• Mon, 18 January, 2021, 2:26 am

    އެއީ ލޯތަކުން ކަރުނަ ހިލުވައިލި ހިތްދަތި ދުވަހެއް

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    މިއީ ދިވެހިންގެ ވިސްނުމާއި ބުރަ މަސައްކަތުން އާރާސްތު ކޮށްފައިވާ ދިވެހިންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި ސުނާމީ ކާރިސާ އަށް 16 އަހަރުފުރޭ ދުވަހެވެ.

    26 ޑިސެމްބަރު 2004 ވީ ދުވަހު އޭޝިޔާ ބައްރު ސިއްސުވާލި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް ފަސް ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ.

    އިންޑޮނޭޝިޔާގެ ސޫމަތުރާ ޖަޒީރާ ކައިރިން ކަނޑު އަޑީގައި ހިނގި މި ބާރުގަދަ ބިންހެލުމުގެ ބާރު ރެކްޓަރު މިންގަޑުން ނުވަ ވަނަ ދަރަޖައިގައި ރެކޯޑް ކުރެވިފައިވާއިރު މި ބިހެލުންތައް ވަނީ އިންޑިއާ ކަނޑުގައި އޮންނަ އަންޑަމަން ޖަޒީރާތަކަށް ފޯރާފައިވެ އެވެ. އަދި އޭގެ ސަބަބުން ބިޔަ ރާޅުތަކެއް އުފެދި އޭޝިއާގެ ގިނަ ގައުމުތަކެއްގެ އައްސޭރި ސަރަޙައްދުތަކަށް އަރާ ބޮޑެތި ގެއްލުންތަކަކާ ވަނީ ކުރިމަތި ކުރުވާފަ އެވެ.

    އަޅުގަނޑުމެންގެ މި ކުޑަ ދިވެހި ރާއްޖެވެސް ވަނީ އެބިރުވެރި ރާޅުގެ ޝިކާރައަކަށްވެ އެދުވަހުގެ ހަދާންތަށް ދިވެހީންގެ ހިތްތަކުގައި އާވެ އާލާވެފައެވެ. ހަނދާން ނުނެތޭނެ ހިތްދަތި ދުވަހެއްގެ ގޮތުގައި ބިންވަޅު ނެގިފަ އެވެ.

    އެއީ އަހަރުތަކެއްގެ މަސައްކަތުން އާރާސްތު ކުރި ދިރިއުޅުން ކުދިކުދި ކޮށްލި ދުވަހެއްގެ ގޮތުގަ އެވެ. ބުރަ މަސައްކަތުން ހޯދައިފައިވާ މުދަލާއި ގެދޮރު ބިޔަ ރާޅެއްގެ ދަށުވެ މުޅި ދިރިއުޅުން ކުޑަހިދުކޮޅެއްގެ ތެރޭގައި އޮޔާ ދިޔަ ހިތާމަވެރި ހިތްދަތި ދުވަހެއްގެ ގޮތުގަ އެވެ.

    އެދުވަހު މަރުވެގެން ދިޔަ މީހުންގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތުގައި މިއަދު ވެސް އާވެ އާލާވަމުން ދާއިރު ގެއްލުނު މީހުންގެ ޒިކުރާ ތަށްކަށް މިއަދު ވެސް ނިމުމެއް ނެތެވެ. އެބިޔަ ރާޅުތަކުގެ ޝިކާރަ އަކަށްވެ އަޅުގަނޑުމެންގެ 82 ދިވެހިން ވަނީ މަރުވެފަ އެވެ. އަދި  26 މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު ލޯތަކުން އެދުވަހު ހިލުވައިލި ކަރުނައިގެ އަގުގެ ހިސާބެއް، ކިތާބެއް ނެތެވެ.

    ސުނާމީ ކާރިސާގައި ރާއްޖެއިން ފަނަރަ ހާސް މީހުންގެ ގެދޮރު ގެއްލުނުއިރު، ރާއްޖޭގެ މި ޖަޒީރާ  ތޭރަ ރަށެއްގެ މީހުން އެހެން ރަށްރަށަށް ބަދަލު ކުރަން ޖެހުނެވެ. މިއީ ރާއްޖޭގައި އޭރު އޮތް އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަށް ސީދާ އަސަރު ކުރުވި ކާރިސާއެކެވެ.

    މި ހިތާމަވެރި މަންޒަރާއި އަޑު އިވުނު ހިސާބުން އެ ބަޔަކަށް ވެވުނު އެހީއެއް ވުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުން ހޭލަމޭލަވެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާ ދައްކަން ފެށި އެވެ. އޯގާތެރިކަމާއި ހަމްދަރުދީ އިންތިހާއަށް އިސްކުރުމާއި އެކުއެވެ. ހަމައެއާއެކު އަވަށްޓެރި ގައުމުތަކުން ވެސް ރާއްޖެއަށް އެހީވުމަށް ފަސްޖެހިފައެއް ނުވެއެވެ.

    ދިވެހިން އެދުވަހު އެދެއްކި އެއްބައިވަންތަކަން މިއަދު އާކުރަމުންދާއިރު އެދުވަހުގެ ފިލާވަޅުތަކުން އިބްރަތް ހާސިލްކުރަންޖެހެ އެވެ. އެއީ އެއްބައިވަންތަ ކަމުގެ މަތިވެރި ފިލާވަޅުތަކެވެ.

    މީގެ 16 އަހަރުކުރީގެ މިދުވަސް މިއަދު ފާހަގަ މިކުރަނީ އެދުވަހު ދެއްކި އެއްބައި ވަންތަ ކަމުގެ ނަމޫނާއަށް ބަލައިގެންނެވެ. މިއަދަކީ ހަނދާންތައް އާކުރުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން އޮތް މިންވަރު ދެނެގަތުމުގެ މުހިންމު ދުވަހެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.