Tue, 19 March, 2024, 7:10 am
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އޭޕްރަންގައި ފްލައިޓުތަކެއް --- ފޮޓޯ: އެމްއޭސީއެލް

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ލީޑިން އެއާޕޯޓަކަށް ވެލާނާ އެއާޕޯޓް ނޮމިނޭޓް ވެއްޖެ

ވޯލްޑް ޓްރެވެލް އެވޯޑްސްގެ ލީޑިން އެއާޕޯޓަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓް ވެއްޖެ އެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާ އާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ގައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ފެށިގެން ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ އެވޯޑެކެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްގެ “ލީޑިން އެއާޕޯޓްސް 2020″އަށް ވީއައިއޭ ނޮމިނޭޓް ވެފައިވާއިރު މިއީ މި އެވޯޑަށް އެ އެއާޕޯޓް ނޮމިނޭޓްވި 12 ވަނަ ފަހަރެވެ.

މިއަހަރުގެ ލީޑިން އެއާޕޯޓްގެ އެވޯޑަށް އިތުރު 22 އެއާޕޯޓެއް ވާދަކުރެއެވެ. އޭގެތެރޭގައި ފާއިތުވެދިޔަ ދެ އަހަރު މި އެވޯޑު ކާމިޔާބުކުރި ސިންގަޕޯގެ ޗަންގީ އެއާޕޯޓު ވެސް ހިމެނެ އެވެ.

މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ވޯޓު ދިނުމުގެ ފުރުސަތު އޮންނާނެ އެވެ.

ދުނިޔޭގެ ލީޑިން އެއާޕޯޓަށް ވެލާނާ އެއާޕޯޓް ނޮމިނޭޓްވި އިރު، އެ އެއާޕޯޓަށް ދާދި ފަހުން ވަނީ އެއާޕޯޓް ކައުންސިލް އިންޓަނޭޝަނަލުން ދޭ ދަތުރުކުރުން ރައްކާތެރި އެއާޕޯޓެއް ކަމަށް ކަނޑައަޅާ “އެއާޕޯޓް ހެލްތް އެކްރެޑިޓޭޝަން” ލިބިފަ އެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުން މި މިންކުރުން ލިބުނު ދެ ވަނަ އެއާޕޯޓެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.