• Fri, 18 September, 2020, 3:40 pm

    ޑުރަގް ބޭނުންކުރާ 15 ފަންނާނެއްގެ ނަން ރިއާ ހާމަކޮށްފި، ސާރާގެ ނަން ހިމެނޭ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ބޮލީވުޑް ފަންނާނުންގެ ތެރެއިން ޑުރަގް ބޭނުން ކުރާ 15 ފަންނާނެއްގެ ނަން ރިއާ ޗަކްރަބަތީ ހާމަކޮށްފައިވާ ކަމަށް ބައެއް މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

    އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅުން އޮތް މަސްތުވާތަކެތީގެ މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން އޭނާގެ ލޯބިވެރިޔާ ރިއާ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ޑުރަގް މައްސަލައާއި އޭނާއާ ގުޅުން އޮތް ކަމަށް އިއުތިރާފުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

    ރިއާ ހައްޔަރުކުރުމާއެކު ސުޝާންތުގެ ކުއްލި މަރުގެ ހާދިސާގެ ތަހުގީގު މިހާރު ވަނީ ޑުރަގް ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމުގެ މައްސަލައަކަށް މުޅިން ބަދަލުވެފަ އެވެ.

    އެ ތަހުގީގުގައި ރިއާ ހާމަކުރި ކަމަށް ބުނާ މައުލޫމާތުގައި ހިމެނޭ 15 ފަންނާނުންގެ ތެރޭގައި އެހެން މީހުންނަށް ޑުރަގް ހޯދައިދޭ ފަންނާނުންނާއި އަމިއްލައަށް ޑުރަގް ބޭނުންކުރާ ފަންނާނުންގެ ވެސް ރިއާ ހާމަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

    ތަހުގީގަށް ރިއާ ދިން ނަންތަކުގެ ތެރޭގައި ސާރާ އަލީ ޚާން އާއި ރާކުލް ޕްރީތް ސިންގް އަދި ސުޝާންތުގެ އެންމެ ފަހުގެ ފިލްމު "ދިލް ބެޗާރާ"ގެ ޑައިރެކްޓަރު މުކޭޝް ޗަބްރާ ހިމެނޭ ކަމަށްވެ އެވެ. ނަމަވެސް ހުރިހާ ފަންނާނުންގެ ލިސްޓެއް އެއްވެސް މީޑިއާއަކުން އަދި ހާމައެއް ނުކުރެ އެވެ. އަދި ބޮލީވުޑް ފަންނާނުންނަށް ޑުރަގް ސަޕްލައި ކޮށްދޭ ރިންގެއް އުޅޭކަން އެންސީބީގެ ތަހުގީގަށް ހާމަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

    އޭގެ އިތުރުން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި، އިންޑިއާ ލޮކްޑައުންގައި އޮއްވައި ޝުޝާންތުގެ ގެއިން ރިއާގެ ގެއަށް ޑުރަގް ފޮނުވި ކަމަށް ބުނާ ވާހަކަތަކެއް ވެސް ވަނީ މީޑިއާތަކަށް ފެންމަތިވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ ޑުރަގް ފޮނުވާފައިވަނީ މެދުވެރިއެއް ބޭނުންކޮށްގެންނެވެ. އަދި އެފަހަރު ބައި ކިލޯގެ މަރުއާނާ ފޮނުވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

    ރިއާގެ އިތުރުން މި މައްސަލައިގައި މިހާރު ހައްޔަރު ކޮށްފައިވާ ސުޝާންތުގެ ހައުސް މެނޭޖަރު ސެމިއުލް އާއި ހައުސް ހެލްޕް ޑިޕޭޝް ސާވަންތު އެންސީބީ އަށް ދީފައިވާ ބަޔާންތަކުގައި ވެސް ބުނެފައިވަނީ ސުޝާންތުގެ ފާމް ހައުސްގައި ވަރަށް ގިނައިން ޑުރަގް ޕާޓީތައް ބާއްވާ ކަމަށާއި އަދި އެ ޕާޓީތަކުގައި ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ބައިވެރިވާ ކަމަށެވެ. އަދި ޕާޓީތަކުގައި ބައިވެރިވާ ފަންނާނުންގެ ނަންތައް ވެސް އެމީހުން ކިޔައިދީފައިވެ އެވެ. ނަމަވެސް އެ ނަންތައް އިންޑިޔާގެ ނޫސްތަކުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

    ސުޝާންތު ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އޭގެ ހަފުތާއެއްހާ ދުވަސް ފަހުން ޖޫން 14 ވަނަ ދުވަހު އެވެ. ސުޝާންތުގެ އޮޓޮޕްސީ ރިޕޯޓުގެ ސައްހަ ކަމާ މެދު ވެސް މިހާރު ނާކޮޓިސް ކޮންޓްރޯލް ބިއުރޯގެ އޮފިޝަލުން ޝައްކު ކުރެ އެވެ. އޭނާގެ ލޭގައި ޑްރަގްގެ އަސަރު ހުރި ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ނެތުމުންނެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.