ވަރުން ދަވަން އާއި އޭނާގެ ލޯބިވެރިޔާ ނަތާޝާ ދަލާލްގެ ކައިވެނި މި މަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް، މުނިފޫހިފިލިވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
މަދު ބަޔަކާއެކު ބާއްވަން ހަމަޖެހިފައިވާ މި ކައިވެނި ކުރަނީ ޕަންޖާބީ ސްޓައިލަށް، އަލިބާގުގައި ކަމަށްވެ އެވެ.
ކޮވިޑް-19ގެ ސަބަބުން ބޮލީވުޑުގެ ގިނަ ތަރިންގެ ކައިވެނި ވަނީ ފަސްކޮށްފަ އެވެ. އެހެންކަމުން، މި އަހަރުގެ ތެރޭގައި ގިނަ ތަރިންގެ ކައިވެނި އަލުން ތާވަލު ކުރެވޭނެ ކަމަށް ބެލެވެ އެވެ.
ވަރުންގެ ފިލްމު 'ކޫލީ ނަމްބަރު 1' ޕްރޮމޯޓު ކުރުމުގެ ތެރެއިން، ކައިވެނި ކުރުމާމެދު ވިސްނުން ހުރީ ކިހިނެއްތޯ ސުވާލު ކުރުމުން ވަރުން ބުނެފައިވަނީ މިއީ އެ އަހަރު ކަމަށް ވެސް ވެދާނެ ކަމަށެވެ.
ވަރުން އާއި ނަތާޝާ ވަނީ ދާދި ފަހުން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.