ކޭޝިއަރުންގެ ގޮތުގައި 75 އިންސައްތަ ދިވެހިން މަސައްކަތްކުރޭ – އިކޮނޮމިކް މިނިސްޓްރީން

B_vD6K1UcAIxXYz

މިއަންނަ މަހުން ފެށިގެން ވިޔަފާރިތަކުގެ ސޭޓު ނުވަތަ ކައުންޓަރުގައި މަސައްކަތްކުރާ ފަރާތެއްގެ ގޮތުގައި ބިދޭސީން މަސައްކަތްކުރުމަކީ މަނާކަމަކަށްވާއިރު ، މިހާރުވެސް ކޭޝިއަރުންގެ ގޮތުގައި 75 އިންސައްތަ ދިވެހިން މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފިހާރަތަކާއި ސައި ހޮޓާ/ރެސްޓޯރަންޓް/ކެފޭ އަދި ކެންޓީނު ހިމެނޭ ގޮތަށް 556 ވިޔަފާރިއެއް މިދިޔަ ހަފުތާގައި ޗެކް ކޮށްފައިވާ ކަމަށާއި އެ ސާމްޕަލް އަށް ބަލާއިރު 74 ޕަސެންޓް ވިޔަފާރިތަކުގައި ތިބީ ދިވެހި ކޭޝިއަރުން ނުވަތަ ސޭޓުން ކަމަށެވެ.
އެގޮތުން ޗެކްކުރި ތަންތަނުގެ ތެރޭގައި ފިހާރަ، ސައި ހޮޓާ، ކެފޭ، ކެންޓީން އަދި ރެސްޓޯރެންޓް ހިމެނޭކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފިހާރަތަކާއި ސައިހޮޓާތަކާއި ކެފޭތަކާއި ކެންޓީން އަދި ރެސްޓޯރަންޓްތަކުގައި އަންނަ ބުދަ ދުވަހުން ފެށިގެން ބިދޭސީ ކޭޝިއަރުން ތިބުމަކީ މަނާކަމެއް ކަން ހަނދާން ކޮށްދޭ ކަމަށެވެ.
މީގެ އިތުރުން އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން ކައުންޓަރުތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީއެއް މަސައްކަތްކުރާނަމަ ރާއްޖޭގެ ވިޔަފާރިކުރުމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ވަޒީފާއާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ފިޔަވަޅުއަޅާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހި ކޭޝިޔަރުން ހޯދުމުގައި ވިޔަފާރިވެރިންނަށް ދިމާވެދާނެ ދަތިތައް ހައްލު ކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން ކުރިއަށްގެންދާ ސޭލްސް މުވައްޒަފުން ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ދިވެހިން، ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ވެސް ދޫކޮށްލައިފި

235733904

އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުދު ދުވަހުގެ ރޭ ހައްޔަރު ކުރި ރާއްޖޭގެ ޓީވީގެ ރިޕޯޓަރު ވިސާމް އަދި ކެމެރާމަން ޒަރީރު ބަންދުން ދޫކޮށްލައިފިއެވެ.
މި ދެ ނޫސްވެރިން ހައްޔަރުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެމްޑީޕީ އިން ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގައި ކަމަށް ފުލުހުން ބުނެއެވެ.
އެމީހުން ދޫކޮށްލި އިރު ކޯޓުން ދީފައިވާ ފަސް ދުވަހުގެ މުއްދަތު ހަމަވާނީ މާދަމާއެވެ. އެ ދެ ނޫސްވެރިން ވެސް ދޫކޮށްލާފައިވަނީ ކޯޓަށް ނުގެން ގޮސް ކަމަށް ރާއްޖެޓީވީން މައުލޫމާތުދެއެވެ.
ރާއްޖެ ޓީވީ އިން ގެ ދެ ނޫސްވެރިން ކަމުގައި ވާ ރިޕޯޓަރުމުހައްމަދު ވިސާމް އަދި ކެމެރާމަން އާދަމް ޒަރީރު ބަންދުންދޫކޮށްލަފައި ވަނީ ކްރިމިނަލް ކޯޓް އިން ފަސް ދުވަހުގެ ބަންދުގެ މުހުލަތެއް ޖެހުމަށް ފަހުގައެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިން މިއަދު ދޫކޮށްލިއިރު، މުޒާހަރާއިން ހައްޔަރު ކުރި ޗެނަލް ވަންގެ ނޫސްވެރިޔާ މުހައްމަދު ނިޔާޒު ވެސް ވަނީ މިއަދު ދޫކޮށްލާފަ އެވެ.
ވިސާމާއި ޒަރީރު ހައްޔަރުކުރުމުން ރާއްޖެ ޓީވީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން އިއްޔެ ވަނީ، ވިސާމާއި ޒަރީރު ބަންދުކޮށްފައި ތިބި ދޫނިދު އަށް ޒިޔާރަތްކޮށް އެމީހުންގެ ހާލު ބަލައިފަ އެވެ.

ޗާންދަނީމަގުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

IMG_03851

މިމަހުގެ އަށާވިސް ވަނަ ދުވަހުގެ ރޭ 11:45 ހާއިރު ޗާންދަނީމަގު ޔޫރޯ ސްޓޯރ ކައިރީގައި ހިނގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ ރޭ ހިނގި މާރާމާރީގައި ބަޔަކު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވެފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާދިނުމަށް ފަހު އެރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ

ޅިޔަނު ކެފޭގެ ސޭޓަށް ހަމަލާދީ މަރާލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފި

crime112

ބަނގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާހީން މިއާ (29އ) ގެ މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޝާހީން މިއާ މަރުވެފައިވަނީ، 2015 މާރޗް 22 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އޭނާ މަސައްކަތް ކުރާ ކެފޭ ތެރެއަށް ވަދެ ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުންނެވެ.

މި މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

މިސަރުކާރުން ވަނީ އަމާންކަން ގާއިމް ކުރުމަށް ފޭއިލް ވެފަ_ އަދާލަތު ޕާޓީ

CBV_fV0UkAAzxBl

މީހުން މެރުމާއި ގޭންގު ހަރަކާތްތައް ނުހުއްޓުވެނީ މިސަރުކާރުގެ އިހްލާސްތެރިކަމެއް ނެތިގެން ކަމަށާއި ގާނޫނާއި ގަވާއިދުތައް ނެތިގެން ނޫން ކަމަށް އަދާލަތު ޕާޓިއިން ބުނެފިއެވެ.
ތޫހުނު ހަތިޔާރު ބޭނުންކޮށްގެން މީހުން މެރުމުގެ އަމަލުތައް އިތުވެފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސެކެރެޓަރީ ޖެނެރަލް އިއާދު ހަމީދު ވިދާޅުވީ ރާއްޖޭގައި އަމާންކަން ގާއިމް ކުރުމުގައި ސަރުކާރު ފެއިލްވެފައިވާކަމަށެވެ.
އަދި އެ ތިން މަރުގެ ތެރެއިން ދެ މަރުގައި އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކުރެވިފައި ނުވުމަކީ ވަކިން ބޮޑަށް ކަންބޮޑުވާ ކަމެއް ކަމުގައި ވެސް އިއާދު ވިދާޅުވި އެވެ.
އިއާދު އިތުރަށް ވިދާޅުވީ އަދާލަތު ޕާޓީން މިސަރުކާރާ ދެކޮޅަށް ތެދުވި މައިގަނޑު ސަބަބަކީ ވެސް ގައުމުގައި އަމާންކަން ގާއިމްުކުރުމުގައި ސަރުކާރު ފެއިލްވުމުން ކަމަށެވެ. އަދާލަތު ޕާޓީން އަނިޔާވެރިކަމާއި ދެކޮޅު ކަމަށާއި އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ އަނިޔާވެރިކަމާއި ދެކޮޅަށް ކަމުގައިވެސް ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރިސޯސް ކޮމިޓީގެ ރައީސާ ސިދާތާ ޝަރީފް ވިދާޅުވީ ސަރުކާރުން ވަކިކަމެއް ކުރަން ބޭނުންވެއްޖެނަމަ، އެކަމެއް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށެވެ.
ނަމަވެސް 10 ދުވަސް ތެރޭގައި ތިން މީހުން މަރާލުމުން އެކަމުގައި އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދެވެނީ ސަރުކާގެ އިހްލާސްތެރި ނިޔަތެއް އެކަމުގައި ނެތުމުންކަމަށް ސިދާތާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީން ބުނީ ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި 12 މީހުން މަރާލާފައިވާއިރު، އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުން ސަރުކާރުގެ އިހްލާސްތެރިކަން ފެނިގެންދާކަމަށެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ ޒުވާނުންގެ ތަރައްގީއާ ކުރިއެރުމަށް ހަރުދަނާ ސިޔާސަތުތަކެއް ހުރިކަމަށް ސަރުކާރުން ބުނި ނަމަވެސް ޒުވާނުންނަށް ހެޔޮ ގޮތުގައި ކުރިއަށް ދިއުމަށް ސިޔާސަތުތަކުގެ ތެރެއިން ނަތީޖާ ނެރެދެވިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ސަރުކާރުން ޒުވާނުން ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.

އެމްޑީޕީގެ ރައީސް ކަމުގައި އަބަދުވެސް ހުންނަވާނީ ރައީސް ނަޝީދު – އަލީ ވަހީދު

CBVgeYyUQAADYmc

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ސަބަބުން އެމްޑީޕީގެ ރައީސްކަން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުނު ކަމުގައި ވިއަސް އެޕާޓިގެ ރައީސް ކަމުގައި ހުންނަވާނީ އެމަނިކުފާނު ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއާޕާސްން އަލީ ވަހީދު ވިދާޅުވީ މްޑީޕީގެ ރައީސަކަށް ހުންނާނެ ވަކި ބޭފުޅަކު ކަނޑައެޅުމުގެ ހުރިހާ އިހުތިޔާރެއް އެޕާޓީއަށް ލިބިގެންވާ ކަމަށެވެ. އެމްޑީޕީގެ ލީޑަރު ކަނޑައަޅާނީ އެޕާޓީން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މިއަދު ފެނިގެންދަނީ އެމްޑީޕީ ނައްތާލަން ސަރުކާރުން މަސައްކަތްކުރާ މަންޒަރު ކަމަށާއި އެހެންނަމަވެސް ބަޔަކު މީހުން ނިންމާ ނިންމުމަކުން އެމްޑީޕީގެ ވިސްނުމާއި ނުކުޅެވޭނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ރައީސްކަން ނަޝީދަށް ގެއްލޭ ގޮތަށް މިއަދު ފާސްކުރިއިރު ކުރިއަށް އޮތް ތަނުގައި އެމްޑީޕީ އުވާލަން ނިންމާ ތަން އަދި އަންނާނެ ކަމަށެވެ.
“އަޅުގަނޑުމެން އަތުގައި އެބައޮތް ހުރިހާ އިހުތިޔާރެއް ރައީސް ނަޝީދު ޕާޓީގެ ލީޑަރަކަށް ބެހެއްޓުމުގެ. އެއެއް ނުގެންދެވޭނެ އިނގޭތޯ. އަޅުގަނޑުމެންގެ ޕާޓީގެ ލީޑަރު ކަނޑައަޅަނީ އަޅުގަނޑުމެން. ދެން އެއްޗެހި އެއްޗެހި ފާސްކޮށްފައި މުލިއާގެއަށް ގޮސް ހެސްކިޔާފަ ސައި ބޮވިދާނެ،” އަލީ ވަހީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެމްޑީޕީގެ ރައީސްކަން ނަޝީދަށް ގެއްލޭގޮތަށް މިއަދު ފާސްކުރި އިސްލާހަކީ ދެކޮޅު ނުޖެހޭ އިސްލާހެއް ކަމަށާއި ސިޔާސީ ވާދަވެރިންނާއި ސިޔާސީ ޕާޓީތަކާއި ގުޅޭގޮތުން ގޮތެއް ނިންމާނަމަ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލުގެނައުމަކީ އެންމެ އަކަށީގެންވާ ގޮތް ކަމަށެވެ.
އިބޫ ވިދާޅުވީ ގާނޫނުތަކަށް ބަދަލުތައް ގެންނަމުންދަނީ އެއްވެސް ހަމައެއް އަދި އުސޫލެއް ނެތި ކަަމަށާއި އެހެންކަމުން މިއަދު ފެނިގެންދަނީ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ނަފްސަށްވެސް އިތުބާރު ނެތް މަންޒަރު ކަމަށެވެ.
” މިއަދު ވެސް ފެނިގެން އެ ދިޔައީ ރައީސް ޔާމީން ގާނޫނުތަކަށް އެ ގެންނަ ބަދަލުތައް އެ ގެންނަނީ އެއްވެސް ހަމައެއް ލަމައެއް އުސޫލެއް ނެތި. އަޅުގަނޑުމެންނަށް މިއަދު ރައީސް ޔާމީން ފެންނަމުން މި ދަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ގެއްލިފައިވާ ބޭފުޅެއްގެ ގޮތުގައި،” އިބޫ ވިދާޅުވި އެވެ.
މިހާރަކަށް އައިސް ރަށްރަށުގައި ބާއްވަމުން އަންނަ ބައި އިލެކްޝަންތަކުން އެމްޑީޕީ ނާކާމިޔާބުވަމުންދާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި، އަލީ ވަހީދު ވިދާޅުވީ ޕާޓީގެ ރައީސަކަށް ނަޝީދު ވި ފަހުން، އެމްޑީޕީން ކާމިޔާބު ކުރި ބައި އިލެކްޝަންތައް އެހެން ޕާޓީތަކަށް ވުރެ ގިނަ ކަމަށެވެ. އެކަމަކު ނަޝީދު ހައްޔަރު ކުރި ފަހުން، ޕާޓީގެ ހުރިހާ ފޯކަސްއެއް ހުއްޓިފައި ވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށާއި އެހެންވެ، ފަހުން ބޭއްވި އިންތިހާބުތަކަށް އަހައްމިއްޔަތު ކަމެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ފުލުހުން ބަލައި ފާސްކުރަން ފަށައިފި

Police

މިހާރަކަށް އައިސް މާލޭގެ ބައެއް ހޮޓާ ތަކާ ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަނަށް މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ތިބެ ބޭނުންކޮށް އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކައި ހަދާތީ އެފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މާލޭގައި ހުރި ބައެއް ހޮޓާތަކާ ރެސްޓޯރަންޓް ފަދަ ތަންތަނާ ކެފޭ ފަދަ ތަންތަން ހުޅުވާފައި ހުންނަ ވަގުތު ތަކުގައި އަދި ބަންދު ކޮށްފައި ހުންނަ ވަގުތުތަކުގައިވެސް ބައެއް ފަރާތްތަކުން މަސްތުވާ އެއްޗިއްސާ ބަނގުރާފަދަ ތަކެތި ހިފައިގެންވަދެ އެތަންތަނުގައި ބޭނުން ކުރަމުންދާދިއުމާ، ބައެއް ފަހަރު އެތަންތަނުގައި ތިބޭ ވޭޓަރުންނަށް ބިރުދައްކައި ތަނުގެ ވެރިފަރާތަށް ބިރުދައްކާ ކަމުގެ ޝަކުވާވެސް އެފަދަ ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދަނީ ހުށަހަޅަމުންނެވެ.

ހޮޓާތަކާ ރެސްޓޯރަންޓް ތަކާ ކެފޭ ފަދަ ތަންތަން ފާސްކޮށް އެތަންތަނުގައި ރައްކާތެރި މާޙައުލެއް ޤާއިމް ކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވުމާއެކު އެފަދަ އެއްވެސް ތަނަކަށް ބަޔަކު ވަދެ އުނދަގޫކޮށް، މަސްތުވާތަކެތި ބޭނުންކޮށް މުވައްޒަފުންނަށާ ވެރިފަރާތަށް ބިރުދެއްކުމުގެ ޙާދިސާތަކުގެ މަޢުލޫމާތު 3322111 އަށް ނުވަތަ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުއްވައި ޙިއްސާ ކުރެއްވުން އެދެމެވެ. މިގޮތުން ފުލުހުންނަށް މަޢުލޫމާތު ދޭފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމެވެ.

މިފަދަ ކަންކަމުގައި ލޮބުވެތި ރައްޔިތުންގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާ އެއްބާރުލުމަށް މިފުރުޞަތުގައި ޝުކުރު ދަންނަވަމެވެ.

ނަޝީދަށް އެމްޑީޕީގެ މެމްބަރުކަން ގެއްލޭ އިސްލާހު ފާސްކޮށްފި

reeko nasheed

ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާން ހުށަހެޅުއްވި މިބިލް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އެބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓް ދެއްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ އިސް މެމްބަރު މޫސާ މަނިކުގެ ރިޔާސަތުގައި، މި އިސްލާހު ފާސްކުރިއިރު އެމްޑީޕީގެ މަޖިލިސް މެމްބަރުން މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި އެ އިސްލާހާ ދެކޮޅު ހައްދަވަމުންނެވެ. އަދި މަޖިލީހުގެ ބޭރުން ސޯސަންމަގުގައި ވެސް އެމްޑީޕީގެ އާންމު މެމްބަރުން އަޑު އުފުލަމުން ގެންދިޔަ އެވެ.
އެބިލްގައި ބުނެފައިވަނީ އެއްވެސް ގައިދީއަކަށް ސިޔާސީ ޕާޓީއެއް ނުވަތަ މަދަނީ ޖަމުއްޔާއެއްގެ މެންބަރަކަށް ނުވެވޭނެކަމަށާއި އަދި އެފަދަ ހަރަކާތެއްގެ އެއްވެސް މަގާމެއް ޖަލުގައި ހުންނަ މުއްދަތުގައި ނުފުރޭނެކަމަށެވެ.
ޖަލްގައި ތިބޭ ގައިދީންނަށް ސިޔާސީ ޕާޓީތަކުގައި ބައިވެރިވުމުގެ ހައްގު މިހާރު ލިބިދެވުންނަމަވެސް، ގާނޫނު އަސާސީން ލިބިދެވިފައި އަސާސީ ހައްގުތައް ގައިދީންނަށް ހަނިކޮށްފައިވާ މިންވަރު އެބިލްގައި ބަޔާންކޮށްފައިވެއެވެ.
ޑިސެމްބަރު 25، 2014ގައި މަޖިލީހަށް ފޮނުވި މި ބިލާ މެދު މަޖިލީހުގައި ބަހުސްކޮށް ދިރާސާކުރަން ފެށީ، ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ދަނިކޮށެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި އުފުލި އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމާއިއެކު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާތީ، އެމަނިކުފާނު އެމްޑީޕީގައި އަދާކުރަމުންދާ ރައީސް ކަމުގެ މަގާމު ގެއްލޭނެއެވެ.
މި ބިލްގެ އިތުރުން، ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަށް ހުށަހެޅި ދެ ބިލެއް މަޖިލީހަށް ބަލައިގަނެ، އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އިތުރުކުރަން ވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ އިން ފާސްކުރި އެވެ.

މަހުލޫފު ގޭބަންދަށް ބަދަލުކޮށްފި

mahloof

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ހައްޔަރު ކުރިރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ފަސް ދުވަސް ވަންދެން ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ މަޚުލޫފުގެ ބަންދަށް ކޯޓުން ތިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
މަހުލޫފު ގޭ ބަންދަށް ބަދަލު ކުރީ އެއް މަސް ދުވަހަށް މުޒާހަރާއަށް ނުދެވޭ ގޮތަށް ކޯޓުން ކުރި ޝަރުތު ގަބޫލު ނުކުރެއްވުމުންނެވެ. މުޒާހަރާއަށް ނުދެވޭ ގޮތަށް މިނިވަންކަމެއް ބޭނުން ނޫން ކަމަށް މަޚުލޫފް ކޯޓުގައި ވިދާޅުވި ކަމަށްވެއެވެ.
މުޒާހަރާގެ ތެރެއިން މަހްލޫފް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް މަހްލޫފް ގެންދެވީ ލޯކަލް މަރުކޭޓް ސަރަހައްދުންނެވެ. މަހްލޫފް ހައްޔަރުކުރި އިރު ފުލުހުން އަނިޔާވެރިކޮށް އަމަލުކޮށް ހުތުރު ބަހުން މުއާމަލާތުކޮށްފައިވެ އެވެ. މަހްލޫފާއެކު އޭނާގެ ދެ ހަށިފާރަވެރިޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ޕީޕިއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި އަހުމަދު މަޚުލޫފް ރައީސް ޔާމިންގެ އަގުވެއްޓޭ ގޮތަށް ހަގީގަތާއި ޚިލާފު ސާބިތު ނުހިފޭ ވާހަކަތަކެއް ދެއްކި މައްސަލައިގައި އެޕާޓީން ވަނީ ވަކިކޮށްފައެވެ. އޭގެފަހުން މަޚުލޫފް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މަހުލޫފްގެ އިތުރުން ރާއްޖެ ޓީވީގެ ނޫސްވެރިއަކާއި ކެމެރާމަނަކު ވެސް މިދިޔަ ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި އެވެ. އެ ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުގައި ބޭތިއްބުމުގެ މުއްދަތު ކޯޓުން ވަނީ ޖަހައިފަ އެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.

ނާޒިމްއަށް އައިޖީއެމްއެޗްއިން ފަރުވާދީފި

nazim-haftha

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އަލުން ޖަލަށް ގެންގޮސްފި އެވެ.
މިއަދު މެންދުރު ނާޒިމް އައިޖީއެމްއެޗަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުގެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހުންނެވީ ކ. ހިންމަފުށީ އައްސޭރި ޖަލުގަ އެވެ.
ނާޒިމްގެ ޝަރީއަތްތައް ކުރިއަށް ދިޔަ އިރު ތަކުރާރުކޮށް ނާޒިމް ޓެސްޓްތަކެއް ހެދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަކަށް އޭނާގެ ވަކީލުންވަނީ އެދިފައެވެ. ޝަރީއަތްތައް ކުރިއަށް ދިޔަ އިރު ވެސް އެތައް ފަހަރެއްގެ މަތިން ނާޒިމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.
ހަނގުރާމެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުމުގެ ކުށުގައި ނަޒިމް 11 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ނާޒިމް އައްސޭރި ޖަލުގައި ހުންނެވިއިރު ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދިވެސް ހުންނެވީ އެމަނިކުފާނަށް ހާއްސަކޮށްގެން މާފުށީ ޖަލުގައި ހަދާ ތަން ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގަ އެވެ.