• Tue, 27 October, 2020, 6:19 am

  ހަށިގަނޑަށް ބޭނުންތެރި އެތަށް މާއްދާ އެއް ހިމެނޭ މިބުއިމަކީ ފެޓް މަދު، ކޮލެސްޓްރޯލް ނުހިމެނޭ ބުއިމެއް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދޭ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ބޭނުންކުރެވޭ އެންމެންގެ މެދުގައި މަޝްހޫރު ކުރުބާ ފެނަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި އަދި އެހާމެ މީރު ބުއިމެކެވެ. ތަފާތު އެތައް ބޭނުންތެރި މާއްދާ އަކުން މުއްސަދިވެފައިވާ މިބުއިމަކީ ފެޓް މަދު އަދި ކޮލެސްޓްރޯލް ނުހިމެނޭ ބުއިމެކެވެ.

  އޮރެންޖް ޖޫހަށްވުރެ ކުރުބާ ފެނުގެ ފައިދާ އިތުރު ކަމުގައި ބުނެވެއެވެ. ކުރުބާ ފެނުގައި މައިމީހާގެ ގާތުން ދޭ ކިރުގައި ވެސް އެކުލެވޭ މާއްދާއެއް ކަމުގައިވާ ”ލައުރިކް އެސިޑް” ހުރެއެވެ. މިއީ ފަންގަސް، ބެކްޓީރިއާ އަދި ވައިރަސް ފަދަ ޖަރާސީމްތައް މަރާލުމުގެ ގާބިލިއްޔަތު ލިބިފައިވާ އެސިޑެކެވެ.

  އިންސާނާގެ ހަށިގަޑަށް ބޭނުންވާ ގިނަ މައުދަތަކެއް ހިމެނޭ ކުރުބާފެނުގައި ހިމެނޭ ހަކުރުގެ އެންމެ އަސާސީ ދެބަޔަކީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ގޮބޮޅި ކިހާކަށްވެ، ކުރުނބާއަކަށް ބަދަލުވާން ފަށާއިރު ގިނައިން ހުންނަނީ ގުލްކޯޒް އަދި ފްރަކްޓޯޒް އެވެ. ނަމަވެސް ރަގަޅަށް ފައްކާވެ، ކާއްޓަކަށްވާއިރު، ކާށީގައި ހިމެނޭ ހަކުރުގެ 90 އިންސައްތަ އަކީ ސުކްރޯޒް އެވެ.

  މީގެ އިތުރުންވެސް ކުރުނބާ ފެނުގައި ސޯޑިއަމް، ޕޮޓޭސިއަމް، ކެލްސިއަމް، ފޮސްފަރަސް، ދަގަނޑު، ކޮޕަރ، ސަލްފަރ އަދި ކްލޮރައިޑް ހިމެނޭއިރު ކުރުނބާގައި ހިމެނޭ މައުދަންތަކުގެ ތެރެއިން ½ އަށްވުރެ ގިނައިން ހުންނަނީ ޕޮޓޭސިއަމް އެވެ. މައުދަންތައް ހުރުމުގެ ސަބަބުން ކުޑަކަމުދާ ތަކެތި ބޭރުކުރެވޭ މިންވަރު ކުރުނބާ ފެން ބޭނުން ކުރުމުން އިތުރުވެއެވެ.

  ކުރުނބާ ފެނުގައި ހިމެނޭ ޕްރޮޓީން އަށް ބަލާލާއިރު ޕްރޮޓީން ހިމެނެނީ ކުޑަމިންވަރަކަށް ހިމެނިފައިވީ ކަމުގައިވިޔަސް ވިޓަމިން ސީ އާއި ވިޓަމިން ބީގެ ބާވަތްތައް ކުރުނބާ ފެނުގައި ހިމެނިފައިވާލެތް މަދެއްނޫނެވެ. ކުރުނބާ ފެނުގެ ކޮންމެ މިލިލީޓަރެއްގައި،7-2.2 މިލިގްރާމް އާއި ދެމެދުގެ މިންވަރަކަށް ވިޓަމިން ސީ ހުރެއެވެ. އަދި މިމިންވަރު ކުރުނބާ ހަރުވެ ކާއްޓަށް ވަމުންދާ ވަރަކަށް މަދުވާނެ އެވެ.

  ޕޮޓޭސިއަމް ގިނަ އަދަދަކަށް ހިމެނިފައިވާ ކުރުބާފެނަކީ ކްލޮރައިޑް ގިނަ އަދި ސޯޑިއަމް މަދު ފެނެކެވެ. މިއީ ތަފާތު މައުދަންތައް ނުވަތަ އިލެކްޓްރޯލައިޓް ތައް އެންމެ ގިނަ އެއްބުއިމެވެ. އެހެން ކަމުން ބޭރަށް ހިންގުން ފަދަ ކަންތައް ކުރިމަތިވުމުން ބޯން އެންމެ އެކަށޭނަ އެއްބުއިމަކީ ކުރުބާ ފެނެވެ. މީގެ އިތުރުން ކުރުބާފެނުން ލިބޭ އެހެން ފައިދާ ތަކަށް ބަލާއިރު، ހިތުގެ ބަލިތަކުން ދުރުކޮށް، ކޮލެސްޓީރޯލްގެ މިންވަރު ދަށް ކޮށްދެއެވެ. ހަކުރުބައްޔާއި، ގޮހޮރާއި މައިދާގެ ބައެއް މައްސަލަ ތައް ކުރިމަތިވެފައިވާ މީހުންގެ ޞިއްޙީ ހާލަތު ދުޅަހެޔޮކުރުމުގައި އެހީތެރިވެދެއެވެ. އަދި ހަށިގަނޑަށް ހަކަތަ އާއި ބާރު ފުރިހަމައަށް ލިއްބައިދެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.