އެންވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަމަލީ މަސައްކަތްތަކެއް ފަށަނީ

fish

ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމުގެ އެއްބައިކަމުގައިވާ ދިރޭއެމުގެ ބާވަތްތައް ދެމެހެއްޓެނިވިގޮތުގައި ބޭނުންކޮށް، ހިފާ އެމުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުމަށްޓަކައި މަސްދޯނިފަހަރުގައި މިހާރު އެން ގެންގުޅޭ އުޞޫލުތަކަށް ބަދަލުތަކެއް ގެންނަންޖެހިފައިވާކަމަށް ދިރާސާތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ މެރިން ރިސާރޗް ސެންޓަރުން ރާއްޖޭގެ ތަފާތު ކަންކޮޅުތަކުގައި މަސްވެރިންނާ އެކު އެންދަމަން ގޮސް އަދި މަސްވެރިކަމުގެ ދަތުރުތަކުގައި ބައިވެރިވެ، މިހާރު އެންދަމާ ގޮތްތަކާއި، ދަމާ އެން އެންވަތުގައި ބަހައްޓާ ގޮތްތަކާއި، ދަމާ އެމުގެ ތެރެއިން މަސްވެރިކަމުގައި ބޭނުންކުރެވޭ އެމާއި، މަރުވެގެން އުކާލަންޖެހޭ އެމުގެ މިންވަރު ދެނެގަނެ، މަސްވެރިކަމަށް އެންމެ ފައިދާ ވާނޭގޮތަކަށް އެން ބެހެއްޓުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ވަނީ ކުރެވިފައެވެ.
މިދިރާސާތަކުގެ އަލީގައި ދޯނި ފަހަރުގައި އެން ގެންގުޅެ، މަސްވެރިކަންކުރާއިރު އޭގެ ފައިދާ މިހާރަށްވުރެބޮޑަށް މަސްވެރިންނަށް ލިބިދެވޭނެގޮތަށް، އެންވަތްތައް ފަރުމާކުރުމާއި، އެންދަލުން ވަތަށް ބަދަލުކުރާއިރު ރައްކާތެރިކަމާއިއެކު އެންތައް ވަތުތެރެއަށް ބަދަލުކުރުމަށް ބަލަންޖެހޭ ކަންކަމަށް ރިޢާޔަތްކޮށް އެންދަލުން ވަތަށް ބަދަލުކުރުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް އަމަލީގޮތުން ގެނައުމުގެ މަސައްކަތްތައް ޖަޕާންގެ ތަޖުރިބާކާރެއްގެ އެހީގައި މިހާރު ވަނީ ފަށާފައެވެ. މަސްވެރިން ބުރަ މަސައްކަތްތަކުން ހިފާ އެން އަވަހަށް މަރުވިޔަ ނުދީ ގިނަވަގުތު ބޭތިއްބުމަށް މަގުފަހި ކުރުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގާ މިޕައިލެޓް ޕްރޮގްރާމްގެ ދަށުން މަސްދޯނީގެ އެންވަތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެންދަމާ ދަލުން އެން ވަތަށް އެން ބަދަލުކުރާއިރު ބޭނުންކުރާ ކަވާވަށީގެ ޑިޒައިންއެއް ވެސް މިހާރު ފަރުމާކުރެވި، ތަޖުރިބާ ކުރުމަށްވަނީ ހަމަޖެހިފައެވެ.
މަސްވެރިންނަށް ލުއި ފަސޭހަތައްހޯދާދީ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ދޮށީގެ މަސްވެރިކަމުގެ ތަރައްޤީއަށްޓަކައި މިހާރު ފެށިފައިމިވާ ދިރާސާތަކުގެ އަލީގައި މަސްދޯނިފަހަރުގައި އެންގެންގުޅޭ އުޞޫލުތަކަށާއި ގިނަވަގުތު މަރުނުވެ އެންބޭތިއްބުމަށް މަސް ދޯނިފަހަރުގެ އެންވަތަށް ގެނެވޭ ބަދަލުގެ ސަބަބުން ދިވެހި މަސްވެރިންނަށާއި އޮޑިވެރިންނަށް އިތުރު ފައިދާއާއި މަންފާ ލިބިގެންދާނެއެވެ.
ރާއްޖޭގެ ދޮށީގެ މަސްވެރިކަން ތަރައްޤީވެ، ކުރިއަރައިގެންގޮސް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅަށް، އަދި އެންމެ ދެމެހެއްޓެނިވިގޮތުގައި ކުރެވޭ މަސްވެރިކަމެއްގެ ގޮތުގައި މުޅި ދުނިޔެ މިއަދު ޤަބޫލުކުރަމުންދާއިރު މިމަސްވެރިކަން އިތުރަށް ތަރައްޤީކޮށް މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް މިއަދުގެ ސަރުކާރުންދަނީ ގިނަގުނަ މަސައްކަތްތަކެއްކުރަމުންނެވެ.
ތަޖުރިބާ ކުރުމުގެ ގޮތުން މަސްދޯނިފަހަރުގެ އެން ވަތަށް ގެނެވޭ މި ބަދަލާއި އެންގެންގުޅުމުގެ އުޞޫލުތަކަށް ގެނެވޭ ބަދަލުތަކުގެ އަލީގައި ދޮށީގެ މަސްވެރިކަމުގައި އެއާނުލާ އެމަސްވެރިކަމެއް ނުކުރެވޭ ދިރޭ އެމުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރެވި، އެންމެ ފައިދާ ކުރުވަނިވި ގޮތެއްގައި އެން ބޭނުންކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. މީގެސަބަބުން މަސްވެރިން މަސްކަނޑުތަކުގައި މަސްބޭނުމަށް ހޭދަކުރާވަގުތު އަދި ބޭނޭމަހުގެ މިނަވަރު އިތުރުވެ މަސްވެރިކަމަށް ކުރާހޭދަ ކުޑަވާނެއެވެ. ޖައިކާގެއެހީގައި ކުރެވޭ މިމަސައްކަތުގެ ސަބަބުން ރާއްޖޭގައި ކުރެވޭ ދިރޭއެމުގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި މަސްވެރިކަމެއްގެ ގޮތުގައި ކުރުމަށް އިތުރުބާރަކަށް ވެގެންވެސް ދާނެއެވެ. އަދި އެމްއެސްސީ ކުލައަންޓް އެކްޝަން ޕޮލޭންގައި ކަނޑައެޅިފައިވާ ކަންކަން ތަންފީޒު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޤާނޫނުލް ޢުޤޫބާތަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ފުވައްމުލަކުގައި މަސައްކަތް ކުރާ ފުލުހުންނަށް

gaa

އަންނަ ޖުލައި މަހު ރާއްޖޭގައި ޢަމަލުކުރަން ފަށާ އައު ޤާނޫނުލް ޢުޤޫބާތަށް ފުލުހުން އަހުލުވެރި ކުރުމަށް ކުރިޔަށްގެންދާ ސިލްސިލާ ޕްރޮގްރާމުގެތެރެއިން ޏ.ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ފުވައްމުލަކު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް ބައިވެރިވެވޭގޮތަށް 2015 މެއި 27 އިން 28 އަށް ޏ.އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމުގައި ޤާނޫނުލް ޢުޤޫބާތުގެ މުހިއްމު މާއްދާތަކާއި އަދަބުތަކާއި އެކިއެކި ކުށްކުށުގައި ޝަރުޢީ މަރުޙަލާގައި ކަންހިނގާނެގޮތުގެ މަޢުލޫމާތު ވަނީ  ދީފައެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް އެވެ.

ސްކޫލް ކުދިންނަށް އަމާޒުކޮށް ދުވާފަރުގައި ހިންގި އަމާންވެށި ކޭމްޕް ނިންމައިފި

dHUVAAFARU-4

މެދުމަދްރަސީ އަދި ސާނަވީ މަރުޙަލާގައި ތަޢުލީމު ޙާޞިލްކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް 3 ދުވަހުގެ މުއްދަތަށް ރ. ދުވާފަރުގައި ހިންގި އަމާންވެށި ކޭމްޕް ނިންމައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

މިމަހުގެ 28 ވަނަދުވަހު ފެށި ދުވާފަރުގައި ކުރިޔަށް ގެންދިޔަ އަމާންވެށި ކޭމްޕް ރޭގެ ވަގުތެއްގައި ނިންމާލާފައިވާއިރު ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް މިކޭމްޕުގައި ފުލުހުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި ކޮންމެ ރެއެއއްގެ މަޣުރިބް ނަމާދަށްފަހު ދަރިވަރުންނަށް ދެވިފައި ވެއެވެ. މީގެ އިތުރުން ދިރިއުޅުމުގައި މަދްރަސީ ތަޢުލީމުގެ ތެރެއިން ލިބިގަތުމުގައި އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައެވެ.

ދުވާފަރުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުވަރުންގެ ތެރެއިން މެދްމަދްރަސީ އަދި ސާނަވީ ގުރޭޑްތަކުގެ 72 ދަރިވަރުން ބަިއވެރިވި މި ކޭމްޕުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޖިނާޢީ ކުށްތައް ކުރުމުން ޢަމަލުކުރެވެމުންދާ ގޮތުގެ މަޢުލޫމާތު ވަނީ ކޭމްޕުގެ ބައިވެރިންނަށް ދެވިފައެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ވަނީ މިކޭމްޕުގައި ދީފައެވެ.

މިދެންނެވި ބައިތަކުގެ އިތުރުންވެސް ސައިބަކްރައިމްގެ ކުށްތަކާ އެފަދަ ކަންކަމުން ދުރުވެ ތިބުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކުގެ އިތުރުން ހަރުދަނާ ސިފަވަންތަ ރީތި އަދަބުތަކާ ރައްކާތެރި ގޮތުގައި އިންޓަރނެޓުގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިކޭމްޕުގައި ވަނީ މަޢުލޫމާތު ދީފައެވެ.

ދުވާފަރުގައި ނިމިގެންދިޔަ މިކޭމްޕުގައި ދަރިވަރުންގެ ބެލެނިވެރިންނަށްވެސް މުހިއްމު ގިނަ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިފައި ވެއެވެ. މިގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައާއި ދަރިވަރުންނަށް ލިބޭ އެކިއެކި އަނިޔާތަކުން އެކުދިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާ ދުރުގައި ދަރިން ތަރުބިއްޔަތު ކުރުމާ ޤާނޫނާ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރި ވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަލާލައި މަޢުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުންވެސް އަލިފާނުގެ ޙާދިސާތަކުން ސަލާމަތްވުމާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުވުން ހުއްޓުވުމުގެ ޤާނޫނުފަދަ ދަރިވަރުންނަށް މުހިއްމު ޤާނޫނުތަކުގެ މަޢުލޫމާތު ކޭމްޕުގެ ބައިވެރިންނަށް ވަނީ ދީފައެވެ.

ދުވާފަރުގައި ހިންގި އަމާންވެށި ކޭމްޕު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ދުވާފަރު ޕްރައިމަރީ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ ޒުބައިރުއެވެ. މިރަސްމިއްޔާތުގައި ދުވާފަރު ކައުންސިލްގެ ރައީސް އާއި މެމްބަރުންނާ ދުވާފަރުގައި ހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާ މުދައްރިސުންގެ އިތުރުން ބެލެނިވެރިންނާ ފުލުހުންނާ ދަރިވަރުން ބައިވެރި ވިއެވެ.

މިކޭމްޕް ކުރިޔަށް ގެންދިއުމުގައި ދުވާފަރު ސްކޫލާއި ބެެނިވެރިންނާ މުއައްސަސާތަކުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދުވާފަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާއި ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރުގެ ނަމުގައި ވަނީ ޝުކުރު އަދާ ކޮށްފައެވެ

ތ. އަތޮޅުގައި އެވިޑެންސް ރެސްޕޮންސް ޔުނިޓެއް އުފައްދައިފި

ދދ

ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ ތ.އަތޮޅުގައި އެވިޑެންސް ރެސްޕޮންސް ޔުނިޓެއް އުފައްދައި އެ ޔުނިޓް ރަސްމީ ގޮތުން ހުޅުވައިފިއެވެ.

މިކަމަށްޓަކައި ތ. ތިމަރަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި މިޚިދުމަތް ފައްޓަވައި ދެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަޙްމަދު އެވެ.

މި ޚިދުމަތް ފައްޓަވައި ދެއްވުމަށްފަހު ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ އަޙްމަދު ދެއްކެވި ވާހަކަ ފުޅުގައި ތ. އަތޮޅުގައި ހުޅުވިގެންދިޔަ އެވިޑެންސް ރެސްޕޮންސް ޔުނިޓުގެ ސަބަބުން ތ. އަތޮޅުގެ ރަށްރަށުން ހުށަހޭޅޭ މައްސަލަތަކަށް ސީން އޮފް ކްރައިމް އޮފިސަރުން ކުށުގެ ވެއްޓަށް ހާޒިރުވެ، ކުށުގެވެށި ޕްރޮސެސްކޮށް، ކުށުގެވެށިން ލިބޭ މާއްދީގެ ހެއްކިތައް ލެބޯޓަރީއަށް ފޮނުވުމަށްފަހު ކުށްކުރި މީހާ ހޯދުމަށް އެހީތެރިވެދޭނެ ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ތ.އަތޮޅު ކޮމާންޑަރ ދެއްކެވިވާހަކައިގާ ތ. އަތޮޅު ގައި އެވިޑެންސް ރެސްޕޮންސް ޔުނިޓެއް ހުޅުވިގެން މިދިޔައީ ޑިވިޜަން ކޮމާންޑަރު އަދި ތ. އަތޮޅުގައި މަސައްކަތްކުރާ އެންމެހާ ފުލުހުންގެ ވަރަށް ބުރަމަސައްކަތުންކަން ފާހަގަ ކޮށްފައިވެއެވެ. އަދި މި ޔުނިޓް ހުޅުވުމުމަކީ ތަހްޤީގް ކުރާ ފަރާތްތަކަށް މައްސަލަ ތައް ކާމިޔާބުކަމާއެކު އަވަހަށް ނިންމުމަށް ހުޅުވިގެން ދިޔަ އިތުރު ދޮރެއްކަން ފާހަގަކޮށް އެކަމަށްޓަކައި ފޮރެންސިކް ސާރވިސް ޑައިރެކްޓްރޭޓްގެ އެންމެހައި ވެރިންނާއި އެހެނިހެން މުވައްޒަފުންނަށް ޝުކުރު ދަންނަވާފައިވެއެވެ.

ތ. އަތޮޅު އެވިޑެންސް ރެސްޕޮންސް ޔުނިޓު ހުޅުވުމަށް ތިމަރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ސައުތު ސެންޓަރަލް ޕޮލިސް ޑިވިޜަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް އަޙްމަދު ޝާކިރު އާއި ފޮރެންސިކް ސާވިސަސް ޑައިރެކްޓްރޭޓްގެ ކޮލިޓީ މެނޭޖަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޝްތާޤް މުޙައްމަދާއި ޑިވިޝަނަލް އެވިޑެންސް ރެސްޕޮންސް ޔުނިޓްގެ ހެޑް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރަޙުމާ ސައީދުއާއި ތ. އަތޮޅު ކޮމާންޑަރު ޕޮލިސް ސ. ސާރޖަންޓް މުޙައްމަދު ހަލީމް އާއި ތ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުންނާއި ތިމަރަފުށީ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުން އަދި ތިމަރަފުށީ ސަރުކާރުގެ މުއަސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަސްތުވާތަކެތި ގެންދިއުމުގައި ޢާއްމު ދަތުރު ފަތުރުގެ ބޭނުން ދަނީ ހިފަމުން: ޝިފާން

IMG_0309

ދިވެހިރާއްޖޭގެ އަތޮޅުތެރޭގެ ރަށްތަކަށް މަސްތުވާތަކެތި ގެންދިއުމުގައި ޢާއްމު ދަތުރު ފަތުރުގެ ނިޒާމްގެ ތެރެއިން އެތަކެތި ދައުރު ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

ސުޕްރިންޓެންޑެންޓް އަޙްމަދު ޝިފާން މިހެން ވިދާޅުވީ އަތޮޅު ތެރޭގެ ބައެއް ސަރަހައްދުތަކަށް އަމާޒުކޮށްގެން މިހާރު ހިންގަމުންދާ އޮަޕަރޭޝަންތަކާ ގުޅިގެން އެ އޮޕަރޭޝަންތަކުން ފާހަގަ ކުރެވުނު ކަންކަން ހާމަކުރައްވަމުންނެވެ.

“ޝިފާން ވިދާޅުވީފެރީތަކާއި ދަތުރު ފަތުރުގެ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރަށްވުރެ ހަރުދަނާ އުޞޫލެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުން ވަރަށް މުހިއްމު. ވަކި މީހަކަށް ނިސްބަތް ނުވާގޮތަށް ނަން ނުޖަހާ ހުންނަ ފޮށްޓައި ކޮތަޅުފަދަ ތަކެތީގައި މަސްތުވާތަކެތި އެއް ރަށުން އަނެއްރަށަށް ގެންދާކަން ވަނީ ފާހަގަކުރެވިފައި.” އެސްޕީ ޝިފާން ޕޮލިސް ލައިފަން ވިދާޅުވިއެވެ.

ސުޕްރިންޓެންޑެންޓް އަޙްމަދު ޝިފާން އިތުރަށް ވިދާޅުވީ، ދަތުރު ފަތުރުގެ ކަންތައް ހިންގާ ބައެއް ފަރާތްތަކުން އެނގިހުރެ މަސްތުވާތަކެތި އެއް ރަށުން އަނެއް ރަށަށް ގެންދިއުމުގައި އެހީތެރިވަމުންދާކަންވެސް ފާހަކަކުރެވިފައިވާ ކަމަށެވެ.

“އެއްވެސް އުޅަނދަކުން މިފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނަމަ ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނަން. އޭގެ އިތުރުން، މި ގޮތަށް ޢަމަލުކުރާ އުޅަނދުތަކުގެ ވެރިންނާއި އުޅަނދު ދުއްވާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނަން.” ސުޕްރިންޓެންޑެންޓް އަޙްމަދު ޝިފާން އިތުރަށް ވިދާޅުވިއެވެ.

ތ. އަތޮޅުގައި ފާއިތުވި ހަފުތާ ބަންދުތެރޭގައި ހިންގި އޮޕަރޭޝަންގައި 2 ރަށެއްގެ 6 ތަނަކާއި މާލެ ދަތުރު ކުރާ ބޯޓަކާއި ފެރީއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗިއްސާއެކު 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ފާހަގަކޮށް ސުޕްރިންޓެންޑެންޓް އަޙްމަދު ޝިފާން ވިދާޅުވީ ފުލުހުން ހިންގާ މިފަދަ އޮޕަރޭޝަންތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަމަށާއި އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށެވެ.

ތ. އަތޮޅާއި ލ. އަތޮޅުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ސައުތު ސެންޓްރަލް ޕޮލިސް ޑީވިޜަން ގުޅިގެން ހިންގި އޮޕަރޭޝަންގައި އެކު ޖުމްލަ 10 ރަށެއްގެ 20 ތަނެއް ބަލައި ފާސްކޮށް 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. މިއޮޕަރޭޝަންތަކުގައި ފާރަ ބޭނުންކޮށްފައި ވެއެވެ.

އަމާންވެށި ކޭމްޕް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފި

Thulhaadhoo

ތުޅާދޫ ސްކޫލުގެ ސާނަވީ މަރުޙަލާގައި ތަޢުލީމު ޙާޞިލްކުރަމުންދާ ފުރާވަރުގެ ދަރިވަރުންނަށް އަމާޒުކޮށް 3 ދުވަހުގެ މުއްދަތަށް ތުޅާދޫގައި ހިންގި އަމާންވެށި ކޭމްޕް ނިންމައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށް ސެޓްފިކެޓް ދީފިއެވެ.

ތުޅާދޫގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އެވެ.

އޭދަފުށީ ޕޮލިސް ސްޓޭޝަނާ ތުޅާދޫ ޕޮލިސް ސްޓޭޝަނާ ތުޅާދޫ ސްކޫލު ގުޅިގެން ހިންގި މިކޭމްޕުގައި ދަރިވަރުންނަށް ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރު އަޅައިދޭ ގިނަ ޙަރަކާތްތަކެއް ފުލުހުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިގޮތުން ޖިނާޢީ ކުށްތަކުން ދުރުވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުންތައް ބައްޓަންކުރަންވީ ގޮތާ ކުށުގެ ނުރައްކަލުން ދުރުވެތިބެ ޤައުމީ ލޯބި ލިބިގެންވާ ޒުވާނެްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް ކޭމްޕުގެ ބައިވެރިންނަށް ވަނީ އޮޅުންފިލުވައިދީފައެވެ. މިއާއެކު އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރައްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މުހިއްމު މަޢުލޫމާތާއި ކޮންމެ ރެއެއްގެ މަޣުރިބް ނަމާދަށްފަހު ދަރިވަރުންނަށް ދެވިފައި ވެއެވެ. މީގެ އިތުރުން ދިރިއުޅުމުގައި މަދްރަސީ ތަޢުލީމުގެ ތެރެއިން ލިބިގަތުމުގައި އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މި ކޭމްޕުގައި ބައިވެރިންނަށް ވަނީ މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައެވެ.

ތުޅާދޫ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުވަރުންގެ ތެރެއިން ގުރޭޑް 8،9، އަދި 10 ގެ 81 ދަރިވަރުން ބައިވެރިވި މި ކޭމްޕުގައި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވައި، އަމިއްލަ ސާފުތާހިރުކަމާ ރައްކާތެރިކަމަށް ކުރެވެންހުރި ކަންކަން އޮޅުންފިލުވައިދީ، ޖިނާޢީ ކުށްތައް ކުރުމުން ޢަމަލުކުރެވެމުންދާ ގޮތުގެ މަޢުލޫމާތު ވަނީ ކޭމްޕުގެ ބައިވެރިންނަށް ދެވިފައެވެ. މީގެ އިތުރުން ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ކުރެވޭ ކަންކަމާ އެފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރި ކުރުމުގައި ދަރިވަރުންނަށް ކުރެވޭނެ ކަންކަމުގެ އިތުރުން ހަނގާކުރުމުގެ ނުރައްކަލާ ހަނގާ ކުރުމުން ލިބޭ ގެއްލުމާ އެފަދަ ކަންކަމުން އެހެން ފަރާތްތަކަށް ކުރާނެ ނޭދެވޭ އަސަރުތަކުގެ މަޢުލޫމާތުވެސް ވަނީ މިކޭމްޕުގައި ދީފައެވެ.

މިދެންނެވި ބައިތަކުގެ އިތުރުންވެސް ސައިބަކްރައިމްގެ ކުށްތަކާ އެފަދަ ކަންކަމުން ދުރުވެ ތިބުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކުގެ އިތުރުން ހަރުދަނާ ސިފަވަންތަ ރީތި އަދަބުތަކާ ރައްކާތެރި ގޮތުގައި އިންޓަރނެޓުގެ ވަޞީލަތްތައް ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް މިކޭމްޕުގައި ވަނީ މަޢުލޫމާތު ދީފައެވެ.

ތުޅާދޫގައި ނިމިގެންދިޔަ މިކޭމްޕުގައި ދަރިވަރުންގެ ބެލެނިވެރިންނަށްވެސް މުހިއްމު ގިނަ ކަންކަމުގެ މަޢުލޫމާތު ފޯރުކޮށްދެވިފައި ވެއެވެ. މިގޮތުން ދަރިން ތަރުބިއްޔަތު ކުރުމުގައާއި ދަރިވަރުންނަށް ލިބޭ އެކިއެކި އަނިޔާތަކުން އެކުދިން ސަލާމަތްކޮށް ކުށުގެ ނުރައްކަލާ ދުރުގައި ދަރިން ތަރުބިއްޔަތު ކުރުމާ ޤާނޫނާ ޤަވާޢިދުތަކަށް ދަރިވަރުން އަހުލުވެރި ވުމުގެ މުހިއްމު ކަމުގެ މައްޗަށް ބަލާލައި މަޢުލޫމާތު ދީފައި ވެއެވެ. މީގެ އިތުރުންވެސް އަލިފާނުގެ ޙާދިސާތަކުން ސަލާމަތްވުމާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޢާއްމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފުވުން ހުއްޓުވުމުގެ ޤާނޫނުފަދަ ދަރިވަރުންނަށް މުހިއްމު ޤާނޫނުތަކުގެ މަޢުލޫމާތު ކޭމްޕުގެ ބައިވެރިންނަށް ވަނީ ދީފައެވެ.

އަމާންވެށި ކޭމްޕް ނިންމުމުގެ ގޮތުން ތުޅާދޫ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުގެ އިތުރުން ނޯތު ޕޮލިސް ޑިވިޜަން ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި ބ. އަތޮޅު ކޮމާންޑަރާއި ސްކޫލުގެ ވެރިންނާ މުދައްރިސުންނާ ބެލެނިވެރިންނާ ކޭމްޕުގެ މުދައްރިބުންނާ ދަރިވަރުން ބައިވެރިވިއެވެ.

މާފުށީ ސްކޫލްގައި “ގޯ ޑިޖިޓަލް” އިފްތިތާހުކޮށްފި

CGEd96-VAAAbaZV

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ކިޔަވައި ދޭނެ ނިޒާމެއް ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކ. މާފުށީ ސުކޫލުގައި “ގޯ ޖިގިޓަލް” އިފްތިތާހު ކޮށްފި އެވެ.

މާފުށީ ސްކޫލުގައި މި ވަސީލަތް އިފްތިތާހު ކޮށްދެއްވީ އެ ސުކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އެވެ.

މި ނިޒާމް އިފްތިތާހުކޮށްދެއްވުމަށްފަހު ރަސްމިއްޔާތަށް ވަޑައިގެންތިއްބެވި ބޭފުޅުންނާ މުޚާތަބްކޮށް ވާހަކަފުޅު ދައްކަވަަމުން މިނިސްޓަރ ވިދާޅުވީ ސުކޫލުތައް ޑިޖިޓަލް ކުރުމުގެ މަސައްކަތަކީ މިހާތަނަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން އެއްމެ ކާމިޔާބު އެއް މަސައްކަތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ވަސީލަތުގެ ބޭނުމަކީ މިހާރު ދަރިވަރުންނަށްދެވޭ ޚިދުމަތްތަކުގެ ތެރެއިން ދުނިޔޭގެ އެހެނިހެންތަންތާގައި ލިބެންހުރި ވަސީލަތްތައް  ބޭނުންކޮށްގެން އެދަރިވަރުން ޝައުގުވެރިވާގޮތަށް ކިޔަވައިދިނުމުގެ މަގްސަދުގައި ތައާރަފްކުރެވޭ ވަސީލަތްތަކެއްކަަށެވެ.

އަދި މި މަސައްކަތްކުރެވެނީ ރަށުގެ ރަށްޔިތުންނާއި ވިޔަފާރިވެރިންގެ އެހީތެރިކަމާއެކުގަކަން ފާހަގަކުރައްވައި މިނިސްޓަރވަނީ މާފުށީ ސުކޫލް ޑިޖިޓަލް ކުރުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މީގެއިތުރުން މި ސްކޫލު ޑިޖިޓަލް ކުރުމަށް ބޭނުންވާ ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ފަދަ ވަސީލަތްތައް ހޯދަ ދިނުމަށް އެހީތެރިވެދެއްވި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް މިނިސްޓަރ ވަނީ އެފަރަތްތަކަށް ހަނދާނީ ލިޔުން ދެއްވާފައެވެ.

ގޯ ޑިޖިޓަލް އަކީ ސްމާޓް ބޯޑާއި ޕްރޮޖެކްޓަރު ފަދަ ޒަމާނީ ވަސީލަތައް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން 2014ގެ އޮގަސްޓް މަހު ފަށާފައިވާ ޕްރޮގްރާމް އެކެވެ.

އިންޓަރޕާގެ ދާޢިމީ މެމްބަރުކަމުގެ ސެޓްފިކެޓް ރާއްޖޭގެ ފުލުހުންގެ އިންސްޓިޓިއުޓަށް

Intapaa

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޮލިސް އެކަޑަމީ (އިންޓަޕާ) ގެ ދާޢިމީ މެމްބަރުކަން ދިވެހިރާއްޖޭގެ ފުލުހުންގެ ތަމްރީނު މަރުކަޒު އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒް (އައިލްސް) އާއި ޕޮލިސް އެކަޑަމީއަށް ލިބިއްޖެއެވެ.

މީގެކުރިން، 2013 ވަނައަހަރު އިންޓަޕާގެ މެމްބަރުކަން ރާއްޖޭގެ ފުލުހުންގެ ތަމްރީނު މަރުކަޒަށް ލިބިފައި އޮތުމަށްފަހު އެ ޖަމާޢަތުގެ ދާޢިމީ މެމްބަރުކަން ރާއްޖެއަށްލިބި އެކަމުގެ ލިޔުން ރާއްޖޭގެ ފުލުހުންގެ އެންމެ މަތީ ވެރިންނަށް ޙަވާލުކޮށްފައިވަނީ 2015 މޭ 25 ން 27 ށް ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި ބޭއްވި އެޖަމާޢަތުގެ 4 ވަނަ ކޮންފަރެންސްގައެވެ.

އިންޓަޕާގެ 4 ވަނަ ކޮންފަރެންސްގައި ރާއްޖޭގެ ފުލުހުންގެ ތަމްރީނު މަރުކަޒަށް އެޖަމާޢަތުގެ މެމްބަރުކަމުގެ ލިޔުން ޙަވާލުކޮށްދެވީ އެޖަމާޢަތުގެ ރައީސް އަދި ޔޫ.އޭ.އީ ގެ ޑެޕިއުޓީ ޕްރައިމްމިނިސްޓަރ އެންޑް އިންޓީރިއަރ މިނިސްޓަރ ލެފްޓިނެންޓް ޖެނެރަލް ޝައިޚް ސައިފްބިން ޒައިދު އަލް ނަޙްޔާންއެވެ. ރާއްޖޭގެ ފުލުހުންގެ ފަރާތުން މިލިޔުމާއި ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުއެވެ.

ރާއްޖެއަށް މިލިޔުން ޙަވާލުކޮށްދިނުމުގެ ރަސްމިއްޔާތުގައި އިންޓަރޕާގެ މެމްބަރު ޤައުމުތަކުގެ މެމްބަރުންނާ އަބޫދާބީގެ ފުލުހުންގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ފަރާތުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯއެންފޯސްމަންޓް ސްޓަޑީޒްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ބައިވެރިވެވަޑައިގަތެވެ.

ޗައިނާގައި ކުރިއަށްދިޔަ ޕޮލިސް އޮފިސަރސް ކޮންފަރެންސް ބައިވެރިވި ދިވެހި ފުލުހުން މާލެ އަތުވެއްޖެ

china2

ޗައިނާގައި ކުރިއަށްދިޔަ ޕޮލިސް އޮފިސަރސް ކޮންފަރެންސްގައި ބައިވެރިވި ފުލުހުންގެ ސީނިއަރ 20 އޮފިސަރަކު މާލެ އަތުވެއްޖެއެވެ.

މިމެއި މަހުގެ 6 ން 25 އަށް ޗައިނާގެ ޔުނާން ޕޮލިސް އޮފިސަރސް އެކަޑަމީގައި ކުރިއަށްދިޔަ މި ކޮންފަރެންސް ފުރިހަމަކުރުމަށް ފުލުހުން މާލެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 20 ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ކޮންފަރެންސްގައި ޗައިނާގެ ފުލުހުންގެ މަސައްކަތްތަކާއި ބެހޭގޮތުންނާއި ލީޑަރޝިޕް އަދި މެނޭޖްމަންޓާއި ޗައިނާގެ ޤާނޫނީ ނިޒާމާއި ޕޮލިސް ކޮމްބެޓް އެންޑް ކޮމާންޑް ފަދަ ބައިތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޗައިނާ ފުލުހުންގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންނާއި ޗައިނާ ސަރުކާރުގެ އެކިއެކި ޑިޕާޓްމަންޓްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ހޯދާފައިވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިދިޔަ އަހަރުވެސް ފުލުހުންގެ ޓީމެއް ޗައިނާގައި ހިންގި މިފަދަ ސެމިނަރ އެއްގައި ބައިވެރިވެ ތަމްރީން ހޯދާފައިވެއެވެ.

ފީފާ ގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ބްލެޓާ އިންތިހާބުވެވަޑައިގެންފި

bletter

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ސްވިޒަލެންޑުގެ ޖޯސެފް ސެޕް ބްލެޓާ މިރޭ އިންތިހާބުވެވަޑައިގެންފި އެވެ.
ފީފާގެ ރައީސްކަމުގެ މަގާމަށް ބުލެޓާ ހޮވިވަޑައިގެންފައިވަނީ އެޖަމްއިއްޔާގެ ރައީސަކު ހޮވުމަށް މިރޭ ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުން ނަތީޖާ ނުނެރެވުމުން، ދެ ވަނަ ބުރެއް ބާއްވަން ހަމަޖެހިފައިވަނިކޮށް، ކެންޑިޑޭޓް ޖޯޑަންގެ ޕްރިންސް އަލީ ބިން ހުސެއިން ނަން އަނބުރާ ގެންދެވުމާ އެކު އެވެ.
ކޮރަޕްޝަނުގެ އެތައް ތުހުމަތުތަކެއް ކުރެވި އަދި ބްލެޓާގެ ދަށުން މަސައްކަތްކުރައްވާ ފީފާގެ އިސް އޮފިޝަލުންތަކެއް ކޮރަޕްޝަނުގެ ތުހުމަތުތަކެއްގައި ހައްޔަރުކުރިތާ ދެ ދުވަސް ނުވަނީސް ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ބްލެޓާ 133 ވޯޓް ހޯއްދެވި އެވެ. ފީފާގެ ނައިބް ރައީސްކަން ކުރައްވާ ޖޯޑަންގެ ޕްރިންސް އަލީ އަށް ލިބިވަޑައިގަތީ 73 ވޯޓެވެ.

princealiblatter
ބްލެޓާ ރައީސްކަމުގެ މަގާމަށް ހޮވުމާ އެކު، އެންމެ ބޮޑު ނުވަތަސްކަމެއް ލިބުނީ ޕްރިންސް އަލީ އަށް ތާއީދުކުރެއްވި ޔޫރަޕަށެވެ. ބްލެޓާ އިންތިހާބަށް ނުކުމެވަޑައިގަތީ، ކޮރަޕްޝަނުގެ މައްސަލަތަކާ އެކު، މަލްޓި ބިލިއަން ޑޮލަރުގެ ޖަމިއްޔާގެ އަގު ވެއްޓިފައިވާކަމަށް ބުނެ އޭނާ ރައީސްގެ މަގާމް ދޫކޮށްލަން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔުއެފާގެ ރައީސް މިޝޭލް ޕްލެޓިނީ އިއްޔެ ގޮވާލައިފައި ވަނިކޮށެވެ.
ޔޫއެފާގެ ރައީސް ގެ މިގޮވާލެއްވުމަށް ރައްދުދެއްވަމުން ބްލެޓާ ވިދާޅުވެފައިވަނީ ފީފާގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަކާ މެދު ޚުދް އޭނާ ވެސް ކަންބޮޑުވާކަމަށާއި،ފީފާގެ ކޮރަޕްޝަނުގެ މައްސަލަތަށް ބެލުމަށް މަރުހަބާކިޔާކަމަށެވެ.

FIFA staff empty ballot boxes after the first round of the election to decide the organisation's presidency at the 65th FIFA Congress in Zurich

ބެލެޓާ އޭނާގެ ކެމްޕެއިން ގެ ފަހުދުވަހު ވިދާޅުވެފައިވަނީ ފީފާގެ ރައީސްކަމުގެ މަގާމަށް އިންތިޚާބްވެއްޖެނަމަ އެ އިދާރާގެ އެތެރޭގައި ހުރި ކޮރަޕްޝަނުގެ މައްސަލަތަށް ހައްލުކޮށް އެކަންކަން އިސްލާހުކޮށް ދެއްވާނެކަމަށެވެ.