• Tue, 24 November, 2020, 10:34 pm

  އަބަދު ބަނޑުހައިވެފައި ތިބޭ މީހުން ކާން އެންމެ ރަނގަޅީ އަނބުޅަ، ހިތުގެ ބަލިތަކަށް އެއްވަނަ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އަނބުޅައަކީ ދިވެހިންނަށް އާ މޭވާއަކަށް ނުވާނެ އެވެ. ހާއްސަކޮށް އަންހެން ވެރިންނަށެވެ. މަޖާ ހެދުމާއި ސޫޕާ ޖަހައިގެން ކާން އެއީ މަރެކެވެ. އަނބުޅަ ގަހުގެ މޭވާގެ އިތުރުން އެގަހުގެ މޫ، ތޮށި، ފަތް ފަދަ ތަކެއްޗަކީ ވެސް ބޭނުންކުރެވިދާނެ ތަކެއްޗެވެ. ނަމަވެސް މި ލިޔުމުގައި ބަލައިލާނީ ހަމައެކަނި އަނބުޅައިން ލިބޭ ސިއްހީ ފައިދާތަކަށެވެ.

  އަނބުޅަ އަކީ ކެލޮރީ ވަރަށް މަދުން ލިބޭ މޭވާ އެކެވެ. 100 ގުރާމްގެ އަނބުޅައިގައި ހުންނަނީ ގާތްގަނޑަކަށް 29 ކެލޮރީ އެވެ. އެހެންކަމުން މި މޭވާ ކެއުމުން ބަނޑުހައިކަން ފިލުވައިދީ، ގިނައިރު ބަނޑުހައިނުވެ ހިފަހައްޓައިދެ އެވެ. ނަތީޖާއެއްގެ އަނބުޅަ ބޭނުންކުރުމަކީ ހެޔޮވަރު ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަށް އެހީއަކަށްވެ އެވެ.

  އަނބުޅަ އަކީ ފައިބަރުން މުއްސަދި މޭވާއެކެވެ. އަނބުޅައިގެ 100 ގުރާމްގައި 5.7 މިލިގްރާމްގެ ފައިބަރު ހުންނައިރު އެއީ ދުވާލަކަށް މީހަކަށް ބޭނުންވާ މިންވަރުގެ 23 އިންސައްތަ އެވެ. ފައިބަރަކީ ކާނާގައި ހިމެނޭ ކާބޯހައިޑްރޭޓްގެ ވައްތަރެކެވެ. މިއީ ހަޖަމުކުރަން އުދަނގޫ މާއްދާ އެކެވެ. އެހެންކަމުން ފައިބަރުގެ ސަބަބުން، ބޮޑުކަމުދާ ތަކެތީގެ މިންވަރު އިތުރުކޮށް، ގޮހޮރުގެ މަސައްކަތް ހަލުވިކޮށް، ބަނޑުހިކުމުން ހިމާޔަތްކޮށް ރައްކާތެރިކޮށް ދެއެވެ.

  އޭގެ އިތުރުން ފައިބަރު ހަޖަމުކުރަން ގިނައިރު ނަގާތީ ބަނޑުހައިވުން އެކަމުގެ ސަބަބުން ކޮންޓްރޯލްވުމަށް އެހީތެރިވެދެ އެވެ. އަދި ފައިބަރު ގިނަ ކާނާ ބޭނުންކުރުމަކީ ހިތުގެ ބަލިތަކާއި ހަކުރު ބަލި ފަދަ ބަލިތަކުން ދުރުކޮށް ރައްކާތެރިކޮށްދޭނެ ކަމެކެވެ.

  އަނބުޅައަކީ ވިޓަމިން ސީ އިން މުއްސަނދި މޭވާއެކެވެ. އެގޮތުން އެންމެ އަނބުޅައެއް ކާލުމުން ދުވާލަކަށް ބޭނުންވާ ވިޓަމިން ސީގެ ½ ލިބެއެވެ. ގާތްގަނޑަށް 100 މިލިގްރާމްގެ އަނބުޅައިގައި 34 މިލިގްރާމްގެ ވިޓަމިން ސީ ހުރެއެވެ.

  ވިޓަމިން ސީ އަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތަކަށް ބޭނުންތެރި ވިޓަމިނެކެވެ. ހަށިގަނޑުގައިވާ ޓިޝޫތައް އެކަތި އަނެކައްޗާއި ގުޅުވައި ލާމެހުމަށް ބޭނުންވާ ޕްރޮޓީން "ކޮލެޖަން" އުފެއްދުމަށް ވިޓަމިން ސީ އަކީ މުހިއްމު މާއްދާ އެކެވެ. އަދި މިއީ ފާރުގަނޑު ފަސޭހަވުމަށް ވެސް ބޭނުންވާ މާއްދާ އެކެވެ.

  އޭގެ އިތުރުން ވިޓަމިން ސީ އަކީ ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. ނަތީޖާއެއްގެ ގޮތުން ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް މިންޖުކޮށް، ކެންސަރުގެ ބާވަތްތަކާއި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެ އެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަކޮށްދީ، ހަށިގަނޑަށް ދަގަނޑު ނެގުމުގައި ވެސް އެހީތެރިވާ މާއްދާ އެކެވެ.

  މިއީ އަނބުޅައިން ލިބޭ ބައެއް ފައިދާތަކެވެ. މި ފައިދާތަކާއެކު އަނބުޅަ ބޭނުންކޮށްގެން ހޫނުވެގެން ސްޓްރޯކެއް ޖެހުމަށް ފަރުވާކުރުމަށާއި މޭނުބައިކޮށް ހޮނޑުލުން ހުއްޓުވުމަށާއި ބޮލުގައި ރިހުމަށް އަދި ހަކު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރެ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.