ޕީޕީއެމް ތެރޭގައި ޚިޔާލުތަފާތުވެ ބައިބަވުން އުފެދިފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް: ޕީޕީއެމްގެ ރައީސް

l_1149822

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތެރޭގައި ޚިޔާލުތަފާތުވެ ބައިބަވުން އުފެދިފައިވާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމަކީ އެއްބައިވަންތަ ޕާޓީއެއް ކަމަށާއި،ޕީޕީއެމްގެ ތެރޭގައި އެއްވެސް ހިޔާލު ތަފާތުވުމެއް ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް އެ ޕާޓީ އޮންނާނީ ވަރުގަދަކޮށެވެ. ޕާޓީ ތެރޭގައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދިނުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމަކީ ވަކި އުމުރަކަށް ހާއްސަ ޕާޓީއެއް ނޫން ކަމަށާއި އެކަން ޕާޓީއާ ގުޅޭ މެމްބަރުންނަށް ބަލާލުމުން ސާފުވެގެންދާ ކަމަށް މައުމޫން ވިދާޅުވިއެވެ. އެމަނިކުފާނު އިތ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ސައްހަ މެމްބަރުން މިވަގުތު އެންމެ ގިނައިން ތިބީ ޕީޕީއެމްގައި ކަމަށާއި،އެހެންކަމުން ޕީޕީއެމް އަކީ މިވަގުތު އެންމެ ކާމިޔާބު ޕާޓީއަކަމަށެވެ.
” ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން ސައްހަ މެމްބަރުން މިވަގުތު އެންމެ ގިނައިން ތިބީ މިޕާޓީގައި،މިޕާޓީއަކީ އަކީ އެންމެ ކާމިޔާބު ޕާޓީ.މިއީީ ނަތީޖާ ހާސިލްކުރާ ޕާޓީއެއް،އަޅުގަނޑުމެންނަކީ ހަމައެކަނި ވާހަކަ ދައްކާ ޕާޓީއެއް ނޫން ދައްކާ ވާހަކައާ އެއްގޮތަށް އަމަލުކުރާ ޕާޓީއެއް ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސްމައުމޫން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުގައި ވޭތުވެދިޔަ އެއް އަހަރާއި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށާއި،އެހެންކަމުން ނަތީޖާތަކެއް ހާސިލްކޮށް ދީފައިވާ ކަމަށެވެ.
ޑޮލަރުގެ އަގު ހެޔޮކުރުމާއި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ތެލުގެ އަގު ހެޔޮކުރުމާއި އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް ބޮޑުކުރުން ފަދަ މުހިންމު ގިނަ ކަންތައްތަކެއް ސަރުކާރުން ހާސިލްކޮށްފައިވާ ކަމަށްވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫދާރާއަށް އެމްޑީޕީގެ ޓިކެޓްގައި ހޮވިވަޑައިގެންފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޔާމީންޔާމީން ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ.ޔާމީންއާއިއެކު ގިނަ އަދަދެއްގެ ބަޔަކު ވެސް ރޭ ސޮއިކުރި އެވެ.

މާޒިޔާ ބަލިކުރުމަށްފަހު ޕީޕަލްސް ކަޕް ގެ ތަށި މެލޭޝިޔާ ޕީޑީއާރުއެމްއިން ގެންގޮސްފި

 60343_4c9ca347-b_

ޕީޕަލް އޮފް މޯލްޑިވްސް އިންވިޓޭޝަނަލް ސޮކާ ކަޕް ނުވަތަ ޕީޕަލްސް ކަޕްގެ ފައިނަލުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރުމަށްފަހު މެލޭޝިޔާ ޕީޑީއާރުއެމްއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗް ޕީޑީއާރުއެމްއިން ކާމިޔާބުކުރީ ޕެނަލްޓީޖަހައިގެން 5 – 4 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު ފައިނަލް މެޗްގެ ކުރީ ކޮޅު ޕީޑީއާރުއެމްއިން ވަނީ ލީޑު ނަގާ، މާޒިޔާއަށް އޮތް ފުރުސަތު ހަނިކޮށްފައެވެ.
އެގޮތުން މެޗުގެ 11 ވަނަ މިނެޓްތެރޭ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑްރަމޭންއެވެ. އެ އަލަނޑަށްފަހު މެޗުގެ 23 ވަނަ މިނެޓުގައި އަލީ އަޝްފާގް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ޕީޑީއާރުއެމް އަށް ފުޅާކޮށްދީފައެވެ.

60358_eca92ef6-b_
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އަޝްފާގް ޖެހި ދެވަނަ ލަނޑުން ޕީޑީއާރ އެމުން ވަނީ ލީޑް ފުޅާކޮށްފައެވެ.
މާޒިޔާއަށް އުއްމީދު އާކޮށްދިނީ 73ވަނަ މިނެޓުގައި މާޒިޔާގެ ޒުވާން ފޯވަޑު މުހައްމަދު އިރުފާން ކާމިޔާބުކޮށްދިން ލަނޑުންނެވެ.އެލަނޑަށްފަހު މާޒިޔާގެ ކުޅުމަށް ބަދަލުތަކެއްގެނެސް މާޒިޔާ ވަނީ މެޗުގެ 85ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ގޯލަށް ވައްދާލައިގެން ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.އެލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ނަތީޖާ ހަމަހަމަކުރި ލަނޑު މާޒިޔާއަށް ޖަހައިދިނީ މުހައްމަދު ނާޝިދު ނަގައިދިން ހުރަހަކުން ޒުވާން ކުޅުންތެރިޔާ އަހުމަދު އިމާޒް އާއްކޮއެވެ.
މެޗުގެ ނަތީޖާ 3 – 3 އެއްވަރުވެ މެޗްނިމުމާއިގުޅިގެން އިތުރު ވަގުތުގެ 15މިނެޓުގެ ދެ ހާފް ކުޅެން ޖެހުނެވެ.އިތުރުވަގުތުގެ ކުޅުން ފެށުނުތަނާ އަޝްފާގަށް ކުރި ފައުލަކާ ގުޅިގެން މާޒިޔާގެ މުހައްމަދު ސާއިފަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ އޭނާ ވަނީ ދަނޑުން ފޮނުވާލާފައެވެ.

PDRM
އިތުރު ވަގުތު ތެރޭ ޑްރަމޭންގެ ޖެހި ދެވަނަ ލަނޑާއެކު އަނެއްކާވެސް ޕީޑީއާރްއެމްއަށް ލިބުނު ލީޑު ފުޅާކޮށްދިނީ މެޗުގައި ތިން ލަނޑުޖަހާ ހެޓްރިކް ހެދި އަޝްފާގް ޖެހި ގޯލުންނެވެ.
މެޗު ނިމެން އުޅެނިކޮށް ޕަބްލޯ ރޮޑްރިގޭޒް މާޒިޔާއަށް އިތުރު ލަނޑެއް ޖަހައިދިން ނަމަވެސް، ފުރަތަމަ ފަހަރަށް ބޭއްވި ޕީޕަލްސްކަޕް ރާއްޖޭގައި ބެހެއްޓުމަށް ނިކުތް މާޒިޔާއަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވެ ޕީޑީއާރްއެމް ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.
ފައިނަލް މެޗަށް ފަހު ޕީޑީއާރްއެމް އަށް މުބާރާތުގެ ޓްރޮފީ އުފުލާލަދިނީ ދަގަނޑޭ އެވެ. ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޗެއާމަން އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
މުބާރާތުގެ ޓްރޮފީ ސްޓޭޑިއަމަށް ގެނައީ ރަސްމީ އިއްޒަތުގައި އެމްއެންޑީއެފްގެ އެސްކޯޓުގަ އެވެ. ޓްރޮފީއާ ސްޓޭޑިއަމުން ހަވާލުވެވަޑައިގަތީ މިނިސްޓަރު އަދީބެވެ.
ރޭގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވަނީ ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މިއަދު މަރާލި ކުޑަ ކުއްޖާގެ ހަނދާނުގައި އެއް މިނިޓުގެ ސުކޫތެއް ގެނެސްފަ އެވެ.

އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ހައްގެއް ކުޑަކުރުމަށް ހިތްވަރެއް ނުދޭނަން: ޖޭޕީ

gasim

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ހައްގެއް ކުޑަކުރުމަށް ހިތްވަރު ނުދެއްވާނެކަމަށް ސަރުކާރު ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިއަދު މާފަންނު ކުނޫޒްގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ހައްގެއް ކުޑަކުރުމަށް ހިތްވަރު ނުދެއްވާނެކަމަށާއި،ގާނޫން އަސާސީއާއި ޚިލާފަށް ޔާމީންގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކުރަމުންދާއިރު އެކަންކަން ބަލަން ނުތިބޭނެކަމަށެވެ.
ރައީސްޔާމިންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކުރަމުންދާކަމަށް ބުނެ ގާސިމް އިބްރާހިމް މިސާލު ނެންގެވީ ރައްޔިތުންގެ އަސާސީ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ހުށަހެޅުމާއި، ރައީސް ޔާމީންގެ އަތްޕުޅު މައްޗަށް ހުރިހާ ބާރުތަކެއް ޖަމާވާނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމާއި ސަރުކާރު ޒިންމާދާރު ކުރުވަން ތިބި މުއައްސަސާތަކަށް ނުފޫޒު ފޯރުވުމާއި، ކޮރަޕްޝަން އިންތިހާ އަށް މައްޗަށް ދިއުމެވެ.
ގާސިމްއިބްރާހީމް އިތުރަށް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވުމާއި ގުޅިގެން އެޕާޓީއަށް ވަންނަން ބޭނުންވާ މީހުންގެ އަދަދު މިހާރު ގިނަވަމުން ދާކަމަށާއި އަދި ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެޕާޓީއަށް ސޮއި ކުރައްވާނެ ކަމަށެވެ.
” ޕީޕީއެމްގެ ކޯލިޝަނުން އަޅުގަނޑުމެން ވަކިވުމުން ޕާޓީއަށް ވަންނަން ބޭނުންވާ މީހުންގެ އަދަދު މިހާރު ގިނަވެއްޖެ. ވަރަށް އަވަހަށް ރައްޔިތުންގެމަޖިލީހުގެ މެންބަރުންތަކެއް މިޕާޓީއަށް ސޮއިކުރާގޮތަށް މިއޮތީ ހަމަޖެހިފައި”.ގާސިމް އިބްރާހީމް ވިދާޅުވި.
ގާސިމް އިބްރާހީމް ސަރުކާރަށް ފާޑުވިދާޅުވެފައި ވާއިރު، ޕީޕީއެމާ އެކު 2013 ގައި ހެދި ކޯލިޝަނުން ވަކިވެފައިވާކަމަށް ޖޭޕީގެ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ފާސްކޮށްފަ އެވެ.

މިރޭގެ މެޗަށް ނިކުންނައިރު، މާޒިޔާގެ މުޅި ޓީމްއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ: ސުޒެއިން

suzain

މާޒިޔާ މިރޭގެ މެޗަށް ނިކުންނައިރު، މާޒިޔާގެ މުޅި ޓީމްއޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައިކަމަށް އެޓީމުގެ ކޯޗް އަލީ ސުޒޭން ބުނެފިއެވެ.
ސުޒެއިން މިގޮތަށް ބުނީ ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗާއި ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ސުޒެއިން ބުނީ އޭނާގެ ޓީމްގައި އަނިޔާގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، އަމާޒަކީ މިރޭގެ މެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި ދިވެހި ފަސްގަނޑުގައި ބެހެއްޓުންކަމަށެވެ.
މިރޭގެ މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ޕީޑީއާރުއެމްގެ އެސިސްޓަންޓް ކޯޗް ފައުޒީ ބުނީ މާޒިޔާ އާއި ދެކޮޅަށް މިރޭ ނިކުންނައިރު އޭނާގެ ޓީމްގެ އެންމެ ކުޅުންތެރިއަކު ފިޔަވައި އެހެން ހުރިހާ ކުޅުންތެރިން ފިޓްކަމަށެވެ.
ޕީޕަލްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހިރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކްލަބާއި، މެލޭޝިޔާގެ ޕީޑީއާރުއެމް ނިކުންނާނީ މިރޭ 9އެއް ޖަހާއިރުއެވެ.

މިއަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީ ޖީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ދިރާގުގެ ބުނެފި

DHIRAAGU

މިހިނގާ 2015 ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ތްރީ ޖީގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ދިރާގުގެ ބުނެފިއެވެ.
ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން ދޭ އިންޓަނެޓުގެ ހިދުމަތް ފުޅާ ކުރުމަށް ފައިތުވި އަހަރު ނިމުނު އިރު 186 ރަށަކަށް އެހިދުމަތް ފޯރުކޮށްދީފައިވާ ކަމަށާއި،އަދި މިއަހަރު ނިމެން ވާއިރަށް މުޅި ރާއްޖެއަށް އެހިދުމަތް ފުޅާ ކުރެވިގެންދާނެ ކަމަށެވެ.
އިސްމާއީލް ވިދާޅުވީ، ތްރީޖީގެ ހިދުމަތް ދިނުމުގެ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި 40 ރަށެއްގައި ފަށާފައިވާއިރު އެރަށްރަށަށް ތްރީޖީގެ ހިދުމަތް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށެވެ.
މިއަދުގެ ޕްރެސްކޮންފަރެމްސްގައި ދިރާގުގެ ޑިރެކްޓަރ މުހައްމަދު މުހުސިން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިރާގުން ނިންމާފައިރު، ހުރިހާ ރަށަކަށް އެހިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވަނީ އެއްފެންވަރެއްގައި ކަމަށް ކަމަށެވެ.އެގޮތުން އާބާދީ ކުޑަ ރަށްރަށަށް ވަކި ތަފާތު ކުރުމެއް ނެތި އެއް ސްޕީޑެއްގައި އެ ހިދުމަތް ފޯރުކޮށްދޭނޭކަމަށްވެސް މުހުސިން ވިދާޅުވިއެވެ.

ހަމަނުޖެހުންތަކުގެ ސަބަބުން ބަޣްދާދަށް ދަތުރުކުރުން އެއާރލައިންތަކުން ހުއްޓާލައިފި

fly dhubai

ބަޣްދާދު/28ޖެނުއަރީ : އިރާގުގެ ވެރިރަށް ބަޣްދާދަށް ދަތުރުކުރަމުން ދިޔަ ފްލައިދުބާއީގެ ބޯޓަކަށް ބަޑިޖެހުމާ ގުޅިގެން ގިނަ އެއަރލައިންތަކުން ބަޣްދާދަށް ދަތުރުކުރުން ހުއްޓާލައިފިއެވެ.
އެބަޑިޖެހުމުގެ ހަމަލާއާ ގުޅިގެން ބަޣްދާދަށް ދަތުރުކުރަމުން އައި ބޭރު ގައުމުތަކުގެ އެއާރލައިންތަކުގެ ދަތުރުތައް ވަނީ ކެންސަލްކޮށްފައި.އެގޮތުން އެންމެ ފުރަތަމަ ދަތުރުތައް ކެންސަލް ކުރި އެއާރލައިން ތަކުގެ ތެރޭގައި އެހަމަލާ އަމާޒުވި ފްލައި ދިބާއީގެ އިތުރުން އެމިރޭޓްސް އާއި އެއާރއަރަބިއާ އަދި އަބޫދާބީގެއެއަލައިންތަށް ހިމެނޭއެވެ.އެ އެއާރަލައިންތަކުން މީގެ ކުރިން ޝެޑިއުލްކޮށްފައިވާ ދަތުރުތައް ވެސް ކެންސަލްކޮށްފައިވާއިރު ދަތުރުތައް އަލުން ފަށާނެ ތާރީހެއް އަދި އަންގާފައިނުވެއެވެ.
ދަތުރުތައް ކެންސަލް ކުރުމާއި މެދު އިއްތިހާދު އެއާރލައިން ބުނެފައިވަނީ އެންމެ އިސްކަމެއްދޭ ކަމަކީ ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި އެކަން ކަށަވަރު ކުރުމަށް ފަހު ނޫނީ އަލުން ދަތުރުތައް ނުފަށާނެކަމަށާއި، އެއެއާލައިން އިން ބަޣްދާދަދަށް ދިއުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް ޓިކެޓް ފައިސާ ރީފަންޑް ކޮށްދޭނެކަމަށް ވެސް އެއެއާރލައިން އިން ވަނީ ބުނެފައެވެ. މިދިޔަ ހޯމަ ދުވަހު ބަޣްދާދުގެ އެއާރޕޯޓްއަށް ދަތުރުކުރަމުން ދިޔަ ފްލައިދުބާއީގެ އެބޯޓަށް ބަޑި ޖެހުމާއި ގުޅިގެން އެބޯޓުގައި ދަތުރުކުރަމުން ދިޔަ ދެމީހަކަށް އަނިޔާވެފައިވާއިރު، އެބޯޓަށް ދެތިން ވަޒަން އަރާފައިވާ ކަމަށްވެސް އޭވިއޭޝަން އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީސް އަޑު އަހަން ނުވަދެވޭ ގޮތަށް ނިންމައިފި

haftha

ހައި ކޯޓުގައި އިސްތިއުނާފު ކުރާ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލިސް އަޑުއެހުންތައް އާއްމުކޮށް ހުޅުވާނުލާ ކުރިއަށްގެންދިއުމަށް އެކޯޓުން ނިންމައިފިއެވެ.
މިކަމާއި ގުޅޭގޮތުން ހައިކޯޓުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލީސް އަޑު އަހަން، އާއްމުކޮށް ނުވަދެވޭ ގޮތަށް ނިންމާ، އެނިންމުމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާކަމަށެވެ.
ހައި ކޯޓުން ކުރިން އަމަލުކުރަމުން ގެންދިޔަ އާއްމު އުސޫލަކީ، ބަންދު އަމުރު ހިމެނޭ ގޮތަށް، މައްސަލަތަކުގެ އަޑުއެހުންތައް އާއްމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔުމެވެ. އެކަމަކު، މައްސަލައިގެ ބާވަތަށް ބަލައި ބައެއް ޝަރީއަތްތަކުގެ މަޖިލިސްތައް އަޑުއަހަން ނުވަދެވޭ ގޮތަށް އެ ކޯޓުން ނިންމަ އެވެ.
ހައިކޯޓުގައި ކުރިއަށްދާ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީޢަތުގެ އަޑު އެހުމަށް، އާއްމުކޮށް ނުވަދެވޭ ގޮތަށް ނިންމި ނަމަވެސް، މަރުގެ މައްސަލަތަކާއި، މާރާމާރީ ހިންގުމާއި، މަސްތުވާތަކެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގުޅޭ ބާވަތުގެ ބަންދު އަމުރުގެ މައްސަލަތައް ފިޔަވާ އެހެނިހެން މައްސަލަތަކުގައި، ޙާލަތަށް ރިޢާޔަތްކުރުމަށްފަހު އެފަދަ މައްސަލަތައް ބައްލަވާ ބެންޗުން މައްސަލައިގެ އަޑުއެހުމަށް މީހުން ވެއްދުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ. އެގޮތުން އަޑުއަހަންވަންނަ ފަރާތަކީ
މައްސަލައިގެ ހެއްކަކަށްވެދާނެ ފަދަ މީހަކު ކަމުގައިނުވާ، މައްސަލަތަކުގައި ހިމެނޭ ފަރާތުގެ ގާތް ތިމާގެ ވެވިދާނެކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ޤާނޫނު އަސާސީގެ 42ވަނަ މާއްދާގެ (ނ) އަދި ދިވެހިރާއްޖޭގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ 71 ވަނަ މައްދާގެ (ށ) ގެ ދަށުން ޝަރީޢަތުގެ މަޖިލީސް އެއްކޮށް، ނުވަތަ ޝަރީޢަތުގެ މަޖިލީހުން ބައެއް އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު ޔާމީނާއި އިތުރު ދެ މަޖިލިސް މެމްބަރަކު ޕީޕީއެމަށް ސޮއިކުރަން ނިންމައިފި

yaamin

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ބާއްވާ ބޮޑު ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނާއި އިތުރު ދެ މަޖިލިސް މެމްބަރަކު އެ ޕާޓީ އަށް ސޮއިކުރައްވާނެކަން ޕީޕީއެމުން ބުނެފިއެވެ.
ހަފްތާއަށް މައުލޫމާތު ލިބިފައިވާގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާގައި ޔާމީން ޕީޕީއެމަށް ސޮއިކުރެއްވުމުގެ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ އެވެ. އެނގިފައިވާ ގޮތުގައި ވެރިކަން ކުރާ ޕާޓީ އަށް ސޮއިކުރައްވާ އަނެއް ދެ މެމްބަރުންނަކީ ޖުމްހޫރީ ޕާޓީގެ ދެ މެމްބަރެކެވެ. އެކަމަކު، އެއީ ކޮން ދެ މެމްބަރުންނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.
މެންބަރުން ޕީޕީއެމަށް ސޮކުރުމާއި ބެހޭގޮތުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރަކު ވިދާޅުވީ ޒުވާން މެމްބަރުން ޕީޕީއެމާ ދިމާލަށް މިސްރާބު ޖަހާފައިވުން އެއީ ވަރަށް ހެޔޮ ފާލެއްކަމަށާއި، އެހެން އެ ދިމާވީ ޒުވާނުންނަށް އަމާޒުކޮށްގެން ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތާއި ބައެއް ސިޔާސީ ޕާޓީތަކުން ކުރިން ދައްކަމުން އައި ވާހަކަތައް ދިމާނުވާން ފެށުމުންނެވެ.
” ޒުވާން މެމްބަރުން ޕީޕީއެމާ ދިމާލަށް މިސްރާބު ޖަހާފައިވުން އެއީ ވަރަށް ހެޔޮ ފާލެއްކަމަށާއި، އެހެން އެ ދިމާވީ ޒުވާނުންނަށް އަމާޒުކޮށްގެން ޕީޕީއެމުން ކުރަމުން އަންނަ މަސައްކަތާއި ބައެއް ސިޔާސީ ޕާޓީތަކުން ކުރިން ދައްކަމުން އައި ވާހަކަތައް ދިމާނުވާން ފެށުން” ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕް މެންބަރު ވިދާޅުވިއެވެ.
ޔާމީންގެ އިތުރުން އެހެން ދެ މެމްބަރަކު ޕީޕީއެމަށް ސޮއިކުރެއްވުމުން އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ އަދަދު 44 އަށް އަރާނެ އެވެ.

ނަޝީދުގެ އެދުނުގޮތަށް މައްސަލަ ލަސްކޮށްދެވެން ނެތްކަމަށް ހައިކޯޓުން ބުނެފި

anni

ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން ގާނޫނާއި ޚިލާފަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ހުޅުމާލޭ ކޯޓުން 2013ވަނައަހަރު ކުރިޔަށްގެންދަނިކޮށް ހުޅުމާލޭ ކޯޓުގެ ސައްހަކަން ކަނޑައަޅައިދިނުމަށް އެދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައި ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ފަސްކުރެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ބެލުމަށް އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ސައްޙަކަމާ މެދު ސުވާލު އުފައްދައި ހައިކޯޓަށް ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ހުށެހެޅުއްވި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ނިންމުމާއި ގުޅިގެން އެމައްސަލަ ލަސްކޮށްދިނުމަށް އެދިފައިވަނީ ޤާނޫނީ ވަކީލުން މުހިއްމު ދިރާސާތަކެއް ކުރައްވުމަށް ބޭނުންވާތީކަމަށް ބުނެ ދޮޅުމަސްދުވަހަށް މައްސަލަ ލަސްކޮށްދިނުމަށެވެ.
ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޒް ހަސަން ލަތީފް ސޮއިކުރައްވައި ހައިކޯޓަށް މިއަދު ފޮނުވި ސިޓީގައި ވަނީ ޝަރީއަތުގެ މަރުހަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ދިރާސާތަކެއް ހުރުމާއެކު އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި އެމައްސައްލަ ދޮޅު މަހަށް ފަސްކޮށްދިނުމަށްވެސް ސިޓީގައި އެދިވަޑައިގެންފައިވެއެވެ. ނަމަވެސް މިމައްސަލަ ލަސްކޮށްދެވެން ނެތްކަމަށް ވިދާޅުވެ، ހައިކޯޓުން މިހާރު ނަޝީދުގެ ގާނޫނީ ޓީމަށް ވަނީ އަންގާފައެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ހައިކޯޓުން ތާވަލްކުރުމުން ދޮޅުމަހަށް މައްސައްލަ ލަސްކޮށްދިނުމަށް ނަޝީދުގެ ފަރާތުން އެދިވަޑައިގަތްއިރު، ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ. މިމައްސަލައިގެ އަޑުއެހުމެއް އަންނަ ބުދަ ދުވަހަށް ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކުރީގެ ރައީސް މައުމޫން އާއި ޑޮކްޓަރ ވަޙީދާ ބައްދަލުކުރައްވައިފި

maumoon

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކުރީގެ ރައީސް އަދި ‏‏ޕީ.ޕީ.އެމް.ގެ މިހާރުގެ ރައީސް ‏ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އަދި ކުރީގެ ރައީސް ‏ޑޮކްޓަރ ‏‏މުޙަންމަދު ވަޙީދާ ‏މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ‏މިއަދު މެންދުރުފަހު ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.‏
‏މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ‏‏‏މިބައްދަލުކުރެއްވުމުގައި، ރައީސް ‏ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމުގެ ސަރުކާރުން ކުރިއަށްގެންދަވާ ‏‏ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ބެހޭގޮތުންނާއި، ޤައުމުގެ ސިޔާސީ މަސްރަޙު މިހާރު ‏‏އޮތްގޮތާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ‏
‏މިބައްދަލުކުރެއްވުމުގައި ޕީ.ޕީ.އެމް. ގެ ރައީސް އަލްއުސްތާޛު މައުމޫން ‏‏ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުގައި، ޤައުމީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކަށާއި، ސަރުކާރުން ‏‏ރައްޔިތުންނަށް ފޯރުކޮށްދެއްވަން ‏‏ބޭނުންވާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގައި ޕާޓީގެ ފަރާތުން ‏‏ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް މިސަރުކާރަށް އަބަދުވެސް ދެއްވަމުން ގެންދަވާނެކަމުގެ ‏‏ޔަޤީންކަން ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް‏ ދެއްވިއެވެ.‏

waheed
‏‏މިބައްދަލުކުރެއްވުމުގައި، ‏ކުރީގެ ރައީސް ‏ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްކެވި ‏‏ވާހަކަފުޅުގައި، ސަރުކާރުން ޤައުމުގެ ތަރައްޤީއަށްޓަކައި ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ‏‏މައްޗައް އަލިއަޅުއްވައިލައްވައި، އެކަމަށްޓަކައި ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުއްޤައްޔޫމަށް ތަޢުރީފުކުރެއްވިއެވެ. މީގެއިތުރަށް، ‏ސަރުކާރުން އެދިވަޑައިގަންނެވި ކޮންމެ ‏‏ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.‏