• Tue, 27 October, 2020, 5:37 am
  ޝަހީބު، ރައީސް ޔާމީން އަދި އަދުރޭ އާއެކު ---

  130 ކިލޯގެ ޑުރަގާއެކު ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގައި އިސްކޮށް އުޅުނު ކާފާ!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ ޑުރަގާއެކު ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމް/ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވި ޝަހީބް އިބްރާހިމް (ކާފާ) ހައްޔަރުކޮށްފި އެވެ.

  ފުލުހުން ބުނީ، ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯ ޑްރަގްސް މައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތަކެތި އެތެރެކުރުމުގައި އިސްކޮށް ތިބީ ގއ. ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށި/ ވައިލެޓްވިލާ، އަހްމަދު މޫސާ ކަމަށެވެ.

  މި ދެ މީހުންގެ ތެރެއިން ޝަހީބަކީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގއ. ވިލިނގިލި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރި އަދި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވި މީހެކެވެ. އަދި މިހާރު ވެސް އިދިކޮޅު ޕީއެންސީގެ ކައުންސިލް މެންބަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

  ފުލުހުން ބުނާ ގޮތުގައި ޝަހީބް، 42 އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން އަތުލައިގަތް އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެކެވެ.

  އެގޮތުން މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް ކަމަށާއި އެ މައްސަލާގައި ޝަހީބާއި އީރާން ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

  ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން -- ފޮޓޯ: ފުލުހުން

  ދިވެހިންގެ ބަޔަކު ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަނޑުމަތީގައި ހިންގި މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމަށް ބޭނުންކުރި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

  އެ ދޯނިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު އެ އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 130 ކިލޯހުރި މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ހޯދާފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި މެޓައެމްފިޓަމިން (މެތް) އާއި ހެރޮއިން ހިމެނެ އެވެ.

  ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި މިހާތަނަށް ހުޅުމާލޭގެ ތިން އެޕާޓްމަންޓަކާއި މާލޭގެ ދެ ގެ އެއްވެސް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

  އެ ކުއްޖާގެ ބަންދަށް ޖުވެނައިލް ކޯޓުންވަނީ 10 ދުވަސް ދީފަ އެވެ. އަދި ޝަހީބްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އަހްމަދު މޫސާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ދީފަ އެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ދެން ހިމެނޭ ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.