• Mon, 19 October, 2020, 8:37 pm
  ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު --- ފޮޓޯ: މިހާރު

  އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންތަކެއް ހިންގި ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

  އެނގިފައިވާ ގޮތުގައި އަލީ ވަހީދާއި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުން ދަނީ މިދިޔަ ހޯމަ ދުވަހު އަމިއްލަ ފަރާތަކުން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.

  އޭސީސީގެ މީޑިއާ އޮފިޝަލު ވިދާޅުވި ގޮތުގައި އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގެ އިތުރުން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައިވާ ކަންކަމާ ގުޅިގެން އަށް މައްސަލައެއް އޭސީސީން ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަތައް ބަލަމުން އަންނަނީ އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

  ކޮވިޑާ ގުޅިގެން ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ބުނެފައިވަނީ މިނިސްޓްރީގެ މެންޑޭޓާ ނުގުޅޭ ބޮޑެތި ހަރަދުތަކެއް ކޮށްފައި ހުރުމާއި ޓްރަސްޓް ފަންޑުން ކޮވިޑާ ގުޅޭ ކަންކަމަށް ހަރަދުކުރަން ބަޖެޓެއް ކަނޑައެޅުމުގެ ކުރިން މުއާމަލާތްތައް ހިންގާފައިވާ ކަމަށެވެ.

  އެގޮތުން ކޮވިޑާ ގުޅިގެން މިނިސްޓްރީގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްފައިވާ މައިގަނޑު ކަންތައްތަކަކީ ސީދާ މިނިސްޓްރީގެ މެންޑޭޓާ ގުޅުންހުރި ކަންތައްތައް ނޫން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ޖުމުލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ އިރު، އޭގެ 99 ޕަސެންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ހަރަދުތަކެއް ނޫން ކަމަށެވެ.

  އޭގެ ތެރެއިން ކޮވިޑާ ގުޅިގެން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ދުނިޔޭގެ ފެންވަރުގެ ރެސްޕޮންސް އެންޑް ކޯޑިނޭޝަން މެޑިކަލް ޓީމެއް ރާއްޖެ ގެނައުމަށް ޓޫރިޒަމް ޓްރަންސްޓު ފަންޑުން ހަ މިލިއަން ރުފިޔާ ހަރަދުކުރަން ނިންމުން ހިމެނެ އެވެ.

  ރިޕޯޓްގައި ބުނެފައިވާ ގޮތުން، މެޑިކަލް ޓީމަށް ހަރަދުކޮށްފައިވަނީ ވެސް އެކަމަށް ހަރަދުވާނެ ކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީއަށްވުރެ އިތުރަށެވެ. އެގޮތުން އެ ޓީމާ ގުޅޭ ކަންކަމަށް ޖުމްލަ 8.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ލިޔެކިޔުންތަކުން ދައްކާއިރު އެ އަދަދަކީ ލަފާކުރި ހަ މިލިއަން ރުފިޔާއަށްވުރެ 2.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

  މި ކަންކަމާ ގުޅިގެން ރައީސް ވަނީ ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް ތަހުގީގުކޮށްދިނުމަށް އެދި އޭސީސީއަށް އަންގައިފަ އެވެ. އަދި ތަހުގީގުކޮށް ނިމުމުން، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.