• Sat, 24 October, 2020, 8:58 am
    ރައިސް ނަޝީދާއި މިނިސްޓަރު ފައްޔާޒު --- ފޮޓޯ: މިހާރު

    ފައްޔާޒު މަގާމުން ދުރުކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލިހަށް ނަޝީދު ހުށަހަޅުއްވަނީ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެސް އެ މައްސަލަ ހުށަހެޅުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ފައްޓަވައިފި އެވެ.

    މި ސަރުކާރުގައި އެންމެ ނުފޫޒު ގަދަ އެއް މިނިސްޓަރު އަދި އެމްޑީޕީގެ މެންބަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ބޭނުންވާ ސޮއި ހޯއްދަވަން ނަޝީދު އިސްވެ ހުންނަވައިގެން މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. އެކަމާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދިފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފައްޔާޒު ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފަ އެވެ.

    އެއަށްފަހު އެ މައްސަލައިގެ އަޑުތައް އޮތީ މަޑުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި، އިއްޔެ ޗުއްޓީ އަށް ދިޔައިރު ވެސް އެ މައްސަލަ ހުށަހަޅުއްވާފައެއް ނުވެ އެވެ. ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު މިއަދު ވިދާޅުވި އެއްޗަކުން، އެ މައްސަލަ އެމަނިކުފާނު އަދިވެސް ހުއްޓާ ނުލާކަން އެނގެ އެވެ.

    ނުރަސްމީ ދަތުރުފުޅެއްގައި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު މިއަދު ވިދާޅުވީ، ފައްޔާޒާ ދެކޮޅަށް 30 ސޮއި މިހާރު ހަމަ ކުރެއްވިފައިވާ ކަމަށާއި ބޭނުންފުޅުވަނީ 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަން ކަމަށެވެ.

    "އަޅުގަނޑުމެންގެ ކަންކަން ނިންމަން ރަނގަޅުވާނީ ޕާޓީ ތެރެއިން. ފަޔާވެސް ޕާޓީއަށް ޓަކައި ދުވަސްކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅު ވާނެ. އަޅުގަނޑުވެސް އަދި އަޅުގަނޑުމެން އެންމެންވެސް މި ދަނީ ފަހަތަށް ޖެހެން ވާއިރު އެކަން ކުރަމުން،" ނަޝީދު ވިދާޅުވި އެވެ.

    ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ ގަވައިދު ބުނާގޮތުން މަދުވެގެން 10 މެމްބަރެއްގެ ސޮޔާއެކު އެވެ. އަދި އެ މައްސަލަ މަޖިލިހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 44 ވޯޓެވެ.

    ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހަޅުއްވާއިރު، އެކަމުގަ ނަޝީދާއެކު ދެން އެންމެ އިސްކޮށް އުޅުއްވަނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ފައްޔާޒު ވަކިކުރަން އުޅޭ ސަބަބެއް އަދި ސާފުކޮށް ނޭނގެ އެވެ. ނަމަވެސް މީގެ ކުރިން ނަޝީދު ވަނީ ފައްޔާޒަށް އިންޒާރު ވެސް ދެއްވައިފަ އެވެ.

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ފައްޔާޒާ ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން އެ ފަހަރު ރައީސް ނަޝީދު ވަނީ "ބްރޯ" ވެގެން ނޫޅުމަށާއި ނިޒާމުގެ ތެރޭގައި އުޅުއްވުމަށް ވިދާޅުވެފަ އެވެ.

    ނަމަވެސް އެކަމަށް ރައްދު ދެއްވައި ފައްޔާޒު ވިދާޅުވީ ނަޝީދަށް ވަރަށް އިހުތިރާމުކުރާ ކަމަށާއި ނަމަވެސް ނަޝީދު ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ތަގުދީރުގައި ލިޔެވިފައި އޮތް ގޮތަކަށް ނިމިދާނެ ކަމަށާއި ހެޔޮ ބަސް ވިދާޅުވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.