ފްލެޓްތަކަށް ކުރިމަތިލީ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ބަލަން ފަށަނީ

2-1024x768

ސަރުކާރުން ފަށާފައިވާ ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ދަށުން ފްލެޓަށް ކުރިމަތިލީ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ބެލުމުގެ މަސައްކަތް މިމަހުގެ ފަހުކޮޅު ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދު ވިދާޅުވީ، ގެދޮރުވެރި ކުރުން ޕްރޮގްރާމުގެ ދަށުން ފޯމުތައް ޗެކް ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ހުޅުވާލި ބޯހިޔާވަހުކަމުގެ ޕްރޮގްރާމަށް ފަނަރަ ހާހަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު މިހާތަނަށް ފަސްހާސް މީހުންގެ ފޯމް ޗެކްނުކުރެވި ވާ ކަމަށް ހަސަން ރަޝީދު ވިދާޅުވިއެވެ.
ހަސަން ރަޝީދު ވިދާޅުވީ، ގެތައް ޗެކް ކުރުމުގައި އަމަލު ކުރާނެ މިންގަނޑު ކަނޑައަޅާނެ ކަމަށާއި، އަދި ގެތައް ޗެކް ކުރަން ފެށުމުގެ ކުރިން އިއުލާނެއް ވެސް ކުރެވޭނެ ކަމަށްވެސް ހަސަން ރަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ ބޯހިޔާވަހި ކުރުމުގެ ޕްރޮގްރާމުގެ ދަށުން އެއްހާސް އައްޑިހަ ފަސް ފަރާތަށް ފްލެޓް ދިނުމަށް ވަނީހަމަޖެހިފައެވެ
މިހާރު މި ފްލެޓް ތަކުގެ ކޮންސްޓްރަކްޝަން މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު ފްލެޓް ނިމުމުގެ ކުރިން ފައިނަލް ލިސްޓެއް އިއުލާނު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އިބަ އޮތް ކަމަށް ހަސަން ރަށީދު ވިދާޅުވިއެވެ.

އިންޖީނު ގެ މަސައްކަތްތައް ނިމޭނެ ވަކިތާރީޚެއް ނޭގޭ: ސްޓެލްކޯ

stelco1

ސްޓެލްކޯ އިން މާލެއަށް ކަރަންޓް ދިނުމަށް ބޭނުން ކުރާ އެންމެ ބޮޑު އެއް އިންޖީނު ގެ މަރާމާތުގެ މަސައްކަތްތައް ނިންމާލެވޭ ވަކި ތާރީޚެއް ބުނަން ނޭނގޭ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ރައޫފު ވިދާޅުވީ، މާލޭގެ ކަރަންޓްގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ އިންޖީނު ހަލާކުވުމުން، އެ އިންޖީނުގެ މަރާމާތުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެހެން ނަމަވެސް އިންޖީނަށް ދިމާވި މައްސަލަ މުޅިން އެއްކޮށް ރަގަޅު ކުރެވޭނެ ތާރީހެއް ބުނަން ނޭންގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޖީނަށް ބޭނުންވާ ސްޕެއަ ޕާޓްސްތައް ހޯދުމަށްޓަކާއި އެތަކެއްޗަށް އޯޑާރ ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުންދާ ކަމަށް އަދި އެ ތަކެތި މާލެ ގެނެވޭނެ ވަކި ތާރީހެއް އަދި ބުނަން ނޭނގޭ ކަމަށް ވެސް ރައޫފް ވިދާޅުވިއެވެ.
ސްޓެލްކޯ އިން އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރަންފަށާފައިވަނީ މިދިއަ ޖުލައި މަހުގެ ކުރީ ކޮޅުއެވެ.
މިކަމުގެ ސަބަބުން ދިމާވާ ދަތިތައް ވަގުތީގޮތުން ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަންގެ ދެ އިންޖީނެއް ސްޓެލްކޯ އިން ވަރަށް އަވަހަށް ބޭނުން ކުރަން ފަށާނެ ކަމަށްވެސް ރައޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ސްޓެލްކޯ އަށް އިތުރު ދެ އިންޖީނެއް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށްވެސް ރައޫފް ވިދާޅުވިއެވެ.

އެމްއެޗްގެ ދޮރުފަތެއްގެ ބައެއް ކަމަށް ބެލެވޭއެއްޗެއް ފެނިއްޖެ

australia-mh370-759

މިދިޔަ ބުދަ ދުވަހު އިންޑިޔާ ކަނޑުގައިވާ ފްރާންސްގެ ރަށެއްކަމަށްވަ ރީޔޫނިއަން އައިލެންޑްއިން ބޮއިންގް މަރްކާ777 ގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ފެނުމަށްފަހު އަނެއްކާވެސް މަތިންދާ ބޯޓެއްގެ ދޮރެއް ފެނިއްޖެއެވެ.
ރީޔޫނިއަން އައިލެންޑްގެ ގޮނޑުދޮށަށް ލައްގާފައިއޮއްވާ ފެނުނު މި ދޮރުގައި ކޮންމެވެސް ވަރެއްގެ ލިޔުންތަކެއް ހުރިކަމަށް މޯޑިއާ މައުލޫމާތުތަށް ބުނެއެވެ.

1ec4bb84-cdf1-426f-8e47-9d788fe58381-2060x1236

މިދިޔަ އަހަރުގެ މާރޗްމަހުގެ ތެރެގައި ގެއްލުނު މަތިންދާ ބޯޓުގެ އެއްވެސް ނިޝާނެއް މިވީހަތަނަށް ފެނިފައިނުވާއިރު، ދުނިޔެގެ އެކި ގައުމުތަކުން މި މަތިންދަ ބޯޓްހޯދުމުގެ މަސައްކަތް މިވީ އަހަރެއްހާ ދުވަހުވަނީ ކޮށްފައެވެ.
މި ހަފްތާގެ ތެރެގައި ކުރިން ފެނުނު ފިޔަގަނޑުގެ ތަހްލީލުތައް ނިމި ނަތީޖާތައްލިބެނެ ކަމަށް ކަމާބެހެ ފަރާތްތަކުން ހާމަކޮށްފައިވާއިރު، މެލޭޝިޔާގެ ބޮދުވަޒީރު ވަނީ އެ ފިޔަގަނޑަކީ ބޮއިންގް މަރުކާ777 ގެ ބައެއް ކަމަށް ބުނެފައެވެ.

އެސްޓިއޯއަށް ލިބުނު ސާފްފައިދާގެ މިންވަރު ރެކޯޑް މިންވަރަށް މައްޗަށް

DSC_0245.JPG

މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓިއޯއަށް ލިބުނު ސާފްފައިދާގެ މިންވަރު ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.
ސަރުކާރާއި އާއްމުރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން ނެރެ އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ދެވަނަ ކުއާޓަރގެ ވަގުތީ މާލީބަޔާނަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި އެސްޓީއޯއަށް ލިބުނު ސާފް ފައިދާގެ މިންވަރު އުޅެނީ އަށްޑިހަ އަށް މިލިއަން ރުފިޔާގައެވެ. މިއީ ކުއާޓަރ އެއްގައި އެސްޓީއޯގެ ސާފްފައިދާ މިހާ ބޮޑަށް އިތުރުވި ފުރަތަމަ ފަހަރެވެ. ދެވަނަ ކުއާޓަރގައި އެސްޓީއޯއިން އެކެއް ޕޮއިންޓް ފަހެއް ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވާއިރު، އާމްދަނީގެ ގޮތުގައި ލިބުނު މިންވަރު އުޅެނީ އެކެއް ޕޮއިންޓް އަށެއް ބިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި ތިންސަތޭކަ ތިން މިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި ހިންގައިގެން ލިބުނު ފައިދާގެ މިންވަރު އުޅެނީ ސަތޭކަ ތިރީސް ހަ މިލިއަން ރުފިޔާއެވެ. މި މުއްދަތުގެ ތެރޭގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބުނު މިންވަރު އުޅެނީ ސަތޭކަ ތޭރަ މިލިއަން ރުފިޔާލިބިފައިވާއިރު އެސްޓީއޯއިން ވަނީ ނިމިގެންދިޔަ ދެވަނަ ކުއާޓަރގައި ވިޔަފާރީގެ ފައިދާއިން ޓެކްސްގެ ގޮތުގައި ފަންސަވީސް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާ ދައްކާފައެވެ. އެހެންކަމުން ދެވަނަ ކުއާޓަރގެ ސާފްފައިދާގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ އަށްޑިހަ އަށެއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާއެވެ.
އެސްޓީއޯގެ ދެވަނަ ކުއާޓަރގެ މާލީ ބަޔާނަށް ބަލާއިރު، އެންމެ ބޮދަށް ފާހަގަކުރެވިފައިވަނީ މި މުއްދަތުގެ ތެރޭގައި ވިއްކުމަށާއި، މާކެޓް ކުރުމަށް ކުރި ހަރަދުތައް ކުޑަކޮށްފައިވާކަން. މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެސްޓީއޯގެ ސެލިންގ އަދި މާކެޓް ކުރުމުގެ ހަރަދުތަކަށް ސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، ދެވަނަ ކުއާޓަރގައި މިއަދަދު އުޅެނީ ސާޅީސް ހަ މިލިއަން ރުފިޔާގައެވެ.

ދިވެހިރާއްޖޭގެ އެންމެ ބާރުދުވުންތެރިއާ ހަސަން ސާއިދު ރަންމެޑަލް ހޯދައިފި

ސަައިދު

ރީޔޫނިއަންގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ސަތޭކަ މީޓަރ ދުވުމުން ދިވެހިރާއްޖޭގެ އެންމެ ބާރުދުވުންތެރިއާ ހަސަން ސާއިދު ރަންމެޑަލް ހޯދައިފިއެވެ.
ސާއިދު ހޯދާފައިވާއިރު، މިއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިވެހިރާއްޖެ ހޯދި ފުރަތަމަ ރަންމެޑަލަށްވެފައިވާއިރު އަދި މިއީ ބައިނަލްއަޤްވާމީ އެތްލެޓިކްސް މުބާރާތަކުން ދިވެހިންނަށް ލިބުނު ފުރަތަމަ ރަންމެޑަލްއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 100 މީޓަރ ދުވުމުން ދިވެހިރާއްޖޭގެ ބާރު ދުވުންތެރިއާ ސާއިދު ރަންމެޑަލް ހޯދާފައިވާއިރު، މުބާރާތަށް ކުރިމަތިލިއިރު، ސާއިދު ރަންމެޑަލެއް ހޯދާނޭކަމުގެ އުއްމީދު ބޮޑުކަމަށްވެސް ސާއިދުގެ ކޯޗް އަހުމަދު ފާއިލް ގޭމްސް އަށް ދިޔުމުގެ ކުރިން ވަނީ ބުނެފައެވެ.ސާއިދު މިހޯދި ރަންމެޑަލް އާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހްމަދު އަދީބް ހަސަން ސާއިދަކީ ގައުމު ފަހުރިވެރިވާ އަދި ގައުމީ ބަތަލެއް ކަމަށެވެ.

ތެޔޮ ހޯދުމަށް އިނގިރޭސި އަދި ނޯވޭ ކުންފުންޏަކުންޝައުގުވެރިކަން ފާޅުކޮށްފައިވޭ: ޑރ ޝައިނީ

DSC_9382

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެޔޮ ހޯދުމަށް  އިނގެރޭސިވިލާތުގެ ކުންފުންޏަކާއި ނޯވޭގެ ކުންފުންޏަކުންޝަޢުޤުވެރިކަން ފާޅުކޮށްފައި ވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިގޮތަށް ވިދާޅުވީ  ރާއްޖޭގެ ސަރަޙައްދުގައި ތެޔޮ ހުރިތޯ ބެލުމަށް ކުރެވުނު ދިރާސާތަކުގެ ނަތީޖާއިން ހާމަވި ކަންކަން ހިމެނޭ ޕްރެޒެންޓޭޝަން ބައްލަވާލައްވައި، އެކަމާއި ގުޅޭ ޓެކްނިކަލް މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، އެ ދިރާސާތަކުގެ ރިޕޯޓް އާއި ހަވާލުވެވަޑައިގަތުމަށް ޖަރުމަނަށް ކުރެއްވި ދަތުރުފުޅުން އެނބުރި ވަޑައިގެން މިއަދު މީޑިއާއަށް މަޢުލޫމާތު ދެއްވަމުންނެވެ.

ޑރ. ޝައިނީ ވިދާޅުވީ، ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކަނޑުއަޑިން ގޭސް، ނުވަތަ ފްލުއިޑެއް އަރާކަން ތަޙުލީލުތަކުން ހަމަވެފައިވާ ވާތީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ތެޔޮ ހޯދުމަށް އެހީވާން ދެފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.އަދި މި ދެފަރާތުގެ ތެރެއިން މި މަސައްކަތުގައި އެހީ ހޯދާނީ ކޮން ފަރާތަކުންކަން ނިންމާނީ ދެފަރާތާއިވެސް ވާހަކަދައްކައި، މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށްފަހު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި ކަނޑުއަޑިން ގޭސް، ނުވަތަ ފްލުއިޑެއް އަރާކަން ތަޙުލީލުތަކުން ހަމަވެފައިވާ ވާތީ، ރާއްޖޭގެ ސަރަޙައްދުގައި ހުރީ ކޯޗެއްތޯ ބެލުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

“ރާއްޖޭގެ ބައެއް ހިސާބުތަކުގެ ކަނޑުގެ އަޑިން އަރާ ހޫނުން ތެޔޮ އުފެދޭ ވަރު ވޭތޯ ބަލަންޖެހޭ. ހޫނުކަން އެބަހުރި، އެކަންވެސް ޔަގީންވެގެން ހިނގައްޖެ. ދެން ބަލަންޖެހެނީ، އަޑިން އަރަނީ ކޯޗެއްތޯ. އެކަން ބެލުމުގެ މަސައްކަތް ކުރަމުން މިދަނީ. މިއަހަރު ނިމެންވާއިރަށް އެކަމަށް ބޭނުންވާ ދިރާސާތަށް ހެދިގެންދާނެ” މިނިސްޓަރ ވިދާޅުވިއެވެ.

ދަރިވަރުންގެ ސަލާމަތަށް އިސްކަންދީގެން މަގުމަތި ބޭނުންކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި

IMG_0018

ސްކޫލްތަކުގެ ކިޔެވުން މާދަމާ އަލުން ފެށެތީ ދަރިވަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމަކާއި ޚާއްޞަ އަހައްމިއްޔަތެއް ދެއްވައިގެން ހުރިހާ ފަރާތްތަކަކުންވެސް މަގުމަތި ބޭނުންކުރެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ސްކޫލްތަކަށް ވަދެ ނިކުމެ ހެދުމަށް ދަތިވާގޮތަށް ޕާކު ނުކުރުމަށާއި ސްކޫލްތައް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި ދުއްވާއިރު ކަނޑައެޅިފައިވާ ސްޕީޑަށް ދުއްވުމަށް މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.

މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަކީ ސްކޫލުތަކުގެ ދަރިވަރުންނަށާއި މަގުމަތީގައި ހިނގާބިނގާވާ އެހެނިހެން މީހުންނާއި ދުއްވާ އެއްޗެތި ދުއްވާ ފަރާތްތަކަށްވެސް މުހިއްމު ކަމެކެވެ. އެހެންކަމުން ސްކޫލު މަދްރަސާތައް ފެށޭ ވަގުތުގައާއި ދަރިވަރުން ނިމޭ ވަގުތުތަކުގައި ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމަށް ފުލުހުން ޙަރަކާތްތެރިވަމުން ގެންދާނެކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ސްކޫލު ފެށޭ ވަގުތާއި ނިމޭވަގުތުތަކުގައި މަގުމަތި ކާރuބާރު ބޮޑުވެ، ދަރިވަރުންނަށާއި ސްކޫލަށް ވަޑައިގަންނަވާ ފަރާތްތަކަށް ރައްކާތެރިކަން އިތުރު ކުރުމުގެގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އެފަދަ ވަގުތުތަކުގައި ހެވީ ވެހިކަލްތައް ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކުގައި ކަނޑައެޅިފައިވާ މަގުތަކެއްގައި ދުއްވުން މަނާކޮށްފައެވެ. މިގޮތުން ސްކޫލުތައް ހިމެނޭ ސަރަޙައްދުގައި ސްކޫލުތަކުގެ ކިޔެވުން އޮންނަ ދުވަސްތަކުގެ ހެނދުނު 06:00 ން 08:15 އަށް، މެންދުރު 12:00 ން 14:00 އަށް އަދި ހަވީރު 17:15 ން 19:00 އަށް ލޮރީ، ޕިކަޕް، ތެޔޮ ބައުޒަރު، ކުނިއުފުލާ ވެހިކަލް، ކެރޭން، ފޯކްލިފްޓް ފަދަ ތަކެތި ދުއްވުން ވަނީ މަނާކޮށްފައެވެ. މިގޮތުން އެފަދަ އުޅަނދުތައް ދުއްވުން މަނާ ސަރަޙައްދުތަކެއްވަނީ ކަނޑައަޅާފައެވެ.

އިސްކަންދަރުސްކޫލް، މަދްރަސަތުލް ޢަރަބިއްޔާ، އަމީނިއްޔާ ސްކޫލް

 1. މެދުޒިޔާރަތްމަގާއި ޗާންދަނީމަގާއި ގުޅޭ ހިސާބުން ޗާންދަނީމަގުން އުތުރުން ދެކުނަށް.
 2. ފަރީދީމަގުން ފަރީދީ ގޯޅިއަށް އަދި ސައްޔިދުކިލެގެފާނުމަގުން ދިދި ގޯޅިއަށް.
 3. ސައްޔިދުކިލެގެފާނުމަގާއި ކެނެރީމަގާއި ގުޅޭ ހިސާބުން ކެނެރީމަގުން ހުޅަނގުން އިރަށް.
 4. ރައްދެބައިމަގުން ސީރާޒީގޯޅިއަށް

ޖަމާލުއްދީން ސްކޫލް

 1. ބޮޑުރަސްގެފާނުމަގު، ސަބްދެރިޔާމަގާއި ގުޅޭ ހިސާބުން ބޮޑުރަސްގެފާނުމަގުން ހުޅަނގަށް.
 2. ނިކަގަސްމަގުން މަދޮށި ގޯޅިއަށް.
 3. ދަނބުރުއްމަގު، ކުރިކީލަމަގާއި ގުޅޭ ހިސާބުން ދަބުރުއްމަގުން އުތުރުން ދެކުނަށް.

ތާޖުއްދީން ސްކޫލް

 1. ބޮޑުތަކުރުފާނުމަގުން ތާޖުއްދީންހިނގުމަށް
 2. ޝަހީދު އަލީ ހިނގުމާއި ހިސާބުން ބުލޫކިޔާމަގުން އިރުން ހުޅަނގަށް.

ހިރިޔާ ސްކޫލް

 1. ކަނބާއައިސާރަނިހިނގުމުން، ސަބްދެލިމަގާއި ގުޅޭ ހިސާބުން ކަނބާއައިސާރަނިހިނގުމުން ދެކުނަށް.

ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް

 1. އަމީނީމަގު، ވައިދެރިޔާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގަށް.
 2. އަމީނީމަގު، ބަޑިފަސްގަނޑުހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރަށް.
 3. މާފަތްތަކުރުފާނުމަގު، ކުރެދިގޯޅިއާއި ގުޅޭ ހިސާބުން މާފަތްތަކުރުފާނުމަގުން އުތުރަށް.

ގަލޮޅު މަދަރުސާ

 1. ރުއްކެނޑިޔާމަގު، ލޮނުޒިޔާރަތްމަގާއި ގުޅޭ ހިސާބުން ރުއްކެނޑިޔާމަގުން އުތުރުން ދެކުނަށް.

ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް

 1. އަމީނީމަގުން ރައްދެބައިހިނގުމަށް.
 2. ރައްދެބައިހިނގުމުން އަމީނީމަގަށް އިރުން ހުޅަނގަށް.
 3. އަމީނީމަގު، ނިކަގަސްހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.
 4. އަމީނީމަގު، ސިއްތިމާވާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

ކަލާފާނު ސްކޫލް

 1. ބުރުޒުމަގުން ކަލާފާނުހިނގުމަށް.
 2. ބުރުޒުމަގު، އިރުދޭމާހިނގުމާއި ގުޅޭ ހިސާބުން ބުުރުޒުމަގުން އިރުން ހުޅަނގަށް.
 3. އަމީނީމަގު، ކަށިމާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.
 4. އަމީނީމަގު، މޫނިމާހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

ޢިމާދުއްދީން ސްކޫލް

 1. އަމީނީމަގުން ރެހެންދިހިނގުމަށް.
 2. ރެހެންދިހިނގުމުން ތަބުރޭޒީ ހިނގުމަށް ހުޅަނގުން އިރަށް.
 3. އަމީނީމަގުން މިއުޒިކީހިނގުމުން އުތުރުން ދެކުނަށް.
 4. އަމީނީމަގު، ރެހެނދިހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން ހުޅަނގުން އިރަށް.
 5. އަމީނީމަގު، މިއުޒިކީހިނގުމާއި ގުޅޭ ހިސާބުން އަމީނީމަގުން އިރުން ހުޅަނގަށް.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް

 1. ބުރުޒުމަގު، ރައްދެބައިހުނގުމާއި ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް.
 2. އަމީނީމަގުން އައިމިނާރަނިހިނގުމަށް.

ދަރުމަވަންތަ ސްކޫލް

 1. އަމީރްއަހްމަދުމަގު، ނާދީ ގޯޅިއާއި ގުޅޭ ހިސާބުން އަމީރުއަހްމަދުމަގުން ހުޅަނގުން އިރަށް.

މަޖީދިއްޔާ ސްކޫލް

 1. ސޯސަންމަގުން މެދުޒިޔާރަތްމަގަށް.
 2. އަބަދަށް ފެހިމަގު، ގުލޭނޫރަންމަގާއި ގުޅޭ ހިސާބުން އަބަދަށް ފެހިމަގުން ދެކުނުން އުތުރަށް.

މާފަންނު މަދަރުސާ

 1. މަޖީދީމަގު، ކަނބާއައިސާރަނިހިނގުމާއި ގުޅޭ ހިސާބުން މަޖީދީމަގުން އިރުން ހުޅަނގަށް.
 2. ބޮޑުތަކުރުފާނުމަގުން މަޖީދީމަގަށް ހުޅަނގުން އިރަށް.

އަމީރު އަޙްމަދު ސްކޫލް / އަމީރު އަޙްމަދު ޕްރީ ސްކޫލް

 1. ބުރުޒުމަގު، އިރުދޭމާހިނގުމާއި ގުޅޭ ހިސާބުން ބުރުޒުމަގުން އިރުން ހުޅަނގަށް.
 2. ލޮނިޒިޔާރަތްމަގު، ކަލާފަނުހިނގުމާއި ގުޅޭ ހިސާބުން ލޮނިޒިޔާރަތްމަގުން ހުޅަނގުން އިރަށް.

ދޮންދޫނި ލިޓްލްލާރނަސް ޕްރީސްކޫލް

 1. ފާށަނާކިލެގެފާނުމަގު، ރަތްވިލާގޯޅިއާއި ގުޅޭ ހިސާބުން ފާށަނާކިލެގެފާނުމަގުން ހުޅަނގުން އިރަށް.