• Sat, 24 October, 2020, 4:23 am

  މީހެއްގެ މިލްކިއްޔާތު ފުރީޒްކުރަން އެދުނުއިރު ލިބެންޖެހޭ ފައިސާގެ މިންވަރު ސާފުވާންޖެހޭ: ސުޕްރީމް ކޯޓު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މީހެއްގެ މިލްކިއްޔާތު ފްރީޒްކުރުމުގެ ޢަމުރަށް އެދުނުއިރު ދައުލަތަށް ލިބެންޖެހޭކަމަށް ޔަޤީންކުރެވިފައިވާ ފައިސާގެ މިންވަރު ސާފްވާންޖެހޭކަމަށް ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒް ކުރުމާބެހޭ އިސްތިއުނާފު ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ސުވާލުކޮށްފިއެވެ.

  ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށް އެދި އަމުރެއް ނެރެން އެދިފައިވާތީ މިއަދު ސްޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ވަކި މުޢާމަލާތަކާއި ގުޅިގެން ކުރެވުނު ތުހުމަތުތަކަކާއި ގުޅިގެން އަމުރެއް ނެރުމަށް މައްސަލަ ހުށައަޅާފައިވާއިރު އެއަމުރުގައި ގިނަ އެކައުންޓަތަކެއްގެ ވާހަކަ އިސްފައިވަނީ ކީއްވެގެންތޯ ސުވާލުއުފައްދަވާފައެވެ.

  މިއަދުގެ ޝަރީއަތުގައި ފަނޑިޔާރުންގެ ބެންޗުން ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައިވާއިރު ފަނޑިޔާރު ސޫއޫދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާތަކަކީ ކޮން ފައިސާތަކެއްކަން ތަފްސީލު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. ތަކުރާރުކޮށް ފަނޑިޔާރު ސުއޫދު އެސުވާލުކުރުމުންވެސް ދައުލަތަށް އެސުވާލަށް ޖަވާބުދީފައިނުވެއެވެ. އެހެން ކަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ޓާގެޓްކުރާ އަދަދު ޝަރީއަތަށް ސާފު ކޮށްދެވޭ ވަރަށް ތައްޔާރު ވެގެން އައުމަށް އެދޭ ކަމަށާއި މި މައްސަލައަކީ މީހެއްގެ މުޅި މިލްކިއްޔާތާއި ގުޅިފައިވާ މައްސަލައެއް ކަމަށްވިދާލުވެފައެވެ.

  މީގެއިތުރުން ފަޑިޔާރުންގެ ބެންޗުން ވަނީ އެއީ ދައުލަތަށް ކޮންގޮތަކަށް ކިހާ މިންވަރަކަށް ލިބެންޖެހޭ ފައިސާކަން ނުވަތަ އެކަން ބިނާކުރި ހެކިތަކާއި ސަބަބުތައްވެސް ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

  ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް، އެކައުންޓްތައް ދޫކޮށްލަން އަންގާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓުގައި މިދިޔަ އަހަރު އިސްތިއުނާފުކުރި މައްސަލާގައި މިއަދު ވަނީ މި މައްސަލައިގެ ބެންޗް ބަދަލުވެފައިވުމުން ޢިޖުރާޢަތްތައް ފުރިހަމަކުރުމަށް އަޑުއެހުމެއް ބާއްވާފައެވެ.

  މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޙުޞްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަަދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.