Mon, 29 November, 2021, 3:58 pm

އެޗްއާރުސީއެމަށް ތިން ބޭފުޅަކު އައްޔަންކޮށްފި

Share on twitter
Share on facebook
Share on twitter
Share on facebook

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ތިން ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.

އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމަށް މިއަދު އައްޔަން ކުރެއްވީ އާމިނަތު ޝިފާއަތު އަބްދުއްރައްޒާގާއި މުއުމިނާ ވަހީދު އަދި ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި ތިން ބޭފުޅުން ވެސް އަައްޔަނު ކުރެއްވުމުގެ ކުރިން، އެ ބޭފުޅުން ވަނީ ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފަ އެވެ. އެ ބޭފުޅުންނަށް ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާނެވެ.

އެޗްއާރުސީއެމަށް މިއަދު އައްޔަން ކުރެއްވި ތިން ބޭފުޅުންގެ ތެރެއިން ޝިފާއަތަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސިޑްނީން މާސްޓާސް އޮފް ކްރިމިނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭކަނބަލެކެވެ. އޭނާ އެންމެ ފަހުން އަދާކުރައްވާފައިވަނީ އެޗްއާރުސީއެމްގެ އެކްޓިންގ ސެކްރެޓަރީ ޖެނެރަލްގެ މަގާމެވެ.

މުއުމިނާ ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސިޑްނީން މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަޓައިޒޭޝަން (އޭޝިއާ ޕެސިފިކް) ފުރިހަމަކުރައްވާފައިވާ ބޭކަނބަލެކެވެ. އޭނާ މިއަދާ ހަމައަށް ހުންނެވީ އިކޮނޮމިކް މިނިސްޓްރީގެ ކޮންސަލްޓަންޓެއްގެ މަގާމުގަ އެވެ.

އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަސިޓީ އޮފް ވޮލޮންގޮންގް އިން ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވާ ޑރ. އަދުހަމު ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ލެކްޗަރާއެއްގެ މަގާމު އަދާކުރައްވައިފަ އެވެ.

އެޗްއާރުސީއެމްގެ ހަތަރު މެންބަރެއްގެ މަގާމު ހުސްވީ މަޖިލީހުން ވޯޓު ނަގައިގެން ވަކިކުރަން އުޅެނިކޮށް އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސް އާއި އެ ކޮމިޝަންގެ މެންބަރު އައިޝަތު އަފްރީން މުހައްމަދުގެ އިތުރުން މޫސާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނާއި މަޖިލީހުން ވޯޓު ނަގައި ކޮމިޝަންގެ މެންބަރު ކަމުން އެ ކޮމިޝަންގެ ނާއިބު ރައީސް އަހުމަދު ޒާހިދު ވަކިކުރުމުންނެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.