• Mon, 30 November, 2020, 3:39 pm

    މައުމޫނަށް ވެރިކަން ލިބިވަޑައިގަތުމުގެ ޑީލަކީ ނާސިރު ގައުމުން ބޭރަށް ފުރުވާލުންތޯ..؟

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ރައީސްކަމުގެ ހުވާކުރެއްވީ 1978 ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭގައެވެ. ކޮންމެއަކަސް އިބްރާހީމް ނާސިރު އޭރު ހުންނެވީ މައުމޫންގެ ވެރިކަމުގެ ދަށުގައެވެ. އަނިޔާ ލިބިފައިތިބި އެތައް ބަޔަކު ތިބި އިރު އެމީހުންވަނީ ނާސިރުގެ އަނިޔާވެރިކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ އެކަން ބެއްލެވުމަށް އެދިވަޑައިގެންފައެވެ.

    އެބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ އަލީ ކަތީބެވެ. އެއީ މަޖިލީހުގެ މެންބަރެކެވެ. ހަތިފުށީ އަލި މަނިކު ވެސް އޭގައި ބައިވެރިވިކަމަަށް "އިއްޔެ" މަޖައްލާގެ 1997 ވަނަ އަހަރުގެ ޗާޕުގައި ލިޔެފައިވެއެވެ.

    "އިއްޔެ" މަޖައްލާގައި ލިޔެފައިވާ ގޮތުން ނާސިރު ފުރާ ވަޑައިގެންނެވި ތަނަށް ރައީސް މައުމޫން ނުކުމެ ވަޑައިގެންނެވިއެވެ. ރައީސެއްގެ އިއްޒަތުގައި ވެލާނާގެއާއި ދިމާއިން ނާސިރު ވަޑައިގެން ފެމެލީ އާއެކު އަދި އިތުރަށް އޭނާގެ ޑޮކްޓަރު ޒާހިރު ނަސީރު، (ހަދާން ވާގޮތުގައި) ސެކްރަޓަރީ ސައިކުރާ ނައީމް ވެސް ޝާމިލުވެގެން ސިންގަޕޫރަށް ނާސިރު ފުރުވާލައްވައިފިއެވެ. ހުއްދަ ބޭނުމަށްޓަކައި ރާއްޖެއިން ބޭރަށް ދިޔުން މަނާކުރެވޭނީ ހަމައެކަނި ކުށެއްގެ އަދަބުގައިވާ މީހުންކަމުގައި ވާތީއެވެ. އެމަޖައްލާގައި ވަރަށް ކުރުކޮށް އިބާރާތްކޮށްފައިވެއެވެ.

    އެއާޕޯޓްގައި އެދުވަސްވަރު އެންމެ އިސްވެރިޔަކަށް ހުންނެވި ދުއްލިސާގޭ މުހައްމަދު ނައީމް ވިދާޅުވިކަމަށް "އިއްޔެ" މަޖައްލާގައި ލިޔެފައިވަނީ "ރައީސް މައުމޫން ވިދާޅުވިއޭ ނާސިރު ފުރާވަޑައިގަތުން އޮންނަންވާނީ ރައީސްކަމުގައި ހުންނަވައިގެން ފުރާވަޑައިގަންނަވާ ގޮތަށެވެ. ކަމޭހިތުން ހުންނަންވާނީ އެފެންވަރަށެވެ. އަރިހުގައި އަބަދުއްސައްތާރު މޫސާދީދީ ވަޑައިގަތެވެ. އަޅުގަނޑުވެސް އަރިހުގައި ދިޔައީމެވެ. ހުޅުލޭގައި ވާރޭ ކަނިކަނި ލާގޮތަށް ވެހެނީއެވެ." ދުއްލިސާގޭ މުހައްމަދު ނައީމް ވިދާޅުވި ކަމަށްބުނެ ލިޔެފައިވެއެވެ.

    "ނާސިރު ކުޑަކޮޅު ނަންގަވައިގެން ހުންނަވާފައި ބޯޓާއި މާކައިރި ނުވަނީސް ކުޑަކޮޅު ލައްޕަވާލައްވާފައި އަޅުގަނޑު އަތަށް ދެއްވައިފިއެވެ. އަބްދުއްސައްތާރާއި ސަލާމް ކުރައްވާފައެވެ. އަޅުގަނޑާއި އަދި ދެންވެސް ތިބި މީހުންނާއި ސަލާމް ކުރައްވާފައި ފުލައިޓަށް އަރާވަޑައިިގަތީވެ. ހިތްޕުޅަށް އަސަރެއް ކޮށްފައިވާ ވައްތައްރު ޖަހައެވެ."

    ރައީސް މައުމޫން ނާސިރަށް މި ހިމާޔަތް ހޯދައި ނުދެއްވިނަމަ މާލޭގައި ތާށިވެފައި ނާސިރު ހުންނަވަން ޖެހޭނެއެވެ. މަތީ ދަރަޖައަށް "އިންސަލްޓު" ވާނެއެވެ. މިއީ މައުމޫން ކުރެއްވި ވަރަށްވެސް ބޮޑު ރަނގަޅު ކަމެކެވެ. ނާސިރު ގައުމަށް ކުރެއްވި ޚިދުމަތަށް ރައީސް މައުމޫން ދެއްވި އެންމެބޮޑު އިނާމަކީ އަދި އިނާޔަތަކީ މިކަންތަކެވެ." އިއްޔެ" މަޖައްލާގައި ލިޔެފައިވެއެވެ.

    ނާސިރުގެ އަނިޔާގެ ވާހަކަ މާދިގުކޮށް ލިޔެވޭކަށް ނެތެވެ. މިކަމަށް މާބޮޑު، ބިޔަފޮތެއް ބޭނުންވާތީއެވެ. މާގިނަ ވަގުތުވެސް ބޭނުންވާތީއެވެ. އަދި ހަރުދަނާ އުސޫލެއް ވެސް އޮވެއެވެ.

    ރަނގަޅު ކަމެއް ކުރަން ހިތަށް އެރީމާ ﷲ އެއް ކަންތަށް ލިޔެދެއްވައެވެ. ރަނގަޅު ކުރީމާ ދިހަ ކަންތަށް ﷲ ލިޔެދެއްވައެވެ. ނުބައިކަމެއް ކުރަންހިތަށް އެރީމާ ﷲ އެއްކަމެއް ވެސް ނުލިޔުއްުވައްއެވެ. ކުރީމާ ލިޔުއްވަނީ އެންމެ ކަމެކެވެ. މިއުސޫލުން ބަލާއިރުވެސް ދިގުކޮށް ލިޔަންވީ ރަނގަޅު ބައެވެ. އެގޮތަށް މިއޮތީ ވެނިމަފައެވެ. ލިޔުން ނިންމާލަމުން "އިއްޔެ" މަޖައްލާގައި ލިޔެފައިވެއެވެ.

    އެހެންކަމުން އިއްޔެ މަޖައްލާގައި ލިޔެފައިވާ އެހެން ލިޔުންތަކާއެކު މިލިޔުމަށް ބަލާލުމުން އިބްރާހީމް ނާސިރުގެ އަނިޔާވެރިންކަން އިންތިހާއަށް ގޮސްފައިވާކަން އެނގެއެވެ. ހަމައެއާއެކު އެމަނިކުފާނުގެ ގައުމީ ހިދުމަތް ވެސް އެހާ މަތިވެރިކަން ފާހަގަވެއެވެ. ކޮންމެ ގޮތަކަށް ކަން ހިނގާ ދިޔަނަމަވެސް ވެރިކަން ފުރޮޅި ރައީސް މައުމޫނަށް ވެރިކަމަށް ލިބިވަޑައިގަތުމުގައި ނާސިރާއި އެމަނިކުފާނުގެ އަރިސްބޭފުޅުންގެ ޝަރުތުތަކެއް އެބައޮތެވެ. ފަހުން ކަން ހިނގާ ދިޔަގޮތް އެހެން ލިޔުމަކުން ގެނެސްދޭނަމެވެ.

    |މިއީ 1997 ވަނަ އަހަރު ޗާޕްކޮށްގެން ނެރެފައިވާ "އިއްޔެ" މަޖައްލާ އިން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.