• Mon, 30 November, 2020, 4:12 pm
    ހއ. ހޯޜަފުށި ކައިރީގައި އޮންނަ މެދަފުށި ---

    ރިސޯޓް ހަދަން އެންމެ އަވަހަށް ހުޅުވާލާ ރަށްތަކުގެ ތެރޭގައި ހއ. މެދަފުއްޓާއި އަލިދުއްފަރުފިނޮޅު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ރިސޯޓް ތަރައްގީ ކުރަން އެންމެ އަވަހަށް ހުޅުވާލާ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށީ ކައިރީގައި އޮންނަ މެދަފުއްޓާއި ދިއްދޫ ކައިރީގައި އަލިދުއްފަރުފިނޮޅު ހިމެނޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

    ހއ. ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިއްޔެ ހުޅުވިގެން ދިޔައީ ހޯރަފުށީ އެއާޕޯޓް ކަމުގައި ވިޔަސް، އެއީ ލާމަރުކަޒު ކުރުމުގެ ދަތުރުގައި އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެއީ މުޅި އިހަވަންދިއްޕޮޅު ތަރައްގީކުރުމުގެ ފެށުން ކަމަށެވެ.

    "ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު އުންމީދެއް. މިހާރު މިއޮތީ ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ފަށާނެ ވަގުތު ޖެހިފައި. މިރަށުން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ގާނޫނުގައިވާ ގޮތުގެ މަތިން ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު މިދިޔަ ހޯމަ ދުވަހު ވާނީ ކަނޑައަޅާފައި. ރަށު ތަރައްގީގެ ޕްލޭނާއެކު އެކަމަށް ބިން ދޫކުރުން އަވަސްކުރުމަށް ރަށު ކައުންސިލަށް ގޮވާލަން،" ރައީސް ވިދާޅުވި އެވެ.

    އެމަނިކުފާނު ވިދާޅުވީ، ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުސަތުތަކެއް ނެތަސް، އެއާޕޯޓާއެކު ފަތުރުވެރިކަމުގެ ފަހި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށެވެ. އެގޮތުން ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރަން ބިޑަށް ހުޅުވާލާފައިވާއިރު ހއ. އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއެކު ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް ދެވަނަ ފަހަރަށް ބިޑަށް ހުޅުވާލެވޭނެކަން ފާހަގަކުރެއްވި އެވެ.

    "ދެން އެންމެ އަވަހަށް ރިސޯޓް ތަރައްގީކުރާ ތަންތަނުގެ ތެރޭގައި ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރުފިނޮޅު ހިމެނޭ. ހޯރަފުށީ އުތުރުން އޮތް މެދުފުށިވެސް ރިސޯޓެއްގެ ތެރޭގައި ތަރައްގީކުރުމަށް ވަރަށް އަވަހަށް ބީލަމަށް ލެވޭނެ. އޭގެ އިތުރުން ހއ. ހދ. ށ. އަދި ނ. އަތޮޅުގެ ބައެއް ރަށްތައް ރިސޯޓްގެ ގޮތުގައި ތަރައްގީކުރުމަށް އަންނަ އަހަރު ކުރީކޮޅު ހުޅުވާލެވިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

    ހއ. އަތޮޅުގައި މިވަގުތު އޮންނަނީ އެންމެ ރިސޯޓެކެވެ. އެއީ ހޯރަފުށީ ކައިރީގައި އޮންނަ މަނަފަރުގައި ހަދާފައިވާ ޖޭއޭ މަނަވަރު ރިސޯޓެވެ. ޖުމްލަ 15 ހެކްޓަރުގެ އެރަށުގައި ހަދާފައިވާ އެ ރިސޯޓަކީ 174 އެނދުގެ ރިސޯޓެކެވެ.

    ރިސޯޓް ތަރައްގީކުރަން އެންމެ އަވަހަށް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި މެދަފުއްޓާއި އަލިދުއްފަރުފިނޮޅަކީ މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ރިސޯޓް ތަރައްގީކުރަން ނިންމާފައިވާ 29 ރަށުގެ ތެރެއިން ދެރަށެވެ. އެ ލިސްޓުގައި ހއ. އަތޮޅުގެ ހަތަރު ރަށެއް ހިމެނެ އެވެ. އެއީ މެދަފުއްޓާއި އަލިދުއްފަރުފިނޮޅުގެ އިތުރުން ދައްޕަރު އަދި މާފިނޮޅެވެ. މި ހަތަރު ރަށުގައި ތަރައްގީ ކުރުމުން ޖުމްލަ 1975 އެނދު އުފެދޭނެ އެވެ.

    • ހއ. މާފިނޮޅު (425 އެނދު، 632 ވަޒީފާ)
    • ހއ. ދައްޕަރު (1،000 އެނދު, 2،000 ވަޒީފާ)
    • ހއ. މެދުފުށި (317 އެނދު، 249 ވަޒީފާ)
    • ހއ. އަލިދުއްފަރުފިނޮޅު (233 އެނދު, 349 ވަޒީފާ)

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.