• Mon, 19 October, 2020, 8:03 pm

  ހޯނޑެއްދޫގައި ބަލި ފެތުރު ގޮތެއް ނޭނގެ، ޕޮޒިޓިވްވި މީހުންނާ އިތުރު 46 މީހަކު ބައްދަލުވެފައިވޭ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާ 46 މީހަކު ބައްދަލުވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

  ހޯނޑެއްދޫއިން ފުރަތަމަ ކޮވިޑަށް ޕޮސިޓިވް ވެފައިވަނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި އެއް އާއިލާއެއްގެ ހަތަރު މެންބަރުންނެވެ. ކަރަންޓީނުން ދޫކޮށްލުމަށް ނެގި ރިލީސް ސާމްޕަލުން އެމީހުން ޕޮޒިޓިވްވިކަން އެނގުނީ 3 ސެޕްޓެމްބަރުގަ އެވެެ. އަދި ޖެހިގެން އައި ދުވަހު ފުރަބަންދުގައި ތިބި މީހުންނާއި ގުޅުމެއް ނެތް ދެ މީހެއްގެ ފަރާތުން ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި އިރު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

  އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓެކްޓް ޓްރޭސިންގައި އިސްކޮށް ހަރަކާތްތެރިވާ އައިމިނަތު އަރޫޝާ ވިދާޅުވީ އެރަށުން މިއަދު ޕޮޒިޓިވްވި 19 މީހުންނަކީ ފަހުން ފުރަބަންދުގައި ތިބި މީހުންނާ ގުޅުމެއް ނެތް، ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި 36 މީހުންގެ ތެރޭގައި ހިމެނޭ މީހުން ކަމަށެވެ. އަދި އެ 19 މީހުންނަކީ ފަސް ގޭބިސީއަކަށް ނިސްބަތްވާ މީހުން ކަމަށާއި މިހާތަނަށް ބެލިބެލުމުން އެމީހުންނާ 46 މީހަކު ކޮންޓެކްޓް ވެފައިވާ ކަމަށް އަރޫޝާ ވިދާޅުވި އެވެ.

  އަރޫޝާ ވިދާޅުވީ ރަށަށް ބަލި އައުމަށް މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރި ފަށާފައިވާ ކަމަށެވެ. އެގޮތުން ރަށުގައި ރެންޑަމް ސާމްޕްލިންގް ނެގުމާއި ބޯޓުފަހަރުގެ ކުރޫއިންގެ މަޢުލޫމާތުތައް ވެސް އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

  "ބަލި ރަށަށް ދިޔަގޮތް ނުވަތަ އެ ލިންކް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުން. އެގޮތުން ފުރަބަންދަށްދިޔަ މީހުންނާއި، ބޯޓުފަހަރުން ދިޔަ މީހުންވެސް ދެނެގަނެ އިންވެސްޓިގޭޓްކުރާނަން." އަރޫޝާ ވިދާޅުވި އެވެ.

  އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވެސް ވިދާޅުވީ، ހޯނޑެއްދޫން ފެނުނު ކޭސްތައް، އެއް ކޭސް އަނެއް ކާސްއާ ގުޅުމެއް އެބަ އޮތް ކަމަށާއި އެހެން ކަމުން މިއީ ކޮމިއުނިޓި ޓްރާންސްމިޝަނެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށްދަނީ ބަލި ދިޔަ ގޮތް ދެނެގަތުމުގެ އިތުރުން ބަލި މީހުންނަށް ފަރުވާދީ އެމީހުން އެކަހެރިކޮށް އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ކުރާ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

  ހޯނޑެއްދޫން ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ 11 ފިރިހެނުންނާއި އަށް އަންހެނުންނެވެ. އެމީހުންގެ ތެރޭގައި އެއް އަހަރުން ދަށުގެ ދެ ކުދިންނާއި 50 އަހަރުން މަތީގެ ދެ މީހަކު ހިމެނެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.