• Mon, 18 January, 2021, 3:16 am

  އެއް ކިލޯއަށް ވުރެގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލައިފި

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އެއް ކިލޯއަށް ވުރެގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރުކުރި 5 މީހަކު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

  ފުލުހުން ބުނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު މާލެއިން އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއިއެކު ހައްޔަރު ކޮށްފައިވާ 5 ދިވެހިންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައިވާކަމަށެވެ.

  މިމީހުންނާއި އެކު ފުލުހުން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އެއް ކިލޯއަށްވުރެ ގިނަ ކެނަބިސް އާއި 108 ގްރާމް އެމްޑީއެމް އަދި 7 ގްރާމް ހެރޮއިން އެވެ.

  މި ތަކެތި ފުލުހުން ހޯދާފައިވަނީ ޑްރަގް އިންޓެލިޖެންސްއިން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހެންވޭރު ގެއެއްގެ 6 ވަނަ ފަންގިފިލާ ބަލާފާސްކުރި ކުރުމުންނެވެ.

   

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.