މާތްﷲ ހަރާމް ކުރައްވާފައިވާ ކަންތަކަށް އަރައިނުގަނެ، ޤައުމީ އަދި އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން: ރައީސް މައުމޫން

Portugal - Lisboa - 07 November 2007 - European Development Days - Opening Ceremony - Maumoom Abdul Gayoom - President of Maldives © EC

މާތްﷲ ހަރަމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިނުގަނެ، ޤައުމީ އަދި އިޖްތިމާޢީ މުނާސަބަތުތައް ފާހަގަކުރުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އާއަހަރު ފާހަގަކުރުމަށް މިރޭ މާލޭގައި ބާއްވާ ބޮޑު މިއުޒިކް ޝޯއާ މެދު ދީނީގޮތުން ހިޔާލުތަފާތުވެފައި ވަނިކޮށް، މިއަދު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.

maumoon tweet
ރައީސް މައުމޫން ވިދާޅުވީ، “މާތްﷲ ހަރާމް ކުރައްވާފައިވާ
ކަމަކަށް އަރައިނުގަނެ ޤައުމީ ނުވަތަ އިޖްތިމާޢީ މުނާސަބަތުތައް،
ފާހަގަ ކުރުމަކީ މައްސަލައެއްނޫން” ރައީސްމައުމޫން ކުރެއްވި ޓްވީޓް

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާ އިރު، އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދުގެ ޓްވިޓަރ އެކައުންޓްގައި ގައި އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އައު އަހަރާ ދިމާކޮށް ބޭރުގެ ފަންނާނުން ރާއްޖެ ގެނެސްގެން ޝޯވ ބޭއްވުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، މުސްލިމުންގެ ސަގާފަތަށް ގޮންޖަހައި ކަންތައް ކުރި މީހުންގެ މާޒީއިން އިބުރަތް ހާސިލް ކުރަން ޖެހޭ ކަމަށެވެ.

shaheem-twits“އައު އަހަރާ ދިމާކޮށް ބޭރު މީހުން ގެނެސްގެން ޝޯ ބޭއްވުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން. މަރުގެ އިންޒާރު ދިނުމަކީވެސް ޤަބޫލްކުރެވޭނެ ކަމެއްނޫން”އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީސައީދުގެ ޓްވީޓް

އެއަރ އޭޝިޔާ ގެއްލުނު ދިމާލުން ކަނޑުގެ ސަރަހައްދުން 40 މީހުންގެ ހަށިގަނޑު ފެނިއްޖެ

141228081535-04-airasia-1228-horizontal-gallery

މިދިޔަ އާދީއްތަ ދުވަހު އިންޑޮނޭޝިއާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރި އެއަރ އޭޝިޔާގެ ފްލައިޓު ގެއްލުނު ދިމާލުން ކަނޑުގެ ސަރަހައްދުން 40 މީހުންގެ ހަށިގަނޑު ފެނިއްޖެއެވެ.
މިކަން އިންޑޮނޭޝިޔާގެ ނޭވީއިން ކަށަވަރު ކޮށްދީފައިވާއިރު، އެއަރ އޭޝިޔާގެ ފްލައިޓު ހޯދުމަށް މަސައްކަތް ކުރާ މަނަވަރުން، 40 ހަށިގަނޑު ކަނޑުން ނަގާފައިވާކަމަށް ބީބީސީން ބުނެފައިވެއެވެ.
މިއަދު ހެނދުނު އެންމެ ފުރަތަމަ ފެނުނީ ބޯޓުގެ އެމަޖެންސީ ދޮރުގެ ބައެކެވެ. އަދި ބޯޓާ ގުޅުން ހުރި އެހެން ކުނިބުނި ވެސް ވަނީ ފެނިފައިވާއިރު އެސަރަހައްދުތަކުން އިންސާނުންގެ ހަށިގަނޑުތަކެއް ވަނީ ފެނިފައެވެ.
އާދިއްތަ ދުވަހު ހެނދުނު، ޖާވާ ކަނޑު މަތިން ގެއްލުނު ބޯޓު ހޯދަން މިދިއަ ދެ ދުވަހު ކުރި މަސައްކަތް ނާކާމިޔާބުވެފައި ވަނިކޮށް މިއަދު ބޯޓާ ގުޅުން ހުރި އެއްޗެހި ފެނުނީ ބޯނިއާ ރަށުގެ ސަރަހައްދެއް ކަމަށްވާ ޕަންގްކަލަން ބަންގެ ހުޅަނގުދެކުނުން 160 ކިލޯމީޓަރު ބޭރު ކަނޑުންނެވެ.

141230165743-relatives-2-horizontal-gallery
ގެއްލުނު އެއަރ އޭޝިޔާގެ ބޯޓުގައި ދަތުރުކުރަމުން ދިޔައީ، ސިންގަޕޫރު މީހަކާއިި، މެލޭޝިޔާގެ މީހަކާއިި، އިނގިރޭސި ވިލާތު މީހެއްގެެ އިތުރުން، ދެކުނު ކޮރެޔާގެ 3 މީހުންނާއި އިންޑޮނޭޝިޔާގެ 149 މީހެކެވެ. އަދި ބޯޓުގައި ތިބި ކްރޫއިންގެ ގޮތުގައި ހަ މީހުން ތިބި އިރު، އެއީ އިންޑޮނޭޝިޔާއަށް ނިސްބަތްވާ ޗީފް ޕައިލެޓާއި، ފަރަންސޭސިވިލާތަށް ނިސްބަތްވާ ކޯ ޕައިލެޓަކާއި އިންޑޮނޭޝިޔާއަށް ނިސްބަތްވާ ހަތަރު ކެބިން ކްރޫއިންނެވެ.
ފްލައިޓު ވެއްޓިފައިވާ ކަމަށް ބޮޑަށް ބެލެވޭ އިރު، ފްލައިޓު ހޯދުމުގެ މަސައްކަތުގައި 30 މަނަވަރާއި، 15 މަތިންދާ ބޯޓާއި ހަތް ހެލިކޮޕްޓަރު ބައިވެރިވެއެވެ.
މި މަސައްކަތުގައި ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި، އެމެރިކާ، އިންޑޮނޭޝިޔާ، ސިންގަޕޫރު، މެލޭޝިޔާ އަދި ތައިލެންޑް ބައިވެރިވެއެވެ.

_79982871_025239812-1
ބަޖެޓް އެއާލައިނެއް ކަމަށްވާ އެއާއޭޝިއާގެ ފްލައިޓް ކިއޫޒެޑް1058 ގެއްލުނީ ސުރަބާޔާ އިން ފުރައިގެން ސިންގަޕޫރަށް ދަނިކޮށް އާދިއްތަ ދުވަހު ހެނދުނެވެ. ފްލައިޓް ގެއްލުނީ މޫސުމް ގޯސްވެ، ތޫފާނުގެ ވިލާތަކެއްގެ ތެރެއިން ނެއްޓުމަށްޓަކައި ތަންކޮޅެއް މަތިން ދަތުރުކުރުމުގެ ހުއްދައަށް ޕައިލެޓް އެދުނުތާ ދެތިން މިނިޓްގެ ތެރޭގަ އެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ އެއާއޭޝިއާގެ ފްލައިޓްތައް އެ ސަރަހައްދުން އާންމުކޮށް އުދުހޭ 32،000 ފޫޓު މަތިންނެވެ.
ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލަރުންނާ ދެމެދު ބަދަލުކުރި އެންމެ ފަހު ވާހަކަތަކުގެ ރެކޯޑިން އިއްޔެ ހާމަކުރި އިރު، ބޯޓު ނައްޓާލުމުގެ ކުރިން ވެސް 34،000 ފޫޓު މަތިން އުދުހުމުގެ ހުއްދަ އަށް ޕައިލެޓުން އެދުނެވެ. އެކަމަކު އެ ހުއްދަ ނުދިނީ އިތުރު 11 ފްލައިޓެއް އެ އުސްމިނުން އޭރު ދަތުރުކުރާތީ ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް ބަލަހައްޓައި މައި އިދާރާ އިން އިއްޔެ ބުނެފައިވެ އެވެ.

ހައްދު ފަހަނަ އެޅުމާ ދެކޮޅަށް ސާބިތުވެ ހުންނާނަން: ޓޫރިޒަމް މިނިސްޓަރު އަދީބު

l_857661

މާދަމާރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޓޫރިސްޓު އެރައިވަލް ކައުންޓްޑައުން ޝޯގައި ބައިވެރިވާން ހަމަޖެހިފައި އޮތް، މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯން ޕޯލަށް ދިން މަރުގެ އިންޒާރާ ގުޅިގެން ރާއްޖެ ނާންނަން އޭނާ ނިންމާފައި ވަނިކޮށް، މިއަދު މެންދުރުފަހު ޓުރިޒަމް މިނިސްޓަރ އަހްމަދު އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝޯން ޕޯލްގެ އެ ނިންމުމާ މެދު ހިތާމަކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، އެގޮތަށް ނިންމަން ޖެހުނީ “ނުރަނގަޅު ސިޔާސީ ހަރަކާތްތަކާ” ހެދި ކަމަށް އަދީބުގެ ޓްވީޓުގައި ބުނެފައިވެއެވެ.

“ޓޫރިސްޓު އެރައިވަލް ކައުންޓްޑައުން ޝޯ ކުރިއަށް ދާނެ. ހައްދު ފަހަނައަޅާ ދިއުމާ ދެކޮޅަށް އަޅުގަނޑު ސާބިތުވެ ހުންނާނަން. [ޝޯ ބަލަން ދިޔުން އެދެން” މިނިސްޓަރުގެ އަދީބުގެ ޓުވީޓުގައިވެ އެވެ.
ޝޯން ޕޯލަށް އިންޒާރު ދީ މިދިޔަ ހުކުރު ދުވަހު ޔޫޓިއުބުގައި އާއްމު ކުރި ވީޑިއޯގައި ބުނެފައިވަނީ ” ތިބާ މިރާއްޖެއަށް އައިސްފިނަމަ ދެން ފެނިގެން ދާނީ ތިބާގެ ފުރާނަ ނެތް، ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު” ކަމަށެވެ.
ޝޯން ޕޯލް އަށް އިންޒާރު ދިން ވީޑިއޯގެ ތަހުގީގުގައި ތުހުމަތުކުރެވިގެން ފުލުހުން ވަނީ މިހަކާ ސުވާލުކޮށްފައެވެ. އަދި ގެއެއް ބަލައި ފާސްކޮށް، މޯބައިލް ފޯނާއި ލެޕްޓޮޕެއް ފުލުހުން މިހާރު ވަނީ ގެންގޮސްފަ އެވެ.

ކާޑްގެ ބާވަތްތައް ކަނޑައެޅިފައިވާ އަގަށް ވުރެ ބޮޑު ނޫން އަގެއްގައި ވިއްކުމަކީ ހުއްދަކަމެއް:އިކޮނޮމިކް މިނިސްޓްރީ

mauritius-rice_1_jpg_460x345_q85

އަތޮޅު ތެރޭގެ ރަށްރަށުގައި އަގު ކޮންޓްރޯލް ކުރެވިފައިވާ ކާޑްގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްކޮށްގެން ވިއްކާފަރާތްތަކުން ކަނޑައެޅިފައިވާ އަގަށް 75އަށް ވުރެ ބޮޑު ނޫން މިންވަރެއް އިތުރުކޮށްގެން ވިއްކުމަކީ ހުއްދަކަމެއްކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.
ކޮންޓްރޯލް ކުރެވިފައިވާ ކާޑްގެ ބާވަތްތައް އަތޮޅު ތެރޭގައި ވިއްކުމަށް ކަނޑައެޅިފައިވާ އަގުތަކާއި ބެހޭގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ، އެ މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމުން ގެއްލުންވާކަމަށް ބައެއް ރަށްރަށުގެ ވިޔަފާރި ވެރިން ބުނެފައިވާކަމަށާއި،އެހެންކަމުން ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގު ކަނޑައެޅުމުގައި މިހާރު އަމަލުކުރަން ނިންމާފައިވަނީ، އެރަށެއްގެ ކައުންސިލާއި އެރަށެއްގެ ވިޔަފާރިވެރިން މަޝްވަރާކޮށް އެ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކުމުގައި ގެއްލުން ނުވެ، ވިއްކޭނެ އެންމެ ކުޑަ އަގެއް ނިންމުމަށްފަހު، ރަށުގެ ކައުންސިލް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީއަށް އެ އަގުތައް އެންގުމުން އެ ރަށެއްގައި ކާޑުގެ ބާވަތްތައް ވިއްކޭނޭ ކޮންޓްރޯލް އަގު، ރަށު ކައުންސިލް މެދުވެރިކޮށް އިކޮނޮމިކް މިނިސްޓްރީން އެރަށެއްގައި އިއުލާންކުރާގޮތަށްކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން މިހާރުވަނީ، އެ މިނިސްޓްރީގެ ވެބްސައިޓްގައި އަތޮޅު ތެރޭގެ ރަށްރަށުގައި ކޮންޓްރޯލް ކޮށްފައިވާ ކާޑްގެ ބާވަތްތައް ވިއްކޭނޭ އަގުތައް އާއްމުކޮށްފައެވެ.

އެއާރ އޭޝިޔާ ހޯދުމަށް ބަލަމުން އަންނަ ސަރަހައްދު 11000ނޯޓިކަލް މޭލު އިތުރުކޮށްފި

airasia

މިމަހުގެ 28ވީ އާދިއްތަދުވަހު ޑޮނޭޝިޔާގެ ސުރަބާޔާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު އެއަރ އޭޝިޔާގެ މަތިންދާބޯޓު ހޯދުމަށް މީގެ ކުރިން ބަލަމުންދިޔައީ އެބޯޓު ދަތުރުކުރި ކަމަށް ބެލެވޭ މަގު ކަމަށްވާ 70 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނަމަވެސް އެމަތިންދާބޯޓު ހޯދުމަށް މިހާރު 11000 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލަމުންދާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.
މިހާރު ބަލަމުންދާ ސަރަހައްދު އިތުރުކުރުމުގެ އިތުރުން އެމަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ އުޅަނދުތައް ވެސް އިތުރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރެސްކިއުޓީމުން ވަނީ ބުނެފައެވެ. އެމަސައްކަތުގައި ޖުމްލަ، 30ކަނޑު ބޯޓާއި 15މަތިންދާބޯޓުގެ އިތުރުން 7ހެލިކޮޕްޓަރު ހަރަކާތްތެރިވަމުންދާ ކަމަށްވެސް އޭޝިޔާގެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޓީމުންވަނީ ބުނެފައެވެ.އެހެންކަމުން މި މަސައްކަތް އިތުރަށް ފުޅާކޮށްފައިވާއިރު ގެއްލުނު ބޯޓާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހޯދިފަނުވާކަންވެސް ފާހަގަކޮށްލަން.
155ފަސިންޖަރުންނާއި 7ފަޅުވެރިންނާއެކު އިންޑޮނޭޝިޔާގެ ސުރަބާޔާއިން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ކިޔުޒެޑް އެއިޓް ފައިވް ޒީރޯ ވަން، އާއި ބެހޭ ގޮތުން އެބޯޓު ހޯދުމުގެ މަސައްކަތްކުރަމުންދާ އޭޖެންސީން މީގެ ކުރިން ބުނެފައިވަނީ ، މިހާތަނަށް ލިބުނު މައުލޫމަތުތަކާއި ބެލި ބެލުންތަކަށް ބިނާކޮށް، ބޯޓު ކަނޑަށް ވެއްޓިފައިވާކަމަށް ބެލެވޭކަމަށާއި، ކަނޑުގެ އެންމެ އަޑިއަށް ބޯޓު ގޮސްފައިވުން އެކަށީގެންވާކަމަށެވެ.
އެއަރބަސް 320 މަރުކާގެ އެބޯޓު ގެއްލިފައިވަނީ، ސުރަބާޔާގެ އެއަރޕޯޓުން ފުރިތާ ގާތްގަނޑަކަށް 45 މިނެޓު ފަހުން، އެއަރ ޓްރެފިކް ކޮންޓްރޯލާއި ބޯޓާ ދެމެދު އޮތް މުވާޞަލާތީ ގުޅުން ކެނޑުމަށްފަހުއެވެ.ބެލެވޭގޮތުގައި، ޖާވާ ކަނޑުގެ މަތިން ދަތުރުކުރަމުން ދިޔަ އެބޯޓު ގެއްލުމަށް މެދުވެރިވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންކަމަށް ރިޕޯޓްތަށްބުނެފައިވާއިރު ބޯޓު ގެއްލުމުގެ ކުރިން، ބޯޓުގެ ޕައިލެޓުންވަނީ ބޯޓު ދަތުރުކުރަމުންދިޔަ ރާސްތާ ބަދަލުކުރުމަށް ޖަކާޓާގެ އެއަރ ޓްރެފިކް ކޮންޓްރޯލްގެ ކިބައިން އެދިފައެވެ.

އިޤްތިޞާދު ކުރިއެރުމަށް ހުރަސްއެޅޭ ގޮތަކަށް ހިންގާ ޙަރަކާތްތައް ހުއްޓުވުމަށް ފަސްނުޖެހޭނަންް:ސަލާމަތީ ބާރުތައް

Police-MNDF

އިޤްތިޞާދީގޮތުން ރާއްޖެއަށް ލިބިގެންދާ ކުރިއެރުމަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ހިންގާ އެކިއެކި ޙަރަކާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައްކުރުމަށް ފަސްނުޖެހޭނެކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތަކުން މިއަދު ހާމަކޮށްފިއެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ނެރުނު ބަޔާން މީޑިޔާތަކާއިއެކު ހިއްސާކުރައްވަމުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ ހުސެއިން އަލީ އިއްވެވި ބަޔާނުގައި ސަލާމަތީ ބާރުތަކުން ބުނެފައިވަނީ، ރާއްޖޭގެ އިޤްތިޞާދަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ކުރާ ހޭދައިގެ މައްޗަށް ބަރޯސާ ވެފައިވާ އިޤްތިޞާދެއް އޮތް ޤައުމެއްކަމަށާއި، އެހެންކަމުން އިޤްތިޞާދީގޮތުން ރާއްޖެއަށް ލިބިގެންދާ ކުރިއެރުމަށް ހުރަސްއެޅޭނެ ފަދަ ގޮތަކަށް ހިންގާ އެކިއެކި ޙަރަކާތްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ސަލާމަތީ ބާރުތަކުން ފަސްނުޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ސަލާމަތީ ބާރުތަކުން ބުނީ، ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ޢިއްޒަތްތެރިންނާއި މެހްމާނުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރަންޖެހޭނެ ކަމެއްކަމަށެވެ. އަދި ރާއްޖޭގައި ވިޔަފާރި ކުރުމަށާއި، އިންވެސްޓް ކުރުމަށާއި، ބޮޑެތި ބައްދަލުވުންތައް ބޭއްވުމަށާއި، އެކިއެކި ޙަރަކާތްތައް ހިންގުމަށް ވަޑައިގަންނަވާ މެހްމާނުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކަމެއްކަމަށް ވެސް ސަލާމަތީ ބާރުތަކުން މިއަދު އާންމުކުރު ބަޔާނުގައި ބުނެފައިވެއެވެ.
ޤުދުރަތީ ގޮތުން ލިބިފައިވާ ރީތި ކަމެއް މިރާއްޖެއަށް ލިބިފައިވާއިރު، ރާއްޖޭގައި އޮތް އަމާންކަން އަދި ދިވެހިންގެ ޚާއްޞަ މެހްމާންދާރީގެ ނަމޫނާ ޤައުމެއްގެ ގޮތުގައި، މިޤައުމުދެކިލުމަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެއްކަމަށެވެ.އެހެންކަމުން އެ އިތުބާރާއި ޔަޤީންކަން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހޯދައިދިނުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާއެއްކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެއަކީ އަބަދުވެސް އަމާން އަދި ޞުލްޙަ މަސަލަސްކަން މަތީގައި އޮންނަ ޤައުމަކަށް ހެދުމަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާނެ ކަމެއްކަމަށާއި، އެހެންކަމުން ރައްޔިތުން އެދޭފަދައިން ރާއްޖޭގައި ހަމަޖެހުން ޤާއިމްކޮށް ދެމެހެއްޓުމަށް ސަލާމަތީ ބާރުތަކުން ކުރަންޖެހޭ ކޮންމެ މަސައްކަތެއް ފަސްޖެހުމެއްނެތި ކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ސަލާމަތީ ބާރުތަކުން މިއަދު އާންމުކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެ އަންނަ މެހެމާނުންނަށް ކަމޭހިތަން ދަސްކުރަން ޖެހޭ : ރައީސުލްޖުމްހޫރިއްޔާ

59586_624e3a4c-a_

ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އަންނަ މެހެމާނުންނަށް ކަމޭހިތަން ދިވެހިން ދަސްކުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އައްޑޫސިޓީ ހުޅުމީދޫގެ ފެނުގެ ނިޒާމާއި އެރަށުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުމަށް ހުޅުދޫގައިި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ބަރޯސާވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާ އެހެން ކަމުން ބޭރު ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ކަމޭހިތަން ޖެހޭކަމަށެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިންގެ ފުރާނައަށް ނުރައްކާ ވާނެ ފަދަ މެސެޖުތައް ފެތުރުމަކީ ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވާނެ ކަމެއް ކަމަށާ އެކަމުގެ ސަބަބުން އާހިރުގައި ކަރުނަ އަޅައި ރޯން ޖެހޭނީ ހަމަ ދިވެހި ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވެފައިމިވަނީ ވޭތުވެދިޔަ އަހަރު ރާއްޖެއަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީ އެކަން ފާހަގަކުރުމަށް ބާއްވާ ޓޫރިޒަމް ކައުންޓުޑަން ޝޯގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ޝޯން ޕޯލް ރާއްޖެ އައުމަށް ނިންމާފައިވަނިކޮށް އޭނާއަށް ބަޔަކު މަރުގެ އިންޒާރުދީ ބަޔަކު ފަތުރަމުންދާ މެސެޖްތަކެއް ސޯޝަލްމީޑިޔާގައި ފެތުރެމުން ދާ ދަނޑިވަޅެއްގައެވެ.
ރައީސް ޔާމީންް ވިދާޅުވީ އެފަދަ އިންޒާރުތައް ދިނުމުގެ ސަބަބުންވާ ގެއްލުން ވަގުތުން ނުފެނުނު ނަމަވެސް އެކަމުގެ ގެއްލުން އަވަސް ކައިރި މުސްތަގްބަލެއްގައި ފެނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށެވެ. އަދި އެހެން ވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ ގޮތަކަށް ނިމިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
” ބޭރުން އަންނަ މެހެމާނުންނަށް އިންޒާރުތައް ދިނުމުގެ ސަބަބުންވާ ގެއްލުން ވަގުތުން ވަގުތަށް ނުފެނުނު ނަމަވެސް އެކަމުގެ ގެއްލުން ކައިރި މުސްތަގްބަލެއްގައި ފެނުމަކީވެސް ހަމަ އެކަށީގެންވާ ކަމެއް އަދި އެހެން ވެއްޖެ ނަމަ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރުމަށް މިއަދުގެ ސަރުކާރުން މިކުރާ މަސައްކަތްތަކަކީ ފޫނެއް ފަޔަކަށް ފެން ފުރުން ކަހަލަ މަސައްކަތަކަށް ވެދާނެ ” ރައީސް ޔާމިން ވިދާޅުވިއެވެ.
ފަތުރުވެރިންނަށް މަރުގެ އިންޒާރު ދޭ ނަމަ ދިވެހިރާއްޖޭގެ ކުރިމަގު އޮންނާނީ ހިތާމަވެރިކޮށް ކަމަށާއި ސަރުކާރުގައި ކޮންމެ ވެރިޔަކު ހުރި ނަމަވެސް ދިވެހިރާއްޖެއަކީ ދިވެހިންގެ އަމިއްލަ ބިންކަން ދަނެގެން ދިވެހި ބިމަށް ގެއްލުންވާނެ ފަދަ ކަމެއް ނުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ރޭގެ ޖަލްސާގައި އިލްތިމާސްކުރެއްވިއެވެ.

ޤައުމުގެ އަމާންކަން ގެއްލޭ ގޮތަކަށް ސިޔާސީ ފަރާތްތަކުން ކުރާ ކަންތަކަށް ސަމާލުވުމަށް އީސީ ގެ މެމްބަރުންގެ ކިބައިން ކޮމިޝަނަރ އޮފް ޕޮލިސް އެދިވަޑައިގެންފި

cp

އިލެކްޝަންސް ކޮމިޝަނަކީ ސިޔާސީ ޕާޓީތަކުގެ ބަލަދުވެރި ފަރާތަށް ވީހިނދު ޤައުމުގެ އަމާންކަން ގެއްލިގެންދާ ފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކުން ޤާނޫނުގެ އިމުން ބޭރުން ކުރާ ކަންތައްތަކަށް އިލެކްޝަންސް ކޮމިޝަނުންސަމާލުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
ކޮމިޝަނަރ އޮފް ހުސައިންވަހީދު މިހެން ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ އެދިވަޑައިގަތުމަކަށް ޝަހީދު ހުސައިންއާދަމް ބިލްޑިންގ ގައި މިއަދު އޮތް ބައްދަލުވުމެއްގައެވެ.
ޝަހީދު ހުސައިން އާދަމް ބިލްޑިންގްގައި މިއަދު ހެނދުނު ބޭއްވި މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން އާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުންނާއި ދެފަރާތުން މަސައްކަތް ކުރުމުގައި އެހީތެރިވެވޭނެ ގޮތްތަކާއި ބެހޭ ގޮތުންނެވެ. އިލެކްޝަންސް ކޮމިޝަނުން އިސްނަގައިގެން މިފަދަ ބައްދަލުވުމެއްބޭއްވުމަށް އެދުނީތީ ޝުކުރު އަދާ ކުރައްވާ ކަމަށް މިބައްދަލުވުން ފައްޓަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙިދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަހަރު އަދި މީގެ ކުރީގެ އަހަރުތަކުގައިވެސް ދިމާވެފައި ހުރި ކަންތައްތަކަށް ނަޒަރު ހިންގާލުމަކީ މި ފެށޭ އަހަރަށް ތައްޔާރު ވުމަށް ވަރަށް މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންސްއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އެންމެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ދެއްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަނަރ އޮފް ޕޮލިސް ދެއްވިއެވެ. މީގެ އިތުރުން އީސީގެ ރައީސް އަޙްމަދު ސުލައިމާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތަށް ދެއްވާ އެއްބާރުލުން ފާހަގަ ކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ކޮމިޝަނުން އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ޕާތީތަކުން އެކޮމިޝަނަށް ހުށަހަޅާފައި ހުރި ފޯމުތައް ވެރިފައި ކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ކުރަމުންދާ މަސައްކަތް ކުރިއަށްދާ ގޮތާއި ބެހޭ ގޮތުން މިބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. އެގޮތުން އިނގިލީގެ ނިޝާންގެ ޞައްޙަކަން ދެނެގަތުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް މިހާރު ހުށަހަޅާފައި ހުރި 7000 ފޯމްގެ މަސައްކަތް ކުރިއަށް އޮތް ދެހަފްތާތެރޭގައި ނިންމާލެވޭވަރުވާނެ ކަމަށް ލަފާކުރެވޭ ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ފޮރެންސިކް ޑައިރެކްޓްރޭޓުގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އިލެކްޝަންސް ކޮމިޝަންސްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ނައިބު ރައީސް އަހުމަދު މުސްތަފާ އަދި އެކޮމިޝަންގެ އިތުރު 3 މެމްބަރަކާއި އެހެނިހެން ބައެއް އިސް ވެރިންނެވެ.

ކިއުޕީއާރު ބަލިކޮށް އާސެނަލް ލީގުގެ 6ވަނަޔަށް

theo-walcott-arsenal-qpr_2939497

ޕްރިމިޔަރލީގްގައި ރޭ އާސެނަލް ކުޅުނުމެޗް އެޓީމް ކާމިޔާބުކޮށްފައިވަނީ، ކިއުޕީއާރު އާއި ދެކޮޅަށް ކުޅުނުމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމަށް ލީޑު ނަގަން ފުރަތަމަ ލިބުނު ފުރުސަތު ވީ ބޭކާރެވެ. އެޓީމުގެ ޗިލީ ފޯވާޑް އަލެކްސިސް ސަންޗޭޒް ފޮނުވާލި ޕެނަލްޓީ ކިއުޕީއާރް ކީޕަރު ރޮބަޓް ގްރީން ވަނީ ދިފާއުކޮށްފަ އެވެ.
މެޗްގައި އާސެނަލްއަށް ގޯލް ހުޅުވާލަދިނީ، 37 މިނެޓް ތެރޭގައި އެލެކްސިސް ސަންޗޭޒެވެ. މެޗްގައި ފެނިގެންދިޔަ އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ތޯމަސް ރޮސިސްކީއެވެ. ކިއުޕީއާރަށް މެޗްގައި ސުންކަނޑުވާލަދިނީ، ލިބުނު ޕެނަލްޓީއަކުން އަސްޓިންއެވެ. ރޭގެ މެޗްގެ ބައެއް އުސްއަލިތަކަށް ބަލާއިރު، މެޗްގެ 9ވަނަ މިނެޓް ތެރޭގައި އާސެނަލް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ސަންޗޭޒް ޖެހި ޕެނަލްޓީ ވަނީ ކިއުޕީއާރުގެ ގޯލް ކީޕަރ ދިފާއުކޮށްފައެވެ. މެޗްގެ ފަންސާސް ތިންވަނަ މިނެޓް ތެރޭގައި އާސެނަލްގެ ފޯވަޑް އޮލިވިއޭ ޖީރޫޑް އަށް ރަތްކާޑެއް ދެއްކުމާއި ގުޅިގެން މެޗްގެ ބޮޑުބައި، އާސެނަލްއިން ފުރިހަމަ ކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުން.
ޕްރިމިއާ ލީގުގައި ރޭ ކިއުޕީއާރް އަތުން 2-1 އިން ލިބުނު މޮޅާ އެކު، އާސެނަލްގެ ކޯޗު އާސެން ވެންގާ ވަނީ ލީގުގައި 400 ވަނަ މޮޅު ހޯދައިފަ އެވެ. ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އާސެނަލް އޮތީ 18 މެޗުން 30 ޕޮއިންޓް ހޯދައިގެން ލީގުގެ ހަ ވަނައިގަ އެވެ. ކިއުޕީއާރް ލީގުގެ 16 ވަނައިގަ އޮތީ 17 ޕޮއިންޓް ހޯދައިގެންނެވެ.

އެންމެ މަދުން މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވެފައިވަނީ މީދޫ ދާއިރާގެ މެންބަރު ސިޔާމް

images

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައިވެސް އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވެފައިވަނީ ދ.މީދޫ ދާއިރާގެ ރައްޔިތުންގެ މަޖލީހުގެ މެންބަރު އަހުމަދު ސިޔާމް ކަން ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ރިޕޯޓުން ހާމަވެއްޖެއެވެ.
މަޖިލީހުގެ ވެބްސައިޓްގައި ޝާޢިއު ކޮށްފައިވާ ހާޒިރީ ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރުމަހުގެ 13އިންް ޑިސެމްބަރު 25އަށް ބޭއްވި 29 ޖަލްސާގެ ތެރެއިން، ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު ސިޔާމް ވަޑައިގަތީ އެންމެ 10 ޖަލްސާ އަށެވެ.
2ޖަލްސާގައި އޭނާ ޗުއްޓީގަ ހުންނެވިއިރު އެއްވެސް ސަބަބެއް ނާންގަވައި ސިޔާމް 17 ޖަލްސާ އަކަށް ވަޑައިނުގަންނަވައެވެ.އެހެންކަމުން ނިމިދިޔަ 17ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތްފައިވަނީ މީދޫ ދާއިރާގެ މެންބަރ ސަންޓްރެވަލް ސިޔާމްއެވެ.
ސިޔާމްގެ އިތުރުން ދެން އެންމެ މަދުން ޖަލްސާތަކަށް ހާޒިރުވެފައިވަނީ ދަނގެތީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދެވެ. އިލްހާމް ހާޒިރުވެފައިވަނީ 15ަ ޖަލްސާއަށެވެ.
ހާޒިރީގެ ފުލުން 3 ވަނައިގައި އުޅުއްވަނީ ދިއްގަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ނާޒިމާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމެވެ.
އެ ދެ ބޭފުޅުން ވެސް ވަޑައިގަތްފައިވަނީ 16 ޖަލްސާއަކަށް.
ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން 3 ވަނަ ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގަތީ 22 މެންބަރުންނެވެ.
މިއަހަރުގެ ޖަލްސާތައް ނިންމާލުމަށްފަހު މެންބަރުން މިހާރުވަނީ އަހަރީ ޗުއްޓީއަށް ވަޑައިގެންފައެވެ.A