ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށްް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާޢީދު، ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރައްވައިފި

48914_a30816e4-0_

ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށްް ދިވެހިރާއްޖެއިން ކުރަމުން އަންނަ ތާޢީދު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަކުރާރު ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި  ހޮނިހިރު ދުވަހު ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މިއަހަރަކީ ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ އަހަރު ކަމުގައިވާ ހިނދު، ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްޤު އެޤައުމުގެ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވެއެވެ. އަދި ދިވެހިރާއްޖޭގެ އުއްމީދަކީ، ފަލަސްތީނުން އ.ދގެ ފުރިހަމަ މެންބަރަކަށްވުމަށް ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބު ލިބިގެން ދިއުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިިޒްރޭލުން ފަލަސްޠީނުގައި ހިންގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައިވެއެވެ. އަދި ‏ޕަލަސްތީން ރައްޔިތުންގެ ޙައްޤުތައް ހޯއްދަވައިދެއްވުމަށް ކުރެވޭ މަސައްކަތްތަކަކީ، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާފައިވާ ކަމެއްކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރަށް، އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނުގެ މައްސަލާގައި ބައިނަލްއަޤުވާމީ ދުނިޔޭގައި ‏ދިވެހިރާއްޖެއިން ‏އަޑުއުފައްލަވަމުން ގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އަދި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްޠީނުގެ ‏އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ‏ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

 

އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ރަށުތެރެ ހަލަބޮލި ކޮށް ރަށުތެރޭގެ އަމާންކަން ނަގައިލަން ކޮމިޝަނަރ އޮފް ޕޮލިސް

CPGym1

ކުށްކުރާ ފަރާތްތައް ހޯދައި ކުށުގެ ޢަމަލުތައް ހުއްޓުވުއި ރަށުތެރެ އަމާންކުރުމުގެ މަސައްކަތްކުރަމުންދާއިރު ކެނޑިނޭޅި އެއްބަޔަކު މަސައްކަތް ކުރަމުންދަނީ ރަށުތެރެ ހަލަބޮލި ކޮށް ރަށުތެރޭގެ އަމާންކަން ނަގައިލަން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިހެންވިދާޅުވީ ދ. ވާނީގައި ކުރިއަށްދިޔަ 7 ވަނަ ބްލޫސް ފޮރ ޔޫތު ކޭމްޕް ނިމި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޝަނަރ ވިދާޅުވީ ރަށުތެރެ ހަލަބޮލިކޮށް ރަށުތެރޭގައި އޮންނަންޖެހޭ އަމާންކަން ނަގައިލައި މަގުމަތީގައި އޮންނަ އުސޫލުތަކާއި ހުދޫދުތަކުގެ ބޭރުން ކަންކަން ކޮށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް އެއްވެސް ފަރާތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެ ފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ކުރަންހުރި ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ވެސް ކޮމިޝަނަރު ހުސެއިން ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން ކުރާ ހަމައެކަނި މަސައްކަތަކީ ކުށް ކުރާ ފަރާތްތައް ހޯދައި ކުށުގެ އަމަލުތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުން ދާއިރު ޒުވާނުން ބިނާކުރުމުގެ މަސައްކަތް ތަށްވެސް ފުލުހުން ކުރަމުން އަންނކަމަށާއި، ހަމަ އެއާ އެކު ފުލުހުންނަކީ ޒުވާނުން ބިނާކޮށް، ބާރުވެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ބައެއް ކަމަށވެސް ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވި އެވެ.

މީހުން މަރަން އަމުރުކޮށްފައިވާ ކަމަށް ބުނެ ކުރި ދައުވާ އާއި ކޮރަޕްޝަނުގެ ދައުވާތަކުން މުބާރަކް ސަލާމަތްވެއްޖެ

hosni

މިސްރުގެ ސަރުކާރާއި ދެކޮޅަށް 2011 ވަނަ އަހަރު މުޒާހަރާ ކުރި މީހުން މަރަން އަމުރުކޮށްފައިވާ ކަމަށް ބުނެ މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކް މައްޗަށް ކުރި ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފިއެވެ.
މި މައްސަލައިގެ އިތުރުން މުބާރަކް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކުން ވެސް މިއަދު ސަލާމަތްވެފައެވެ.މުބާރަކުގެ ވެރިކަމާ ދެކޮޅަށް 18 ދުވަސްވަންދެން ކުރި މުޒާހަރާތަކުގައި ބައިވެރިވި މީހުން މަރަން އަމުރު ކުރުމުގައި މުބާރަކުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައިވާ ހަތް ކޮމާންޑަރުން ވެސް ކުށްވެރި ނުވާ ކަމަށް ފަނޑިޔާރު މަހްމޫދު ކަމާލް އަލް ރާޝިދީ އިއްވި ހުކުމުގައި ވެއެވެ.
މުބާރަކްގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2011 ވަނަ އަހަރު ކުރިއަށް ދިއަ މުޒާހަރާގެ ދުވަސްވަރު އޭނާގެ އަމުރަށް ސިފައިން ދިން ހަމަލާތަކުގައި މަރުވެފައިވާ 800 އެއްހާ މީހުން މަރުވެފައި ވަނީ އެމީހުން މަރަން މުބާރަކް ކުރި އަމުރަށް ސިފައިން ދިން ހަމަލާތަކުގައި ކަމަށް ބުނެއެވެ.
މި މައްސަލައިގައި މުބާރަކް ވަނީ އޭނާގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރުނުކުރާ ކަމަށާއި އަދި މިސްރުގެ އެއްވެސް ރައްޔިތަކު މަރަން އަމުރުކޮށްފައި ނުވާނެ ކަމަށް ޝަރީއަތުގައި ވިދާޅުވެފައެވެ.
ކޯޓުން މުބާރަކްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމުމާ އެކު އެވަގުތު ކޯޓުތެރޭ ތިބި މުބާރާކްގެ ސަޕޯޓަރުން އުފާފާޅުކުރަން ފެށިކަމަށް ރިޕޯޓުތައް ބުނެއެވެ.
މުބާރަކްގެ ވެރިކަމާއި ދެކޮޅަށް މުޒާހަރާ ކުރި މީހުން މަރަން އަމުރު ކުރި ކަމުގެ ދައުވާ މުބާރަކުގެ އިތުރުން އޭނާގެ ވެރިކަމުގެ އިންޓީރިއާ މިނިސްޓަރުކަން ކުރެއްވި ހަބީބް އަލް އަދުލީގެ މައްޗަށް ވެސް އުފުލި ނަމަވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ވެސް އެ ދައުވާ ސާބިތުނުވާކަމަށް ހުކުމްކޮށްފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް ސްރީންލަންކާ އަށާއި ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

1681

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީންލަންކާ އަށާއި ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅަކީ މިމަހުގެ 27 ން 29 އަށް ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އެންޑް ސައުތު އީސްޓް އޭޝިއަން ނޭޝަންސް (ސާސިއަން) ޑިފެންސް ޗީފްސް ޑައިލޮގް 2014 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާސިއަން ޑިފެންސް ޗީފްސް ޑައިލޮގް ކޮންފަރެންސްއަކީ، ޤައުމުތަކުގެ އަސްކަރިއްޔާތަކުގެ މެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމާއި، އެއް ޤައުމު އަނެއް ޤައުމާއި ގުޅިގެން ހިންގިދާނެ ހަރަކާތްތަކާއި ބެހޭގޮތުންނާއި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ޤައުމު ތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ބާއްވާ ކޮންފަރެންސްއެކެވެ. އަދި އޭޝިއާ ސަރަހައްދުގެ ޑިފެންސް އެންޑް ސެކިއުރިޓީ ޕޮލިސީ އާއި ގުޅޭ ގޮތުން، ހިންގޭނެ ހަރަކާތްތަކާއި ގުޅޭގޮތުން މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާ އަސްކަރީ ކޮމާންޑަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޕާކިސްތާނަށް ވަޑައިގަންނަވާގޮތައްވެސް ވަނީ ހަމަޖެހިފައެވެ. ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަކީ އަންނަ ޑިސެންބަރު މަހުގެ އެކަކުން ހަތަރަކަށް ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އިންޓަރނޭޝަނަލް ޑިފެންސް އެގްޒެބިޝަން އެންޑް ސެމިނަރ (އައިޑިއާސް) ގައި ބައިވެރިވެ ވަޑައިގަތުމަށް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅެކެވެ.

ޕާކިސްތާނުގެ ކަރާޗީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އައިޑިއާސް 2014” އެގްޒިބިޝަނަކީ، އަސްކަރީ ދާއިރާއިންނާއި އިޖުތިމާޢީ ދާއިރާއިން ޕާކިސްތާނު ހޯދާފައިވާ ކުރިއެރުންތައް ދައްކާލުމަށް ބާއްވާ އެގްޒިބިޝަނެކެވެ. ޗީފް އޮފް ޑިފެންސް ފޯސް ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ދިވެހި އަސްކަރިއްޔާ އާއި ޕާކިސްތާނުގެ އަސްކަރިއްޔާގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރެއްވުމާއި، ދެޤައުމު ގުޅިގެން ހިންގިދާނެ ހަރާކާތްތަކާއި ބެހޭގޮތުން ޕާކިސްތާނުގެ އަސްކަރިއްޔާގެ އިސް ބޭފުޅުންނާއެކު މަޝްވަރާ ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް ސްރީލަންކާއަށާއި ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅަށް ފުރާވަޑައިގަތުމަށް އިބްރާހީމް ނާސިރު އިންޓަރނޭޝަންލް އެއަރޕޯޓަށް ވަޑައިގަތުމުން އެމަނިކުފާނަށް އަލްވަދާޢު ވިދާޅުވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދާއި ޑައިރެކްޓަރ ޖެނަރަލް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ ބްރިގޭޑިއަރ ޖެނަރަލް އަޙުމަދު ޝާހިދާއި ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމާއި ސިފައިންގެ ބައެއް އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ސްރީލަންކާ އަށާއި ޕާކިސްތާނަށް ކުރައްވާ މިދަތުރުފުޅުގައި އެމްއެންޑީއެފް މާލެ އޭރިއާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރު ބައިވެރިވެ ވަޑައިގަންނަވައެވެ.

ބޮޑު ތަފާތަކުން މާޒިޔާގެ ބަލިކުރުމަށް ފަހު އީގަލްސް ފުރަތަމަ ފަހަރަށް ގައުމީ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި

club eagles

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބް 1-4ގެ ނަތީޖާއަކުން ބަލިކުރުމަށް ފަހު ގައުމީ މުބާރާތުގެ ފައިނަލަށް ފުރަތަމަ ފަހަރަށް އީގަލްސްއިން ދަތުރުކޮށްފި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑުނެގީ އީގަލްސް އިންނެވެ. މި ގޯލް މެޗުގެ 11 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން އީސަ އެވެ.
މާޒިޔާއަށް ގޯލްޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ރަގަޅަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 25 ވަނަ މިނެޓްގައި އީގަލްސް އިން އެޓީމުގެ ދެވަނައެޓީމްގެ އަބްދުﷲ ސަމީހު ކާމިޔާބުކުރުމެވެ. ފުރަތަމަ ހާފް ނިމުމުގެ މާޒިޔާއިން ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްލާފަ އެވެ. މޫސާ ޔާމިން ނަގައިދިން ހުރަހަކުން މާޒިޔާއަށް މިލަނޑު ކާމިޔާބުކޮށްދިނީ އަސަދުﷲ އަބްދުﷲ އެވެ.
ދެވަނަ ހާފް ފެށިގެން ގިނަ އިރުތަކެއް ނުވަނީސް މާޒިޔާގެ ކުޅުންތެރިޔަކަށް ހެދުނު ގޯހެއްގެ އެޑްވާންޓޭޖް ނަގާ އީގަލްސްގެ އިމްރާން ނަޝީދު ވަނީ ނަތީޖާގެ ފަރަގު އެޓީމަށް ދެވަނަ ފަހަރަށް ބޮޑުކޮށްދީފަ އެވެ.އީގަލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުންޖެހި ހަތަރުވަނަ ގޯލް 85 ވަނަ މިނިޓްގައި މުބީން ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒު އެވެ.
މުބާރާތުގެ ފައިނަލްގައި އީގަލްސް ބައްދަލުކުރާނީ މި މުބާރާތުގެ ޗެމްޕިއަންކަން ފާއިތުވި ދެ އަހަރުވެސް ހޯދާފައިވާ ނިއުއާ އެވެ.ފައިނަލް މެޗު އޮންނާނީ މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

ސާކް ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފި

saarc

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، 18 ވަނަ ވަނަ ސާކް ސަމިޓް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު ނޭޕާލުގެ ވެރިވަށް ކަތުމަންޑޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި އެއްޤައުމުން އަނެއް ޤައުމަށް ހަކަތަ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ހާރިޖީ ވަޒީރުން ސޮއިކުރެއްވިއެވެ. އަދި 19 ވަނަ ސާކް ސަމިޓުގެ ޤަރާރުވެސް ފާސްކުރެވުނެވެ.

ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ފެށި 18 ވަނަ ސާކް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން  ރައީސް ވިދާޅުވީ ސާކަކީ ނަތީޖާ ހާސިލް ކުރުމަށް ވުރެ ބޮޑަށް ވަރަށް ބަރާބަރަށް ބައްދަލުވުންތައް ބާއްވާ ޖަމާއަތެއް ކަމަށް ވަރަށް ގިނައިން އަޑު އިވޭ ކަމަށާއި އޭގެ ބަދަލުގައި ސަރަހައްދަށް ބޮޑު ބަދަލެއް ގެނެސްދޭނެ ތަނަކަށް ސާކް ވާންޖެހޭ ކަމަށެވެ. އަދި ހުރިހާ ގައުމުތަކުން އެއް ވިސްނުމެއްގައި މަސައްކަތް ކުރާ ނަމަ ސާކަކީ ފަހުރުވެރިވާނެ ފަދަ ޖަމާއަތަކަށް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ސާކް ގައުމުތަކުގެ ފަގީރުކަން ދަށް ކުރުމަށް އެންމެ މުހިންމު ކަމަކީ ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އަދި ވިޔަފާރީގެ ފުރުސަތުތައް ފަހި ކުރުމަށް ހުރި ދަތިތައް ނައްތާލުން ވެސް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 21 ވަނަ ގަރުނަކީ ދެކުނު އޭޝިއާގެ އެއްޗެއް ކަމަށާއި އިންސާނީ ވަސީލަތްތަކާއި ގުދުރަތީ ގޮތުން މި ސަރަހައްދަށް ލިބިފައިވާ މުއްސަނދި ކަމަކީ އޮތް ބޮޑު ފައިދާއެއް ކަމަށެވެ. އެއާ އެކު ވިޔަފާރި އާއި އިގުތިސޯދީ ގޮތުން ސާކް ކުރިއަށް ދިއުމަކީ ގައުމުތަކުގެ މީހުންގެ އުޖާލާކަންމަތީގައި ބެހެއްޓުމުގެ އަސާސް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ސާކަށް ކުރެވިފައިވާ ކަންތައްތައް އަލުން ބަލައި ކުދިރިއުޅުން ރިއަށް ދާންވީ ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

19 ވަނަ ސާކް ސަމިޓް ބޭއްވެވުމަށް ނިންމެވީ ޕާކިސްތާނުގައެވެ.

 

ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރާއި އިންޑިޔާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

58313_b9871e8e-1_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި  ބައްދަލުކުރައްވައިފިއެވެ.

18 ވަނަ ސާކް ސަމިޓުގެ ހަވާސާގައި ބޭއްވުނު މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޙާއްޞަކޮށް، ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިންނާއި، މީހުން ބިނާކުރުމުގެ ދާއިރާގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. ‏

މީގެއިތުރަށް، ‏ސާކުގެ ޙަރަކާތްތައް މިހާރަށްވުރެ ފުޅާކޮށް، ސާކުގެ ހިންގުން ‏‏އިތުރަށް ‏‏ހަރުދަނާކުރެއްވުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން ‏‏މަޝްވަރާކުރެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، ‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ ‏‏އޮންނަ ގާތް އަޚުވަންތަކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރާއްޖޭގެ ތަރައްޤީއާއި ‏‏ކުރިއެރުމަށްޓަކައި، ޕާކިސްތާނު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށާއި އެއްބާރުލެއްވުމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވިއެވެ.‏

2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޙާބު ކާމިޔާބު ކުރައްވައި މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމ‏ަށް މަރުޙަބާ ވިދާޅުވިއެވެ. މީގެއިތުރަށް، 1998 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އާ ޢިމާރާތް ހުޅުއްވައިދެއްވުމަށްޓަކައި އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ކުރީގެ ރައީސް މަޢުމޫނު ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ބެހެއްޓެވި ފުރިހަމަ މެހްމާންދާރީގެ ހަނދާންތައް އާކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

58330_e9b37e1c-5_

އިންޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވެވި ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުންނާއި އެ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމުގެ މައްޗަށް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ވަކިން ހާއްސަކޮށް، ރާއްޖޭގެ ސިއްހީ ‏‏ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އިންޑިޔާގެ އެހީތެރިކަން ރާއްޖެ އަށް ހޯއްދެވުމާއި ބެހޭ ގޮތުން ‏‏ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި އެވެ.

‏”މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ ‏‏ސަރުކާރުން ރާއްޖެ އަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ‏‏ޝުކުރު އަދާކުރެއްވި އެވެ. އިންޑިޔާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ރާއްޖެ އަށް ބޭނުންވާ ކަންކަމުގައި، ‏‏އިންޑިޔާ ‏‏ސަރުކާރުން ރާއްޖެ އަށް އެހީތެރިވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމުގައި ވިދާޅުވި އެވެ.،” ރައީސް އޮފީހުން ބުންޏެވެ.

 

ސަރުކާރުގެ ސިއްޙީ ސިޔާސަތުގެ އެންމެ މުހިންމު އެއްމަސައްކަތަކީ ‏‏‏ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ނިޒާމެއް ޤާއިމުކުރުން: ނައިބްރައީސް

58266_49a1be3f-d_

ސަރުކާރުގެ ޞިއްޙީ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ކޮންމެ ރައްޔިތަކީ ފުރިހަމަ ޞިއްޙަތެއްގައި ‏‏ދިރިއުޅޭ ‏‏ރައްޔިތެއްކަން ކަށަވަރުކޮށް ދިނުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަކީ ‏‏‏ބަލިތަކަށް ދުރާލާ ރައްކާތެރިވެވޭނެ ފަދަ ނިޒާމެއް ޤާއިމުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ‏‏މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް ހެލްތު ގުޅިގެން، ރާއްޖޭގެ ސްކޫލުތަކުގެ ގްރޭޑް ‏‏1 ގެ ދަރިވަރުންނަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދެވި މެޑިކަލް ސްކްރީނިންގގެ ނަތީޖާ ‏‏ޢާންމުކުރެއްވުމަށް މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކޮންމެ ދިވެހި ރައްޔިތަކީވެސް ‏‏ޞިއްޙީގޮތުން ރައްކާތެރި، ‏‏ދުޅަހެޔޮ މާޙައުލެއްގައި އުޅެން ބޭނުންވާނެ ރައްޔިތެއްކަމުގައި ‏‏ފާހަގަކުރެއްވިއެވެ. އަދި، ‏ގްރޭޑް 1 ގެ ދަރިވަރުންގެ މެޑިކަލް ސްކްރީނިންގ ޕްރޮގްރާމުގެ ‏‏ނަތީޖާއިން، ރާއްޖޭގެ ރައްޔިތުން ‏ދުޅަހެޔޮ ޞިއްޙަތެއް ބިނާކުރުމަށްޓަކައި ކުރަމުން އައި ‏‏މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި ‏ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު‏ ބަޔާންކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަދު ޢާންމުކުރެވިގެން ދިޔަ ‏‏ރިޕޯޓުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ނޭނގި ދިމާވާ ބޮޑެތި ބަލިތަކުން ‏‏ސަލާމަތްވުމަށްޓަކައި ކުރަމުންދާ ‏‏މަސައްކަތަށް ކުރިއެރުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ‏‏ވިދާޅުވިއެވެ. މީގެއިތުރަށް، ‏ބަލިތަކުގެ އިބްތިދާއީ މަރްޙަލާގައި އެބަލި ދަނެގަނެގަތުމަށް އެހީތެރިވެދޭނެ ‏‏ކަމުގައިވެސް ބަޔާންކުރެއްވިއެވެ. އަދި މި މަސައްކަތަކީ، ‏ރާއްޖޭގައި ޞިއްޙީ ދާއިރާއަށް ކުރަމުންދާ ‏‏ހޭދަ ކުޑަވެ، ތަރްތީބު ކުރެވިގެން ބަލިތަކަށް ފަރުވާހޯދުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައިވެސް ‏‏އެމަނިކުފާނު ފާހަގަކުރެއްވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަހަރު ކުރިއަށްގެންދިޔަ ހެލްތު ‏‏ސްކްރީނިންގގެ ފައިދާ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ލިބިގެންދިއުމަކީ ސަރުކާރުގެ އަމާޒުކަމުގައި ‏ ‏‏ވިދާޅުވިއެވެ. ‏މިގޮތުން، ސާނަވީ މަރުޙަލާގައި ކިޔަވަމުންދާ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމެއް ‏‏މިއަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާނެ ކަމުގައި އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ‏

 

ބޮޑެތި ބައެއް އެއަރލައިންތަކުގެ އުދުހުންތަށް ރާއްޖެއަށް އިތުރުކޮށްފި

emirates_9

ކުރިއަށްއޮތް ޑިސެމްބަރމަހާއި ދިމާކޮށް ބައިނަލްއަޤްވާމީ ބޮޑެތި ބައެއް އެއަރލައިންތަކުން ރާއްޖެއަށް ބާއްވަމުން އަންނަ އުދުހުންތައް އިތުރުކުރަން ނިންމައިފިއެވެ.
ޑިސެމްބަރމަހުގެ ތެރޭގައި ރާއްޖެއަށް އުދުހުންތައް އިތުރުކުރުމަށް ނިންމާފައިވާ ބައެއް އެއަރލައިންތަކުގެ ތެރޭގައި ހިމެނެނީ، ވަން ވަރލްޑް ގެ ބައެއް އެއަރލައިންތަކުގެ އިތުރުން، ކުރިންވެސް ދިވެހިރާއްޖެއަށް އުދުހުންތައް ބާއްވަމުން އަންނަ ބައެއް އެއަރލައިންތަކެވެ. މިގޮތުން އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ވަނީ އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އުދުހުންތައް ފަށާނޭ ތާރީހު ރަސްމީކޮށް އިއުލާންކޮށްފައެވެ.
ގަލްފް ބިޒްނަސް އޮންލައިނަށް ދެއްވި ބަސްދީގަތުމެއްގައި އެމިރޭޓްސް އެއަރލައިނުގެ ކޮމާޝަލް އޮޕަރޭޝަންގެ ވައިސް ޕްރެސިޑެންޓް އަހުމަދު ހޫރީ ވިދާޅުވީ “ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެއަށް ބާއްވާ އުދުހުންތައް އިތުރުކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ. އަދި މީގެ ތެރޭގައި ފަސެންޖަރ ފްލައިޓްގެ އިތުރުން ކާގޯ ފްލައިޓްގެ އުދުހުންތައް ހިމެނޭ” ހޫރީ ގެ އިންޓަރވިއުގައި ވިދާޅުވި.
އެމިރޭޓްސްގެ އިތުރުން ވަންވަރލްޑް އެއަރލައިންގައި ހިމެނޭ ކެތޭ ޕެސިފިކް އާއި ތުރުކީގެ ޤައުމީ އެއަރލައިން ފަދަ ބޮޑެތި އެއަރލައިންތަކުންވަނީ ފިނިމޫސުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ދަތުރުތަކަށް ހާއްސަ ފެއާތައް ތައާރަފްކޮށްފައި. އެއަރލައިންތަކުގެ ވިޔަފާރިއާއި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތް މިހާރު ލިބެމުން އަންނަ ކުރިއެރުމަށް ބަލާއިރު އަންނަ ޑިސެމްބަރމަސް ނިމޭއިރު މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާނޭ ފަތުރުވެރިންގެ އަދަދު އެއްމިލިއަނަށް ވުރެ އިތުރުވެގެންދާނެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ލިއޮނެލް މެސީ އަށް

messi

ޔޫއެފާ ޗެމްޕިއަންސްލީގްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފިއެވެ.މެސީ މިމަގާމް ހޯދާފައިވަނީ ރޭ ބާސެލޯނާ އާއި އަޕޮއެލް ބައްދަލުކޮށް ހަތަރެއް ސުމެއްގެ ނަތީޖާއިން ބާސެލޯނާ މޮޅުވި މެޗްގައި މެސީ ޖެހި ތިން ލަނޑާއެކު ޗެމްޕިއަންސްލީގްގައި މިހާތަނަށް ހަތްދިހަ ހަތަރު ލަނޑު ކާމިޔާބުކޮށްގެންނެވެ. ޗެމްޕިއަންސްލީގްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ، ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ރައުލް ގޮންޒަލޭޒް އަތުގައެވެ. ޗެމްޕިއަންސްލީގްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މެސީ ހޯދާފައިވާއިރު، މެސީ ވަނީ ސްޕެނިޝްލީގްގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.