• Tue, 27 October, 2020, 7:46 am
  ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު --- ފޮޓޯ: މަޖިލިސް

  މަޖިލިސް ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި އަހަރެއް ތެރޭ ތިން މިލިއަން ރުފިޔާ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ރައްޔިތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއް އަހަރު ތެރޭ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ދައްކައިފި އެވެ.

  ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓުން ފެންނަން އޮތް ރައީސް ނަޝީދުގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު 27 އިން ފެށިގެން މިއަހަރުގެ މެއި މަހު 28 އަށް އެމަނިކުފާނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 3.1 މިލިއަން ރ. ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ބޭންކް އިންޓްރެސްޓްގެ ގޮތުގައި 36،029 ރ. ލިބިވަޑައިގެންފައިވާ ކަމަށް ދައްކަ އެވެ.

  ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000 ރ. ލިބިވަޑައިގަންނަވަ އެވެ. އަދި މަޖިލިހުގެ ރައީސްގެ މަގާމުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000 ރ. ލިބިވަޑައިގަންނަވާނެ އެވެ. އެހެންކަމުން ނަޝީދަށް މަހަކު 245،000 ރ. ލިބިވަޑައިގަންނަވާނެ އެވެ.

  ނަމަވެސް މަޖިލިސް ރައީސް ކަމުގައި ހުންނަވާތީ ރައީސް ނަޝީދު ވަނީ ކުރީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިނާޔަތުގެ ފައިސާއިން 85،000 ރ. ނުނަންގަވަން ނިންމައިފަ އެވެ. އެއާއެކު އެމަނިކުފާނަށް މިހާރު މަހަކު ލިބިވަޑައިގަންނަވާނީ 160000 ރ. އެވެ.

  މާލީ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުން، ރާއްޖޭގެ ތިން ބޭންކެއްގައި ރައީސް ނަޝީދުގެ އެކައުންޓެއް ހުރެ އެވެ. އެއީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އާއި ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އިސްލާމިކް ބޭންކުގަ އެވެ. ރާއްޖެއިން ބޭރުގައި އެމަނިކުފާނުގެ އެއްވެސް ފައިސާ އެކަންޓެއް ނެތެވެ.

  މި އެކައުންޓުތަކުގެ ތެރެއިން އެންމެ ގިނަ ރުފިޔާ ހުރީ އެސްބީއައި އެކައުންޓުގަ އެވެ. އެ އެކައުންޓުގައި 1.59 މިލިއަން ރ. އިރު، ބީއެމްއެލްގައި 41،471.71 ރ. އަދި އިސްލާމިކް ބޭންކުގައި 76،979.62 ރ. ހުރި ކަމަށް ދައްކަ އެވެ.

  ރައީސް ނަޝިދުގެ ނަމުގައި ލޯނެއް އަދި އެހެން ކުންފުންޏެއްގެ ހިއްސާއެއް އަދި އަމިއްލަ ނަމުގައި ކްރެޑިޓް ކާޑެއް އޮތް ކަމަށް މާލީ ބަޔާނުގައި ނެތެވެ. ނަމަވެސް. ލ. ގަމުގައި ކުރުހިންނަ ނަމުގައި އެމަނިކުފާނުގެ ގޯއްޗެއް އެބަ އޮތެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.