޝަންސްއާ ހެދި ކިހިނެތް ހެއްޔޭ މީތި ބެލެންސް ކުރާނީ. އަދިވެސް މެނޭޖްކުރެވޭނެ ހެއްޔޭ ލޮކްޑައުން އަކަށް ނުގޮސް،" ޑރ. ޝީނާ ވިދާޅުވި އެވެ.

  އޭނާ އިތުރަށް ވިދާޅުވީ، އެހެން ގައުމުތަކުގައި މީހުން މަރުވެގެން ދަނީ ސިއްހީ ނިޒާމަށް ނުކަތައިގެން ގޮސް ކަމަށާއި ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވުމާއެކު އެމީހުންނަށް ފަރުވާ ދެވޭނެ އެނދާއި ޑޮކްޓަރުންނާއި ނަރުހުން ވެސް ނެތިގެން ކަމަށެވެ.

  އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާރު ވެސް ބާރު ބޮޑުވަމުން އަންނަ ކަމަށާއި އެނދުތަކެއް ގިނަ ކުރި ނަމަވެސް އެޑްމިޓްކުރާ މީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ނެތް ކަމަށެވެ. އަދި ފަރުވާ ނުދެވެންޔާ މީހުން މަރުވާ މީހުން ގިނަވާނެ ކަމަށް ވިދާޅުވި އެވެ.

  "ރާއްޖޭގެ ސިޗުއޭޝަންގައި އެނދުގެ ވާހަކަ އެކަނި މިދައްކަނީ. ޕަބްލީ ނުދައްކާ ޑޮކްޓަރުންނާއި ނަރުހުން މަދުވާހަކަ އެއް. އާންމު ހާލަތުގައި ކޮންމެ ފަސް އެނދަކަށް އެއް ނަރުސް ހުރޭ. މިހާރު 30 އެނދަށް އެއް ނަރުސް ލައިގެން. ދެން ވިސްނާލެވޭނެ ކޮލިޓީ އޮފް ކެއާއަށްވާނެ ގޮތް. ޑޮކްޓަރުގެ ޝޯޓޭޖެއް ވެސް އެބަ އޮތް،" ޑރ. ޝީނާ ވިދާޅުވި އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.