ވަނާރޗީގައި ރޯވި އަލިފާންގަޑު ބޮޑު ސަރަހައްދަކަށް ފެތުރެންފަށައިފި

150628_wenatchee_fire_lg2
އެމެރިކާގެ ވޮޝިންގްޓަންގެ ވަނާރޗީގައި އަލިފާންރޯވެ ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރެންފަށައިފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ރޯވާން ފެށި މި އަލިފާންގަނޑު އަދި މިހަތަނަށް ނިއްވިފައިނުވާއިރު، އެސަރަހައްދުގައި މީހުންދިރިއުޅޭ ދިހަވަރަކަށް ގެއަށް ވަނީ ވަރަށް ބޮޑަށް އަލިފާނުގެ ސަބަބުން ގެއްލުންވެފައެވެ.

FIRE

ފަރުބަދަތައް މަތިން ރޯވި މިއަލިފަންގަނޑު އިތުރަންފެތުރެމުންދާއިރު، ވައި ގަދަވެ މުޅި ހިސާބުގަނޑުގެ ހޫނުމިން ވަނީ މައްޗަށް ގޮސްފައިވާއިރު އެ ސަރަހައްދުގައި ހުރި ކަރުދާސް އުފައްދާ ކާރުޚާނާ އަކާއި އަދި މޭވާ ބަންދުކުރާ ކާރުޚާނާގައި ރޯވުމުގެ ސަބަބުން ސަރަހައްދުގެ ހާލަތުވަނީ އިތުރަށް ގޯސްވެފައެވެ. ކަމާބެހޭ ފަރާތްތަކުން އަލިފާން ނިއްވުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާއިރު، ވަނާރޗީގެ ރައްޔިތުންވަނީ ރައްކާތެރި ހިސަބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ގޯލް ކީޕަރ ޗެކް އާސެނަލް އަށް ސޮއިކޮށްފި

CHEK

ފާއިތުވި އެގާރަ އަހަރު ޗެލްސީ އަށް ކުޅެމުން އައި ޗެކްރިޕަބްލިކްގެ ގޯލް ކީޕަރ  ޕީޓަރ ޗެކް އާސެނަލް އަށް ސޮއިކޮށްފިއެވެ.
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުން ޗެކް އާސެނަލް އަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޗެކް އާސެނަލް އަށް ބަދަލުވި ޓްރާންސްފަރ ފީ އަކީ ދިހަ މިލިއަން ޕައުންޑެވެ. ޗެލްސީ އާއި އެންމެ ވާދަވެރި އާސެނަލް އަށް ޗެކް ބަދަލުވެފައިވާއިރު، ޗެކް ވަނީ ޗެލްސީގައި ހޭދަކުރި އެގާރަ އަހަރު ގިނަ ކާމިޔާބީތަކެއް އެޓީމަށް ހާސިލްކޮށްފައެވެ.

Petr-Cech-

ޗެލްސީގައި ހޭދަކުރި މުއްދަތުގައި ޗެކް ވަނީ ޕްރިމިޔަރލީގް ހަތަރު ފަހަރު، އަދި އެފްއޭކަޕް ހަތަރު ފަހަރު އެޓީމަށް ހޯދަދީފައެވެ. މީގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގް އެއްފަހަރު އަދި ޔޫރަޕާ ލީގްވެސް އެއްފަހަރު ކާމިޔާބުކޮށްދީފަވެއެވެ. ޗެކް އާސެނަލް އަށް ބަދަލުވުމަށްފަހު، އާސެނަލްގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޗެލްސީގައި ހޭދަކުރި ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކެއްކަމަށާއި، އުއްމީދަކީ އާސެނަލް ގައިވެސް ކާމިޔާބު ދުވަސްތަކެއް ހޭދަކުރުންކަމަށެވެ.

ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފި

dsc0028

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ސިޔާދަތަށް އިހުތިރާމު ކުރުން އިތުރު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވެ ދިނުމަށް ދިވެހި ރާއްޖޭގެ ފޮރިން ސާވިސް ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މިބިލް ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންއެވެ. މިބިލުގައި ބުނެފައި ވަނީ އެބިލުގެ މަގުސަދަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ ދިނުމާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާ، އެ ސިޔާސަތު ހިންގުމާ ގުޅޭ ގޮތުން ނިންމަންޖެހޭ އެންމެހާ ނިންމުންތައް ނިންމުމުގެ އެންމެ އިސްވެރިއަކީ ވެސް ރައީސުލްޖުމްހޫރިއްޔާކަމަށް މި ބިލްގައި ބުނެފައިވެއެވެ.
ބިލްގައިވާގޮތުން ޢަމަލީގޮތުން މިސިޔާސަތު ތަންފީޒު ކުރާނީ ޚާރިޖީ ވަޒީރެވެ.
މި ބިލްގައި ބުނެފައިވާގޮތުން، ބޭރުދުނިޔޭގައި، ދިވެހި ދައުލަތް ތަމްސީލު ކުރާނެ ސަފީރުންނަކީ މަގާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރެވޭ ފެންވަރުގެ ތައުލީމާއި ތަޖުރިބާއާއި ގާބިލުކަން ލިބިފައިވާ ބަޔަކަށް ވާން ޖެހެއެވެ. އަދި ގާނޫނު އަސާސީގެ 130 ވަނަ މާއްދާގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިގައި ފުރިހަމަ ވާން ޖެހޭ ހުރިހާ ޝަރުޠެއް އެމީހުންގެ ކިބައިގައިވެސް ހުންނަންޖެހެއެވެ.

61މެންބަރުންގެ ސޮޔާއިއެކު ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

JAMEEL

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑރ.މުހައްމަދު ޖަމީލް އަހުމަދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ފަސްދޮޅަސް އެއް މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.
ޑރ.ޖަމީލުގެ އިތުބަރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިލިއުމުގައި ސަރުކާރުހިންގާ މައިޕާޓީ ޕީޕީއެމް އާއި ކޯލިޝަން ޕާޓުނަރު އެމްޑީއޭގެ އިތުރުން އިދިކޮޅު އެމްޑީޕީގެ 6 މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ 5 މެމްބަރަކު ސޮއިކުރައްވައިފައިވެއެވެ.
މީގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި އަމިއްލަމެމްބަރު ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް ވެސް އެ ލިޔުމުގައި ސޮއިކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބަރުނެތްކަމަށް ފާސްކުރަން ބޭނުންވަނީ 57ވޯޓެވެ.
ބޭސްފަރުވާއަކަށް ސްރީލަންކާއަށް ވަޑައިގަތުމަށްފަހު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވަނީ އެމަނިކުފާނުގެ ސެކިއުރިޓީއަށްވެސް ނާންގަވާ ކުއްލި ގޮތަކަށް އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ ޖަމީލް މިރޭ މީޑިޔާއަށް ފޮނުއްވާފައިވާ ބަޔާނެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މަނިކުފާނާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ދުސްތޫރީ ގޮތުން އެއްވެސް ހުއްޖަތެއް ނެތް ކަމަށާއި އެއީ ވަކި ބައެއްގެ ޒާތީ މަސްލަހަތު ހާސިލްކުރުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.ނައިބު ރައީސްގެ ރަސްމީ ގެކޮޅުގަމުގައިވާ ހިލާލީގޭގެ ލެޓަރހެޑްގައި މިރޭ ނެރުއްވާފައިވާ ބަޔާނުގައި ޑރ ޖަމީލް ވިދާޅުވެފައިވެއެވެ.

ކުވެއިތުގެ މިސްކިތަށް ހަމަލާދިނީ ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށް ކުވެއިތުގެ ދާޚިލީ ވުޒާރާއިން ބުނެފި

epaselect KUWAIT UNREST BLAST

މިދިޔަ ހުކުރު ދުވަހު ކުވެއިތުގެ ޝީއީންގެ މިސްކިތެއްކަމަށްވާ އަލްއިމާމް ސާދިގް މިސްކިތަށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާދިނީ ސައުދީ އަރަބިއްޔާގެ ރައްޔިތެއް ކަމަށް ކުވެއިތުގެ ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ.
އާދިއްތަ ދުވަހުގެ ވަގުތެއްގައި، ކުވެއިތުގެ ދާޚިލީ ވުޒާރައިން ހާމަކުރިގޮތުގައި، މި އަމަލުހިންގި މީހާގެ ސެކިޔުރިޓީ ބެކްގްރައުންޑް ޗެކް މިހާރުވަނީ ނިންމާފައެވެ.އޭގައިވާގޮތުން މިހަމަލާ ދީފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ.

stream_img
މީގެ ކުރިން ޓެރަރިޒަމްގެ އެއްވެސް އަމަލެއްގެ ތުހުމަތު ކުރެވިފައި ނުވާ މިޒުވާނާ، ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޒުން ބަހްރެއިންގެ މަނާމާއަށް ދަތުރުކުރިކަން ސައުދީ އަރަބިއްޔާއިންވަނީ ކަށަވަރުކޮށްދީފައެވެ.
އަދި މިހާތަނަށް އޭނާ އުޅުނު ގޭގެ ވެރިޔާ އާއި އޭނާ ދުއްވި ކާރުގެ ވެރިޔާވެސް މައްސަލައިގެ ތަހްގީގަށް ހާޒިރުކޮށްފައިވާ ކަމަށް މައުލޫމާތުލިބެއެވެ. މި ހަމަލާގައި 27 މީހަކު މަރުވެފައިވެއެވެ.

އެމެރިކާގެ ޖަލަކުން ފިލާފައިވާ ނުރައްކާތެރި ދެ ގައިދީންގެ ތެރެއިން ދެވަނަ މީހާވެސް ހޯދައިފި

america

އެމެރިކާގެ އެންމެ ސެކިޔުރިޓީ ވަރުގަދަ ޖަލަކުން މިމަހުގެ ހަވަނަ ދުވަހު ފިލި ނުރައްކާތެރި ދެ ގައިދީންގެ ތެރެއިން ދެވަނަ މީހާވެސް ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް އެމެރިކާގެފުލުހުން ބުނެފިއެވެ.
ޖަލުން ފިލާފައިވާ ގައިދީންގެ ތެރެއިން ފުރަތަމަ މީހާ ފެނިފައިވަނީ 22ދުވަހުގެ މަސައްކަތަށް ފަހުއެވެ އެއީ ރިޗަރޑް މެޓް ނަމަކަށްކިޔާ މީހެއްކަމަށާއި، އޭނާ ފެނިފައިވަނީ މީގެ ދެދުވަސް ކުރިންކަމަށްވެސް އެމެރިކާގެ ފުލުހުން ބުނެފައި ވެއެވެ.
އެހެންނަމަވެސް ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވުމުން އޭނާގެގަޔަށް ބަޑިޖަހާ މަރާލާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ޑޭވިޑް ސްވެޓް އަތުލައިގަތުމަށް ކުރިމަސައްކަތުގައި ދެފަހަރު އޭނާ ގަޔަށް ބަޑިޖަހާފައިވާއިރު، ކްލިންޓަން ކަރެކްޝަނަލް ސާރވިސް ސެންޓަރުން މައުލޫމާތުދޭގޮތުގައި މި ގައިދީ މިހާރުވަނީ ރައްކާތެރިކަމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިއެވެ.
ފިލައިގެން އުޅުނު ދެވަނަ މީހާ ޑޭވިޑް ސްވެޓް ފެނިފައިވަނީ ކެނެޑާގެ ބޯޑަރާ 5މޭލު ކައިރިންނެވެ.އެމެރިކާގެ ފުލުހުން ހާމަކޮށްފައިވާގޮތުން އޭނާ މަސައްކަތްކޮށްފައިވަނީ ކެނެޑާއަށް އެތެރެވުމަށެވެ.

ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ގޮތެއް ނިންމަން ގަވައިދަށް ގެނައި އިސްލާހު ފާސްކޮށްފި

މަޖިލިސ

ރައީސުލް ޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމުގެ މައްސަލަ ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވުމުގެ ބަދަލުގައި ސީދާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ގޮތެއް ނިންމަން ޖެހޭ ގޮތަށް، މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއިން މިގޮތަށް ފާސް ވެފައިވަނީ، 53 މެންބަރުންގެ އަޣުލަބިއްތުންނެވެ.މި އިސްލާހާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ 14 މެންބަރެކެވެ.މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެފައިވަނީ 66 މެންބަރުންނެވެ.
ގާނޫނުއަސާސީގައި މިހާރު ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައި ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ ހަވާލު ކުރެވިދާނެ ކަމަށެވެ. އަދި އެކަމަށް ރިއާޔަތްކޮށް، މަޖިލީހުގެ ގަވައިދުގައި ވަނީ އެކަމާ ގުޅޭ ގިނަ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަޔާންކޮށްފަ އެވެ.

dsc3985
އެހެން ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ގޮތަށް، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ތާރީހުން ފެށިގެން 14 ދުވަހުގެ ނޯޓިސް ނައިބު ރައީސަށް އަދިވެސް ދޭން ޖެހެ އެވެ.

ނައިބު ރައީސް މަގާމުން ވަކިކުރާ މައްސަލަ ތަހުގީގުކުރަން ކޮމިޓީއަކަށް ފޮނުވަން ނުޖެހޭ ގޮތަށް ގަވައިދު އިސްލާހުކުރުމުން، އެ މައްސަލާގައި މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުން ވަރަށް ބޮޑަށް އަވަސްވާނެ އެވެ. ސަބަބަކީ މަޖިލީހުން އެ މައްސަލަ ބަލައިގަނެ، ދިރާސާ ކުރުމަށް 11 މެމްބަރުންގެ ކޮމިޓީއެއް ކަނޑައަޅަން ޖެހުމާއި އެ ކޮމިޓީން އެ މައްސަލައަކާ ގުޅޭ ހެކި ހޯދަން ޖެހުމެވެ. އަދި ކުރެވޭ ކޮންމެ ތުހުމަތަކަށް ވަކިވަކިން ހެކި ހޯދަން ޖެހެ އެވެ.

ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމަށް ރާއްޖޭން އިސްރާއީލަށް ގޮވާލައިފި

un maldives

އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙްތިރާމްކުރުމަށް ދިވެހި ރާއްޖޭން އިސްރާއީލަށް ގޮވާލައިފިއެވެ.
ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ މިއަދު ސްވިޒަރލޭންޑުގެ ޖެނީވާގައި އޮތް އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 29 ވަނަ ސެޝަންގެ ދަށުން، އިންޑިޕެންޑެންޓް ކޮމިޝަން އޮފް އިންކުއަރީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގި ޢުދުވާން ތަޙުޤީޤުކުރުމަށްޓަކައި 2014 ވަނަ އަހަރު އުފައްދާފައިވާ ކޮމިޝަނުގެ މިއަދުގެ ބައްދަލުވުމުގައި ރާއްޖއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮމިޝަނުގެ މަސައްކަތްތަކަށް އިސްރާއީލުގެ ފަރާތުން އެއްގޮތަކަށްވެސް އެއްބާރުލުން ލިބެމުން ނުދާތީ މިކަމާ ކަންބޮޑުވާކަން ފާޅުކޮށްފައެވެ. މިގޮތުން، އިސްރާއީލުން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ސަރަޙައްދުތަކަށް ގޮސް، ތަޙުޤީޤު ކުރުމުގެ ފުރުޞަތު އިސްރާއީލުގެ ސަރުކާރުން އިންކުއަރީ ކޮމިޝަނަށް ފަހިކޮށްދީފައި ނުވާކަންވެސް ރާއްޖޭންވަނީ ފާހަގަކޮށްފައެވެ. އަދި މިދިޔަ އަހަރު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ޣައްޒާއަށް ޙަމަލާ ދީފައިވަނީ، އެންމެ ގިނަ ބައެއްގެ ފުރާނަޔަށް ގެއްލުން ދެވޭނެ ގަޑިތަކާއި ޙާލަތްތައް ބަލައިގެން، ވަރަށް ރޭވުންތެރިކަމާ އެކުގައި ކަމަށާއި، މިގޮތުން، ރޯދަވީއްލާ ވަގުތާއި ހާރުކާ ވަގުތު ޙަމަލާ ދީފައިވާކަމަށްވެސް ދިވެހިރާއްޖެއިން ބުނެފައިވެއެވެ. އިސްރާއީލުގެ މިހަރުކަށި ޢަމަލުތައް ކުށްވެރިކުރަމުން، ރާއްޖޭންވަނީ އިސްރާއީލުން ހިންގި ޢުދުވާން ލަސްނުކޮށް ތަޙުޤީޤުކޮށް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމްކޮށްދީ އިސްރާއީލާ ދެކޮޅަށް އަވަސް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ގޮވާލާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިފައިވާ މިނިވަންކަމުގެ ޙައްޤަށް އިޙްތިރާމްކުރުމަށްވެސް ދިވެހި ރާއްޖޭންވަނީ އިސްރާއީލަށް ސަރުކާރަށް ގޮވާލާފައެވެ.

ބޮލަކަށް 400ރ. ގެ މަގުން ފަގީރުންނާއި މިސްކީނުންނަށް ފައިސާ ދޫކުރަން ފަށައިފި

zakaai
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު ފައިސާގެ ތެރެއިން ބޮލަކަށް 400ރ. ގެ މަގުން ފަގީރުންނާއި މިސްކީނުންނަށް ފައިސާ ދޫކުރަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު މިއަދު ވިދާޅުވި ގޮތުގައި މާލެ އާއި އަތޮޅުތަކުގައި ވެސް ޒަކާތު ފައިސާ މިހާރު ދޫކުރަމުން އަންނަކަމަށެވެ.މުދަލުގެ ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ލިބުނު 52 މިލިއަން ރުފިޔާގެ ތެރެއިން ފަގީރުންނަށް ބަހަން ނިންމާފައި ވަނީ 15 މިލިއަން ރުފިޔާ އެވެ.

zakaai 2
ފަގީރުންގެ ގޮތުގައި މާލެ އިން 2014 ވަނަ އަހަރު 13000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު އަތޮޅުތަކުން 37800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރައީސް ނަޝީދު ދެމަސްދުވަހަށް ގޭބަންދަށް ބަދަލުކޮށްފި

nasheed

ސިއްހީ ފަރުވާ ހޯއްދަވަމުން ގެންދަވާ ކުރީގެ ރައީސް ނަޝީދު ގެ ގޭ ބަންދުގެ މުއްދަތު ދެމަސްދުވަހަށް ހޯމްމިނިސްޓަރީން ރޭ އިތުރުކޮށްފިއެވެ.
ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތިންދުވަހަށް ގޭގެ ބަންދަށް މިދިޔަ އާދީއްތަ ދުވަހު ވަނީ ބަދަލުކޮށްފަ އެވެ. ކަރެކްޝަނަލް ސާވިސް އިން އޭރު ބުނެފައިވާ ގޮތުގައި އެ މަނިކުފާނު ގެ އަށް ބަދަލުކުރީ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ.
ގޭ ބަންދުގައި ނަޝީދު ހުންނަވަނީ އަނބިކަނބަލުންގެ ގެ، މ. ޔާގޫތުގޭގަ އެވެ. ގޭ ބަންދަށް ބަދަލުކުރި ފަހުން ނަޝީދު ވަނީ އޭޑީކޭގައި ޓެސްޓްތަކެއް ހައްދަވައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނުތަކާއި ގަވައިދާ ހިލާފަށް ބަންދުކުރި މައްސަލާގައި ޖަލަށް ލާފައިވާ ނަޝީދު ގޭ ބަންދަށް ބަދަލުކުރީ، ސަރުކާރާއި އެމްޑީޕީއާ ދެމެދު ހެދި “ޑީލްއަކުން” ކަމަށް ވާހަކަ ދެއްކެވެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރާއި 65 އަހަރުގެ ދެމެދަށް ބަދަލުކުރަން، ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީން ވޯޓު ދިނުމެވެ.