މަރުގެ ހުކުމަށް ރައީސަށް މައާފެއް ނުދެވޭނެކަމަށް ހައިކޯޓުން ޙުކުމްކޮށްފި

0_132722052438_news

މަރުގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރުގެ ހުކުމް ތަންފީޒު ކުރުން ރައީސުލް ޖުމުހޫރިއްޔާގެ މައްޗަށް ލާޒިމް ވާނެ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. ހައި ކޯޓުން މިއަދު އެގޮތަށް ހުކުމްކުރީ މަރުގެ އަދަބަށް ލުއި ދެވޭ ގޮތަށް އޮންނަ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ އެކާވީސް ވަނަ މާއްދާ ބާތިލްކުރަން އަމިއްލަ ފަރާތަކުން އެ ކޯޓަށް ހުށަހެޅި މައްސަލައިގެ ޙުކުމްގައެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގަސްދު މަރުގެ މައްސަލަތަކުގައި ވާރިސުން ބޭނުންވެގެން ކުށްވެރިޔާ މަރަން ހުކުމްކޮށްފި ނަމަ އެ އަދަބަށް ރައީސަށް ލުއި ނުދެވޭނެ ކަމަށެވެ. އެ މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހުކުމް އިއްވަވަމުން ވިދާޅުވީ މަރުގެ އަދަބަށް ލުއި ދެވޭނީ ޝަރުއީ އުސޫލުތަކާ ޚިލާފް ނުވާނެ ގޮތުގެ މަތިން ކަމަށް ގާނޫނުގައި ބުނެފައިވާއިރު ގަސްދު މަރުގެ މައްސަލަތަކުގައި ކުށްވެރިޔާއާ މެދު އަމަލުކުރާނެ ގޮތެއް ނިންމުމަކީ ހަމައެކަނި މަރުވި މީހާގެ ވާރިސުންނަށް ލިބިގެންވާ ބާރެއް ކަމަށެވެ. އެހެންވެ އެފަދަ މައްސަލަތަކުގައި ވާރިސުން އެދޭ ގޮތަކަށް ކުށްވެރިޔާއާ މެދު އަމަލުކުރަން ޖެހޭނެ ކަމަށާއި ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ނަމަ އެކަން ތަންފީޒު ކުރަންޖެހޭނެ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވިއެވެ.
މި މައްސަލާގައި އެދިފައި ވަނީ މަރުގެ އަދަބަށް ރައީސަށް ލުއި ދެވޭ މާއްދާ އެއްކޮށް ބާތިލްކުރަން ކަމަށްވިޔަސް ހައި ކޯޓުން ނިންމީ އެ މާއްދާ އެއްކޮށް ބާތިލް ނުކުރެވޭނެ ކަމަށެވެ. އެކަން އެގޮތަށް ނުކުރެވޭނީ ހުކުމުގައި ބުނެފައިވަނީ ގަސްދު މަރުގެ މައްސަލަތައް ނޫން އެހެން މައްސަލަތަކުގައި ވެސް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނުތައް އޮތުމުން ކަމަށް މި ހުކުމްގައި ބުނެއެވެ. ދައުލަތާ ދެކޮޅަށް ބަޣާވާތް ކުރުމާއި ރައީސްގެ ފުރާނަފުޅަށް ގެއްލުން ދިނުން ފަދަ ކުށްތަކަކީ ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން މަރުގެ އަދަބު ދެވޭ ކުށްތައް ކަމަށްވާއިރު މަރުގެ އަދަބަށް ލުއި ދެވޭ މާއްދާ އެއްކޮށް ބާތިލްކޮށްފި ނަމަ ހުރިހާ ކުށްތަކެއްގައި މަރުގެ އަދަބު ދެވޭ މީހުންގެ އަދަބުތައް ލުއިކޮށް ދިނުމުގެ ބާރު ރައީސަށް ގެއްލިގެންދާނެ ކަމަށް ވެސް މި ހުކުމްގައި ވަނީ ބުނެފައެވެ.

ދިވެހިން ޗެކް ކުރުން އާއްމު ހާލަތަށް ބަދަލު ކުރެވިގެންދާނެ: ލަންކާގެ ފިނޭންސް މިނިސްޓަރ

ilo

ސްރީލަންކާއަށް ދާ ދިވެހިން އެޤައުމުގެ އެއަރޕޯޓުގައި އާދައާޚިލާފަށް އިތުރަށް ޗެކް ކުރަމުންދާތީ، އެކަމަށް ހައްލުހޯދުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް މިއަދު ސްރީލަންކާގެ ފިނޭންސް މިނިސްޓަރާއި އެޤައުމުގެ ކަސްޓަމްސްގެ ޑިރެކްޓަރ ޖެނެރަލާ ބައްދަލު ކުރައްވައިފިއެވެ. ރާއްޖޭގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އާއި ލަންކާގެ ފިނޭންސް މިނިސްޓަރ ރަވީ ކަރުނަޔަކަ އަދި އެގައުމުގެ ކަސްޓަމްސް ޑައިރެކްޓަރ ޖެނެރަލް ސެމަސިން ބައްދަލުކުރެއްވީ މިއަދު ސްރީލަންކާގައެވެ.
މިބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގައި މިދުވަސް ވަރަކީ ސްރީލަންކާއަށް ވަރަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރަމުންދާ ދުވަސް ވަރެއް ކަން ފާހަގަކޮށް، އިތުރު ޗެކް ކުރުންތަކެއް ކުރިއަށް ގެންދިއުމުގެ ސަބަބުން ފަސެންޖަރުންނަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކޮށްފައިވެއެވެ. ލަންކާގެ ފިނޭންސް މިނިސްޓަރ ދެއްކެވި ވާހަަކަފުޅުގައި މިދުވަސްވަރު، އިތުރަށް ޗެކް ކުރަމުންދަނީ ބައެއް ފަރާތްތަކުން ވިޔަފާރި މުދަލުގެ ގޮތުގައި ބެލެވޭ މިންވަރަށް ލަންކާއަށް ތަކެތި އެތެރެކުރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ކަމަށް ވިދާޅުވިއެވެ.
އަދި މިހާތަނަށް ބެލި ބެލުމުން އެކަން އެގޮތަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ޗެކް ކުރުމުގެ ކަންތައްތައް އާއްމު ހާލަތަށް ބަދަލު ކުރެވިގެންދާނެ ކަމަށްވެސް ސްރީ ލަންކާގެ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ދިވެހި ފަސިންޖަރުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއި އެކު ބަލާ ފާސް ކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ސްރީލަންކާގެ ފިނޭންސް މިނިސްޓަރ ވަނީ ދެއްވާފައެވެ. މިދުވަސް ވަރު ގިނަ އަދަދެއްގެ ދިވެހިން ސްރީލަންކާއަށް ދަތުރު ކުރަމުންދާތީ، ކާބޯތަކެތި ގެންދާއިރު އަމިއްލައަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތަކެތި ނުގެންދިއުމަށް ސްރީލަންކާގެ ކަސްޓަމްސްގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަނގުރާމާގައި އިގިރޭސިން ބައިވެރިވުމާއި އިގިރޭސި ރައްޔިތުން ދެކޮޅު

950686e4b0544ada8f0b7c9baba9364f_18

އައިއެސްއާ ދެކޮޅަށް ސީރިޔާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިނުވުމަށް އެދި ލަންޑަނުގެ އެތައް ހާސް ބަޔަކު އިއްޔެ މުޒާހަރާ ކޮށްފިއެވެ. ހަނގުރާމަ ކޯލިޝަން ހުއްޓާލާ ގެ ނަމުގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާތައް ބާއްވާފައި ވަނީ ޕެރިހަށް ދިން ހަމަލާތަކަށް ފަހު އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުކޮށް ވަރުގަދަ ކުރުމަށް ރަޝީއާ އާއި ފްރާންސުން ހުޅަނގުގެ ގައުމުތަކުން މަސައްކަތްކުރަމުން ދަނިކޮށެވެ. އައިއެސްއާ ދެކޮޅު ހަނގުރާމައިގައި އިނގިރޭސިވިލާތުން ބައިވެރިވުމާއި ބެހޭގޮތުން އެގައުމުގެ ރައްޔިތުންގެ މަޖިލީހުން މިއަންނަ ހަފްތާ ތެރޭގައި ގޮތެއް ނިންމުމަށްވަނީ ހަމަޖެހިފައެވެ. ހަނގުރާމައަށް މަޖިލީހުގެ ރުހުން ދިނުމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމެރަން ވަނީ ގޮވާލައްވާފައިވެއެވެ. އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އިނގިރޭސި ގިނަ ރައްޔިތުން ދެކޮޅުހަދަމުންދަނީ ޕެރިހަށް ކުރިމަތިވި ފަދަ ނުރައްކާތެރި ހަމަލާތަކެއް އިނގިރޭސިންނަށް އަމާޒުކޮށް ބަދަލު ހިފުމުގެ ގޮތުންދީފާނެތީއެވެ.

ރާއްޖެއާއި ޗައިނާއިން ދަނީ މިއަދުގެ ދުނިޔެއަށް ފުރިހަމަ މިސާލެއް ދައްކަމުން: ރައީސް ޔާމިން

69478_531325bc-5_

ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުން ގުޅިގެން، ދެ ޤައުމަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރެވޭނެ ގޮތުގެ ފުރިހަމަ މިސާލެއް ރާއްޖެއާއި ޗައިނާއިން މިއަދު ދުނިޔެއަށް ދައްކަމުންދާ ކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް (ސީ.ޕީ.ޕީ.ސީ.ސީ)ގެ ވައިސް ޗެއާމަން މިސްޓަރ ޗެން ޒިއަގްއެންގ، ރައީސްޔާމީންގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއް ގައި ކަމަށް ރައީސްއޮފީހުން ބުނެއެވެ.
ސީ.ޕީ.ޕީ.ސީ.ސީ އަކީ ޗައިނާގެ ސިޔާސީ ކަންކަމުގައި ލަފާދޭ، ޗައިނާ ސަރުކާރުގެ މުޢައްސަސާއެކެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް، އެކުވެރި ގުޅުމަށް 43 އަހަރުވެފައިވާކަން ފާހަގަ ކުރައްވައި، ކުރިއަށް އޮތް ތާނގައިވެސް މިގުޅުން މިގޮތަށް ދެމިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޗައިނާއަކީ މިއަދު ރާއްޖެއަށް އެކި ރޮނގު ރޮނގުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ޤައުމެއްކަން ފާހަގަ ކުރައްވައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގުޅުން އެތައް ރޮނގަކުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. އަދި، ދެޤައުމުގެ ދޭތެރޭގައި އޮތް އިޙްތިރާމާއި، އިތުބާރާއި، އެއްޤައުމު އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން ކުރިއަށް އޮތްތާނގައިވެސް ދެމިއޮންނާނެކަން ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

69487_3b39e0f7-b_
އަދި، ދެ ޤައުމުން އިސްކަންދޭ އެކިއެކި މައްސަލަތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. މިގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ތަރައްޤީގައި ޗައިނާ ފަތުރުވެރިންގެ ޙިއްސާ ބޮޑުކަން ފާހަގަކުރައްވަމުން، ކުރިއަށް އޮތްތާނގައިވެސް ޗައިނާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން މިހާރެކޭ އެއްގޮތަށް ދެމި އޮންނާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި، ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން މިސްޓަރ ޗެން ޒިއަގްއެންގ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްވެފައިވާ މިގުޅުން މިހާރުވަނީ ކުރިން ނުވާހާ ވަރުގަދަވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި، ޗައިނާއިން އަބަދުވެސް ދިވެހި ރާއްޖެއަށް ހުރިހާ ގޮތަކުންވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް އިޙްތިރާމްކުރާނެކަމުގެ ޔަޤީންކަން ސީ.ޕީ.ޕީ.ސީ.ސީގެ ވައިސް ޗެއާމަން ދެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުﷲ މަސީޙް މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙަންމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާޠިމަތު ފިލްޒާއާއި، ރައްޔިތުންގެ މަޖިލީހުގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިއުޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

ރާއްޖޭގައި ނުރައްކާތެރި މީހުންތަކެއް އެބަ އުޅޭ : ރައީސް ޔާމީނު

l_1448358245229bEA

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ގޮސް ނުރައްކާތެރި ޖިނާއީ ބޮޑެތި ޖަރީމާތައް ހިންގާ މީހުން ދިވެހިންގެ ތެރޭގައި ވެސް އެބައުޅޭ ކަމަށް ރައީސް އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.  ޕީޕީއެމަށް މެންބަރުންތަކެއް ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭރު ގައުމުތަކުގައި ނުރައްކާތެރި އަމަލުތައް ހިންގުމުގެ ނަތީޖާއެއްގެ ގޮތުން އެގައުމުތަކުގެ ޖަލުތަކުން ދިވެހިންނަށް ޖާގަ ލިބޭ ކަމަށެވެ. އެފަދަ މީހުން އެނބުރި ވެސް ރާއްޖެ އައުމުން އެމީހުންނަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެފަރާތްތައް ބަލަހައްޓަން ޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“ފަރުދުންގެ ހައްގުގައި ވަކާލާތު ކުރުމަކީ މުޅި މައުސޫމު މުޖުތަމައުގެ ހައްގުތައް ނަގާލަން ކުރާ މަސައްކަތެއް ނޫން.” ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ އެފަދަ ބިލުތައް މަޖިލީހަށް ފޮނުވަނީ ނުރައްކާތެރި ކުށްވެރިން ކުށް ކުރުމާ ދުރު ކުރަން ކަމަށެވެ.

 ރައީސް ޔާމީން ވިދާޅުވީ ކުށް ކުރާ ފަރާތްތަކަށް އަދަބުދޭން ސަރުކާރުން ފަސްނުޖެހޭނެ ކަމަށެވެ.

ފައިސާގައި ޖެހި ބަޔަކު ހަލާކުވެއްޖެ : ރައީސް މައުމޫން

CUlCjo5UAAAD4Lo

މުދާވެރިކަމާ ފައިސާގެ ދަހިވެތިކަމުގައި ޖެހި ބަޔަކު ހަލާކުވެގެން ގޮސްފައިވާ ކަމަށާއި، ކޮރަޕްޝަން ނައްތާލަން ޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީގެ ދެ މެންބަރަކު ޕީޕީއެމަށް ސޮއި ކުރުމަށް ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ފައިސާއާއި މުދާވެރިކަމަކީ ހުރިހާ އެއްޗެއް ނޫން ކަމަށާއި، ގައުމަށް ހިދުމަތް ކުރުމަށް ކޮންމެ މީހަކު ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ. މައުމޫން ވިދާޅުވީ ކޮރަޕްޝަން ޕީޕީއެމްގެ ސަރުކާރުގެ ތެރެއިންވެސް ނައްތާލަން ޖެހޭ ކަމަށެވެ. މައުމޫން ވިދާޅުވީ ޕީޕީއެމް އުފެދިގެން އައިސްފައިވަނީ ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ޕާޓީއެއްގެ ގޮތުގައި ކަމަށާއި، ރިޔާސީ އިންތިހާބު ކާމިޔާބުވެފައިވަނީ ވެސް އެގޮތަށް ރައްޔިތުން ޕީޕީއެމް ބަލައިގަތުމުން ކަމަށެވެ.

ޓޫރިޒަމް ބޮއިކޮޓްކުރަން ގޮވުން މަނާކުރުމުގެ ބިލް ކޮމެޓީން ފާސްކޮށްފި

266143406

ފަތުރުވެރިކަން ބޮއިކޮޓްކޮށް ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުން މަނާކުރާ ބިލް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ. އިގްތިސާދީ ކޮމެޓީން ބިލް ފާސްކުރީ ކޮމެޓީއަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އަގުލަބިއްޔަތުން ނެވެ. ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ނައިބު ލީޑަރު އަދި ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ބުނެފައި ވަނީ، ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ފަތުރުވެރިކަން ބޮއިކޮޓްކުރުމަށާއި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި ހިތްވަރުދިނުން ނުވަތަ އެފަދަ ކަމެއް ކުރުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވުމަކީ ބޮއިކޮޓް ކުރުމާއި ދަތިކުރުމުގެ ފިޔަަވަޅު އެޅުމަށް ގޮވާލުން ކަމަށް ބެލެވޭނެކަމަށެވެ.
ބިލުގައި ބުނެފައި ވަނީ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓު ކުރުމަށް ޓަކައި ވަކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށެވެ. ހަމައެއާ އެކު ރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލުމާއި އެކަންކަމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ނުވަތަ ގޮވާލުމަށް ތާއީދުކުރުމަކީ ނުވަތަ އެފަދަ ގޮވާލުމެއް އެންޑޯޒު ކުރުމަކީ ވެސް ބޮއިކޮޓު ކުރުމާއި ދަތިކުރުމުގެ ފިޔަަޅު އެޅުމަށް ގޮވާލުން ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ޕެރިސް ސަމިޓްގައި އޮބާމާ ބައިވެރިވާނީ ޓެރަރިސްޓުންދެކެ ޖެހިލުންނުވާކަން ސާބިތުކޮށްދޭން

20151122_OBAMA_MALAYSIA_LEAVE_620_406_100

ޕެރިހުގައި އަންނަ ހަފުތާގައި ބާއްވާ ތިމާވެށީގެ ސަމިޓުގައި ބައިވެރިވަނީ ޓެރަރިސްޓުން ދެކެ ޖެހިލުން ނުވާނެކަން ސާބިތުކޮށް ދިނުމަށް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ. އޮބާމާ ވިދާޅުވީ ކޮންމެ ގައުމަކުން ވެސް، ކޮންމެ ލީޑަރަކު ވެސް ޓެރަރިޒަމް ދެކެ ޖެހިލުން ނުވާކަން އަންގައިދިނުމަށް ޕެރިސް ސަމިޓުގައި ބައިވެރިވުމަކީ ޓެރަރިސްޓުންނަށް ދެވޭނެ ސިގްނަލެއް އަދި އެއީ ދުނިޔޭގެ ގައުމުތަކުން ކުރާ ބޮޑެތި މަސައްކަތްތައް ނުހުއްޓުވޭނެކަން އަންގައިދޭނެ ކަމެކެވެ.

އޭޝިއާޕެސިފިކް ސަމިޓު ނިންމަވާ މެލޭޝިއާ އިން ފުރާވަޑައިގަންނަވަމުން އޮބާމާ ވިދާޅުވީ ޓެރަރިސްޓުން ހޯދާ ހައްޔަރު ކުރުމާއި މިސައިލް ހަމަލާ ދިނުމާއި ޓެރަރިސްޓުންނަށް ފައިސާ ދިނުން ހުއްޓުވުމަށް ވުރެ ބޮޑަށް މުހިންމީ ޓެރަރިސްޓުން ދެކެ ޖެހިލުން ނުވާކަން އަންގައިދިނުން ކަމަށާއި ދުނިޔޭގެ ލީޑަރުން ވޭތުވެދިޔަ ދުވަސްތަކުގައި ވަނީ ތުރުކީ އާއި ފިލިޕީންސް އަދި މެލޭޝިއާގައި މުހިންމު ސަމިޓުތަކެއް ބާއްވައިފައެވެ. ޕެރިހުގައި މިދިޔަ ހަފުތާގައި ޓެރަރިސްޓް ހަމަލާތަކެއް ދިން ނަމަވެސް ތިމާވެށީގެ ބޮޑު ސަމިޓުގައި ދުނިޔޭގެ 138 ގައުމުގެ ވެރިން ބައިވެރިވާނެކަން މިހާތަނަށް އަންގާފައިވާކަމަށް ފްރާންސް ސަރުކާރުން މައުލޫމާތު ދެއެވެ.

ހަމަލާގެ އިންޒާރާއެކު ބެލްޖިއަމްއިން 16 މީހުން ހައްޔަރުކޮށްފި

deb2bb697c364329853b7c070441e6f0_18

ޕެރިސްއަށް ދިންފަދަ ހަމަލާއެއްގެ އިންޒާރު ބެލްޖިއަމް ލިބުމުން މުޅި ގައުމު ކުއްލި ހާލަތަކަށް ގެނެސް ހިންގި ހާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 16 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބެލްޖިއަމްގެ ފުލުހުން ހާމަކޮށްފިއެވެ. ހައްޔަރުކުރި 16 މީހުންގެ ތެރޭގައި ޕެރިހަށް ދިން ހަމަލާއާ ގުޅިގެން ހޯދަމުންދާ ސަލާހް އަބްދުލް ސަލާމް ނުހިމެނޭކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުންވަނީ ބެލްޖިއަމް ގެ އެކި ސަރަހައްދުތަކުގައި އިއްޔެ 22 ތަނެއް ބަލާ ފާސް ކޮށްފައެވެ. މިއޮޕަރޭޝަންގެ ތެރެއިން ފުލުހުންގެ އެންގުންތަކަށް ބޯނުލެބުމުން ކާރަކަށް ބަޑި ޖަހާ މީހަކު ޒަހަމްކޮށްލާފައިވެއެވެ.

ޕެރިހަށް ދިން ހަމަލާތަކުގައު 130 މީހުން މަރުވެ 350 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު ހަމަލާގައި ބައިވެރިވި ގިނަ މީހުންނަކީ ބެލްޖިއަމްއަށް ނިސްބަތްވާ މީހުންނެވެ. ސަލާމަތީ ވަރުގަދަ ފިޔަވަޅުތައް ބެލްޖިއަމްގައި އަޅާ ސަލާމަތީ ބާރުތަކުން މަގުތަކުގައި ފޯރިމަރަމުންދާއިރު ވެރިރަށް ބްރަސެލްސް ގެ ޔުނިވާސިޓީތަކާއި ސްކޫލުތައް އަދި އާއްމު ދަތުރުފަތުރު ނިޒާމުގެ ތެރެއިން މެޓްރޯ ރޭލް ސިސްޓަމް ވަނީ ބަންދުކޮށްފައެވެ. ޕެރިސް ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުލް ސަލާމް ބެލްޖިއަމްގައި ފިލައިގެން އުޅެމުންދާ ކަމާއި އޭނާ ބެލްޖިއަމް ދޫކޮށްދާން މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. ފްރާންސްގެ ހަމަލާތަކުގައި ބައިވެރި މީހުންގެ ތެރެއިން ހޯދަމުންދާ އެމް އަލް މަހްމޫދު ގެ ނަމުގައި ގްރީސް އަށް ވަދެފައިވާ ކަމަށް މީޑިއެާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ. ފްރާންސް ގެ ފުލުހުން ވަނީ އެމީހާ ހޯދުމަށް މީގެ ކުރިން ފޮޓޯ އާއްމުކޮށްފައެވެ.

ބޮމެއްއޮތް ކަމުގެ އިންޒާރާއެކު ތުރުކީގެ ބޯޓު ކުއްލިހާލަތުގައި ކެނެޑާއަށް ޖައްސައިފި

flight-to-turkey-resumes-after-no-explosives-found-on-board-1000x620

ނިޔުޔޯކުން ފުރައިގެން އިސްތަންބޫލްއަށް ދަތުރުކުރި ތުރުކީ އެއަލައިންގެ މަތިންދާބޯޓެއްގައި ބޮމެއް އޮތްކަމުގެ ޚަބަރެއް ލިބިގެން ކުއްލި ޙާލަތުގައި ކެނެޑާގެ ހެލިފެކްސް އެއަޕޯޓަށް ޖައްސައިފިއެވެ. ކެނެޑާގެ ފުލުހުން ތުރުކީގެ ބޯޓުގައި ބޮމެއް އޮތްކަމުގެ އިންޒާރެއް ލިބުނީ އެބޯޓު ނިޔުޔޯކުން ފުރިތާ 15 ވަރަކަށް މިނިއްޓު ތެރޭގައި ކަމަށާ ދުއިސައްތަ ފަންސާސް ހަ މީހުންނާ އެކު އެބޯޓު ޖެއްސީ ސަލާމަތުން ކަމަށާ ބޯޓު ބަލައި ޗެކްކުރުމުން ބޮމެއް ފެނިފައިނުވާ ކަމަށް ވެސް ކެނެޑާގެ ފުލުހުން މައުލޫމާތުދެއެވެ.

މިދިޔަ ހަފްތާގައި ނިޔުޔޯކުން ޕެރިހަށް ދަތުރުކުރި އެއާފްރާންސްގެ ފަސިންޖަރު މަތިންދާބޯޓެއްގައި ވެސް ބޮމެއް އޮތްކަމުގެ ޚަބަރެއް ލިބިގެން ކުއްލި ހާލަތުގައި ވަނީ ޖައްސާފައެވެ. މިސްރުންފުރި ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއްގައި ބޮމެއް ގޮވުމުގެ ސަބަބުން އެބޯޓު ވެއްޓުމާއި ތުރުކީއާއި ލުބްނާނާއި ފަރަންސޭސިވިލާތުގައި ބޮންތަކެއް ގޮއްވައިގެން އެތަށް ސަތޭކަ ބަޔަކު މަރާލާފައިވާ މިދަނޑިވަޅުގައި ދުނިޔޭގެ އެކިގައުމުތަކުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މިހުރިހާ ހަމަލާތަކެއްގެ ޒިންމާ އުފުލާފައިވަނީ އައިއެސްއިންނެވެ.