• Tue, 27 October, 2020, 6:09 am

  ގާބިލު މުވައްޒަފުން އުފެއްދުމަށް ފެނަކައިން ތައުލީމާއި ތަމްރީނު ދޭނެ މަރުކަޒެއް އުފައްދައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަކީ ގާބިލު ބަޔަކަށް ހެދުމަށް "ފެނަކަ އިންސްޓިޓިއުޓް ފޮ ޓްރެއިނިން އެންޑް ރިސާޗް"ގެ ނަމުގައި ހާއްސަ ތައުލީމާއި ތަމްރީން ދޭ މަރުކަޒެއް ރަޖިސްޓްރީ ކޮށްފި އެވެ.

  ގާތްގަނޑަކަށް 3300 އަށްވުރެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން އަންނަ ފެނަކަ އިން ބުނީ އެކުންފުނިން ވުޖޫދު ކުރި އިންސްޓިޓިއުޓްގެ ހަގީގީ މަގުސަދަކީ ކުންފުނީގެ ވަޒީފާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވޮކޭޝަނަލް ޓެރޭނިން ދިނުމާއި ދެވޭ ހިިދުމަތްތަކާއި ގުޅޭ ދާއިރާއިން މަތީ ތައުުލީމު ހޯދުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން ކަމަށެވެ.

  އެގޮތުން އެ އިންސްޓިޓިއުޓުން ތައުލީމު ހާސިލުކޮށް ދަސްވެނިވާ ދަރިވަރުންގެ ކިބައިގައި ބައިނަލްއަގުވާމީ ފެންވަރު ހުނަރާއި ގާާބިލުކަން ހުރުމާއެކު އެ ދަރިވަރުންނަށް އެފެންވަރުގެ ސެޓްފިކެޓެއް އޮންނާނެ ކަމަށް ފެނަކައިން ބުންޏެވެ.

  ފެނަކަ އިން ބުނީ، މުވައްޒަފުން ހިދުމަތުގައި ތިބެ، އާއިލާއާއެކު އެއްފަސްގަނޑެއްގައި ފަސޭހަކަމާއެކު ވާސިލުވޭވޭނެ ހިސާބެއްގައި ތިބެ އުނގެނުމަށް ފުރުސަތު ތަނަވަސްކޮށްދީ ޒަމާނީ ތައުލީމާއި ތަމްރީނު ދިނުމާއެކު ޒިންމާދާރު ނަޒާހަތްތެރި މުވައްޒަފުންތަކެއް ބިނާކޮށްދިނުމަކީ ކުންފުނީގެ އަމާޒެއް ކަމަށެވެ.

  އެގޮތުން އެ އަމާޒަށް ވާސިލުވުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން މިއަދު ގާއިމްކުރި އިންސްޓިޓިއުޓަކީ މުވައްޒަފުންގެ ޒަމާންވީ ޝަކުވާތަކަކަށް ނިމުން ގެނެސް މުވައްޒަފުންގެ މަސައްކަތަށް ލިބުނު އިތުރު އާރޯކަމެއް ކަމަށް ފެނަކަ އިން ބުންޏެވެ.

  ފެނަކައިން އިތުރަށް ބުނީ، ހިދުމަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެވޭނީ ހިދުމަތް ދިނުމުގައި ސާބިތުވެ ތިބި މުވައްޒަފުންނަކީ ކަންކަމަށް ލޯހުޅުވި ރޯފިލާފައިވާ  ބަޔަކަށް ވެގެންކަން މިހާރުގެ މެނޭޖްމަންޓުން އަބަދުވެސް ގަބޫލުކުރާ ކަމަށެވެ.

  އެގޮތުން އެ މުވައްޒަފުން އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ނުކުމެ ތިބި ނަމަވެސް އެ މުވައްޒަފުންގެ ކުރިއެރުމަށް އެކި ހުނަރުތަކާއި ތަމްރީނު ހޯދުމަށް އެއްވެސް ހުރަހެއް އޮވެގެން ވާނެ ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގަބޫލުނުކުރައްވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

  ފެނަކަ އައިއޯއެސް އަށް ސާޓިފައިވެފައިވަނީ ކުންފުނީގެ ހިންގުން ހަރުދަނާކުރެވި މުވައްޒަފުންގެ ހީވާގި މަސައްކަތާއެކު ދެވޭ ހިދުމަތް ބައިނަލްއަގްވާމީ ފެންވަރަށް ފެތޭތީކަން މިއަދު ގަބޫލުކުރަންޖެހޭކަން ފާހަގަކޮށް ފެނަކަ އިން ބުނީ، އެ ކުންފުނީގެ މިސްރާބު ހުރީ ރާއްޖޭގެ ނިސްބަތުން އެންމެ ހަރުދަނާ އަދި ހިދުމަތުގައި އެންމެ އުސްކުންނަށް ވާސިލުވުމަށް ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.