• Fri, 18 September, 2020, 3:39 pm

  ބޮޑުކަންނެލި މަސްވެރިންނަށް ވެސް އިންކަމް ސަޕޯޓް ދޭން ގޮވާލައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކޮވިޑް-19އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓް، ބޮޑު ކަންނެލި މަސްވެރިންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި އެވެ.

  އެ ޔޫނިއަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖުލައި މަހާ ހަމައަށް ކޮވިޑުގެ ސަބަބުން ބޮޑު ކަންނެލި މަސްވެރިންބާނާ މަސް ގަންނަމުން އައިސްފައިވަނީ 35 ރުފިޔާއަށްވުރެ ދަށް އަގުތަކެއްގައި ކަމަށާއި ބައެއް ފަހަރު 20 ރުފިޔާ 25 ރުފިޔާއަށް ވެސް މަސް ގަނެފައިވާ ކަމަށެވެ.

  އާންމުގޮތެއްގައި މަހުގެ އަގު އެވްރެޖްކޮށް ހުންނަނީ 40 ރުފިޔާ އާއި 50 ރުފިޔާގެ ދަށް އަގެއްގައިކަމުން ދެބައި ކުޅައެއްބަޔަށް މަސްގަންނަން އަގު ދަށްވުމުން އެވްރެޖްކޮށް ބޮޑު ކަންނެލީގެ ބޮޑު އިންސައްތަ މަސްވެރިންނަށް 5000 ރުފިޔާގެ އާމްދަނީއެއް މަހެއްގެ މައްޗަށް ލިބިފައިނުވާކަމުގައި ކަމަށް އެ ޔޫނިއަނުން ބުނެ އެވެ.

  "ހިތާމައަކީ ސަރުކާރުގެ ފަރާތުން ކޮވިޑް 19 ގައި މަސްގަންނަ ފަރާތްތަކަށް މަސްގަތުމަށް ފައިސާ ދޫކޮށްފައިވާތީ ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ކޮވިޑާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ދޭ އިންކަމް ސަޕޯޓަށް ޝަރުތު ހަމަނުވާނެ ކަމަށް ނިންމާފައިވާތީ މި ޔޫނިއަންގެ ފަރާތުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމެވެ،" ބަޔާނުގައިވެ އެވެ.

  ޔޫނިއަންގެ ބަޔާނުގައި އިތުރަށް ވަނީ، އެ ނިންމުން ވަގުތުން ވަގުތަށް ބަދަލުކޮށް ބޮޑު ކަންނެލި މަސްވެރިންގެ ތެރެއިން ވެސް 5000 ރުފިޔާގެ އާމްދަނީއެއް ނުލިބޭ މަސްވެރިންނަށް އާމްދަނީގެ އެހީތެރިކަން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ގޮވާލައިފަ އެވެ. އަދި ބޮޑުކަންނެލި މަސްވެރިން ބާނާ މަސް އެކަށީގެންވާ ރަނގަޅު އަގެއްގައި ގަނެ، ގިނަ މާކެޓްތަކަށް ބޭރުކުރެވި އިތުރު ފަރާތްތަކަށް ބޮޑުކަންނެލި މަސްގަނެ ބޭރުކުރެވޭނެ ގޮތަށް ސިޔާސަތު ބަދަލުކޮށް މަސްވެރިންގެ މެދުގައި ސަރުކާރުން ގެންގުޅޭ ތަފާތު ކުރުންތައް ނައްތާލުމަށް ވެސް ގޮވާލާފައިވެ އެވެ.

  އޭގެ އިތުރުން މަސްގަންނަ ފަރާތްތަކުން މަސްބޭރު ކުރުމުގައި ހުރި ގޮންޖެހުންތަކަށް ވެސް ހައްލެއް ގެނެވި، މަހުގެ އަގަށް އަންނަ ނުރަނގަޅު ބަދަލު މަސްވެރިން ހަމައެކަނި ހިއްސާ ކުރަން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށް ވެސް ޔޫނިއަންގެ ފަރާތުން ގޮވާލި އެވެ.

  "ބޮޑު ކަންނެލި މަސްވެރިކަމުގެ ސިނާއަތް ކުރިއަށް ގެންދިއުމަށްޓަކައި މަސްވެރިންގެ ބައިވެރިވުން ބޮޑުކޮށް މަސްވެރިން ނަން ރަނގަޅު އާމްދަނީ އެއް ލިބުން އިންތިހާއަށް މުހިންމު ކަމުގައި މި ޖަމިއްޔާއިން ދެކެމެވެ. މިހާރުވެސް ބޮޑުކަންނެލި މަސްވެރިކަން ކުރަމުން އައި އެތަކެއް އޮޑިއެއް ކަނޑުމަސް މަސްވެރިކަމަށް ބަދަލުވެފައިވާކަން ވެސް ފާހަގަކުރަމެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.