• Mon, 30 November, 2020, 3:19 pm

    މިއަހަރުގެ ނިޔަލަށް ކުއްޔަށް ލުއި ދޭން އެޗްޑީސީން ނިންމައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކޮވިޑް-19 ރޯގާއާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަންޖެހޭ ކުއްޔަށް ލުއި ދިނުމަށް ނިންމި ނިންމުން މި އަހަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

    އެޗްޑީސީން ވަނީ، އެ ކޯޕަރޭޝަނުން ކުއްޔަށް ދޫކޮށްފައިވާ ފްލެޓް، ގޯތި، ރޯހައުސް އަދި ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކަންޖެހޭ އިންސްޓޯލްމަންޓް/ ކުލީގެ 30 ޕަސެންޓަށްވާ ފައިސާ ދެއްކުން މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ފަސްކޮށްދިނުމަށް ނިންމައިފަ އެވެ.

    އެޗްޑީސީން ބުނީ، އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ކުއްޔަށް ލުއި ދޭން ނިންމާފައިވާ ކަމަށެވެ. އަދި ތިލަފުށިންނާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ވެސް އެ ލުއި ދިނުމަށް ނިންމާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

    އެހެންކަމުން އޭޕްރީލް މަހުން ފެށިގެން އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓް ދެއްކުން ފަސްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް އެދި 31 ޑިސެމްބަރު 2020ގެ ނިޔަލަށް އެޗްޑީސީގެ ވެބްސައިޓުގައިވާ އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

    އެޗްޑީސީން ބުނީ، އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓް ދެއްކުން ފަސްކޮށްދިނުމަށް ނިންމާފައި ވަނީ މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކަށް ކަމަށެވެ. އަދި ކޮންމެ މަހަކު ދައްކަންޖެހޭ އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 70 ޕަސެންޓް ދައްކާ ހަލާސްކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖަނަވަރީ 15އާ ހަމައަށް އޮންނާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

    އެޗްޑީސީން އިތުރަށް ބުނީ، ޑައިރެކްޓް ޑެބިޓް އުސޫލުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮަށް ފުލެޓު، ގޯތި، ރޯހައުސްއަށް އިންސްޓޯލްމަންޓް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން އިންސްޓޯލްމަންޓް ދެއްކުން ފަސްކުރުމަށް މިހާތަނަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ކުރިއަށް އޮތް މަސްތަކުގައި ވެސް އިންސްޓޯލްމަންޓްގެ 30 ޕަސެންޓް ރީފަންޑް ކުރަން ބޭނުންވާނަމަ، އެކަން އެ ކޯޕަރޭޝަނަށް އެންގުމުން ރީފަންޑް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

    ފައިސާ ދެއްކުން ފަސްކުރުމަށް ހަމަޖެހިފައިވާ މަސްތަކުގެ އިންސްޓޯލްމަންޓާއި ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓް އެޗްޑީސީއަށް އަނބުރާ ދައްކަން 12 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ދޭނެ އެވެ. އަދި ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

    އޭގެ އިތުރުން އެޗްޑީސީއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި އެކި ސަބަބުތަކާހުރެ ގަވާއިދުން ފައިސާ ނުދެއްކިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން، އެ ކޯޕަރޭޝަނުން އަމަލުކުރަމުން އަންނަ ޑެޓް ކަލެކްޝަން ޕޮލިސީ އާއި އެއްގޮތްވާގޮތުގެ މަތީން ފައިސާ ދެއްކުމަށް ލުއިތަކެއް ދެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

    އަދި ކުރިއަށް އޮތްތަނުގައި ވެސް ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް އިތުރު ލުއިތަކެއް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.