• Mon, 30 November, 2020, 3:58 pm
  ހޯރަފުށީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

  މިއީ ދަތި ވަގުތެއް ނަމަވެސް ޕްރޮޖެކްޓްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނަން: ރައީސް

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  މިއީ ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެއާއި ރާއްޖެއަށް ވެސް ދަތިތަކެއް ކުރިމަތިވެފައި އޮތް ވަގުތެއް ނަމަވެސް މިއީ ފައިސާ ހޯދައިގެން ރައްޔިތުންނަށް ކަންތައްތައް ކުރަންޖެހޭނެ ވަގުތު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

  ހޯރަފުށި އެއާޕޯޓު އިއްޔެ ރަސްމީކޮށް ހުޅުވައިދެއްވައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ.

  އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

  އޭގެ އިތުރުން ކެޕިޓަލް ހަރަދުގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި މާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

  "އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއް ނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.

  އެމަނިކުފާނު ވިދާޅުވީ، ކޮވިޑާ ހެދި ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައި މި އޮތް ދަތި ހާލަތުގައި ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އެކަން ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

  އެގޮތުން ސަރުކާރުގެ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށާއި އެއްވެސް މުއައްޒަފެއްގެ މުސާރަ ކުޑަ ނުކުރާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މަސް ނިމުމުގެ ކުރިން ދޭންޖެހޭ މުސާރަ ވެސް އެ މުވައްޒަފުންނަށް ދީފައިވާނެ ކަމަށެވެ.

  "މިއީ ދަތި ވަގުތެއް. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ފައިސާ ހޯދައިގެންވެސް މިކަންކަން ކުރަންޖެހޭނެ ވަގުތު،" ރައީސް ވިދާޅުވި އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.