• Tue, 27 October, 2020, 9:05 am

    ބަރަހަނާ މަންޒަރުތަކާއި ދީނާ ހިލާފު ވާހަކަ ފަތުރާ ސައިޓުތައް ބްލޮކް ކުރަން ހުތުބާގައި ގޮވާލައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކާއި އިސްލާމް ދީނާ ހިލާފު ވާހަކަތައް ހުންނަ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތަށް އެފަދަ ވެބްސައިޓްތައް ބްލޮކް ކުރުމަށް ބަންދުކޮށް ދެއްވުމަށް އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނަށާއި ހިއްސާދާރުންނަށް މިއަދުގެ ހުތުބާގައި ގޮވާލައިފި އެވެ.

    "އިންޓަނެޓްގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިންނަށް ފަސްކޮށްދޭށެވެ!" މި ނަމުގައި މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ދަރިން ނުބައި ކަންތައްތަކުގެ ޝިކާރައަކަށް ހެދުމަށް އިންޓަނެޓްގެ ދުނިޔޭގައި ބަޔަކު ފާރަލައިގެން ތިބިކަން ދަންނަންވާނެ ކަމަށާއި އެކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

    އެގޮތުން އެއްވެސް ބެލުމެއް ނެތި، އިންޓަނެޓް ބޭނުންކުރާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދިނުމެއް ނެތި، އެއްވެސް ހިފެހެއްޓުމެއް ނެތި، ދަރިން އިންޓަނެޓްގެ ދުނިޔެއަށް ދޫކޮށްލުމަކީ ވަރަށް ގިނަ ފަހަރަށް ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވުމާއި ބަރަހަނާ މަންޒަރުތަކުގެ ތެރެއަށް އެކުދިން ހުށަހެޅިގެންދާ ސަބަބެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ. އަދި އެއީ މަސްތުވާތަކެއްޗާއި އެހެނިހެން ކުށްތަކުގެ ތެރެއަށް ގެންދިއުމަށް ކޮށާލެވޭ މަގަކަށް ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.

    އޭގެ އިތުރުން އިސްލާމް ދީނާ މެދު ޝައްކު އުފައްދައި، އެކުދިންގެ ހިތްތަކުން އީމާންކަން ފޮހެލުމަށް ބަޔަކު މީހުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތަށް ނޭނގި ތިބެ، ދެވޭ އެއްބާރުލުމަކަށް އެކަން ވެގެންދާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަމާއި ހައްދުފަހަނަ އަޅައި ދިއުމުގެ ތެރެއަށް ދަރިން ގެންދާ މީހުން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން ގެންދަނީ އިންޓަނެޓް ބޭނުންކޮށްގެން ކަމަށެވެ.

    އެހެންކަމުން ބަރަހަނާ މަންޒަރުތައް އެކުލެވޭ ވެބްސައިޓްތަކަށާޢި އިސްލާމް ދީނާ ހިލާފު ވާހަކަތަކާއި ދީނުގެ ނަމުގައި ހައްދުފަހަނަ އަޅައި ދިއުމަށް ހިތްވަރުދޭ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތް ހެދުމަކީ އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ ވެރިންނާއި ހިއްސާދާރުންގެ ވަރަށް ބޮޑު ޒިންމާއެއް ކަމަށް ހުތުބާގައި ބުންޏެވެ.

    އެގޮތުން އެފަދަ ވެބްސައިޓުތަކަށް ނުވަދެވޭ ގޮތަށް ބަންދުކޮށް ދެއްވުމަށް ވަނީ ގޮވާލައިފަ އެވެ.

    ހުތުބާގައި އިތުރަށް ވަނީ ދަރިންނަށް އިންޓަނެޓްގެ ވަސީލަތް ބޭނުންކުރުމަށް ދޭއިރު ޕޭރަންޓް ކޮންޓްރޯލް އަދި ފެމިލީ ސޭފްޓީ ފަދަ ކަންތައް ފުރިހަމަކުރެވިފައިވާކަން ޔަގީން ކުރުމަށް. އެކަންތައް ނުކޮށް ދަރިން އިންޓަނެޓްގެ ބޮޑު ބިޔަ ދުނިޔެއަށް ދޫކޮށްލުމުގެ ނަތީޖާ ހިތި ގޮތެއްގައި ފެނުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.

    ނަމަވެސް އެކަންކަމަކީ ކޮންމެ ބެލެނިވެރިއަކަށް ފަސޭހައިން އެނގޭ ކަމަކަށް ނުވެ ހިނގައިދާނެތީ ﷲ ތައާލާ ދެއްވި އިލްމުވެ ބޭނުންކޮށްގެން އެކަން ކުރާނެ ގޮތްތައް ބެލެނިވެރިނަން ދަސްކޮށްދިނުމަށް އައިޓީ ދާއިރާގެ ބޭފުޅުންނަށް ހުތުބާގައި ވަނީ ގޮވާލައިފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.