• Tue, 24 November, 2020, 10:32 pm

    މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި އެމްޓީސީސީއަށް 140 މިލިއަން، ކުންފުނީގެ ތާރީހުގައި ރެކޯޑެއް!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 60.21 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

    އެމްޓީސީސީން މިއަދު ހާމަކޮށްފައިވާ އެކުންފުނީގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު ތިން ވަނަ ކުއާޓަރުގައި ޓެކްސް ކެނޑުމަށްފަހު 51 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިއަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 41 ޕަސެންޓްގެ އިތުރުވުމެކެވެ. އަދި މިއީ 2019 ވަނަ އަހަރުގެ ތިން ވަނަ ކުއާޓަރާ އަޅާބަލާއިރު 62.76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

    ތިން ވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ޖުމްލަ 350 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްގެން ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 69 މިލިއަން ރުފިޔާ ރެކޯޑް ކުރެވިފައިވެ އެވެ.

    މިއަހަރުގެ ތިން ވަނަ ކުއާޓަރާ ހަމައަށް ޖުމްލަ 951 މިލިއަން ރުފިޔާ ވިޔާފާރިކޮށްގެން ލިބުނު އިރު ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 140 މިލިއަން ރުފިޔާ އެވެ. މިއީ އެމްޓީސީސީގެ 39 އަހަރުގެ ދިގު ތާރީހުގައި ވެސް މާލީ އަހަރެއްގެ ތިންވަނަ ކުއާޓަރާ ހަމައަށް ރެކޯޑްކުރެވިފައިވާ އެންމެ ރަނގަޅު ނަތީޖާ އެވެ.

    އެމްޓީސީސީން ލަފާކުރާ ގޮތުގައި، މިއަހަރު 1.35 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، އަދި ޓެކުހަށް ކެނޑުމުގެ ކުރިން 185 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ އެވެ.

    އެމްޓީސީސީގެ މާލީ ރިޕޯޓް ބުނާ ގޮތުން، ތިން ަވނަ ކުއާޓަރުގައި އެ ކުންފުނިން 70 މަޝްރޫއެއްގައި މަސައްކަތްކޮށް، 11 މަޝްރޫއެއް ވަނީ ނިންމައިފަ އެވެ. އަދި 12 މަޝްރޫއެއްގެ މަސައްކަތް ތިން ވަނަ ކުއާޓަރުގައި ވަނީ ފަށައިފަ އެވެ.

    އެމްޓީސީސީން ބުނީ، ކޮވިޑް-19ގެ ސަބަބުން ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް އެކުލަވާލައި ހާލަތު ބަދަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާކުރަމުން އަންނަ ކަމަށެވެ. އަދި ކޮވިޑާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީނަތީޖާ ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.