އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕުގެ ޔޫޓިއުބް ޗެނަލް ވެސް ސަސްޕެންޑް ކޮށްފި އެވެ.
ޓްރަމްޕުގެ ޔޫޓިއުބް ޗެނަލް ސަސްޕެންޑްކުރީ އިއްޔެ ރޭ، ގިނަ ވީޑިއޯތަކެއް އަޕްލޯޑްކުރި ފަހުންނެވެ. ގާތްގަނޑަކަށް 2.77 މިލިއަން ސަބްސްކްރައިބާސް ހިމެނޭ އެ ޗެނަލް ސަސްޕެންޑު ކުރުމަށްފަހު ޔޫޓިއުބުން ބުނެފައިވަނީ އެ ޗެނަލް ސަސްޕެންޑް ކުރީ 'ވައިލެންސް އިންސައިޓްމެންޓް' ގަވާއިތުތަކަށް ހުރުމަތްތެރިކޮށް ހިތާފައިނުވާތީ ކަމަށެވެ. އެކަމުގެ އިތުރު ތަފްސީލެއް ގޫގުލްއަކުން ނުދެ އެވެ.
ޓްރަމްޕްގެެ ޔޫޓިއުބް އެކައުންޓް ސަސްޕެންޑް ކޮށްފައިވަނީ އިތުރު ވީޑިއޯއެއް އަޕްލޯޑު ނުކުރެވޭ ގޮތަށެވެ. ނަމަވެސް، މިހާރު ޗެނަލްގައި ހުރި ވީޑިއޯތައް އަދިވެސް ފެންނާނެ އެވެ.
ސޯޝަލް މީޑިއާގެ ގިނަ ޕްލެޓްފޯމްތަކުން ޓްރަމްޕާމެދު ފިޔަވަޅު އަޅަމުން އަންނައިރު ޓުވިޓާ އިން ވަނީ ޓްރަމްޕުގެ އެކައުންޓު ދާއިމަށް ސަސްޕެންޑުކޮށްފަ އެވެ.
ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ހުވާ ކުރައްވަން ހަމަޖެހިފައިވާއިރު، ޓްރަމްޕު މަގާމުން ދުރުކުރުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.