ނާޒިމް ހަތިޔާރު ގެންގުޅެނިކޮށް ނުދެކެން: ހެކިން

medium_66079

ހަތިޔާރު ގެންގުޅުމުގެ ކުށުގައި11 އަހަރަށް ޖަލަށްލާފައިވާކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަރޔަޑް މުހައްމަދު ނާޒިމް ހަތިޔާރު ގެންގުޅުއްވަނިކޮށް ފެނިފައި ނުވާކަމަށްބުނެ ނާޒިމްގެ ހެކިން ހެކިބަސްދީފިއެވެ.މިއަދު ހައިކޯޓްގައި ކުރިއަށްދިޔަ ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ހެކިބަސް ދީފައިވަނީ ނާޒިމް މިނިސްޓަރަކަށް ހުންނެވިއިރު ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ދެ މީހަކާއި ނާޒިމްގެ ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރި ދެމީހެއްކެވެ.
މި މީހުންނަކީ ދިފާއީ ހެކިންގެ ގޮތުގައި ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިޔަސް އެ ކޯޓުން އޭރު ހާޒިރުކޮށްފައި ނުވާ ބައެކެވެ.
އެ ހަތަރު މީހުން ވެސް މިއަދު ކޯޓުގައި ބުނީ. ނާޒިމް ގެއިން ބޭރަށް ނުކުމެވަޑައިގަންނަވަނީ ސެކިއުރިޓީންނާ އެކު ކަމަށާއި އެކަމަކު ދުވަހަކު ވެސް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނާޒިމް ގެންގުޅުއްވަނިކޮށް އެ މީހުންނަށް ފެނިފައިނުވާ ކަމަށެވެ.ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަ އާއި ވަޒަން އަޅާފައި އޮތް ދަބަހުގެ ފޮޓޯއެއް އެ ހަތަރު މީހުންނަށް ދެއްކުމުން، އެ މީހުން ބުނީ އެއްވެސް އިރެއްގައި އެކަހަލަ ދަބަހެއް ނާޒިމް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށެވެ. ނާޒިމް އަބަދުވެސް ގެންގުޅުއްވަނީ ލެޕްޓޮޕް އަޅާ ބާވަތުގެ ދަބަހެއް ކަމަށާއި އެކަމަކު އެ ދަބަހުގައި ހުންނަނީ ލިޔުންތައް ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހުން ހެކިބަސް ދެމުން ބުންޏެވެ.
މީގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓުގެ ތަޅުދަނޑި ގިނައިން އޮންނަނީ ނާޒިމް ދަތުރުކުރެއްވި ކާރުގެ ތެރޭގައި ކަމަށް ވެސް އެ މީހުން ހެކިބަސް ދިނެވެ. އެ އެޕާޓްމެންޓުގެ ތަޅުދަނޑި ކާރު ތެރޭގައި އޮންނައިރު، އެ އޮންނަނީ ބަންޑާރަ ކޮށީގައި މިނިސްޓަރުގެ ބިއުރޯ ތެރޭގައި ތަޅު ނުލާ ހުންނަ ވަތްގަނޑެއްގެ ތެރޭގައި ކަމަށް އެ މީހުން ބުންޏެވެ.
އެ ހަތަރު މީހުންގެ އިތުރުން ހަތިޔާރުން ފެނުނު ފިންގަޕްރިންޓް ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް ވެސް ހައި ކޯޓުން މިއަދު ނެގި އެވެ. އެ ތަހުލީލުކުރި ސަބް އިންސްޕެކްޓަ އުސާމަތު މުހައްމަދު ހެކިބަސް ދެމުން ބުނީ. އެ ހަތިޔާރުން ނާޒިމާއި ނާޒިމްގެ އާއިލާގެ އެއްވެސް މެމްބަރެއްގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށާއި އެކަމަކު އެހެން މީހެއްގެ ފިންގަޕްރިންޓް އެއިން ފެނުނު ކަމަށެވެ.
އުސާމަތުގެ އިތުރުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ވެރިޔާ އަހުމަދު މުސްލިމް ވެސް މިއަދު ވަނީ ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އެއްވެސް ބަދަލެއް ނާދޭ: ޕޮލިސް

adheeb

ރިޔާސީ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮށްވާލި މައްސަލައިގައި ކުރީގެ ނައިބުރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދެންމެއަކު ބުނެފިއެވެ.
ފުލުހުން މީގެ އިރުކޮޅެއްކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަޙުޤީޤަށް ބަންދުކޮށްފައިވާ ހ. ސާމަރާ އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި މިހާރު ތުހުމަތު ނުކުރާ ކަމަށާއި، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަކުރަނީ އެމް.އެމް.ޕީ.އާރ.ސީގެ މައްސަލައެއްގެ ތުހުމަތު އެކަނިކަމަށް ފުލުހުންނާއި ހަވާލާދީ، އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ ޤާނޫނީ ވަކީލު ޙުސައިން ޝަމީމްގެ ނަމުގައި 2015 ޑިސެމްބަރު 27 ވަނަ ދުވަހު ޢާއްމު ކޮށްފައިވާ ބަޔާނަކީ ހަޤީޤަތާއި ޚިލާފް ދޮގު ބަޔާނެއްކަމުގައެވެ.
އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ބަޔާނަށް ރައްދުދެއްވަމުން ފުލުހުންބުނެފައިވަނީ ރިޔާސީ ލޯންޗް ކޮޅުފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި 2015 އޮކްޓޫބަރު 24 ވަނަދުވަހު އަޙްމަދު އަދީބު ހައްޔަރުކޮށް އެމައްސަލައިގެ ތަޙުޤީޤު ހިނގަމުންދަނިކޮށް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ޝަރީއަތް ނިމެންދެން އަހްމަދު އަދީބު އަބްދުލްޣަފޫރު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމާއި ގުޅިގެން އެއަމުރާއި އެއްގޮތަށް، އަހްމަދު އަދީބު އަބްދުލްޣަފޫރު މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައިގެ ބަންދަށް އަޙްމަދު އަދީބު އަބްދުލްޣަފޫރު ބަދަލުކުރިކުރުން އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވި ތަހްޤީޤްކުރަމުން ދިޔަ މައްސަލައިގެ ތުހުމަތުން ބަރީޢަކުރުން ކަމުގައި ބަޔާންކޮށް ބަޔާނެއް ނެރެފައިވަނީ ކަމުގެ އަސްލު އޮޅުވާލުމަށްކަމުގައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ތަޙްޤީޤްކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފަށް ފުލުހުންނާއި ހަވާލާދީ އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޤާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ނަމުގައި ނެރެފައިވާ ބަޔާނުގައި ފުލުހުންނަށް ނިސްބަތްކޮށް ބުނެފައިވާ ވާހަކަތަކީ ދޮގެއްކަމަށާއި އަދި މިއަމަލު ކުށްވެރިކުރާކަމުގައެވެ. އަދި ފުލުހުންގެ މަސައްކަތާއި ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހަޤީޤަތާއި ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކާއި ގުޅޭގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

އާ ރަންވޭ އެޅުމަށް 373 މިލިއަން ޑޮލަރުގެ ލޯން އެހީ ވަނީ ހަމަޖެހިފައި: ޒަމީރު

moosa zameeru

އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލައް ތަރައްގީ ކުރަން ހަމަޖެހިފައިވާ އާ ރަންވޭ އެޅުމަށް ތިންސަތޭކަ ހަތްދިހަ ތިން މިލިއަން ޑޮލަރުގެ ލޯން އެހީ ހަމަޖެހިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިގޮތަށް ވިދާޅުވީ އެއަރޕޯޓްގައި އަލައް ތަރައްގީ ކުރަން ހަމަޖެހިފައިވާ ރަންވޭގެ އެންމެފަހުގެ ވާހަކަ ތަކުގައި ބައިވެރިވުމަށް ޗައިނާގެ ބެއިޖިންގ އަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އަލަށް ތަރަށްގީކުރަން ހަމަޖެހިފައިވާ އާ ރަންވޭއެޅުމަށް ލޯ އިންޓްރެސްޓް ރޭޓްގައި، ދިގު މުއްދަތުން ދައްކާ ގޮތައް ލޯން އެހީ ދޭން ޗައިނާގެ އެގްޒިން ބޭންކުން ނިންމާފައިވާ ކަމަށާއި، އެއީ ތިންސަތޭކަ ހަތްދިހަ ތިން މިލިއަން ޑޮލަރުގެ ލޯނެއްކަމަށެވެ.
މިލޯން އެހީގައި އެއަރޕޯޓްގައި 3600 މީޓަރުގެ ރަންވޭއެއް ތަރައްގީކޮށް 18-3އޭ މަތިންދާބޯޓް ޖެއްސޭ ފެންވަރައް ތަރައްގީ ކުރައްވާނެކަމަށާއި، އެރަންވޭ ނިމުމުން މިހާރުގެ ރަންވޭ ބޭނުން ކުރާނީ ޓެކްސީ ވޭއަކަށް ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޗައިނާގެ ބެއިޖިންގައި އޮންނަ މިބައްދަލްވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ޓްއަރިޒަމް މިނިސްޓަރގެ އަރިހުގައި، ޑެޕިއުޓީ އޭޖީ އަހުމަދު އުޝާމް އަދި ފިނޭސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުނައްވަރު ވަނީ ފުރާ ވަޑައިގަންނަވާފައި، މި ބައްދަލް ވުމުގައި އެއަރޕޯޓްސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ އާދިލް މޫސާ ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ބާއްވާގޮތަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ރަންވޭ ތަރަށްގީކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެފަހު މުއާމަލާތްތައް ކުރިއަށް ދާނެކަމަށާއި، އަންނަ ޖެނުއަރީ މަސްތެރޭ މަސައްކަތް ފެށޭނެކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓުއަރިޒަމް މިނިސްޓަރ ޒަމީރު ވަނީ ވިދާޅުވެފައެވެ.

ފިނިހަނގުރާމައިގައި ހަމަލާ އަމާޒުކުރަން ރޭވި ސަރަހައްދުތައް ހާމަކޮށްފި

minuteman_1725506c

ދުނިޔޭގައި ހިގާދިޔަ ފިނި ހަނގުރާމައިގައި އެމެރިކާއިން ނިއުކްލިއަރ ހަމަލާތައް އަމާޒުކުރި ސަރަހައްދުތައް މިއަދު ހާމަކޮށްފިއެވެ. މި ކަން ހާމަކޮށްފައިވަނީ އެމެރިކާގެ ދަ ނެޝަނަލް އާރކައިވްސް އެންޑް ރިކޯރޑްސް އެޑްމިނިސްޓްރޭޝަނުން ދާދިފަހުން އާންމުކޮށްފައިވާ 1956 ވަނައަހަރުގެ ލިޔުމަކުންނެވެ. މި ލިޔުމުގައިވާގޮތުން، 3 އަހަރުތެރޭގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ އެކި ސަރަހައްދުތައް ނައްތާލުމަށްވަނީ ރާވާފައެވެ. މީގެ ތެރޭގައި އީސްޓް ބާރލިންއާއި، ބެއިޖިންގެ ގެ އިތުރުން މޮސްކޯވެސް ހިމެނެއެވެ. ލިޔުމުގައި ވާގޮތުން ލިސްޓްކުރެވިފައިވާ ސަރަހައްދުތަކަށް ދޭ ނުރައްކާތެރި ނިއުކްލިއަރ ހަމަލާގައި އެގައުމުތަކުގެ އާންމު ރައްޔިތުންގެއިތުރުން އަސްކަރީ ބާރުތައްވެސް މުޅިން ނެތިގެންދާނެކަމަށް ވެއެވެ.

The-nuclear-bomb

މީޑީއާ ރިޕޯޓްތަކުންހާމަވާގޮތުގައި، ފިނިހަނގުރާމައިގައި ހަމަލާތައް ރޭވިފައިވަނީ އަސްކަރިއްޔާތަކާއި ތަންތަނަށްވުރެ ބޮޑަށް އާބާދީތައް ނައްތާލުމަށެވެ. އަދި މީގެ އިތުރުން މި ލިޔުމުގައި 60 މެގަޓަންގެ ބޮން ތަރައްގީކުރުމަށްވަނީ ގޮވާލާފައެވެ. މިއީ ދެވަނަ ބޮޑު ހަނގުރާމައިގައި، ޖަޕާނުގެ ހިރޮޝިމާއަށް ދެވުނު ނިއުކްލިއަރ ހަމަލާއަށްވުރެ 70 ގުނަ އިތުރު އެކްސްޕްލޯސިވް ޔީލްޑް ނުވަތަ ބޮމުގެ އަސަރުކުރާ ސަރަހައްދު އިތުރުވާނޭ ނުރައްކާތެރި ބޮމެއްކަމަށްވެސް ލިޔުމުގައި ވެއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވާ ޖަލުޙުކުމުގެ އިސްތިއުނާފްގެ ދެ އަޑުއެހުމެއް އާދިއްތަ ދުވަހު ބާއްވަން ނިންމައިފި

medium_66079

ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް ރިޓަޔަރޑް މުހަންމަދު ނާޒިމްގެ މައްޗަށް ކްރިމިނަލްކޯޓުން ކޮށްފައިވާ ޖަލުޙުކުމުގެ އިސްނިއުނާފްގެ ދެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ކުރީގެ ޑިފެންސް މިނިސްޓާރ ކާނަލް ރިޓަޔަރޑް މުހަންމަދު ނާޒިމްގެ މައްޗަށް ކްރިމިނަލްކޯޓުން ކޮށްފައިވާ ޖަލުޙުކުމުގެ އިސްނިއުނާފްގެ ދެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ހައިކޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 11:15 ގައެވެ. އަދި ދެވަނަ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ ހަމަ ދުވަހުގެ މެންދުރު 1:00ޖަހާއިރުކަމަށް ހައިކޯޓުން ބުނެފައިވެއެވެ.
ނާޒިމްގެ ޖަލުހުކުމާއި ގުޅޭގޮތުން އެންމެ ފަހުން ހައިކޯޓްގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުންވަނީ މައްސަލައާއި ގުޅޭ ސިއްރު ލިޔުމެއް ހުށަހަޅާފައެވެ. އަދިއެ ލިޔުމަކީ ދަށު ކޯޓުން ނާޒިމްގެ މައްޗަށް ހުކުމް ކުރި ފަހުން ފާހަގަވެފައިވާ ބައެއް ކަންކަން ހިމެނޭ ލިޔުމެކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އެގާރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ. ނާޒިމްގެ މައްޗަށް ދަޢުލަތުން ހުކުމް އިއްވާފައި ވަނީ އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ. ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވިގޭގެ ކޮޓަރިތެރެއިން ފިސްތޯލައެއް ފެނުމާއި ގުޅިގެންނެވެ.

ފްރީ ޓްރޭޑް އެގްރީމެންޓްގައި އަންނަ އަހަރުގެ ތެރޭގައި ސޮއިކުރެވޭނެ:ރައީސް

ރަެެސ

ރާޢްޖޭގެ އިގްތިސާދު ކުރި އެރުވުމަށް ޗާއިނާ އާއި އެކު ވެވޭ ފްރީ ޓްރޭޑް އެގްރީމެންޓްގައި އަންނަ އަހަރުގެ ތެރޭގައި ސޮއިކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުއްﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އުފެއްދުންތެރިންގެ ގައުމީ މައުރަޒު އިފްތިތާހްކޮށްދެއްވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.ރައީސް ވިދާޅުވީ، ޗައިނާ އާއި އެކު ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިއްމު އެއްކަމަކީ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުން ކަމަށާއި، 2016ވަނަ އަހަރުގެ ތެރޭގައި މިކަމާ ގުޅޭ މުއާހަދާ ތަސްދީގުކޮށް ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފެށިގެންދާނޭކަމަށެވެ.
“ޗައިނާ އާއި އެކު ރާއްޖެއިން ކުރަމުން އަންނަ އެންމެ މުހިއްމު ކަމަކީ ފްރީ ޓްރޭޑް އެގްރީމެންޓްގައި ސޮއި ކުރުން. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވިޔަފާރީގެ މުއާމަލާތްތައް ފެށިގެންދާނެ” ރައީސް ވިދާޅުވިއެވެ.

ރަަަ

ޗައިނާ އާއި އެކު ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމުގެ މަޝްވަރާ ތަށް ކުރިއަށްދާ ކަން ފާހަގަކުރަށްވާ ރައީސް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ރައްޔިތުންނަށް މުދާ ލިބުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް.
ރޭ ފެށުނު މަސައްކަތް ތެރިންގެ ގައުމީ މައުރަޒާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައި މަސައްކަތްރިންގެ ގައުމީ މައުރަޒު ބާއްވާނެ ކަމަށާއި، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ މަސައްކަތްތަކަށް ހިތްވަރުދީ އެމީހުންނަށް އާމްދަނީ ހޯދޭނޭގެ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށޭވެ.
“މިއަހަރުން ފެށިގެން ކޮންމެ އަހަރެއްގައިވެސް މަސައްކަތްރިންގެ ގައުމީ މައުރަޒު ބާއްވާނެ، އަޅުގަނޑުމެންގެ މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ މަސައްކަތްތަކަށް ހިތްވަރުދީ އެމީހުންނަށް އާމްދަނީ ހޯދޭނޭ އިތުރު ގޮތްތަކެއް ހޯދާއިދީއެކަމަށް ބޭނުންވާނެ މަގު ފަހިކޮށްދިނުން” ރައީސް ވިދާޅުވިއެވެ.

ނައިޖީރިއާގައި 1މިލިއަން ކުދީން ތައުލީމު ހާސިލްކުރުމުން މަހުރޫމުވެފައިވޭ: ޔުނިސެފް

nigeria

ބޯކޯ ހަރާމުން ނައިޖީރީއާގައި ކުރިއަށްގެންދާ ތަފާތު އެކި ލާއިންސަނީ ހަރަކާތްތަކުގެ ސަބަބުން ނައިޖީރިއާގައި އެއްމިލިއަން ކުދީން ތައުލީމު ހާސިލްކުރުމުން މަހުރޫމުވެފައިވާކަމަށް ޔުނިސެފުން ހާމަކޮށްފިއެވެ. ޔުނިސެފުން އަންގާރަދުވަހު ހާމަކުރި ރިޕޯޓެއްގައިވާގޮތުން، ހުޅަނގުގެ ތައުލީމު ނައިޖީރިއާގައި ހުށްޓުވުމުގެ ޝިއާރާއި އެކު ކުރިއަށްދާ މި ހަނގުރާމައިގެ ސަބަބުން ނައިޖީރިއާގެ 2000ހާ ސްކޫލް ވަނީ ބަންދުކޮށްފައެވެ. މީގެއިތުރުން އިތުރު 100އެއްހާ ސްކޫލްތައްވަނީ އަލިފާން ރޯކޮށް ނުވަތަ ލޫޓުވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރުކޮށްފައެވެ.
މީގެއިތުރުންވެސް ކުޑަކުދީންނަށާއި ދަރިވަރުންނަށް އަމާޒުކޮށް ޖިންސީ އަނިޔާތަކާއި، މަޖުބޫރުން ކައިވެނިކުރުވުންފަދަ ލާއިންސާނީ އަމަލުތައްކަންބޮޑުވާ މިންވަރަށް ހިންގާފައިވާކަމަށްވެސް ޔުނިސެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

niger

މީގެއިތުރުންވެސް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އިތުބާރުކުރެވޭފަދަ ރައްކާތެރި މާހައުލަކަށް ސްކޫލްތައް ނުވުމާއި، ދަރިވަރުންސްކޫލަށް ދިއުމަށް ބިރުގަތުމަކީވެސް މިއަދު ސްކޫލަށް ނުދާ ކުދިންގެ އަދަދު ނައިޖީރިއާގައި ގިނަވަމުންދާ ސަބަބެއްކަމަށްވެސް ޔުނިސެފްގެ މި ރިޕޯޓުގައިބުނެފައިވެއެވެ. މިފަދަ އެތަށް ސަބަބުތަކާއިހެދިހުރެ އެފްރިކާބައްރުގެ އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ ނައިޖީރިއާއިން 10.5 މިލިއަން ކުދީން ސްކޫލަށް ނުގޮސް ތިބޭއިރު، ނައިޖީރިއާއަކީ ޕަކިސްތާނަށްފަހު މިއަދަދު އެންމެ ގިނަ ގައުމުކަން ޔިނިސެފްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ފަހުގެ ޓެސްޓްތަށް ކުރަންފަށައިފި

bridge

މާލެއާއި ހުޅުލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖްގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބްރިޖްއަޅާ ސަރަހައްދު ގެ ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ބާރުމިނާއި،އެސަރަހައްދުގެ ކަނޑުއަޑީގެ ހާލަތު މޮނިޓަކުރަން މިހާރު ސެންސާސްތައް ހަރުކުރުމުގެ މަސައްކަތް ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިންފަށައިފިއެވެ.
ބުރިޖްގެ އަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުނިން މިމަސައްކަތް ފަށާފައިވަނީ އެމްއެންޑީއެފްއާއި ހައުސިންގ މިނިސްޓްރީއާއި ގުޅިގެންނެވެ. އެ ކުންފުނިން މިހާރުވަނީ މާލެއާއި،ހުޅުލެއާއި ދޭތެރޭ ކަނޑުގައި ބްރިޖް އަޅާ ސަރަހައްދުގައި ވޭވް ގައުޖް ބަހައްޓައިފައެވެ.މި ވޭވް ގައުޖް ބޭނުންކުރަނީ އެ ސަރަހައްދުގެ ރާޅުތަކުގެ ބާރު މިނާއި ރާޅު ހުންނަ ދިމާ ބެލުމަށްކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕްގެ ބްރިޖުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ސީސީ، ސީސީ ސެކަންޑް ހާބާ އިންޖިނިއަރިން ކުންފުންޏާއެވެ. މިމަސައްކަތް ކުރުމަށްޓަކައި ހެންވޭރު ކޮޅު ރާޅު ގަނޑު ސަރަހައްދު މިހާރުވަނީ ބަންދުކޮށް، އެސަރަހައްދުގެ ޓްރެފިކަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
1.39 ކިލޯ މީޓަރުގެ ދިގު މިނުގެ، މި ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޗައިނާ ސަރުކާރުން މިމަޝްރޫއަށް 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމަށްވަނީ ނިންމާފައެވެ.
ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ މި މަހު 30 ގަ އެވެ.

ސުޒުކީ ކަޕްގައި ވާދަކުރާ ދިވެހި ޤައުމީޓީމްގެ20 ކުޅުންތެރިންގެ ސްކޮޑް އިއުލާންކޮށްފި

soccer

އަންނަ ބުދަ ދުވަހު ޓްރިވެންޑްރަމްގައި ފަށާ ސާފް ސުޒުކީ ކަޕުގައި ވާދަކުރާ ދިވެހިރާއްޖޭގެ ގައިމީޓީމްގެ 20 ކުޅުންތެރިންގެ ސްކޮޑް މިއަދު އިއުލާންކޮށްފި އެވެ.
ފައިނަލް ސްކޮޑުގައި މާޒިއާގެ ނުވަ ކުޅުންތެރިން ހިމެނެ އެވެ. ޓީސީގެ ހަތަރު ކުޅުންތެރިން ހިމެނޭ އިރު ނިއު ރޭޑިއަންޓުގެ ދެ ކުޅުންތެރިން އަދި އީގަލްސް އާއި ވެލެންސިއާ އިން ވަނީ އެއް ކުޅުންތެރިން ހިމަނައިފަ އެވެ.
މިއަދު އެކުލަވާލި ގައުމީ ސްކޮޑް:
މާޒިޔާ: އިސްމާއިލް އީސާ (މެސީ)، އަސްހަދު އަލީ (އަޑުބަރޭ)،އިމްރާން މުހައްމަދު، އަލީ ސަމްދޫހު، ، އަލީ އަމްދާން (އެންޑީ)، ސަމްދޫހު މުހައްމަދު،
އަހުމަދު ނާޝިދު (ނާއްޓޭ)، އަސަދުﷲ އަބްދުﷲ، އަހުމަދު އީމާޒް (އާއްކޮ)
ނިއު ރޭޑިއަންޓް: ޝާފިއު އަހުމަދު، ހަމްޒާ މުހައްމަދު (ހަމްޕު)
ޓީސީ: މުހައްމަދު އިމްރާން، އަލީ ފާސިރު ،އަހުމަދު އަބްދުﷲ (ލިލީ)، ހަސަން ނާއިޒް (ދާދު)
ވެލެންސިއާ: އިބްރާހިމް އަބްދުﷲ (އިއްބެ)
އީގަލްސް: އަންސާރު އިބްރާހިމް (އަންކޮ)
އަލީ އަޝްފާގު (ދަގަނޑޭ)
މުހައްމަދު އާރިފް (ބަކާ)
މުހައްމަދު ފައިސަލް:ވަކި ކްލަބެއްގައި ނެތް
ގައުމީ ޓީމު ކޭމްޕުގައި އެކުވެރިކަމުގެ ހަތަރު މެޗު ކުޅުނުއިރު ފުރަތަމަ މެޗުން ޔޫއައިޓީއެމް އަތުން 5-2 އިން ވަނީ ބަލިވެފަ އެވެ. ދެ ވަނަ މެޗުން އެއާއޭޝިއާ އެފްސީ އަތުން 2-0 އިން މޮޅުވިއިރު ތިން ވަނަ މެޗުން ޕީޑީއާރްއެމް އަތުން މޮޅުވީ 3-2 އިންނެވެ. އަދި ފަހު މެޗުގައި ޔޫކޭއެމް އެފްސީ އަތުން މޮޅުވީ 4-2 އިންނެވެ.
ގައުމީ ޓީމު މުބާރާތަށް ފުރާނީ މިރެ އެވެ. މެނޭޖަރުންގެ ބައްދަލުވުމާއި ޕްރެސްގައި ބައިވެރިވުމަށް ކޯޗު ހާބަޓާއި ކެޕްޓަން އަލީ އަޝްފާގު ރޭ ވަނީ ޓްރިވަންޑްރަމަށް ގޮހެވެ.

މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން:އަދާލަތު

CM4CwJ_UAAAPcLZ

ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ސިވިލްސާވިސް މުވައްޒަފުން މަދުކުރުމަށް ރައީސްޔާމީންގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅޭގޮތުން މިއަދު އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކުއްލި ގޮތަކަށް ސިވިލްސާވިސް މުވައްޒަފުން މަދުކުރުމުގެ ވިސްނުން ގެންގުޅޭކަން ސަރުކާރުން ހާމަކޮށް އެކަން ތަންފީޒުކުރުމަށްޓަކާ އަވަސް ފިޔަވަޅުތަކެއް އަޅަންފެށުމަކީ ޢަދާލަތު ޕާޓީން ނުހަނު ކަންބޮޑުވާކަމެއްކަމަށެވެ. މިކަމުގެ ސަބަބުން މެދުފަންތީގެ ގިނަ އާއިލާތަކެއް ނިކަމެތިވެގެން ދިޔުމުގެ ބިރު އޮތުމުގެ އިތުރުން އިޤްތިސާދީ ފަރަގު ބޮޑުވެ، ނިކަމެތިން އިތުރަށް ނިކަމެތި ވަމުން ދިއުން ހުއްޓިގެން ނުދާނެކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.
ސިވިލްސާވިސް މުވައްޒަފުންގެ މުސާރަބޮޑުކުރެވެން އޮތް ހަމައެކަނި ގޮތަކީ، މުވައްޒަފުން މަދުކުރުން ކަމުގައި ސަރުކާރުން ބުނާބުނުމަކީ ޢަދާލަތު ޕާޓީން ޤަބޫލުކުރާ ވިސްނުމެއްނޫންކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުގެ ތެރޭގައި ހިންގަމުންދާ ކަރަޕްޝަނާއި ފަސާދައިގެ ބޮޑެތި މައްސަލަތައް ހުއްޓުވާ، ބޭކާރުގޮތުގައި އިތުރުކުރަމުންދާ ސިޔާސީ މަޤާމުތައް މަދުކޮށްގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭނެ ފައިސާ ދައުލަތުގެ ބަޖެޓުން ހަމަޖެއްސޭނެކަމަށްވެސް އަދާލަތު ޕާޓިން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

civilehvun3001
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސިވިލްސާވިސްގައި ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް މުވައްޒަފުން ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެވޭ ނަމަ، އަދި އެކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަން ޖެހޭކަމަށް ސަރުކާރަށް ފެންނަ ނަމަ، މިފަދަ ފިޔަވަޅުތައް އެޅުމުގެ ކުރިން ސިވިލްސާވިސްގައި މިވަގުތު ތިބި މުވައްޒަފުން މަގުމަތިކޮށްލުމުގެ ބަދަލުގައި، އެ މުވައްޒަފުންނަށް ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން ދެމެހެއްޓެނިވި ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލަން ޖެނޭކެމަށެވެ.
އަދާލަތުން މި ބަޔާން ނެރެފައި ވާއިރު، ފިނޭންސް މިނިސްޓްރީން މުވައްޒަފުން ވަކިކުރާ މައްސަލާގައި އެތަނުގެ ގިނަ އަދަދެއްގެ މުވައްޒަފުން މިއަދު ވަނީ މަސައްކަތް ހުއްޓާލާފައި މިއަދު ވަނީ އިހުތިޖާޖުކޮށްފަ އެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ރަނގަޅުގޮތް ހޯދައިދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަކު އެންމެ ރަނގަޅު ގޮތް ކަމަށްވާ ބޮޑު މުސާރަ އާއި އިނާޔަތް ދެވޭނީ މުވައްޒަފުންގެ އަދަދު މަދުކޮށްގެން ކަމަށް ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވީ ސިވިލް ސާވިސް ކޮންމެ މުވައްޒަފެއްގެ މުސާރައިން 50 ރުފިޔާ އެކަނި ބޮޑު ކުރަން ބޭނުންވެ ވަޑައިނުގަންނަވާ ކަމަށާއި އެ އަދަދު އެއަށް ވުރެ އިތުރު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.