• Tue, 24 November, 2020, 10:38 pm

  ހަފްތާ ބަދިގެ: ހައިދަރުއާބާދީ ޗިކަން ބިރިޔާނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ބޭނުންވާ ތަކެތި:

  1 ކިލޯގެ ކުކުޅުމަސް (ކޮށާފައި)

  500 ގުރާމް ބާސްމަތީ ހަނޑޫ

  50 ގްރާމް ބަޓަރު

  04  މޭޒުމަތީ ސަމުސާ ގަރަމްމަސާލާ

  04 ސައިސަމުސާ ގަރަމްމަސާލާ ޕައުޑަރު

  ލޮނުމެދު ކުދިކޮށް (4 ސައިސަމްސާ ހުންނަވަރުގެ)

  4 ސައިސަމުސާ އިނގުރު (ކޮށާފައި)

  ހެޔޮވަރުގެ 3 ފިޔާ (ތުނިކޮށް ކޮށާފައި)

  3 ސައިސަމުސާ މުގުރިމިރުސް

  5 މޭޒުމަތީ ސަމުސާ ކުކިން އޮއިލް

  2 ސައިސަމުސާ ރީނދޫ (ހިމުންކޮށް މުގުރާފައި)

  1 ސަމުސާ އަސޭމިރުސް ހިމުންކޮށްފަ

  2 ޖޯޑު ޔޯގަޓް

  3 ނުވަތަ 4 ޖޯޑު ޓޮމާޓޯ (ކޮށާފައި)

  4 ބޭ ލީފް

   

  ކުކުޅު ކޮޅު ތައްޔާރުކުރުމަށް:

  1 ޖޯޑު ޔޯގަޓް

  ދޮޅު ސައިސަމުސާ މުގުރި މިރުސް

  2 ސައިސަމުސާ އިނގުރު (ޗިސްކޮށްފައި)

  2 ސައިސަމުސާ ލޮނުމެދު (ޗިސްކޮށްފައި)

  1 ސައިސަމުސާ ގަރަމްމަސާލާ ޕައުޑަރު

  1 ސައިސަމުސާ ރީދޫ

  ލޮނުކޮޅެއް (ރަހަލާވަރުގެ)

  ކުކުޅު ބިރިޔާނި ތައްޔާރުކުރާނެގޮތް: 

  ކުކުޅު މަހުގައި ހަވާދުލުމަށް ހޯދި ތަކެތި ރަނގަޅަށް އެއްކުރުމަށްފަހު އޭގެ ތެރެއަށް ކުކުޅު މަސްކޮޅު އަޅާ އެއްކޮށްލުމަށްފަހު ގަޑިއެއްހާރު ބަހައްޓާށެވެ. ފެން ކައްކާފައި އޭގެ ތެރެއަށް މޭޒުމަތީ ސަމުސަލުގެ ދޮޅު ސަމްސާ ގަރަމް މަސާލާގެ އިތުރުން ބޭލީފް ފަތްކޮޅު އަދި ހަނޑޫ ކޮޅު އަޅާށެވެ. އެއްށްފަހު ހަނޑޫކޮޅު ހަތަރު ބައިކޮށްފަ ތިން ބަޔަށް ރޯފިލަންދެން ކައްކަންވާނެއެވެ. ދެން ފެން ހިންދުމުން އުދުންމަތިން ބާލާށެވެ.

  ބާކީ ހުރި ގަރަމް މަސާލާކޮޅު އެޅުމަށްފަހު ތަވައެއްގައި ތެޔޮކޮޅު ހޫނުކޮށްލަންވާނެއެވެ. ކުޑަކޮށް ބަޑިގޮވަން ފެށީމައި ކޮށާފައިހުރި ފިޔާކޮޅު ރަތްކޮށްލާށެވެެ. އަދި ބާކީ ހުރި ގަރަމް މަސާލާގެ ތެރެއިން އެއް ސައިސަމުސާ ތަވައަށް އެޅުމަށްފަހު ޓޮމާޓޯއާއެކު ދެންހުރި ބާވަތްތައް އަޅާފައި ފަހެއް ނުވަތަ ހަތް މިނިޓް ވަންދެން ކައްކާފައި، ހަވާދުލާފައި ހުރި ކުކުޅު މަސް އޭގެ ތެރެއަށް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކުކުޅު މަސްތައް މަޑުވަންދެން ކައްކަންވާނެއެވެ. ދެން ބައިބަޔަށްވާ ގޮތަށް (ތަފާތު ފަށަލަތަކަށް ހުންނާނެހެން) ކުކުޅު މަހުގެ މައްޗަށް ބަތް އަޅައި ކޮންމެ ފަށަލައެއްގެ މައްޗަށް ރީނދޫކޮޅަކާއި ގަރަމް މަސާލާ ޕައުޑަރުކޮޅެއް ބުރުވާލާށެވެ. އެންމެ މަތީ ފަށަލައަށް ބަތް އަޅާއިރު ރީނދޫކޮޅަކާއެކު ފިނިފެން ފޮދެއް އެޅުން ރަގަޅުވާނެ އެވެ.

  އަދި ތެލީގެ މަތިޖަހާ ރަގަޅަށް ބަންދުކުރުމަށްފަހު މަޑު ގިނީގައި 10 މިނިޓް ވަންދެން ކައްކާލުމަށްފަހު އެހެރީ ހައިދަރުއާބާދީ ކުކުޅު ބިރިޔާނި ތައްޔާރުކުރެވިފައެވެ. އިންޑިއާގައި ވަރަށް މަޝްހޫރު ހައިދަރު އާބާދީ ބިރިޔާނިއަކީ ތައްޔާރުކޮށްލަން ބުރަ އެއްޗެއްކަމުގައިވީ ނަމަވެސް މިއީ ހުކުރު ދުވަހު އާއިލާއާއެކު ގޭގައި ކެއުމަށް މީރު ކެއުމެކެވެ. މަތީގައި ދެންނެވިފައިވާ މިންގަނޑުން ފަސް މީހަކަށް ރަގަޅަށް ކާލެވޭނެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.