• Mon, 18 January, 2021, 3:36 am

  ބެންގަލޫރާއި، ދިއްލީ އަށް ރާއްޖެއިން ސީދާ ދަތުރުތައް ފަށަނީ

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އެއަރ އިންޑިއާއިން އަންނަ މަހު ރާއްޖެއަށް ދަތުރުތަށް ފަށަން ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

  މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އެއަރ އިންޑިއާއިން އިންޑިއާގެ ބެންގަލޫރާއި، ދިއްލީން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަމަށެވެ. އެހެންނަމަވެސް އެއަރ އިންޑިއާ މެދުވެރިކޮށް އިންޑިއާއަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް ޓިކެޓް ދޫކުރާނީ އިންޑިއާ ހައިކޮމިޝަންގެ ހުއްދައަކާއި އެކުކަމަށެވެ.

  އަދި  ދަތުރުކުރާ ކޮންމެ ފަސިންޖަރެއްގެ އަތުގައިވެސް 96 ގަޑިއިރު ހަމަނުވާ ކޮވިޑް19އަށް ޓެސްޓްކޮށްފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންޖެހޭނެއެވެ.

  އިންޑިއާއާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ ޓްރެވެލް ބަބުލްއާއިއެކު އިންޑިއާގެ 4 އެއަރލައިންއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އޭގެތެރޭގައި އެއަރ އިންޑިއާ، އިންޑިގޯ، ގޯ އެއަރ އަދި ސްޕައިސްޖެޓް ހިމެނެއެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.