• Fri, 18 September, 2020, 3:41 pm

    ފެނަކައިން ބައިނަލްއަގްވާމީ މިންގަނޑުތައް ގާއިމުކޮށް، އައިއެސްއޯ ސެޓްފިކެޓް ހާސިލުކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޮ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެނަކައިގެ ހިދުމަތްތައް ބައްޓަންކޮށް، އެކޯޕަރޭޝަންގެ ހިދުމަތްތައް ސެޓިފައިކޮށްފި އެވެ.

    ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓާއި އައިއެސްއޯ 45001:2018 އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށެވެ.

    މީގެ ތެރެއިން އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ. އެއީ ބައިނަލްއަގްވާމީ ގޮތުން މުއައްސަސާތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރަނގަޅު ފެންވަރުގައި ހިފެހެއްޓިފައިވާ ހިދުމަތްތަކެއްތޯ ބަލާނެ ގޮތް ކަނޑައެޅުމުގެ ގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

    އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީގެ މިންގަނޑުތަކަކީ މަސައްކަތުގެ މާހައުލުގައި އެކަށޭނެ މިންވަރަށް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިފައިވޭތޯ ބަލަން އެކުލަވާލާފައިވާ މިންގަނޑުތަކެކެވެ.

    ފެނަކަ ކޯޕަރޭޝަނުން ބުނީ އައި އެސްއޯ އަށް ސެޓިފައި ވުމަށް ކުރެވުނު މަސައްކަތުން މިހާރު އެ ކުންފުނީގެ ލަނޑުދަނޑި އާއި ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަންޖެހޭ ގޮތުގެ އުސޫލުތަކާއި ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި އަމަލުކުރަމުންދާ ކަމަށެވެ.

    އޭގެ އިތުރުން އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށް ވެސް ހާސިލްކުރަންޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއެކު އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާފޯމަންސް އިންޑިކޭޓާސް އާއި ގުޅުވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ބުނެ އެވެ.

    އައިއެސްއޯއަށް ސާޓިފައި ވުމަކީ އާންމުންގެ މެދުގައި ފެނަކައާ މެދު ގެއްލިފައި އޮތް އިތުބާރު އަލުން ހޯދައިދީ، ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި މުވައްޒަފުން ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

    މި ކާމިޔާބީއާ ގުޅިގެން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ، ފެނަކައިގެ ހިންގުން އައިއެސްއޯގެ ސްޓޭންޑަޑަށް ގެނެވުނީތީ އުފާކުރާ ކަމަށާއި ފެނަކައިގެ ލޮބުވެތި މުރާލި މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.