• Fri, 18 September, 2020, 4:02 pm
    އަންހެން ފުލުހެއް މަގުމަތި ޕެޓްރޯލް ކުރަނީ --- ފޮޓޯ: ޕޮލިސް

    އަންހެނުންނަށް އިސްކަންދީ ފުލުހުންގެ ވަޒީފާއަށް ހުޅުވާލައިފި، މުސާރަ 11،500 ރ. އަށްވުރެ ބޮޑު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ފުލުހުންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 15 އާ ހަމައަށެވެ.

    ފުލުހުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން، ޕޮލިސް ކޮންސްޓަބަލްގެ މަގާމަށް 30 މީހުން ބޭނުންވެ އެވެ. އަދި އެ މަގާމަށް އެދެވޭނީ ގްރޭޑް 10 ގެ ފެންވަރު ހުރުމާއެކު ފުލުހަށް ބޭނުންތެރި ފަންނީ ދާއިރާއަކުން ތިން މަހަށްވުރެ ކުރު ނޫން ކޯހެއް ފުރިހަމަކޮށް ފާސްވެފައިވާ 18 އަހަރާއި 25 އަހަރާ ދެމެދުގެ މީހުނަށެވެ.

    އޭގެ އިތުރުން ފިރިހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު 1 އިންޗި އަދި އަންހެނެއް ނަމަ އިސްކޮޅުގައި ހަތަރު ފޫޓް އަށް އިންޗިއަށްވުރެ ކުރުވެގެން ނުވާނެ ކަމަށާއި ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގެ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެ އެވެ.

    ފުލުސް ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް އަދި ވައްކަމާއި ޓެކުމާއި މަކަރާއި ހީލަތާއި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަރިކުރުމާއި ހިޔާނާތެއް މިދިއަ ފަސް އަހަރު ތެރޭ އެ މީހާގެ މައްޗަށް ޝަރީއަތުގައި ސާބިތުވެފައިވާ އޮވެގެނެއް ނުވާނެ އެވެ.

    އޭގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި މަސްތުވާ އެއްޗަކުން އެކަހެރިވާން ފަރުވާހޯދާފައިވާ ފަރާތަކަށް ނުވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ނުވުން ހިމެނެ އެވެ.

    ފުލުހުން ބުނީ، ވަޒީފާއަށް މީހުން ހޮވުމުގައި ތައުލީމީ ގޮތުން މަތީ ސަނަދު ހާސިލުކޮށްފައިވާ މީހުންނަށާއި އަންހެނުންނަށާއި އަދި ނ. އަތޮޅާއި ރ. އަތޮޅުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ މީހުންނަށް އިސްކަންދެވޭނެ ކަމަށެވެ.

    މި މަގާމުގެ އަސާސީ މުސާރަ އަކީ 4650 ރ. އެވެ. ސާވިސް އެލަވެންސްގެ ގޮތުގައި 5000 ރ. އަދި ނޮން ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 40 ޕަސެންޓް (1860 ރ.) ލިބޭނެ އިރު ޔުނީފޯމް އެލަވަންސްގެ ގޮތުގައި 300 ރ. ހިމެނެ އެވެ.

    އޭގެ އިތުރުން ޑިޕްލޮމާ ހަދާފައި ހުރި މީހެއްނަމަ އަސާސީ މުސާރައިގެ 10 ޕަސެންޓް، ބެޗްލާސް ޑިގްރީ ހަދާފައިވާނަމަ އަސާސީ މުސާރައިގެ 15 ޕަސެންޓް، މާސްޓާސް ހަދާފައިވާނަމަ އަސާސީ މުސާރައިގެ 20 ޕަސެންޓް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެ އެވެ.

    އިއުލާނުގައި ބުނެފައިވާ ގޮތުން ފޯމް ހުށަހަޅަން ޖެހޭނީ އޮކްޓޯބަރު 15 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން hrmd@police.gov.mv އަށް ނުވަތަ ޝަހީދު ހުސައިން އާދަމް ބިލްޑިންގަށެވެ. މަގާމަށް އެދި ހުށަހަޅާ ފޯމް ފުލުހުންގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.