Thu, 20 January, 2022, 12:38 pm

ފަސް ރަށެއްގައި ފެނަކައިން ހަދާ އާ އިމާރާތްތަކުގެ ބިންގާ އަޅައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ފަސް ރަށެއްގައި ފެނަކަ ކޯޕަރޭޝަނުން ހަދާ އާ އިމާރާތްތަކެއްގެ ބިންގާ އަޅައިފިއެވެ.

އެ ފަސް ރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ފޭދޫ، ނ. މަނަދޫ، ނ. ފޮއްދޫ އަދި ށ. މާއުނގޫދޫ އެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގައި ފެނަކައިގެ އާ އިންޖީނުގެތަކާއި އޮފީސް އިމާރާތްތަކުގެ ބިންގާ ވަނީ އަޅައިފަ އެވެ. މި ހުރިހާ ރަށެއްގައި ވެސް ފެނަކައިގެ ފަރާތުން ބިންގާ އަޅުއްވައި ދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެވެ.

އެގޮތުން އިއްޔެ ވަނީ ދިއްދޫގައި އަލަށް ހަދާ އިންޖީނުގެ އާއި ފޭދޫގައި ހަދާ ފެނަކަ އިންޖީނުގެ އަދި އޮފީސް އިމާރާތުގެ ބިންގާ އަޅައިފަ އެވެ. އެ ދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެ އިމާރާތްތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ.

ފޭދޫގައި ހަދާ ފެނަކަ އިންޖީނުގެ އަދި އޮފީސް އިމާރާތަކީ 280 ދުވަހުން ނިންމާ ގޮތަށް ނާސާ ލިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި މަސައްކަތެކެވެ.

މިއަދު ވަނީ ނ. މަނަދޫގައި ހަދާ ފެނަކަ އޮފީސް އިމާރާތާއި ފޮއްދޫގައި ހަދާ ފެނަކަ އިންޖީނުގެ އިމާރާތުގެ އިތުރުން މާއުނގޫދޫގައި ހަދާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފަ އެވެ.

މި ތިން ރަށުގެ ތެރެއިން މަނަދޫ އާއި ފޮއްދޫގައި ހަދާ އިމާރާތްތަކުގެ ބިންގާ އަޅުއްވައި ދެއްވީ އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނެވެ. އަދި މާއުނގޫދޫގައި ހަދާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ޑިރެކްޓާރު އަބްދުލް ހައްނާނު ހުސެއިން އެވެ.

މަނަދޫގައި ހަދާ ފެނަކަ އޮފީސް އިމާރާތަކީ 230 ދުވަސް ތެރޭގައި ނިންމާ ގޮތަށް ވީ އަވާ އިންވެސްޓްމަންޓާ ހަވާލުކުރި މަސައްކަތެކެވެ. އަދި ފޮއްދޫގައި ހަދާ އިންޖީނުގެއަކީ 210 ދުވަސް ތެރޭގައި ނިންމާ ގޮތަށް ބީޗް ބިލްޑާސްއާ ހަވާލުކުރި މަސައްކަތެކެވެ.

މާއުނގޫދޫގައި ހަދާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއީ 280 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.