• Fri, 18 September, 2020, 4:06 pm

    ބަނޑުގައި ވައި ނުވަތަ ގެސްޓްރައިޓިސް އުފެދެނީ މިހެންވެ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ބަނޑުގައި ވައި ހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މިމައްސަލަ އާންމުކޮށް ދިމާވަނީ ދިރިއުޅުމުގެ އާދަތައް ބައްޓަން ކުރެވޭ ގޮތުންނެވެ.މީގެ އިތުރުން ހަށިގަނޑުގައި ހުންނަ މައްސަލައެއްގެ ސަބަބުންވެސް މިކަން މެދުވެރި ވެދާނެއެވެ. ގިނަ މީހުންނަށް ގެސްޓްރައިޓިސް އަކީ މާބޮޑު ކަމެއް ނޫނެވެ. ބޭސް ބޭނުންކުރުމުން ލުއިކަން ލިބިގެން ދެއެވެ.

    ބަނޑުގައި ވައިހެދުން ނުވަތަ ގެސްޓްރައިޓިސް އަކީ މައިދާގެ ފާރު ދުޅަވުމެވެ. ނުވަތަ މައިދާގެ ފާރުގައި ދުޅައެއް އުފެއްދުމާއި، ބަނޑުގައި ވައިހެދި، އެކަމުގެ އުނދަގޫތައް ކުރިމަތި ކުރުވުމެވެ. ނުވަތަ މިއުދަނގޫތައް ކުރިމަތިކުރުވާ ހާލަތްތަކެކެވެ. މީގެއިތުރުން ބަނޑުގައި ވައިއުފެދުމަށް މަގުފަހިކުރުވާ ކަންކަމުގެ ތެރޭގައި

    1 - ހެލިކޮބެކްޓަރ ޕައިލޮރި ކިޔާ ޖަރާސީމަކުންޖެހޭ އިންފެކްޝަން އަށަގަތުން: މިއިންފެކްޝަން ޖެހޭ ބައެއް މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވެއެވެ. މިއިންފެކްޝަނަށް މަގުފަހިކުރާ ކަންތައްތަކުގެ ތެރޭގައި:-

    • ގުދުރަތީގޮތުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން (ވާރުތަވުން)
    • ދިރިއުޅުމުގައި ގެންގުޅެވޭ އާދަތަކުގެ ސަބަބުން އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
      • ދުންފަތުގެ އިސްތިއުމާލުކުރުން
      • ހާސްވެ ފިކުރުބޮޑުވުން
      • ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް އިތުރުވުން

    2 - ތަދުކަނޑުވާ ބޭސްތައް އާންމުކޮށް (ނޫނީ މާގިނައިންބޭނުންކުރުން: އެސްޕިރިން ބުރޫފަން ފަދަ ބޭސްތަކުގެ ސަބަބުން، ކުރު މުއްދަތަކަށް (ކުއްލިއަކަށް) ނުވަތަ މަޑުމަޑުން ގޮސް ގިނަ ދުވަހަށް ދެމިހުންނަގޮތަށް ގެސްޓްރައިޓިސް ކުރިމަތިވެދާނެ އެވެ. މިފަދަ ބޭސްތައް އާންމުކޮށް ނޫނީ މާގިނައިން ބޭނުންކުރުމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށް ހިމާޔަތްކޮށްދޭ މާއްދާތަކުގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ދޭތެރެ ދޭތެރެއިން ތަދުކަނޑުވާ ބޭސް ބޭނުންކުރުމުން ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ކުޑައެވެ. ޕެރެސިޓަމޯލް ފަދަ ބޭސްތަކުގެ ސަބަބުން ގެސްޓްރައިޓިސް ކުރިމައްޗެއް ނުވާނެއެވެ.

    3 - އުމުރުން ދުވަސްވުން: އުމުރުން ދުވަސްވީ މީހުންނަށް ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ. ސަބަބުތަކުގެ ތެރޭގައި:-

    • އުމުރުން ދުވަސްވާވަރަކަށް ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ތުނިވަމުން ދިއުން
    • ހެލިކޮބެކްޓަރ ޕައިލޮރި އިންފެކްޝަން ޖެހުމުގެ ފުރުޞަތު ބޮޑުވުން
    • އުޓޯއިމިޔޫން ޑިސްއޯޑަރ ތައް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވުން

    4 - މާގިނައިން ބަނގުރާ ބުއިން: ބަނގުރާ ބުއިމަކީ ބަނޑުގެ އެތެރޭ ބަތާނަ ފަށްތައް ހަލާކުވެ، ކާތަކެތި ހަޖަމުކުރުމަށް ދޫކުރާ ދިޔަތަކުގެ ސަބަބުން ބަނޑުގެ ބަތާނަފަށަށް ގެއްލުންވުމުގެ ފުރުޞަތު އިތުރުވެއެވެ. އާންމުކޮށް ބަނގުރަލުގެ ސަބަބުން ކުރިމަތިވަނި އެކިއުޓް ގެސްޓްރައިޓިސް އެވެ.

    5 - ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް: ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމުގެ ސަބަބުން ދިމާވާ އެކިއެކި ފިއްތުންތަކުގެ ސަބަބުން (އޮޕަރޭޝަނެއްކުރުން، ފިހުން، ވެއްޓި އަނގުނެއް ބިނދުން ފަދަ އަނިޔާއެއްލިބުން، ޓީބީ ފަދަ ބައްޔެއް ޖެހުން) އެކިއުޓް ގެސްޓްރައިޓިސް ކުރިމަތިކުރުވައެވެ.

    6 - އަމިއްލަ ހަށިގަނޑު ބަނޑުގައިވާ ސެލްތަކަށް ހަމަލާދިނުން (Autoimmune gastritis): މީގެ މާނައަކީ އެމީހެއްގެ ހަށިގަނޑުގެ ދިފާޢީ ނިޒާމުން އެމީހެއްގެ ބަނޑުގެ ސެލްތަކަށް ހަމަލާދީ، ހަލާކުކޮށްލުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބަނޑުގެ އެތެރެއިން ލެވިފައިވާ ރައްކާތެރިކޮށްދޭ ލޮނދި ފަށަލަ ނެތިގެން ދެއެވެ. ހަކުރު ބަލީގެ ޓައިޕް1 އަދި ވިޓަމިން ބީ 12 މަދުވުން ކުރިމަތިވެފައިވާ މީހުންނަށް މިވައްތަރުގެ ގެސްޓްރައިޓިސް ކުރިމަތިވުމުގެ ފުރުޞަތު ބޮޑެވެ.

    7 - ޕާނިސިއަސް އެނީމިޔާ ކިޔާ ލޭމަދުވުމުގެ ވައްތަރެއް ހުރުން: މިއީ ވިޓަމިން ބީ 12 ހަށިގަނޑަށް ނެގުމަށް ބޭނުންވާ ބައެއް މާއްދާތައް މަދުވުމުން ދިމާވާ ލޭމަދުވުމުގެ ވައްތަރެކެވެ.

    8 - ބައެއް އިންފެކްޝަންތައް: މިފަދަ އިންފެކްޝަން ތަކުގެ ތެރޭގައި :-

    • އެޗްއައިވީ އޭޑްސް
    • ކްރޯންސް ޑިޒީޒް
    • ޕެރަސައިޓްގެ ސަބަބުންޖެހޭ އިންފެކްޝަން ތައް
    • ފަންގަލް އިންފެކްޝަން ތައް

    9 - އެހެނިހެން ބައެއް ކަންތައްތައް

    • ރޭޑިއޭޝަނަށް ހުށަހެޅުން
    • ކާނާ ވިހަވުން

    މީގެ އިތުރުން ދިރިއުޅުމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކުގެ ސަބަބުންވެސް ބަނޑުގައި ވައިއުފެދުމަށް ނުވަތަ ގޭސްޓަރއިސްޓިކް ވުމަށް މެދުވެރިވެއެވެ. އެގޮތުން ގަޑިން ގަޑިއަށް ނުކެއުމާއި' ދުންފަތުގެ އިސްތިޢުމާލް ކުރުމާއި، މާގިނައިން ކުޅިއެއްޗެތި ބޭނުން ކުރުމުގެ އިތުރުން ، ކޮކާކޯލާ، އެނާޖީ ޑްރިންކްސް ފަދަ ބުއިންތައް މާގިނައިން ބޭނުން ކުރުމާއި ' ފިކުރުކުރުމާއި އަރާމާއި ނިދި މަދުވުންހިމެނެއެވެ. މީގެއިތުރުން ޗޮކްލެޓް، ކެފެއިން ހިމެނޭ ތަކެތި، ބަނގުރާ، ސަރުބީ ގިނަ ކާނާ ބޭނުންކުރުމާއި ، މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ.

    ނޯޓް: މިލިޔުމަކީ ލިޔުންތެރިޔާ ހާމިމް އަލީ ލިޔުއްވާފައިވާ ލިޔުމަކުން ނަގާފައިވާ ލިޔުމެކެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.