ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކޮންމެ ހަފުތާއެއްގެ މެޗުތަކަށް ފަހު އެ ހަފްތާއެއްގެ އެންމެ މަގުބޫލު ކުޅުންތެރިޔާ ހޮވަން ސަޕޯޓަރުންނަށް ހުޅުވާލައިފި އެވެ.
އެގޮތުން ލީގުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިހާރު ވަނީ މިދިޔަ ހަފުތާގެ މެޗުތަކުން ހޮވާލެވުނު އެންމެ މޮޅު ހަތަރު ކުޅުންތެރިން ވޯޓަށް ހުޅުވާލައިފަ އެވެ.
އެއީ ކުލަބް އީގަލްސްގެ ސ. ހިތަދޫ ފޯވަޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ޓީސީގެ ކެޕްޓަން ނ. ކެނދުކުޅުދޫ މުހައްމަދު އައްޒާމް އާއި މާޒިޔާގެ ސެއިން ވިންސެންޓްގެ ފޯވަޑް ސްޓެވަޓް ކޮނޯލީސް އާއި ގްރީން ސްޓްރީޓްސް އަށް ކުޅޭ ސްޕޭނުގެ ފޯވަޑް އެންޖެލް ކަރެންސްކޯޒާ މުނޯޒެވެ.
މި ހަތަރު ކުޅުންތެރިންނަކީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ކުޅުންތެރިންނެވެ.
ވޯޓުލާން ހަދާފައިވާ ޕޯސްޓުގައި ކޮންމެ ކުޅުންތެރިއަކަށް ރިއެކްޝަނެއް ދީފައި އިނދެ އެވެ. ވޯޓުލާން ޖެހޭނީ ކޮންމެ ކުޅުންތެރިއަކަށް ދީފައިވާ ރިއެކްޝަނުން ރިއެކްޓް ކޮށްގެންނެވެ.
މިދިޔަ ހަފްތާގެ އެންމެ މޮޅު ކުޅުންތެރިންނަށް ވޯޓު ދިނުމުގެ ފުރުސަތު ހުޅުވާލާފާވަނީ އަންނަ ހުކުރު ދުވަހުގެ 14:00ގެ ނިޔަލަށެވެ.
https://www.facebook.com/DhivehiPremier/photos/a.698292737025958/1565663470288876/