• Sat, 24 October, 2020, 11:21 am
    އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

    އަލީ ރަޝީދާއި މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަަމަށް އަލީ ރަޝީދު ހުސެއިނާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަންކުރައްވައިފިއެވެ.

    ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް މި ދެބޭފުޅުން އައްޔަން ކުރައްވާފައިވަނީ އެދެބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވުމާމެދު ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށް ރައީސް އެ ދެ ބޭފުޅުންގެ ނަން މަޖިލީހަށް ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން އެ ދެބޭފުޅުންނަށް ރުހުން ދެއްވުމުންނެވެ.

    އެ ދެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.

    ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ރަޝީދާއި މުހައްމަދު އިބްރާހިމަށް ފަނޑިޔާރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާނެވެ.

    ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މިއަދު އައްޔަންކުރެއްވި އަަލީ ރަޝީދު އެންމެފަހުން އަދާކުރެއްވީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމެވެ. މީގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީ ކަމާއި ގާޒީ ކަމުގެ މަގާމާއި ޑްރަގު ކޯޓުގެ ގާޒީކަން ވެސް އަދާކުރެއްވި އެވެ.

    ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރެއްވި ޑރ. މުހައްމަދު އިބްރާހީމް އަކީ މެލޭޝިއާގެ ޔުނިވާސިޓީ އޮފް މަލާޔާ އިން އިސްލާމިކް ކޮމާޝަލް ލޯގެ ދާއިރާއިން ޑޮކްޓަރޭޓް އޮފް ފިލޯސޮފީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

    އޭގެ އިތުރުން ޕްރިމިއާ ޗެމްބާސްގެ ޕާޓްނަރެއްގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކައުންސިލް މެންބަރުކަމާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޝަރީއާ ކޮމިޓީގެ މެންބަރުކަން ޑރ. މުހައްމަދު އިބްރާހިމް އަދާކުރައްވާފައިވެ އެވެ.

    ސުޕްރީމް ކޯޓު ބެންޗުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ފަސް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއް ސުއޫދެވެ.

    ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެންނެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.