• Mon, 30 November, 2020, 4:53 pm
    ނައިބް ރައީސް ފައިސަލް، ހދ. ނޮޅިވަރަންފަރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް

    ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ކުރަން ހުރި މަސައްކަތް ވަރަށް ގިނަ: ނައިބު ރައީސް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާއިން މިއަދުވެސް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

    ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖެއްގައި ނައިބު ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ކުއްޖަކަށް ވެސް ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދީ، އަމިއްލައަށް އިސްނަގައިގެން ދިރިއުޅެވޭނެ ފަދަ އުޖާލާ މުސްތަގުބަލެއް ހޯދައިދިނުން ކަމަށެވެ. އަދި އެ އަމާޒު ކާމިޔާބު ކުރެވޭނީ ދައުލަތުގެ ހުރިހާ އިދާރާއަކާއި މުޖުތަމައުގެ ހުރިހާ ފަރުދުންގެ އެހީތެރިކަމާއެކުގައި ކަމަށް ވިދާޅުވި އެވެ.

    ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަސްދީގު ކުރެއްވީ ކުޑަކުދިންނަކީ އަމިއްލަ ހައްގުތަކުގެ ދިފާއުގައި ނުވަތަ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ހޯދުމަށް ބަސްބުނެވޭ ފަދަ މަގާމެއްގައި ތިބި ބައެއް ނޫން ކަމުގައިވާތީ، ކުޑަކުދިންނަށް އެ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަގު ކޮށައިދިނުމުގެ ގޮތުން ކަމަށެވެ.

    އެގޮތުން އެ ގާނޫނުތައް ވުޖޫދަށް އައުމަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖޭގައި ކުރެވޭ މަސައްކަތްތަކަށް ހަރުދަނާ އޮނިގަނޑެއް ލިބި، އެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ މައިގަނޑު މަސްދަރުތަކާއި އަސާސުތަށް ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރުކޮށްދީފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

    ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަކީ އދ.ގެ ކޮންވެންޝަން އޮން ދި ރައިޓްސް އޮފް ދަ ޗައިލްޑްގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއް ގޮތަށް އެކުލަވާލާފައިވާ ގާނޫނެއްކަން ފާހަގަކުރައްވައިފަ އެވެ.

    އަދި ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ، އެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ޗައިލްޑް ރައިޓްސް އޮމްބަޑްސްޕަސަންއެއްގެ އޮފީސް ވުޖޫދަށް ގެނެސް، އެ އޮފީހުން ސަރުކާރު ޒިންމާދާރުކުރުވައި ގައުމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރެވޭނެކަން ކަށަވަރުކުރުމަށް ލާޒިމްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

    ނައިބު ރައީސް އިތުރަށް ވިދާޅުވީ، ފަހުގެ ތާރީހަށް ބެލިކަމުގައިވިޔަސް ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަނެ އެ ކުދިންގެ ކަރާމާތައް އަރައިގަތުމާގުޅޭ ހިތާމަވެރި ހާދިސާތަކުގެ ވާހަކަ އިވެމުން އަންނަ ކަމަށާއި އެއީ ކުރިމަތިލާން ޖެހިފައިވާ ހަޑިމުޑުދާރު ހަގީގަތެއް ކަމަށެވެ. އަދި އެފަދަ ކަންކަމާ ޒުވާނުން ފިކުރުކޮށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި މި ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމާ ދޭތެރޭ ވިސްނަންވެއްޖެ ކަމަށް ވިދާޅުވި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.