• Mon, 30 November, 2020, 4:14 pm

  މަރުވެފައި އޮއްވައި މޫދުން ފެނުނު ޒުވާނާގެ ވީޑިއޯއެއް، ފެންނަނީ ރަސްފަންނު މޫދަށް އެރޭތަން!

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އައިޖީއެމްއެޗާ ދިމާލުން ބޭރުގައި މަރުވެފައި އޮއްވައި މޫދުން ފެނުނު ހައްމަދު ސިދުރަތުﷲ، 31، އެންމެ ފަހުން ފެނިފައިވަނީ ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށް ފުލުހުން ބުނެފި އެވެ.

  ގދ. ވާދޫއަށް އުފަން ސިދުރަތުﷲ އައިޖީއެމްއެޗާ ދިމާލުން ކަނޑުތޮށިން ބޭރުގައި މަރުވެ މޫދު އަޑީގައި އޮއްވައި މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ފެނުނު އިރު އޭނާގެ ހަށިގަނޑުގައި ބައެއް ޒަހަމްތައް ހުރުމުން އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވުނެވެ. މަރުވެފައި އޮއްވައި ފެނުނު އިރު އެއް ލޯ ނެތްއިރު ފައިގެ ބައެއް އިނގިލިތަކުގެ ކޮޅުގައި، އެއްޗެއް ދަތް އެޅުމުން ބުރިވެފައި ހުންނަ ކަހަލަ ގޮތަކަށް ހުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

  ސީސީޓީވީ ފުޓޭޖްތަކެއް ހިމަނައިގެން ހަދާފައިވާ 34 ސިކުންތުގެ ވީޑިއޯއަކާއެކު ފުލުހުން ބުނީ، މޫދުގައި މަރުވެފައި އޮއްވާ ފެނުނު ސިދުރަތުﷲ އެންމެ ފަހުން ފެނިފައިވަނީ 22 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހުގެ 9:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށް ކަމަށެވެ.

  އެހެންކަމުން، އެ ދުވަހުގެ އެ ވަގުތުގައި ސިދުރަތުﷲ އާ ބައްދަލުވި ނުވަތަ ފެނުނު މީހަކު ވާނަމަ ނުވަތަ މަރުގެ މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފުލުހުންގެ އިމަޖެންސީ ނަންބަރު 119 ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާ ކޮށްދިނުމަށް ފުލުހުން އެދެ އެވެ.

  ފުލުހުން ހިއްސާކޮށްފައިވާ ވީޑިއޯ ފުޓޭޖުގައި ފެންނަނީ ވާރޭ ކޯޓަކާއި ޖިންސެއް ލައިގެން ސިދުރަތުﷲ ހިނގާފައިދާ ތަނެވެ. އޭނާ ހިނގާފައިދަނީ އަވަސް ފިޔަވަޅުތަކެއްގަ އެވެ. އޭރު އޭނާ އަތުގައި ތުވާންޔެއް ކަހަލަ ހުދު ކުލައިގެ ފޮތިގަނޑެއް ކޮނޑުގައި އޮތްތަން ފެންނައިރު، މާގިނަ ވެހިކަލު ދުއްވާތަނެއް ނުފެނެ އެވެ. ނަމަވެސް އޭރު ކޮންމެވެސް ވަރަކަށް ވާރޭ ވެހޭތީ ބައެއް މީހުން މަގުމަތީގައި ކުޑަ ނަގައިގެން އުޅޭތަނާއި ހިޔާވާން ވެގެން އަސްކަނި ދަށަށް ވަދެ ތިބި ބައެއް މީހުން ފެނެ އެވެ.

  ވީޑިއޯ އިން ފެންނަ ގޮތުން މަގު މެދުން ކަހަލަ ގޮތަކަށް ސިދުރަތުﷲ ހިނގާފައި ރަސްފަންނާ ދިމާލަށް ދަނީ ކަނބާއައިސާ ރަނި ހިނގުމުން ތާޖުއްދީން ސްކޫލު ކުރިމަތިން އޮންނަ މަގުންނެވެ. އަދި ބޮޑުތަކުރުފާނު މަގުން ހުރަސްކޮށް ރަސްފަންނުގެ ބީޗަށް ފޭބުމަށްފަހު އޭނާ ލައިގެން ހުރި އެއްޗެހި ބާލާތަނެއް ނުފެނެ އެވެ. ފެންނަނީ ހުރި ގޮތަށް މޫދަށް ފައިބާތަނެވެ. އޭގެ ފަހުން އޭނާ ދެން ނުފެނެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  One Response

  1. ތިމައްސަލަ މިހާރުން މިހާރަށް ތަހުގީގު ކުރަން ގޮވާލަން، އޭނަ ވަނީ މަރާލާފަ، މަރުގެ ދިޔަ ހަތަރު މިލިޔަން ބޭނުން

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.