• Thu, 3 December, 2020, 7:09 pm

    ދައުލަތުގެ ދަރަނި 172 ބިލިޔަން ރުފިޔާ އަށް ވުރެ މައްޗަށް އަރައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދައުލަތުގެ ދަރަނި، 2012އިން 2018އަށް 172 ބިލިޔަން ރުފިޔާއަނަށްވުރެ މައްޗަށް އަރާފައިވާކަމަށް އޮޑިޓް އޮފީހުން ހެދި 2018ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާގުޅޭ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

    ބޭރުގެ އެކި ގައުމުތަކުން ނަގާފައިވާ ލޯނުތަކާއި ދޫކޮށްފައިވާ ގެރެންޓީތަކާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު މިދިއަ އޯގަސްޓް މަހުން ފެށިގެން މަސައްކަތް ކުރުމަށްފަހު އެ ދަރަނިތަކާގުޅޭ ޑްރާފްޓް ރިޕޯޓެއް މިއަދުވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ. އަދި އެރިޕޯޓް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ މުޅި މަޖިލިސް ކޮމިޓީއަށް ހުށަހަޅުއްވައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވާފައެވެ.

    ރައްޔިތުންގެ މަޖިލީހުގެ އެދިވަޑައިގަތުމަކަށް އޮޑިޓް އޮފީހުން ހެދި 2018ވަނަ އަހަރުގެ ދައުލަތުގެ ދަރަންޏާގުޅޭ އޮޑިޓް ރިޕޯޓްގައިވަނީ ދައުލަތުގެ ދަރަނި ހުންނަންޖެހޭނީ ޖީޑީޕީއާ އަޅާބަލާއިރު %60އިން ދަށުގައިކަމަށެވެ. ނަމަވެސް އެނިސްބަތް 2014ވަނަ އަހަރު %57ގައި ހުރުމަށްފަހު އިތުރުވާން ފަށާފައިވާކަމަށާ، 2015ވަނަ އަހަރު ޖީޑީޕީއާ އަޅާބަލާއިރު ދަރަނިހުރީ %56ގައި ކަމަށްވެސް އެރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި 2016ވަނަ އަހަރު އެޢަދަދު %64އަށް އިތުރުވިކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. 2018ވަނަ އަހަރު އެނިސްބަތް %71އަށް އިތުރުވެގެން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

    ރިޕޯޓުގައި ފާހަގަކޮށްފައި މުހިންމު މައިގަނޑު ކަންތަށް ތަކަކީ:

    • ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަނި - 13،079،356.45 ބިލިއަން ރުފިޔާ
    • ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ނަގާފައިވާ ދަރަނި - 12،943،170،194.76 ބިލިއަން ރުފިޔާ
    • ދައުލަތުން ގެރެންޓީދީގެން ކުންފުނިތަކުން ނަގާފައިވާ ދަރަނި - 41،100،330،594.52 ބިލިއަން ރުފިޔާ
    • ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލުތައް - 5،418،217،200.28 ބިލިއަން ރުފިޔާ
    • ސަރުކާރު ހިއްސާވާ ކުންފިނަތަކުގެ އޯވާޑްރާފްޓް - 78،759،180.74 މިލިއަން ރުފިޔާ
    • އެމްއެމްއޭ ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑު އަދި ޓްރެޜަރީ ބިލު - 7،410،091،183.32 ބިލިއަން ރުފިޔާ
    • ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ ބިލް އަދި ބޮންޑު - 91،989،000،000.00 ބިލިއަން ރުފިޔާ

    މިއަދަދު ތަކާއި އެކު ދައުލަތުގެ ޖުމްލަ ދަރަނި 172،019،077،710.06 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުން ވަނީ ފާހަގަކުރެވިފައެވެ.

    އަދި ދަރަނި ބޮޑަށް އިތުރުވެގެން ދިޔަ ސަަބަބެއްކަަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ދަރަނި މެނޭޖް ނުކުރެވި ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ މިންވަރަށްވުރެ ބަޖެޓް ޑެފިސިޓް އެއަހަރުތަކުގައި އިތުރުވެގެން ދިއުމެވެ. އެގޮތުން 2014ވަނަ އަހަރު ފިޔަވައި ހުރިހާ އަހަރަކު ފާސްކުރި ބަޖެޓަށްވުރެ ދަރަނި އިތުރުވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ.

     

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.