• Thu, 26 November, 2020, 9:16 am
    ހަވީރު މާލޭ މަގުމަތީގައި ގުރޫޕު ހަދާފައި ސައިކަލު ބުރެއްގައި ބަޔަކު --- ފޮޓޯ: ސަން

    އޭ ޒުވާނާއެވެ! އުމުރާއި ޒުވާންކަން ހޭދަކުރި ގޮތާބެހޭ ގޮތުން ސުވާލު ވެވޭނެކަން އެނގޭ ހެއްޔެވެ؟

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގުބޮޑު ރައުސްމާލެވެ. ގައުމެއް ތަރައްގީވެ، ކުރިއަރައި ދިއުން ބިނާވެފައި ވަނީ، ގައުމުގެ ޒުވާނުންގެ ހުނަރާއި ސުލޫކާއި އެމީހުންގެ ހަރުދަނާ އަގީދާގެ މައްޗަށެވެ. ގައުމުގެ މުސްތަގުބަލަށް ކުރެވޭ އުންމީދުތަކުގެ ހަގީގީ މޭސްތެރިންނަކީ އެ ގައުމެއްގެ ޒުވާނުންނެވެ. މިހެންކަމުން އިސްލާމް ދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއް ދީ، ހަރުދަނާ ގާބިލު ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް ބާރު އަޅާފައިވެ އެވެ. ހަރުދަނާ އީމާންތެރި ޒުވާނުންނަކީ އެމީހުންގެ ނަފުސާއި މުދަލުން ވެސް ދީނާއި ގައުމަށްޓާކައި ގުރުބާންވާނެ ބައެކެވެ. ﷲގެ ދީން ހިމާޔަތްކޮށް އެ ދީނަށް ނަސްރުދީ އަދި ގައުމަށް ދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ގައުމު ދިފާއު ކުރުމުގައި އިސް ސަފުގައި ތިބޭނެ ވަރުގަދަ ފަހުލަވާނުންނެވެ.

    އޭ ޒުވާނުންނެވެ. އިސްލާމް ދީން ގޮވާލަނީ ޒުވާންކަމުގެ އުމުރު މާތް ﷲ އަށް ކިޔަމަންގަތުމުގައި ހޭދަ ކުރުމަށެވެ. އަޅުކަން ކުރުން މަތީގައި ހެދިބޮޑުވަމުން އަންނަ ޒުވާނާ އަށް ﷲ ތައާލާ ގިޔާމަތް ދުވަހުން ވަރަށް މަތީ ދަރަޖައަކާއި ޝަރަފެއް ދެއްވާފައިވެ އެވެ. އެގޮތުން ރަސޫލާގެ ހަދީޡް ބަސްފުޅުން ސާބިތުވާ ގޮތުގައި "ﷲ ތައާލާގެ ހިޔާވަހިކަން ފިޔަވައި، އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާ ދުވަހު (އެބަހީ ގިޔާމަތް ދުވަހު) އެކަލާނގެ ހަތް ބަޔަކަށް އަރްޝީގެ ހިޔާވަހިކަން ދެއްވައެވެ" އޭގެ ތެރެއިން އެއް ބައެއްގެ ގޮތުގައި ހަދީޡް ކުރައްވަނޯ: "އަދި ﷲ އަށް އަޅުކަން އަދާކުރުން މަތީގައި ބޮޑުވަމުން އަންނަ ޒުވާނާއެވެ."

    މިއީ ކޮންފަދަ މަތިވެރި ނަސީބެއް ހެއްޔެވެ! މި ނަސީބު ހާސިލުވުމަށް ނޭދޭނީ ފަހެ ކޮން ޒުވާނެއް ހެއްޔެވެ؟ ގިޔާމަތް ދުވަހުގެ ބިރުވެރި މައިދާނުގައި މަހުޝަރު ބިމުގައި މީސްތަކުންނާާ ކައިރިއަށް މާލެއްގެ މިންވަރަށް އިރު ކައިރިކުރެއްވޭ ހިނދުގައި ތިޔަ ލޮބުވެތި ޒުވާނުންނަށް އަރުޝީގެ ހިޔާވަހިކަން ލިބޭނޭގޮތް ﷲ ތައާލާ މިވަނީ މިންވަރުކުރައްވާާފައެވެ. ވީމާ އެކަލާނގެއަށް ބިރުވެތިވެ ނުހަނު ޝުކުރުވެރިވެ، އެކަލާނގެއަށް އަޅުކަން ކުރުމުގައި ހަޔާތުގެ ވަގުތުތައް ހޭދަކުރުމަށް އަވަސްވެގަންނާށެވެ!

    އިންސާނާގެ އުމުރުފުރާގެ ތެރެއިން ޒުވާންކަމަކީ ބޮޑުވެގެންވާ ނިއުމަތެކެވެ. އެހެންވެ، އެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުން ހާއްސަ ގޮތެއްގައި ސުވާލުވެވޭނެ އެވެ. ފަސް ކަމެއްގެ ކުރިން ފަސްކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކީރިތި ރަސޫލާ އަމުރުކުރެއްވި ހިނދު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ވަނީ މިފަދައިންނެވެ.

    "މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!"

    ގަތަރު ކަމަކާބެހޭ ގޮތުން އަޅާއާ ސުވާލު ކުރެވިއްޖައުމަށް ދާންދެން ގިޔާމަތް ދުވަހު އޭނާގެ ފައިތިލަ ހުރިތަނުން ގުޑާވެސް ނުލެވޭނެކަން ކީރިތި ރަސޫލާ ބަޔާންކުރެއްވި ހިނދު އެކަލޭގެފާނު ހަދީޡްކުރައްވާފައިވަނީ މިފަދައިންނެވެ. "އޭނާގެ އުމުރު ފަނާކުރި ގޮތާއި އޭނާގެ ޒުވާންކަން ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ."

    މި ހަދީޡްގައި އުމުރު ހޭދަކުރި ގޮތާ ބެހޭގޮތުން ސުވާލު ކުރެވޭނެ ވާހަކަ އޮވެފައި، ވަކިން ހާއްސަކޮށް އޭގެ ފަހުން ޒުވާންކަން ހޭދަކުރި ގޮތާބެހޭ ގޮތުން ސުވާލު ކުރައްވާނެކަން ބަޔާންކުރައްވާފައި ވާތީ، ޒުވާންކަމަށް ދެވިފައިވާ އަހަމިއްޔަތާއި އެކަމުގެ ބޮޑުކަން ވަޒަންވެގެންދެ އެވެ. ފަހެ ޒުވާންކަމަކީ އިންސާނާގެ އުމުރުގެ އެންމެ މުހިންމު ބައެވެ. ވީމާ އެންމެހާ ޒުވާނުން އެ ނިއުމަތާމެދު ސަމާލުވުމަށް ނަސޭހަތްތެރިވެ، ވަސިއްޔަތް ކުރަމެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.