ޕާރޓީ ޓޯކްސްގައި ޝެއިޚް އިމްރާއި ކާނަލް ނާޒިމްގެ އިތުރުން ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ހުށަހެޅުނު: އެމްޑީޕީ

medium_57753

ޕާރޓީ ޓޯކްސްގައި އަދާލަތު ޕާރޓީގެ ރައީސް ޝެއިޚް އިމްރާއި ކުރީގެ ޑިފެންސްމިނިސްޓަރ ކާނަލް ނާޒިމްގެ އިތުރުން 1700 ސިޔާސީ ހައްޔަރީން މިނިވަންކުރުމަށް ހުށަހެޅުނު ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރ ޕާރސަން އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
ނިޔާޒް ވިދާޅުވީ ޕާރޓީ ޓޯކްސްގައި ހަމައެކަނި ވާހަކަދެކެވުނީ ކުރީގެ ރައީސް ނަޝީދު މިނިވަން ކުރުމަށް ނޫން ކަމަށާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނާއި،ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ވެސް ނާއިންސާފުން ޝަރީއަތެއްކޮށް ނުހައްޤުން ޖަލަށް ލާފައިވާތީ އެމަނިކުފާނު ވެސް ސަލާމަތް ކުރުމަށް ޕާޓީ ޓޯކްސްއަށް ދިޔައިރުގައި އެޖެންޑާ ކުރެވެގެން ދިޔަކަމަށެވެ.
އެމްޑީޕީން ދިޔައީ ކުރީގެ ރައީސް ނަޝީދު ނަޝީދު އެކަނި މިނިވަން ކުރަން ނޫން، ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދުމަށް ބޮޑު ޤުރުބާނީއެއް ވެލެއްވި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާންވެސް އެހުރީ ޖަލުގައި.ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމަށް ވެސް ނާއިންސާފުން ޝަރީއަތެއްކޮށް ނުހައްޤުން ޖަލަށް ލާފައިވާތީ އެމަނިކުފާނު ވެސް ސަލާމަތް ކުރުމަށް ޕާޓީ ޓޯކްސްއަށް ދިޔައިރުގައި އެޖެންޑާގައި އެކަން އޮތް” ނިޔާޒް ވިދާޅުވިއެވެ.
“ސަރުކާރަށް ހުށަހެޅިންވެސްމެ. އަދި ސަރުކާރުން އެކަމަށް އެއްބަސްވެސްވި. އަދި ފެބްރުއަރީ 7 ން ފެށިގެން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި 1700 އަށް ވުރެ ގިނަ ރައްޔިތުންގެ ލިސްޓް ފޮނުވިން. އެލިސްޓު ބަލާ އެމީހުން މިނިވަން ކުރެވޭނޭ ގޮތްތައް ހިއްސާ ކުރަމުން ދިޔަ.” ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ވާހަކަތަކަށް ދިޔަ އެންމެބޮޑު އެއް ބޭނުމަކީ ރާއްޖޭގެ ޝަރުޢީ ނިޒާމް ރަނގަޅު ކުރުން ކަމަށާއި ރާއްޖޭގެ ޝަރުޢީ ނިޒާމަށް ގެންނަން ފެންނަ 21 އިސްލާހެއް ހުށަހެޅުއްވި ކަމަށެވެ. އަދި ހުރިހާ ކަމަކާއެކީގައި ސަރުކާރާ ވާހަކަ ދައްކަމުން ދިޔައީ އަދި ސަރުކާރުން އެދޭ ކަންތައްތަކަށް އެއްބަސްވަމުން ދިޔައީ އެއްވެސް ހާލެއްގައި ވަކި ފަރުދަކު ނުވަތަ އެންމެ މީހެއްގެ މިނިވަން ކަމަކަށް ނޫން ކަމަށެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަޞްދީޤް ކުރައްވައިފި.

 maldives_polls360x270

“ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިއްޔެ ތަޞްދީޤް ކުރައްވައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގައި ބުނެފައިވަނީ ކައުންސިލެއްގެ ދައުރުގެ ތިން ބައި ކުޅަ އެއްބައި ފާއިތުވުމަށް ފަހު އެ ކައުންސިލަކުން މެމްބަރުކަމުގެ ގޮނޑިއެއް ހުސްވިޔަސް އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރާކަށް ނުޖެހޭނެ އެވެ.
އެހެންވެ، މިހާރު ހުރި ކައުންސިލްތަކުގެ މެމްބަރަކު އިސްތިއުފާ ދެއްވިޔަސް ނުވަތަ ވަކިވެވަޑައިގަސް އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރަން ބައި އިލެކްޝަނެއް ދެން ނުބާއްވާނެ އެވެ. އެ ހާލަތުގައި ބައި އިލެކްޝަނެއް ބޭއްވެނީ، އެ އިސްލާހުގައިވާ ގޮތުން، ކައުންސިލްގެ ބައްދަލުވުމެއް ބޭއްވޭ ގާނޫނީ އަދަދު ހަމަނުވާ ނަމަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި މިބިލް ޝާއިޢު ކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ފާސްކޮށްފައިވަނީ މި ޖުލައި މަހުގެ 22 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާއިންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިނިވަންދުވަހުގެ ފުޅަނދުބުރު ބައްލަވާލައްވައިފި

 64913_ccf79a43-1_

 މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ މުނާސަބަތުގައި، ރޭ މާލޭގެ މަގުތަކުގައި ބޭއްވި ފުޅަނދުބުރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ. މި ފުޅަނދުބުރު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ނުކުމެވަޑައިގަތީ މުލީއާގޭ ކުރިމައްޗަށެވެ.

64959_7458e91f-2_

ރޭގެ މި ފުޅަނދުބުރު ފެށިފައިވަނީ 21.00 ގައި ސޯޝަލް ސެންޓަރ ކައިރިންނެވެ. މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމްކުރެއްވި މި ފުޅަނދުރުބުރުގައި ބައެއް މިނިސްޓްރީތަކުންނާއި، މުޢައްސަސާތަކުންނާއި، ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވިއެވެ.

މިނިވަންކަމުގެ ރަންޔޫބީލް ފުޅަނދުބުރު ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި ބައެއް ވަޒީރުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިވަންކަމުގެ އައްޑަނަ ކުރީގެ ރައީސް ނަސިރަށާއި،ކުރީގެ ރައީސް މައުމޫނަށް

64595_4510b484-d_

ދިވެހި ދައުލަތުގެ ފަރާތުން “މިނިވަން 50ގެ ޝަރަފުގެ އައްޑަނަ” ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ)ގެ ހަނދާނަށާއި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް މި ޢިއްޒަތް އެރުވީ، މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ހަނދާނަށް “މިނިވަން 50ގެ ޝަރަފުގެ އައްޑަނަ” މި އެރުވީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން 26 ޖުލައި 1965 ގައި ދިވެހިރާއްޖެއަށް ލިބުނު ފުރިހަމަ މިނިވަންކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ކޮށްދެއްވި މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

64584_e0354ff3-1_

އަދި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް (ނ.ޣ.ޢ.ވ) އަށް “މިނިވަން 50ގެ ޝަރަފުގެ އައްޑަނަ” މި އެރުވީ އިނގިރޭސި ދައުލަތުގެ ޙިމާޔަތުގެ ދަށުން ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމަށްފަހު، ރާއްޖޭގެ މިނިވަންކަން ޙިމާޔަތް ކުރައްވައި، ދިފާޢު ކުރައްވައި، ދެމެހެއްޓެވުމަށްޓަކައި ދިވެހި ޤައުމަށް އެމަނިކުފާނު ކޮށްދެއްވާފައިވާ މަތިވެރި ޚިދްމަތްތަކުގެ އަގު، ދިވެހި ދައުލަތުން ވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުގައި، “މިނިވަން 50ގެ ޝަރަފުގެ އައްޑަނަ” ލިބިވަޑައިގެންނެވި ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިން ކަމުގައިވާ، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނަށާއި، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް، ދިވެހި ދައުލަތުގެ ނަމުގައި މަރުޙަބާއާއި ޝުކުރު ދެންނެވިއެވެ.

 

ބޭރުގެ ނުފޫޒުތަކުން ސަލާމަތްވެފައިވާ މިނިވަން ގައުމެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދޭންޖެހޭ : ރައީސް

  64605_c14154b6-6_

ކުރިޔަށް އޮތް ފާގަތި ދިގު ޒަމާންތަކަށް އަޅުގަނޑުމެން އިންތިޒާރު ކުރާއިރު، އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބަކަށްވާންވީ، ފުރިހަމަ މިނިވަންކަމާއެކު ބޭރުގެ އެންމެހައި އިސްތިޢުމާރީ ނުފޫޒުތަކުން އެއްކިބާވެ ތިބެ، ދީމިޤްރާތީ ޖުމްހޫރިއްޔާއެއްގެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ޤައުމު ވާޞިލުކޮށްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ މިނިވަންކަމަށް ގުޑުންއެރި ކޮންމެ ފަހަރަކު، އެކަން ކުރިމަތިވެފައިވަނީ، ހަމައެކަނި ސިޔާސީ މަންފާއެއް ލިބިގަތުމަށް ސިޔާސީ ފިކުރެއްގެ ތެރެއިން އުފެދިގެން އައި ކަންތައްތަކަކުން ނޫންކަމުގައި ވިދާޅުވިއެވެ. އަދި، އެކަން އެގޮތަށް ދިމާވެފައިވަނީ، ދާޚިލީ މައްސަލަތައް ވަކިގޮތަކަށް ޙައްލުކުރުމަށް ބޭރުގެ ފަރާތްތަކުން އެހީތެރިކަން ހޯދުމުގައި، އޭރުގެ ބޮޑުން ޢަމަލުކޮށްފައިވާ ގޮތްތަކުންކަމަށް ދިވެހި ތާރީޚުން ހެކިދޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

64613_c4f1f104-f_

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އެތެރެއިން ދިމާވާ ގޮންޖެހުންތަކަށްވުރެ، ޤައުމުން ބޭރުން އަންނަ ޙަމަލާތަކަކީ، މިއަދު އަޅުގަނޑުމެން އެކަމަކަށް ވަރަށް ބޮޑަށް ފާރަލައި ސަމާލުކަން ދޭންޖެހިފައިވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިޤްތިޞާދީ ގޮތުން މުއްސަނދި ޤައުމުތަކުން އެކިއެކި ފިކުރުތަކާއި ޘަޤާފަތްތައް ފެތުރުމުގެ ޒަރީޢާ ބޭނުންކޮށްގެން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ދާޚިލީ އިޚްތިޞާޞްގެ ތެރެއަށް ވަނުމާއި، ޤައުމީ ސިޔާދަތަށް އުނިކަން އަންނަ އުޞޫލުތަކާއި ގޮތްތައް ތަޢާރުފުކުރަން އުޅުމަކީ، ބައިނަލްއަޤްވާމީ ޞުލްޙައިގެ ނަޒަރުން ބަލާއިރު، ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ކަމުގައި ބަޔާންކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޤައުމަކަށް ލިބިފައިވާ މިނިވަންކަމުގެ އަގު އެންމެ ފުރިހަމައަށް ވަޒަންކުރެވޭނީ، އެޤައުމެއްގައި އިޤްތިޞާދީ ފުދުންތެރިކަން ޤާއިމުކުރެވި، އެކަމުގެ މަންފާ، ޤައުމުގެ އެންމެހައި ރައްޔިތުންނަށް ލިއްބައިދެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ. އަދި، ޤައުމެއްގައި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކޮށް، އިޖުތިމާޢީ ގޮތުން ރައްޔިތުން ބާރުވެރިކޮށް، އުފާފާގަތި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރު ކޮށްދެވޭނީ އިޤްތިޞާދީ ފުދުންތެރިކަން ރައްޔިތުންނަށް ހޯދައިދެވިގެން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އިޖުތިމާޢީ ތަރައްޤީއާއި، މުޖުތަމަޢުގެ ހަމަޖެހުމަކީ، ޤައުމެއް ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އޮތުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ބަވަނަވެފައިމިވާ ދުނިޔޭގައި، ޒަމާނަށް އައިސްފައިވާ ބަދަލުތަކުގެ ނުރަނގަޅު އަސަރުތަކުގެ ސަބަބުން، ރާއްޖޭގެ މިއަދުގެ އިޖުތިމާޢީ ފޭރާމުގައި ވަނީ ބޮޑެތި ބާގަނޑުތަކެއް އުފެދިފައިކަން ހިތާމައާ އެކު ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

 

މިނިވަންކަމަށް ބުރުލެއްއަރާފަދަ ކަމަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި

ޔަަމިނެެ

ރާއްޖޭގެ މިނިވަންކަމަށް ބުރުލެއްއަރާފަދަ ކަމަކަށް އެއްވެސް ބަޔަކަށް ފުރުޞަތު ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މިނިވަންކަމުގެ ރަންޔޫބީލް މުނާސަބަތުގައި ރޭ 00.00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިވަން ޙަޔާތުގެ އާ އަހަރުތަކަކާ ކުރިމަތިލާއިރު، އަޅުގަނޑުމެންނާ ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކަށް ކެތްތެރިކަމާއި ހިތްވަރާއެކު ކުރިމަތިލުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

64293_16d859de-c_

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ޤައުމުގެ މިނިވަންކަމަކީ ދިވެހިރާއްޖެއަށް ލިބިފައިވާ މަތިވެރި، ޝަރަފުވެރި ނިޢުމަތެއްކަމަށް ސިފަ ކުރެއްވިއެވެ. މިގޮތުން، އެއީ ދިވެހި ޤައުމަށްޓަކައި ދިވެހި ކާބަފައިން ވެވަޑައިގެންފައިވާ ޤުރްބާނީތަކުގެ އަގުހުރި ހަދިޔާއެއް ކަމަށާއި، ރާއްޖޭގެ މިނިވަންދުވަސް ފާހަގަކުރަމުންދާއިރު، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ އެންމެބޮޑު ޤައުމީ މަސްއޫލިއްޔަތަކީ، އެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޒުވާން ޖީލަށް އެކަމުން ފިލާވަޅުތަކާއި ޢިބްރަތްތަކެއް ޙާޞިލުކޮށްދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

64297_76488c5e-9_

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، އެ މިނިވަންކަން ޙާޞިލުކުރުމަށްވުރެ ބޮޑު ކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. މިގޮތުން، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު މިއަދާ ހަމަޔަށް ޙިމާޔަތް ކުރެވިފައި މިވަނީ، އިސްލާމީ ޢަޤީދާއާއި، އަޅުގަނޑުމެންގެ ޤައުމީ ވަޙުދަތުގެ ސަބަބުންކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ރާއްޖޭގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަކީ، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް، އަދި މަސްއޫލިއްޔަތެއްކަން ބަޔާން ކުރައްވަމުން، އެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެވޭނީ، އަޅުގަނޑުމެންނަކީ އިޚްލާޞްތެރި، ތެދުވެރި ބަޔަކަށްވެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

 

މިލްކުކުރެވޭ ބިންތަކުގައި ރާއްޖޭގެ ގާނޫންތަކާއި، އިސްލާމްދީނާއި ޚިލާފް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް ނުލިބޭނެ: ރައީސް

ގަަނޮޮނ ބިލލ

ބޮޑެތި އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވުނު ނަމަވެސް އެބިންތަކުގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށާއި، ގާނޫނުތަކާއި ޚިލާފް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުލިބޭނެކަމަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެއްބިލިއަން ޑޮލަރު އިންވެސްޓްކުރާ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެއިން ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ތަސްދީގު ކުރައްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ގާނޫންއަސާސީއަށް ގެނެވުނު އާ އިސްލާހުގެ ދަށުން ދޫކުރާ ބިންތަކުގައި ރާއްޖޭގެ ގާނޫނުތަކާއި، އިސްލާމްދީނާއި ޚިލާފް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

ރައީސް ޔަމީން
އަދި މި އިސްލާހުގެ ސަބަބުން ބިން ދޫކުރެވިގެންދާނީ މިހާރު ހުރި ހިކިފަސްތަންތަނުން ނޫންކަމަށާއި، މިއީ ހަތްދިހަ އިންސައްތަ ކަނޑުގެ ސަރަހައްދު ހިއްކާ ގޮތަށް ދެވޭ ބިންތަކެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި އިސްލާހާއި ގުޅޭގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ބޭރުގެ ފަރާތްތަކަށް ބިން މިލްކޮށްދެއްވި ނަމަވެސް މި ބިންތަކުގެ ވަޒަންވެރިވުމުގެ ފުރުސަތު ލިބިގެން ނުދާނެކަމަށެވެ.
މީގެއިތުރުން މިއީ ހއ. އިން ފެށިގެން އައްޑޫއަށް ހިސާބަށް ހުރި ތަންނަށް ބިން މިލްކު ކުރޭ ގޮތަށް ކުރާ ކަމެއް ނޫންކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅޭނެ ބިން ހުސްވުމުގެ ބިރެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފަރަންސޭސި ސަފީރު މަޖިލީހުގެ ރައީސާއި ބައްދަލު ކުރައްވައިފި

ފަރަނސެޔސި ސަފެެރ

ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލަންސީ މިސްޓަރ ޖީން މެރިން ޝޫ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ މަސީޙް މުޙަންމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އޮތް މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވައި އެގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް މަޖިލީހުގެ ރައީސް އަލިއަޅުވާލެއްވިއެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިޔަށްދާގޮތާ ބެހޭގޮތުން ވެސް މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛު އަޙްމަދު މުޙަންމަދާއި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް، އަލްފާޟިލް ޢަބްދުލްޙަމީދު ޒަކަރިއްޔާ ބައިވެރިވެވަޑައިގަތެވެ. ފަރަންސޭސިވިލާތުގެ ސަފީރުގެ އަރިހުގައި ބައިވެރިވެވަޑައިގަތީ އެޤައުމަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް އަލްފާޟިލް އިސްމާޢީލް ވާފިރެވެ.

ރައީސް މައުމޫންގެ ކަންބޮޑުވުންތަށް ރައީސް ޔާމީނަށް

yaamni 4

ބޭރުގެ ފަރާތްތަކަށް ރާއްޖެ އިން ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުގައި ހުރި ކަންބޮޑުވުންތައް ފާޅުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސިޓީއެއް ފޮނުއްވައިފިއެވެ.
ކުރީގެރައީސް އަދި ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ފޮނުއްވި މިސިޓީގައި ވިދާއަޅުވެފައިވަނީ ދިވެހިރާއްޖޭގެ ބިން މިލްކުކުރުމުގެ ހައްޤު ބޭރު ފަރާތްތަކަށް ދޫކުރުމަކީ އެކަމުގެ ސަބަބުން ރާއްޖެއާއި ރައްޔިތުންނަށް ދެރަގޮތްތަކެއް މެދުވެރިވެދާނެ ކަމެއް ކަމަށެވެ. މިސިޓީ ގައި މައުމޫން ވަނީ ރާއްޖޭގެ ބިމަކީ މިވަގުތު ދިރިތިބީންނާއި މުސްތަޤްބަލްގެ ޖީލުތަކުގެ ހައްގެއްކަމަށާއި، ރާއްޖޭގެ ބިމުން އެންމެ ކުޑަތަންކޮޅެއްވިޔަސް މިލްކުކުރުމުގެ ހައްގު މީގެ ކުރީގެ ސަރުކާރުތަކުން ދީފައިނުވާކަން ފާހަގަ ކުރައްވާފައެވެ.
މައުމޫނު ފާހަގަކުރެއްވި ގޮތުގައި ދިވެހި ރާއްޖޭގެ މުސްތަގްބަލަށާއި އަންނަން އޮތް ޖީލުތަކަށް އަސަރުކުރާފަދަ މުހިންމު ބަދަލު ޤާނޫނު އަސާސީއަށް ހުށަހަޅާފައިވަނީ އެކަށީގެންވާ ވަރަށް އެއްވެސް ދާއިރާއެއްގައި ބަހުސް ނުކޮށް، އަދި ރައްޔިތުންގެ ޚިޔާލުވެސް ނުހޯދައެވެ.
މިސިޓީގައި މައުމޫން ވިދާޅުވަނީ، އެމަނިކުފަނު މިވާހަތައް މި ދަންނަވަނީ، ޤައުމަށް ހެޔޮއެދޭ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުންނާއި، ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރޭއިރު، އޭގެތެރެއިންވެސް ތިރީސް އަހަރު ދުވަހުގެ މުއްދަތުގައި ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމުގައިހުރެ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމުގައި ދިމާވި ގޮންޖެހުންތަކާއި ކުރިމަތިލައި، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ދިވެހިރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތެއް ކޮށްފައިވާ މީހެއްގެ ޙައިސިއްޔަތުން ކަމަށެވެ.
މައުމޫނުގެ ސިޓީ މީޑިއާގައި ޢާއްމުކޮށްފައިވާއިރު، އެއްވެސް ފަރާތަކުން ރައީސަށް ފޮނުވާ ސިޓީއެއް މީޑިއާގައި އާއްމުކޮށްފިނަމަ އެސިޓީއަކަށް ރައީސް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވެ މައުމޫންގެ ސިޓީ ފުޅަށް ސަރުކާރުގެ ތަރުޖަމާނުވަނީ ޖަވާބުދެއްވާފައެވެ.

ގާނޫންއަސާސީއަށް އިސްލާހްގެނައުމުގެ ބިލް ކޮމެޓިން ނިންމިގޮތަށް ފާސްކޮށްފި

ނިހަަނ 2

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ހުށަހަޅުއްވާފައިވާ،  ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލު، 11 މެންބަރުންގެ ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތަށް 70 މެންބަރުންގެ އަޢުލަބިއްޔަތުން ފާސްކުރައްވައިފިއެވެ.

މިބިލް، ފާސްކުރެއްވުމަށް ފެނިވަޑައިނުގަންނަވާކަމަށް 14 މެންބަރުން ވޯޓް ދެއްވާފައިވެއެވެ.

މި ބިލު ވަގުތީ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާދެއްވީ އެ ކޮމިޓީގެ މުޤައްރިރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު އެވެ. އަދި، މިބިލަށް 8 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

މި ބިލުގެ ފުރަތަމަ ކިޔުން އިއްވަވާފައިވަނީ 21 ޖުލައި 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 15 ވަނަ ޖަލްސާގައެވެ. އަދި ހަމައެދުވަހު، ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ 16 ވަނަ ޖަލްސާގައި މި ބިލު އިތުރަށް ދިރާސާކުރެއްވުމަށް 11 މެންބަރުންގެ ވަގުތީ ކޮމިޓީއަށް  ފޮނުއްވާފައިވެއެވެ.