ކޮވިޑުގެ އާ ވޭރިއަންޓް އަވަށްޓެރި ސްރީލަންކާއިން ވެސް ފެނއިްޖެ އެވެ.
ލަންކާގެ ހެލްތު މިނިސްޓްރީގެ ޗީފް އެޕިޑެމިއޮލޮޖިސްޓް ޑރ. ސުދާތު ސަމަރަވީރާއާ ހަވާލާދީ ކޮލަމްބޯ ގެޒެޓުގައި ބުނީ، ލަންކާއިން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓަކީ އިނގިރޭސި ވިލާތުން ފެނިފައިވާ ވޭރިއަންޓް ކަމަށެވެ. އެ ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސި ވިލާތުން އެގައުމަށް ދިޔަ މީހެއްގެ ގައިންނެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާ ވޭރިއަންޓް މުޖުތަމައުގެ ތެރޭގައި ފެތުރުނަ ނުދިނުމަށް މިހާރު އަޅާފައިވާ ސިއްހީ އުސޫލުތައް ތަންފީޒުކުރުން ހަރުކަށިކުރާނެ ކަމަށެވެ.
ނަމަވެސް އާ ވޭރިއަންޓާއެކު ވެސް ހެލްތު އޮފިޝަލުން މިހާރު އަމަލު ކުރަމުން އަންނަ އުސޫލުތަކަށާއި ފަރުވާ ދިނުމަށާއި ބަލި ދެެނެގަތުމަށް އަދި މެނޭޖްކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިޑޅަުވި އެވެ.
އިނގިރޭސި ވިލާތުން ފެނިފައިވާ ކޮވިޑުގެ އާ ވޭރިއަންޓަކީ މިހާރު ފެތުރެމުން އަންނަ ސްޓްރެއިންއާ ހިލާފަށް ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓެކެވެ.